Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/618
Title: ދިވެހިބަހުން މުއާމަލާތު ކުރުމާމެދު މަތީ ސާނަވީ ދަރިވަރުން ދެކޭގޮތް
Other Titles: Dhivehibahun muaamalaathu kurumaamedhu mathee saanavee dharivarun dhekeygoi
Authors: Dawood, Sharumeela
Keywords: Dhivehi language
Higher education
Language history
Language attitude
ދިވެހިބަސް
މަތީ ސާނަވީ
ބަހުގެ ތާރީޙް
ބަހާމެދު ދެކޭ ގޮތް
Issue Date: 1-Nov-2015
Publisher: Maldives National University
Citation: Dawood, S. (2015). Dhivehibahun muaamalaathu kurumaamedhu mathee saanavee dharivarun dhekeygoi. Maldives National University.
Abstract: އަމިއްލަބަހެއްލިބިފައި އޮތުމަކީ ދުނިޔޭގެ ކޮންމެ މީހަކަށް ލިބިފައިވާ ފަޚުރެއް ނޫނެވެ. ނަމަވެސް ދިވެހިންނަކީ އަމިއްލަބަހެއް ލިބިފައިވާ ބަޔެކެވެ. ވީމާ ލިބިފައިވާ މި ބަހާމެދު ފަޚުރުވެރިވާނަޖެހެއެވެ. އެބަސް ދަމަހަށްޓަން މަސައްކަތްކުރަންޖެހެއެވެ. ދެވަނަބަހެއް ދަސްކުރަމުން ދިޔަނަމަވެސް މާދަރީބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ދަރިވަރުން ތަޢުލީމީ ނަތީޖާއަށާއި، ވަޒީފާގެ ފުރުސަތުތަކަށް މަގުފަހިކޮށްދޭނެ ކަމެއްކަން އަންގައިދީ އެކަމާމެދު ހޭލުންތެރިކަން އުފަންދަންވަނީ ޖެހިފައެވެ. މިކަންކަން ނުކުރެވި، އިޤުތިޞާދީގޮތުންނާއި، ތަޢުލީމީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރިއުޅުމަށް ކުރިއެރުން ލިބޭނެހުރުހާކަމަކާ ގުޅިފައިވާ ބަހެއް ތަޢުލީމީ ނި×ޒާމުގެ ތެރެއަށް ތަޢާރަފުކޮށް، އެބަސް އުނގެނުމުގެ މުހިންމުކަން ވިސްނައިދެމުން ދިއުމުގެ ސަބަބުން ބެލެނިވެރިންނާއި، ސްކޫލްތަކުންނ އިނގިރޭސިބަަހަށް ދޭ ސަމާލުކަން ބޮޑުވެގެން ވަނީގޮސްފައެވެ. ނަތީޖާއެއްގެގޮތުން މިއަދުގެ ކިޔަވާ ކުދިންނާއި ގިނަ ×ޒުވާނުންނަކީ ދެބަަހުގެ އަހުލުވެރިންކަމުގައިވަނީވެފައެވެ. ދަރިވަރުން ކިޔަވަމުންދާ ދެވަނަބަހަށް ދެވުނު ސަމާލުކަމާ އެއްވަރަށް މާދަރީބަހަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ކިޔަވާކުދިން ވަނީ އެކުދިންގެ މާދަރީބަސް ކިޔެވުމަށް ފޫހިވެފައެވެ. ދިވެހިބަހަކީ ބޭނުމެއްނެތް ދަށް ބަހެއްގެ ގޮތުގައި ދެކެން ފަށާފައެވެ. މިކަމާ އަޅާނުލާ ދޫކޮށްލައިފިނަމަ ދިވެހިބަހާއެކު، ދިވެހިންގެ އަމިއްލަވަންތަކަމާއި، ސަގާފަތާއި، ދިވެހިންގެ ހިތުގައިވާ ދިވެހިވަންތަކަމުގެ ރޫހާއި ވިސްނުމާއި އިޙުސާސްތައް ބަލިކަށިވެ، ބަހާއިގުޅިފައިވާ ތާރީޙަކީ އަނގަބަހުން ކިޔާލެވޭ އެއްޗެއްކަމުގައިވެ، ދިވެހިންގެ ސަޤާފަތުގެ ދިރުމާއި، އެމީހުންގެ ހުނަރުތަކަށް ބަލިކަށިކަން ލިބިގެންދާނެއެވެ. މިކަން ކުޑަކުރުމަށްޓަކައި ދަރިވަރުން ބަހާމެދުދެކޭގޮތް ހޯދާ އެކަން ހައްލުކުރަން މަސައްކަތްކުރަންވަނީ ޖެހިފައެވެ. މި ދިރާސާގެ މަޤުޞަދަކީ މަތީ ސާނަވީގައި ކިޔަވާ ދިރިވަރުން ދިވެހިބަހުން މުއާމަލާތު ކުރުމާ މެދު ދެކޭގޮތް ހޯދުމެވެ. އަދި އެކަމުގެ ސަބަބުން ދިވެހިބަހަށް ހީނަރުކަން ލިބެމުންދޭތޯ ބަލާ ދެނެގަތުމެވެ. މިދިރާސާއަކީ މަތީސާނަވީގައި ކިޔަވާ ދަރިވަރުންގެ މެދުގައި ކުރެވުނު ސަރވޭއެއްގެ މައްޗަށް ހަދާފައިވާ ދިރާސާއެކެވެ. މަތީ ސާނަވީގައި ކިޔަވާ 110 ދަރިވަރުން ބައިވެރިކޮށްފައިވާ މި ސަރވޭގައި ދަރިވަރުން ލައްވާ ފުރާފައިވާ ކްއެސްޗެނިއާގައި، ދިވެހިބަހާގުޅުންހުރި މައިގަނޑު 33 ނުކުތާއަކާމެދު ދަރިވަރުން ދެކޭގޮތް ހޯދާފައިވާނެއެވެ. މިސާރވޭގެ ނަތީޖާ ދައްކާގޮތުން މަތީސާނަވީގައި ކިޔަވާ ގިނަކުދިން ދިވެހިބަސް ކިޔަވާހިތެއް ނުވެއެވެ. އަދި ދިވެހިބަސް ލިޔަން އަދި ކިޔަންވެސް ގިނަކުދިން ފޫހިވެއެވެ. މިކަމަކީ ދިވެހިބަސް ދުރުމުސްތަޤުބަލަކަށް ގެންދިޔުމަށް ހުރި ނުރައްކަލެއްކަން މި ދިރާސާއިން ހާމަވެއެވެ. އެހެނީ، ވާހަކަދެއްކުމުގެ ހުނަރު ފިޔަވައި ދިވެހިބަހުގެ އެހެން ހުރިހާ ހުނަރުތަކެއް ބޭނުންކުރުމަކީ މިދިރާސާގައި ބައިވެރި ގިނަދަރިވަރުން ބޭނުންވާކަމެއް ނޫނެވެ. ދިވެހިބަހަކީ ލިޔެކިޔުމަށް ބޭނުންކުރާ ހަމައެކަނި ވާހަކަދެއްކުމަށް ބޭނުންކުރާ ބަހަކަށް ވެދާނެކަމުގެ ބިރު އޮތްކަން މި ދިރާސާއިން ވަނީ ހޯދިފައެވެ. ވީމާ، ދަރިވަރުން ބަހާމެދު ދެކޭގޮތް ރަނގަޅުކުރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް ބޭނުންހިފޭނެ މުހިންމު މައުލޫމާތުތަކެއް މިދިރާސާއިންލިބޭނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/618
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
RESEACH-PDF COPY.pdf1.06 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.