Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1548
Title: "ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް މާލޭގެ ސާނަވީ ސްކޫލުތަކުގެ ދަރިވަރުންނަށް ބޭނުންކުރަން އެނގޭ މިންވަރު އަދި ބޭނުންކުރުމާމެދު ދަރިވަރުން ދެކޭގޮތް"
Other Titles: "Dhivehibahuge vaahakadhekkumuge dharajathah Maleyge saanavee schoolthakuge dharivarunnah beynunkuran engey minvaru adhi beynunkuramaamedhu dharivarun dhekeygoiy"
Authors: ޝާހިދާ ދާއޫދު
Dawood, Shahida
Issue Date: 1-Nov-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: ޝާހިދާ ދާއޫދު. (2016). "ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް މާލޭގެ ސާނަވީ ސްކޫލުތަކުގެ ދަރިވަރުންނަށް ބޭނުންކުރަން އެނގޭ މިންވަރު އަދި ބޭނުންކުރުމާމެދު ދަރިވަރުން ދެކޭގޮތް". މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Dawood, S. (2016). "Dhivehibahuge vaahakadhekkumuge dharajathah Maleyge saanavee schoolthakuge dharivarunnah beynunkuran engey minvaru adhi beynunkuramaamedhu dharivarun dhekeygoiy". Male', Maldives National University.
Abstract: ދިވެހިބަހުގެ އަދަބު ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ދަރަޖަތައް މިހާރަކަށް އައިސް މަސްހުނިވެ، އޮޅުންބޮޅުން ވަމުންދާ ވާހަކައަކީ ވިސްނާލަން ޖެހޭ މުހިއްމު ކަމެކެވެ. ވުމާއެކު ދިވެހިބަހުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ އެންމެމާތް، ދަރަޖަ އަދި އާދައިގެ ގޮތް، ސާނަވީ ދަރިވަރުންނަށް އެނގޭ މިންވަރާއި ރަނގަޅަށް ބޭނުން ކުރަން އެނގޭ މިންވަރު އަދި ދަރަޖަ ބޭނުން ކުރުމާމެދު ދަރިވަރުން ދެކޭގޮތް، ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާއަކީ ސާނަވީ ދަރިވަރުންނަށް ދިވެހިބަހުގެ ދަރަޖަތައް އެނގޭ މިންވަރާއި ރަނގަޅަށް ބޭނުން ކުރަން އެނގޭ މިންވަރު އަދި ދަރަޖަ ބޭނުން ކުރުމާމެދު ދަރިވަރުން ދެކޭގޮތް، ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މިދިރާސާގެ މައިގަނޑު ބޭނުމަކީ މިދިރާސާއިން ނުކުންނަ ނަތީޖާއަކުން ސާނަވީ ދރިވަރުންނާއި އެދަރިވަރުންނަށް އުނގަންނަވައި ދެއްވާ ފަރާތްތަކަށް، ދަރަޖަތައް ރަނގަޅަށް ބޭނުން ކުރުމާއި ކިޔަވައި ދިނުމުގައި ވިސްނަން ލިބޭ ފުރުސަތަކަށް މި ދިރާސާ ވެގެން ދިއުމެވެ. ދިރާސާގެ މައިގަނޑު މަޤުޞަދަކީ މާލޭގެ ސްކޫލުތަކުގެ ސާނަވީ ދަރިވަރުންނަށް ދިވެހިބަހުގެ ދަރަޖަތައް އެނގޭ މިންވަރާއި ރަނގަޅަށް ބޭނުން ކުރަން އެނގޭ މިންވަރު އަދި ދަރަޖަ ބޭނުން ކުރުމާމެދު ދަރިވަރުން ދެކޭގޮތް، ބަލައި ސަމާލުކަމަށް އެކަން ގެނައުމެވެ. މި ދިރާސާ ކުރިޔަށް ގެންދެވުނީ ކޮމްބައިންޑް ޑިޒައިންގެ ދަށުން މިކްސްޑް މެތަޑު ބޭނުންކޮށްގެންނެވެ. އެގޮތުން ދަރިވަރުންނަށް ދަރަޖަތައް އެނގޭ މިންވަރު ބެލުމަށް ބޭނުން ކުރެވުނީ ކުއަންޓިޓޭޓިވް މެތަޑެވެ. ދަރިވަރުން ދަރަޖަ ބޭނުންކުރުމާމެދު ދެކޭގޮތް ބަޔާން ކުރުމަށް ބޭނުންކުރީ ކޮލިޓޭޓިވް މެތަޑެވެ. ދިރާސާއިން ދެއްކި ގޮތުގައި ދިވެހި ބަހުގެ ދަރަޖަތައް ސާނަވީ ދަރިވަރުންނަށް އެނގިފައިވާވަރަށް ބަލާއިރު އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ރަނގަޅަށް އެނގޭ ދަރިވަރުންނަށްވުރެ ފުދޭ ވަރަކަށް އަދި ކުޑަމިންވަރަކަށް އެނގޭ ދަރިވަރުން ގިނަކަން ފާހަގަ ކުރެވުނެވެ. އެގޮތުން ދިވެހިބަހުގައި އޮންނަނީ ކިތައް ދަރަޖަކަމާއި،މާތް އަދި އެންމެ މާތް ދަރަޖަ އެނގޭ މިންވަރު،ވަކި ދަރަޖައެއް ދެވިފައިވާ ×ޝަހުސަކާ ގުޅޭގޮތަށް ދަރަޖަ ބޭނުންކުރަން ރަނގަޅަށް އެނގޭ މިންވަރާމެދު ހޯދުނު ނަތީޖާއިން ހާމަވެއެވެ. ގިނަ ދަރިވަރުން ޤަބޫލުކުރާގޮތުން ދަރަޖަކުރަން އެދަރިވަރުންނަށް ނޭގޭކަމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް އިންޓަވިއު ކުރެވުނު 100އިންސައްތަ ދަރިވަރުންވެސް ދަރަޖަ ބާއްވަން ފެންނަކަމަށް ހާމަކޮށްފައިވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1548
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Shahida Dawood.pdf2.56 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.