Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/482
Title: ތަޢުލީމީ ނިޒާމުގައި ބަސް ބޭނުންކުރުން: ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިބަހަށްދޭ ސަމާލުކަމާއި މާއްދާތައް ކިޔަވައިދިނުމުގައި ބޭނުންކުރާ ބަހުގެ ޕޮލިސީ ކަނޑައެޅިފައިވާ ގޮތް
Other Titles: Thau'leemee nizaamugai bas beynunkurun: Dhivehiraajjeyge thau'leemee nizaamugai dhivehi bahahdhey samaalukamaai maahdhaathah kiyavaidhinumugai beynunn kuraa bahuge policy kan'daelhifaivaa goiy
Authors: Jameel, Abdulla
ޢަބްދުﷲ ޖަމީލު
Keywords: Dhivehi Language
Dhivehi Language--Education
Issue Date: 1-Jan-2013
Publisher: Maldives National University
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
Citation: Jameel, A. (2013). Thau'leemee nizaamugai bas beynunkurun: Dhivehiraajjeyge thau'leemee nizaamugai dhivehi bahahdhey samaalukamaai maahdhaathah kiyavaidhinumugai beynunn kuraa bahuge policy kan'daelhifaivaa goiy. Maldives National University.
.ޢަބްދުﷲ ޖަމީލު. (2013). ތަޢުލީމީ ނިޒާމުގައި ބަސް ބޭނުންކުރުން: ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިބަހަށްދޭ ސަމާލުކަމާއި މާއްދާތައް ކިޔަވައިދިނުމުގައި ބޭނުންކުރާ ބަހުގެ ޕޮލިސީ ކަނޑައެޅިފައިވާ ގޮތް . މާލެ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
Abstract: ޤައުމެއް، ވަޠަނެއް، ޖަމާޢަތެއް އެކަތިގަނޑަކަށް ހަދާ ހަތިޔާރަކީ ބަސްކަމުގައި ވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކަކުންދަނީ އެބައެއްގެ މާދަރީބަސް ހިމާޔަތް ކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެނެ. ސަބަބަކީ ބަހަކީ އެބައެއްގެ އާދަކާދަތަކާއި ސަގާފަތާއި ދީން ފަހުގެ ޖީލުތަކަށް ވާރުތަކޮށްދޭ ސަވާރީކަމުގައި ވުމެވެ. 19 ވަނަ ގަރުނުގެ މެދުތެރެއާއި އޭގެ ކުރިންވެސް އިސްތިޢުމާރުގެ ވަކިތަކުން ސަލާމަތްވުމަށްފަހު އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ޤައުމު އާރާސްތުކޮށް، ޤައުމުގެ ވަހުދަތު ދެމެހެއްޓުމުގެ މަސައްކަތެވެ.ރާއްޖޭގައި ދެބަހުން ކިޔަވައިދޭ ނިޒާމެއް 1960ގައި އިނގިރޭސިންގެ އެހީތެރިކަމާއެކު ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް މިނިޒާމަށް މާ ބޮޑު ބަދަލުތަކެއް އައިސްފައެއް ނެތެވެ. މާއްދާތައް ކިޔަވައިދިނުމާއިމެދު ލިޔެވިފައިވާ ރަސްމީ ސިޔާސަތެއް ނެތް ނަމަވެސް އިސްލާމާއި ދިވެއްސާއި ޤުރުއާން ފިޔަވައި އެހެން ހުރުހައި މާއްދާއެއް ކިޔަވައިދޭ ބަހަކީ އިނގިރޭސި ބަސް ކަމުގައިމިވަނީ ވެފައެވެ. މި ދިރާސާގައި ބަލާފައިމިވަނީ ރާއްޖޭގެ ސުކޫލްތަކުގައި ބަސް ކިޔަވައިދިނުމުގެ ސިޔާސަތު އެކަށައެޅިފައިވާ ގޮތަކީ މާދަރީ ބަހަށަ އިސްކަންދެވެނީ ކިހައި މިންވަރެއްގެ މައްޗަށްކަން ބެލުމަށެވެ. މި ދިރާސާއަކީ މަލްޓިޕްލް ކޭސް ސްޓަޑީއެއްގެ ގޮތުގައި މާލޭގެ 3 ސުކީލަކާއި ރާއްޖެތެރޭގެ ސުކޫލެއް މައްޗަށް ބިނާކޮށް، ޑިސްކްރިޕް އެޕްރޯޗެއްގެ މައްޗަށް ބިނާކޮށް ހެދިފައިވާ ދިރާސާއެކެވެ. ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި ރާއްޖޭގައި ލިޔެވިގެން އަމަލު ކުރަމުން އަންނަ ބަހާބޭހެ ސިޔާސަތެއް ނެތްނަމަވެސް، ޢާއްމު އުސޫލެއްގެ ގޮތުން ޢަމަލު ކުރެވެމުން އަންނަނީ ދިވެހިބަހާއި އިސްލާމާއި ޤުރުއާން ފިޔަވައި އެހެނިހެން މާއްދާތައް އިނގިރޭސި ބަހުން ކިޔަވައިދޭ ގޮތަށެވެ. ގުރޭޑް 1 ން ފެށިގެންވެސް 12 އާ ހަމައަށްވެސް ޢަމަލު ކުރަމުން އަންނަނީ މިދެންނެވި އުސޫލުގެ މަތިންނެވެ. ސުކޫލުތަކުންނާއި ސިޔާސަތުތައް އެކުލަވާލައްވަމުންދާ ފަރާތްތަކުން، މާދަރީ ބަސް ދެމެހެއްޓުމަށް ބޭނުންވާ ކަމަށާއި، މާދަރީބަހުކީ ދަރިވަރުން މާއްދާތައް އުނގެނޭ ބަހަކަށްވުމަށް ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަވިއެވެ. އަދި އިނގިރޭސި ބަހަށް ސުކޫލުތަކުން ކިތައްމެ ވަރަށް މަސައްކަތްކޮށްދިނަސް ކުދިންގެ އިނގިރޭސި ބަހުގެ ފެންވަރު ދަށް ނަމަވެސް، އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކުގައި ޓީޗަރުން ވާހަކަދައްކަނީ އިނގިރޭސި ބަހުން ކަމާއި އޭގެ ސަބަބުން ކުދިންނަށް އެނގުނުމަށް ފަހި މާހައުލެއް ބިނާވެފައިނުވާކަން ފާހަގަވެއެވެ. އަދި ބައެއް ދަރިވަރުން އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކުގައި ދިވެހިން ވާހަކަދެއްކުމުގެ ސަބަބުން އަދަބު ދީފައިވާކަންވެސް ފާހަގަވެއެވެ. ދިރާސާއިން ފާހަގަވިގޮތުގައި އިނގިރޭސި ބަހަށް ދެވޭ ސަމާލުކަން ދިވެހިބަހަށްވުރެ މާބޮޑެވެ. މިގޮތުން ރާއްޖޭގައި އޮތް ދެބަހުން ދެވޭ ތަޢުލީމީ ނިޒާމުގައި ދެބަސް ހަމަހަމައަށް ބޭނުންނުކުރާ ކަމާއި، ދަށް ގުރޭޑްތަކުގެ ތަޢުލީމު މާދަތީ ބަހުން ނުފަށާކަމާއި، ހަމައެކަނި މާދަރީ ބަހުން ތޢުލީމު އުނގެނެން ބޭނުންވާ ކުދިން ތިބިކަމުގައިވީނަމަވެސް އެކުދިންނަށް ފުރުޞަތު ނެތްކަން ފާހަގަވެގެން ދެއެވެ. އަދި ދިވެހި ބަސް ކިޔަވައިދިނުން ހަރުދަނާ ކުރަންވެފައިވާ ކަމާއި، ޓީޗަރުންނަށް ދެބަހުން ތަޢުލީމުދޭ ހަރުދަނާ ނިޒާމާ ބެހޭ މައުލޫމާތު އެނގެން ޖެހޭކަންވެސް ފަހާގަވެފައިވެއެވެ. ދިވެހި ބަހަށް އިސްކަންދީ، ދެބަހުން ތަޢުލީމުދޭ ހަރުދަނާ ނިޒާމަކަށް ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވުމަށްތަކައި، ދަށު ގުރޭޑުތަކުގައި މާދަރީ ބަހުން މާއްދާތައް ކިޔަވައިދޭން ޖެހޭ ކަމާއި މަތި ގުރޭޑުތަކުގައިވެސް މާއްދާތައް ކިޔަވައިދިނުމުގައި ދެބަސް ހަމަހަމަވާގޮތަށް ގެންދަން ޖެހޭކަން ފާހަގަވެފައިވެއެވެ. އެހެންނޫނީ ދިވެހިބަސް ގެއްލިގެން ދިއުމުގެ ފުރުޞަތު އެބައޮތްކަމަށާއި ބަހާއެކު ދިވެހިންގެ އާދަކާދައާއި ސަގާފަތާއި ދިވެހިންގެ އަގުތައް ގެއްލި ހިނގައިދާނެ ކަމަށާއި، ދީނަކީވެސް ސަގާފަތުގެ ތެރެއިން ވާއެއްޗެއް ކަމުން، މާތްވެގެންވާ އިސްލާމްދީނާމެދު ދަރިވަރުންގެ ހިތުގައި އޮންނަށް ޖެހޭ ތަޞައްވުރު ގެއްލި ހިނގައިދާނެ ކަމަށް ބެލެވެއެވެ. މި ދިރާސާގައި އެޑިޔުކޭޝަނުންނާއި މުދައްރިސުން ބިނާކުރާ ފަރާތްތަކާއި، ދިވެހި ބަހުގެ އެކަޑަމީން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް . ރެކޮމަންޑުކޮށްފައިވާނެއެވެ
URI: http://saruna.mnu.edu.mv/jspui/handle/123456789/482
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
ABDULLA JAMEEL RESEARCH WITH FINAL AMMENDMENTS.pdf684.71 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.