Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1452
Title: ދިވެހިބަހުގައި "އިނުން" އަދާކުރާ ދައުރު
Other Titles: Dhivehibahugai "inun" adhaakuraa dhauru
Authors: ޢަލީ މުސްތަފީޛް
Musthafeed, Ali
Issue Date: 1-Nov-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: .ޢަލީ މުސްތަފީޛް. (2016). ދިވެހިބަހުގައި "އިނުން" އަދާކުރާ ދައުރު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Musthafeed, A. (2016). Dhivehibahugai "inun" adhaakuraa dhauru. Male', Maldives National University.
Abstract: ދިވެހީން ދިވެހިބަހުން ވާހަކަދެއްކުމުގައާއި ލިޔެކިޔުމުގައި ބަހުގެ ޤަވާއިދާ އެއްގޮތަށް ބަސް ބޭނުންކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ދިވެހި ބަހުން މުވާޞަލާތުކުރުމުގައި "އިނުން" ބޭނުންކުރާ ހަމަތައް ވަރަށް ބޮޑަށް އޮޅިފައިވާކަމާ މެދު އެންމެންވެސް ގަބޫލުކުރެއެވެ. ދިވެހި ބަހުން ވާހަކަދެއްކުމުގައާއި ލިޔެކިޔުމުގައި އިނުން ބޭނުން ކުރުމުގެ ހަމަތައް އެއްޖީލުން އަނެއް ޖީލަށް މިގޮތަށް ބަދަލުވަމުންދާތީ މިއީ މިގޮތަށް ދޫކޮށްލައިގެން ތިބުން އެންމެ ރަނގަޅުނޫން ކަމެއްކަމުގައި ވާތީ، ދިވެހިބަހުގައި އިނުން އަދާކުރަނީ ކޮންދައުރެއްކަން ހޯދައި ބެލުމަކީ ކުރަންޖެހިފައި އޮތް މަސައްކަތެކެވެ. މިކަން އެނގި ކަށަވަރުވެގެންނޫނީ ދިވެހިބަހުގައި އިނުން ބޭނުންކުރަންވީ ކިހިނެއްކަމެއް ސާފެއްނުވާނެއެވެ. އެހެންކަމުން މި މައްސަލަ ދެނެގަތުމަށްޓަކައި މި ދިރާސީ މަސައްކަތުގައި ބަލައިލާނީ ދިވެހިބަހުގެ ފިރުކެން ފެށި ދައުރުގެ ލިޔުންތަކާއި ހިނގައިގަނެވުނު ދައުރު އަދި މިހާރުގެ ލިޔުންތަކުގައި އިނުން ބޭނުންކުރެވިފައި ހުރީ ހަމައެކަނި ކަމުގެ ލަފުޒު (އެކްޝަން ވާރބް) ގެ ގޮތުގައިތޯ އާއި ނުވަތަ އެނޫން އެހެން ގޮތަކަށް ދިވެހި ބަހުގައި އިނުން ބޭނުން ކޮށްފައި ވޭތޯ ބެލި ބެލުމުން ފާހަގަކުރެވުނީ، ދިވެހިބަހުގައި އިނުން ބޭނުންކުރެވިފައި ހުރީ ހަމައެކަނި އެކްޝަން ވާރބު ފިޔަވައި ހުސްކަމުގެ ގޮތުގައާއި ޕޯސްޓު ޕޮސިޝަނުގެ ގޮތުގައި ވެސް އިނުން ބޭނުންކުރެވިފައި ހުރިކަން މި ދިރާސާއިން ފެންނާން ހުރީތީއެވެ. މި ދިރާސާއަކީ ބަހުގެ ދިރާސާއެއް ކަމަށް ވީ ހިނދު މި ދިރާސާއަށް މަޢުލޫމާތު ހޯދުމަށް ބޭނުންކޮށްފައިވާނީ ކޮލިޓޭޓިވް ރިސާރޗް އެޕްރޯޗެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1452
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ali Musthafeed.pdf8.33 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.