Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/15331
Title: ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟
Other Titles: Siyaasee Meehunge vaahakadhehkumugai metafaa beynunkuraneekihaa varakah adhi kon beynumaku hehyeve?
Authors: ސަޢީދާ, މަރްޔަމް
Saeeda, Maryam
Keywords: މެޓަރފަރ
ސިޔާސި ދާއިރާ
އޯޑިއަންސްގެ ސަމާލުކަން ހޯދުން
ސިޔާސީ ޕޯޑިއަމްގައި ވާހަކަ ދެއްކުން
އަސަރު ކުރާމިންވްރު
ނޭދެވޭ އަސަރު
Metaphor
Political arena
Attention of audience
Public speaking
impact of metaphor
Issue Date: Nov-2015
Publisher: ފެކަލްޓީ އޮފް އާރޓްސް
Citation: saruna.mnu.edu.mv މަރްޔަމް ސަޢީދާ. (2015). ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައިވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟ (މާސްތާރސް ޑިސަރޓޭޝަން، ފެކަލްޓީ އޮފް އެޑިޔުކޭޝަން). ނެގީ Saeeda. M. (2006) Siyaasee Meehunge vaahakadhehkumugai metafaa beynunkuraneekihaa varakah adhi kon beynumaku hehyeve? (Master’s, Dissertation Faculty of Education, Male'). Retrieved from saruna.mnu.mv
Abstract: ދިވެހިރާއްޖެއަށް ޑިމަކްރަސީ ތަޢާރަފުވުމާ ގުޅިގެން، ސިޔާސީ ޕާރޓީތަކާއި ސިޔާސީ މީހުންނާއި ސިޔާސީ މީހުނގެ ވަހަކަތައް ދިވެހީންގެ ތެރޭގައި މަޤްބޫލުވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކަށްދައްކާފައި ހުންނަ ވާހަކަތަކާއި ބުނުންތަކަށްވެސް އާއްމުންގެ ސަމާލުކަން ލިބެމުންދެއެވެ. ބައެއް ފަހަރު މިފަދަ ބުނުންތަކުގެ ސަބަބުން، އެބުނުން ބުނި ފަރާތަށް އާއްމުންގެ ތަޢުރީފުގެ ބަސްތައް ލިބޭފަދައިން ބައެއްފަހަރު މަލާމާތުގެ ބަސްތައްވެސް ލިބޭކަން ފާހަގަ ކުރެވެއެވެ. ވުމާއެކު، މިދިރާސާ އަމާޒުކުރެވިފައިވަނީ، ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރާ މިންވަރާއި، މެޓަފަރ ބޭނުންކުރާ ބޭނުން ދެނެގަތުމަށެވެ. މިގޮތުން މިދިރާސާގެ މައިގަނޑު މަޤްޞަދަކީ، ސިޔާސީ ފަރާތްތަކުން، ސިޔާސި ޕޯޑިއަމްގައި ތިބެގެން ދައްކާ ވާހަކައިގައި، މެޓަފަރ ބޭނުންކުރާ މިންވަރާއި، މެޓަފަރ ބޭނުންކުރ ބޭނުން ހޯދައި ދެނެގަތުމެވެ. ވުމާއެކު ސިޔާސީ ފަރާތްތަކުން، ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަށްޓަކައި، ވާހަކަ ދައްކަމުންދާއިރު ބަސްމަގު ހުންނަ ގޮތް ދެނެގަތުމަށާއި، މިފަދަ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައި މިންވަރަކަށްކަމާއި ކޮން ބޭނުމަކުކަންވެސް އެނގިގެންދާނީ މިފަދަ ދިރސާއަކުން ކަމަށްވާތީ މިއީ ކުރުން މުޙިއްމު ދިރާސާއެއްކަން ގައިމެވެ. މިދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މިދިރާސާ ކުރެވުނީ މިކްސް މެތަޑް އެޕްރޯޗުންނެވެ. މިދިރާސާ ކުރުމަށްޓަކައި، 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިޔާސި ފަރާތްތަކުން ދައްކާފައި ހުރި ވާހަކަތަކުގެ ތެރެއިން، ތެރެއިން 6 މީހުންގެ ވާހަކަދެއްކުމަށް ބެލުނެވ. ހަމަމިއާއިއެކު، ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަދައްކާ ފަރާތްތަކުގެ ތެރެއިން 5 ފަރާތަކާ ސެމީ-ސްޓްރަކްޗާރޑް އިންޓަރވިއުވެސް ކުރެވުނެވެ. މިދިރާސާއަށް ސާމްޕަލް ނަގާފައިވަނީ ޕާޕޯސިވް ސާމްޕަލިންގް ދަށުންނެވެ. ދިރާސާގެ ހުރިހާ ބައިވެރިންވެސް މެޓަފަރ ބޭނުންކުރާކަމާއި، މެޓަފަރގެ ވައްތަރުތަކުގެ ތެރެއިން ފަސް ވައްތަރެއްވެސް ބޭނުންކުރާކަން ހާމަވިއެވެ. ބައެއް ފަރާތްތަކުން ގަސްތުގައި މެޓަފަރ ބޭނުންކުރާއިރު، ގަސްތަކާއި ނުލާ މެޓަފަރ ބޭނުންކުރާ ފަރާތްތައްވެސް ވާކަން މިދިރާސާއިން ފާހަގަ ކުރެވުނެވެ. ހަމަމިއާއިއެކު، ސިޔާސީ ފަރާތްތަކުގެ ވާހަކަދެއްކުމުގައި، އަންނައުނާއި ހަށިގަނޑުގެ އިތުރުން ދަތުރުފަތުރާއި ސިޔާސީ މީހުންގެ ވާހަކަދެއްކުމުގައި މެޓަފަރ ބޭނުންކުރަނީ ކިހައި މިންވަރަކަށް އަދި ކޮން ބޭނުމަކު ހެއްޔެވެ؟ ފުޓުބޯޅައާ ގުޅުވައިގެން މެޓަފަރ ބޭނުންކުރާކަންމި ދިރާސާއިން ދައްކައެވެ. މެޓަފަރ ބޭނުންކުރަނީ، ދައްކާ ވާހަކައިގެ އަސަރާއި ފޯރި ގަދަކުރުމަށް ކަމަށްވެފައި، މިކަމަށްޓަކައި ހާލަތާ ގުޅުވައިގެން މެޓަފަރ ބޭނުންކުރުމަކީ ކުރަންޖެހޭ ކަމެއްކަން ދިރާސާއިން ހާމަވިއެވެ. މީގެ އިތުރުން ސިޔާސީ މީހުންގެ ވާހަކަތަކުގައި މެޓަފަރ ބޭނުންކުރުމުގެ ސަބަބުން ބައެއް ފަހަރު، ނޭދެވޭ އަސަރު ކުރާކަންވެސް މިދިރާސައިން ހާމަވިއެވެ. އެހެންކަމުން، ސިޔާސީ ފަރާތްތަކުން ވާހަކަތައް އަޑުއަހައި އެފަދަ ވާހަކަތައް ބައްޓަންކޮށްފައި ހުންނަ ގޮތާމެދު ވިސްނުން ގެންގުޅޭ ފަރާތްތަކަށް، މިދިރާސާއަކީ ބޭނުންތެރި އެއްޗަކަށް ވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/15331
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Siyaasee meehun vaahaka dhehkumuga metafa beynunkuranee kihaa varakah adhi kon beynumehgai hehyeve.pdfMasters Thesis53.74 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.