Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/4458
Title: އޮންލައިން ދިވެހި ނޫސްތަކުން އޮޅުވައިލާފައި ހުންނަނީ ދިވެހިބަހުގެ ޤަވާޢިދުގެ ތެރެއިން ކޮން ބައިތަކަކުން ކޮން ގޮތަކަށް އަދި ކިހައި މިންވަރަކަށް ހެއްޔެވެ؟
Other Titles: Online Dhivehi noosthakun olhuvailaafai hunnanee Dhivehibahuge qavaai'dhuge therain kon baithakakun kon gothakah adhi kiha minvarakah heyyave?
Authors: އިސްމާޢީލް އަލީ
Ismail, Ali
Issue Date: 1-Nov-2018
Publisher: Faculty of Arts, Maldives National University
Citation: އިސްމާޢީލް އަލީ. (2018). އޮންލައިން ދިވެހި ނޫސްތަކުން އޮޅުވައިލާފައި ހުންނަނީ ދިވެހިބަހުގެ ޤަވާޢިދުގެ ތެރެއިން ކޮން ބައިތަކަކުން ކޮން ގޮތަކަށް އަދި ކިހައި މިންވަރަކަށް ހެއްޔެވެ؟. މާލެ، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Ismail, A.(2018). Online Dhivehi noosthakun olhuvailaafai hunnanee Dhivehibahuge qavaai'dhuge therain kon baithakakun kon gothakah adhi kiha minvarakah heyyave?.Male', Faculty of Arts, Maldives National University.
Abstract: އޮންލައިން ނޫހަކީ ދިވެހިރާއްޖޭގައި ވެސް މިހާރު މީހުން މައުލޫމާތު ލިބިގަތުމަށް ބޭނުންކުރާ އާއްމު ވަސީލަތެކެވެ. އަދި އޮންލައިންކޮށް ނެރޭ ނޫސްތަކުން އަދަދު ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ނޫސްތަކުގައި ދިވެހިބުން ގެނެސްދީފައި ހުންނަ މައުލޫމާތުތަކުގައި ދިވެހިބަހުގެ ޤަވާއިދާއި ހަމަތަކަށް ނުފެތޭ ގޮތަށް ބަސްމަގު ބޭނުންކޮށްފައި ހުންނަކަމެވެ. މިއީ، އެ ވަސީލަތްތަކުން މައުލޫމާތު ލިބިގަންނަ ފަރާތްތަކުގެ ބަސްމަގަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނޭ ކަމެކެވެ. އެހެންކަމުން، މިއީ ދިވެހިރާއްޖޭގައި ނެރޭ އޮންލައިން ދިވެހި ނޫސްތަކުގައި އޮޅުވައިލައިފައި ހުންނަނީ ދިވެހިބަހުގެ ޤަވާޢިދުގެ ތެރެއިން ކޮން ބައިތަކަކުން ކޮން ގޮތަކަށް އަދި ކިހައި މިންވަރަކަށްތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ފަދަ ދިރާސާއެއް އަދި ކޮށްފައި ނުވާތީ މި ދިރާސާ މުހެއްމުވެއެވެ. މި ދިރާސާގެ ސަބަބުން އޮންލައިން ނެރޭ ނޫސްތަކުގައި އޮޅުވައިލާފައި ހުންނާނީ ދިވެހިބަހުގެ ޤަވާޢިދުގެ ތެރެއިން ކޮން ބައިތަކެއްކަމާއި އެ ބައިތައް އޮޅުވައިލައިފައި ހުންނަނީ ދިވެހިބަހުގެ ޤަވާޢިދުގެ ތެރެއިން ކޮން ބައިތަކަކުން ކޮން ގޮތަކަށް އަދި ކިހައި މިންވަރަކަށްތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. މި ފަދަ ދިރާސާއެއް އަދި ކޮށްފައި ނުވާތީ މި ދިރާސާ މުހިއްމުވެއެވެ. މި ދިރާސާގެ ސަބަބުން އޮނަލައިންކޮށް ނެރޭ ނޫސްތަކުގައި އޮލުވައިލާފައި ހުންނަނީ ދިވެހިބަހުގެ ޤަވާޢިދުގެ ތެރެއިން ކޮން ބައިތަކެއްކަމާއި އެ ބައިތައް އޮޅުވައިލާފައި ހުންނަނީ ކޮށް ގޮތަކަށް ކިހައި މިންވަރަކަށްކަން ދެނެގަނެވި، ނޫސްތަކުގައި ލިޔާއިރު އެ ކަންކަން ރަނގަޅުކުރުމަށްް މިގުފަހިކޮށްދޭނެއެވެ. މި ދިރާސާގެ ނަތިޖާ ބިނާވެފައި ވަނީ ކުއަލިޓޭޓިވްކޮށާއި ކުއަންޓިޓޭޓިވްކޮށް ނަގާ ޑާޓާގެ މައްޗަށްކަމުގައި ވާތީ މި ދިރާސާގައި ބޭނުންކުރި މިކްސްޑް މެތަޑެވެ. އެ ގޮތުން މި ދިރާސާގައި ބޭނުންކޮށްފައި ވާނީ އޮންލައިންކޮށް ނުކުން ނުކުންނަ 13 ނޫހަކުން ޑާޓާ ނަގައިގެން ހަދާފައިވާ ކޮންޓެންޓް އެނަލިސިސްއެކެވެ. 13 ނޫހަން ކުރެ ކޮންމެ ނޫހަކުން ދެ ލިޔުން ނަގައި އޭގައި ހިމެނުނު 595 ޖުމުލައިގައި އެކުލެވިގެންވާ 9455 ލަފުޒު ތަހުލީލުކޮށް، އޮންލައިން ނޫސްތަކުގައި ހުރި ބަހުގެ ޤަވަޢިދާ ޚީލާފަށް ހުރި ކަންކަމާއި އެ ކަންކަން ހުރީ ކިހައި މިންވަރަކަށްކަން ދެނެގަނެވުނެވެ. ދިރާސާގެ ނަތީޖާއިން ހާމަވީ އޮންލައިން ދިވެހި ނޫސްތަކުގައި އެންމެ ބޮޑަށް ޚިލާފުވެފައި ހުންނަނީ ދިވެހި ބަހުގެ ޤަވާޢިދުގެ ތެރެއިން ލަފުޒު ވަކިކުރުމުގެ ހަމަތަކާ ކަމެވެ. ހަމައެހެންމެ ސުކުންކުރުމުގެ ހަމަތަކުން ނެއްޓި ލިޔެފައި ހުރުމާއި، ޖުމުލަ ޢިބާރާތްކުރާއިރު ޖުމުލައިގައި ލަފުޒު އަތުރަންޖެހޭ ތަރުތީބުން އެތުރިފައި ނުހުންނާތީ ޖުމްލައިން ދޭހަކޮށްދޭން ބޭނުންވާ މާނަ ނޫން މާނަތައް ފާޅުވާ ގޮތަށް ޖުމުލަ ހުރުމާއި، ލިޔުމުގެ ޢިމްލާ ކުށްތައް ހުންނަކަން ފާހަގައިވިއެވެ. ހަމައެހެންމެ، ހުރުން، އިނުން. އޮތުން ބޭނުންކުރުމުގެ މައްސަލަ މަދުކަން ވެސް ހާމަވިއެވެ. އެހެންކަމުން އޮންލައިން ނޫސްތަކުގައި ލިޔުންވާ ފަރާތްތަކުން، ލިޔުންތަކުގައި ދިވެހިބަހުގެ ބައެއް ހަމަތައް ރަނގަޅަށް ބޭނުންކުރައްވާއިރު އަނެއް ބައި ހަމަތައް ރަނގަޅަށް ބެނުން ނުކުރައްވަނީ ކީއްވެތޯ ބެލުމަށް އިތުރު ދިރާސާތައްކޮށް، ދިވެހިބަހުގެ ޤަވާޢިދާއި ހަމަތަކަށް ލިޔުންތެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގަން އެބަ ޖެހޭކަން މި ދިރާސާއިން ހާމަކޮށްދެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/4458
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations




Items in Saruna are protected by copyright, with all rights reserved, unless otherwise indicated.