Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/4296
Title: ހުވަދޫ ބަހުރުވައިގައި ލަފުޒަކަށް (އެބްލެޓިވް) "އިން" މަހާލުމުން އަންނަ ފޮނޮލޮޖިކަލް އަދި މޮފޮލޮޖިކަލް ބަދަލުތަކަކީ ކޮބައިހެއްޔެވެ؟
Other Titles: Huvadhoo bahuruvaigai lafuzakkah (ablative) "in" mahaalumun anna phonological adhi morphological badhaluthakakee kobaiheyyeve?
Authors: އަމީމާ އަހުމަދު
Ahmed, Ameema
Issue Date: 1-May-2018
Publisher: Faculty of Arts, Maldives National University
Citation: އަމީމާ އަހުމަދު. (2018). ހުވަދޫ ބަހުރުވައިގައި ލަފުޒަކަށް (އެބްލެޓިވް) "އިން" މަހާލުމުން އަންނަ ފޮނޮލޮޖިކަލް އަދި މޮފޮލޮޖިކަލް ބަދަލުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ahmed, A. (2018). Huvadhoo bahuruvaigai lafuzakkah (ablative) "in" mahaalumun anna phonological adhi morphological badhaluthakakee kobaiheyyeve?. Male', Faculty of Arts, Maldives National University.
Abstract: ދިވެހިން ވާހަކަދައްކައި އުޅޭ ދިވެހިބަހަކީ އެބަހުން ވާހަކަ ދައްކާ މީހުންގެ އަދަދު މަދުކުރުމާއި، ސަރަހައްދުގެ ކުޑަކަމާއި އެކުވެސް ބަހުރުވައިގެ ތަފާތު ވަަރަށް ބޮޑު ބަހެކެވެ. އެހެންކަމުން މި ދިރާސާ އަމާޒުކުރެވިފައިވަނީ، ހުވަދޫ ބަހުރުވައިގެ ލަފުޒަކަށް (އެބްލެޓިވް) "އިން" މަހާލުމުން އަންނަ ފޮނޮލޮޖިކަލް އަދި މޮފޮލޮޖިކަލް ބަދަލުތަކަކީ ކޮބައިކަން ދެެނެގަތުމަށްޓަކައެވެ. އަދި މީގެއިތުރުން ރަސްމީ ބަހާ އަޅާބަލާއިރު ހުވަދޫ ބަހުރުވައިގައި ލަފުޒަކަށް (އެބްލެޓިވް) "އިން" މާހާލުމުގައި ފޮނޮލޮޖިކަލް ގޮތުންނާއި މޮފޮލޮޖިކަލް ގޮތުން ހުރި ތަފާތުތަކަކީ ކޮބައިކަން ދެނެގަތުމަކީވެސް މި ދިރާސާގެ މައިގަނޑު އެއް އަމާޒެވެ. މި ދިރާސާ ކުރިޔަށް ގެންދިޔައީ ކޮލިޓޭޓިވް ޕެރަޑައިމެއްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެނެވެ. އަދި މި ދިރާސާގައި ސާމްޕަލުގެ ގޮތުގައި ކަނޑައެޅުނީ ދިވެހި ބަސްފޮތް (2006) ނަގާފައިވާ ދިވެހި ބަހުގެ ނަމުގެ ތަނޑުތަކަށް ނިމިފައިވާ 55 ލަފުޒެވެ. އަދި މީގެ އިތުރުން ހުވަދު އަތޮޅުގެ 2 ރަށް ކަމުގައިވާ (މަޑަވެލ އަދި ތިނަދޫ) ކޮންމެ ރަށަކުން 5 މީހުން ލައްވައި ސާރވޭ ފޯމް ފުރުވައިގެންނެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ރަސްމީ ބަހާ ޙިލާފަށް މައިގަނޑު 4 ގޮތަކަށް ހުވަދޫ ބަހުރުވައިގައި ލަފުޒަކަށް (އެބްލެޓިވް) "އިން" މަހާލުމުން ބަދަލު އާދެއެވެ. މިގޮތުން ރަސްމީ ބަހުގައި (އެބްލެޓިވް) ކޭސްމާކަރުގެ ނިމުން "އިން" އަށް ނިމޭއިރު ހުވަަދޫ ބަހުރުވައިގައި ނިމެނީ " އެން، އައުން، އާން އަދި އުން" އަށެވެ. މިގޮތުންބަލާއިރު ފޮނޮލޮޖިކަލް ގޮތުންނާއި މޯފޮލޮޖިކަލް ގޮތުން ރަސްމީ ބާހާ ހުވަދޫ ބަހުރުވަ ތަފާތުވެގެންދާކަން މި ދިރާސާއިން ހާމަވިއެވެ. މީގެ އިތުރުން ފާހަގަކުރެވުނީ ދިވެހި ބަހުގެ ނަމުގެ ތަނޑުތަކުގެ ލަފުޒުތައް (އެބްލެޓިވް) ކޭސްމާކަރުގައި ރަސްމީ ބަހުގައި އެއްގޮތަކަށް ނިމޭއިރު ހުވަދޫ ބަހުރުވައިގައި ތަފާތުގޮތްގޮތަށް ނިމިފައިވާކަމެވެ. ހަމައެހެންމެ ހުވަދޫ ބަހުރުވައިގެ އެކި ރަށްރަސުގެ މެދުގައިވެސް (އެބްލެޓިވް) ކޭސްމާކަރުގައި ނިމުން ތަފާތުވެފައިވާކަން މި ދިރާސާއިން ފާހަގަކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/4296
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations




Items in Saruna are protected by copyright, with all rights reserved, unless otherwise indicated.