Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/7178
Title: ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީވުމުގައި މައިންބަފައިންގެ ދައުރު
Other Titles: Thuththu kudhinge maadharee bahuge baskoshaaru tharaqqeevumugai mainbafainge dhauru
Authors: އާއިޝަތު ޒަހާ
Zaha, Aishath
Issue Date: 20-Nov-2016
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: saruna.mnu.edu.mv އާއިޝަތު ޒަހާ. (2016). ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީވުމުގައި މައިންބަފައިންގެ ދައުރު (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ
Zaha, A. (2016). Thuththu kudhinge maadharee bahuge baskoshaaru tharaqqeevumugai mainbafainge dhauru (Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv
Abstract: މި ދިރާސާ ހަދާފައިވާ ސުރުޙީއަކީ " ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީވުމުގައި މައިންބަފައިންގެ ދައުރަކީ ކޮބައިހެއްޔެވެ؟" މިއެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރެވުނީ ތަފާތު ލިޔުންތެރިންގެ ލިޔުންތަކުގެ އެހީގައި ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ތަރައްޤީ ކުރުމަށް މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް އަދާ ކުރެވިދާނެ ދައުރުތައް ހޯދުމަށެވެ. ދިރާސާ އަމާޒުކުރެވިފައިވާ މައްސަލައަކީ ބޮޑެތިވަމުން އަންނަ ކުދިންގެ މާދަރީ ބަހުގެ ފެންވަރު ދަށްވަމުންދާ މައްސަލައެވެ. މި މައްސަލަ ފެށޭ ހިސާބަކީ ކުއްޖާގެ ތުއްތު ދުވަސްވަރު ކަމުން މި މައްސަލަ މެދުވެރިވުމުގައި ބެލެނިވެރިންނަށް ހެދޭ ގޯސްތައް ދެނެގަންނަން ޖެހެއެވެ. އަދި އެކަންކަން އިސްލާހުވެސް ކުރަން ޖެހެއެވެ. ތުއްތު ކުއްޖާ މާދަރީ ބަހަށް އަހުލުވެރިކޮށް ކުއްޖާގެ ކިބައިގައި މާދަރީ ބަހުގެ މުއްސަނދި ބަސްކޮށާރެއް އަށަގެންނެވުމަށްޓަކައި މައިބަފައިންނަށް އަދާކުރެވިދާނެ ދައުރު ދެނެގަތުމަކީ މި ދިރާސާ ހެދުމުގެ މައިގަނޑު މަޤުސަދެވެ. މި މައްސަލައަކީ އެތައް ބެލެނިވެރިންނެއް ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލަތަކަށް ވެފައިވާ ހިނދު މިފަދަ ދިރާސާއެއް ކުރުމަކީ މުހިންމު ކަމެއްކަމަށް ދެކެމެވެ. ދިރާސާ އަމާޒުކުރެވިފައިވާ އާބާދީއަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ތުއްތު ކުދިންގެ ތެރެއިން އުމުރުން ތިން އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނެވެ. މި ދިރާސާގެ މަސައްކަތް ކުރެވިފައި މިވަނީ ތިއޮރެޓިކަލް ފްރޭމްވޯކެއްގެ ދަށުންނެެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ހޯދުމަށް މައިވަރު ފޮތްތަކެއް ކިޔުނެވެ. އެއަށްފަހު އެ ފޮތްތަކުގައި ވާ މައުލޫމާތުތަކުގެ އެހީގައި ބެލެނިވެރިންނާއި އިންޓަރވިއު ކުރުމަށްޓަކައި ސުވާލުތަކެއް ހެދިގެންދިޔައެވެ. ދިރާސާ އަކީ ކޮލިޓޭޓިވް މެތަޑަށް ކުރެވުނު ދިރާސާއަަކަށް ވުމުން ދިރާސާ އަމާޒުކުރެވޭ އާބާދީގެ ހުރިހާ ބައިވެރިން މުހިންމެއް ނޫނެވެެ. ދިރާސާއަށް ބައިވެރިން ނެގުނީ ނޮންޕްރޮބަބިލިޓީ ސާމްޕަލިންގ ގައި ހިމެނޭ ކޮންވީނިއެންސް މެތަޑް ބޭނުންކޮށްގެން އެންމެ ފަސޭހައިން ދިރާސާއަށް ލިބެން ހުރި ފަސް ބައިވެރިން އިޚްތިޔާރުކޮށްގެންނެވެ. ދިރާސާއަށް ޑާޓާ އެއްކުރެވުނީ އަނގަބަހުން ކުރެވުނު އިންޓަރވިއުއަކާއި ހިޑަން އޮބްޒަރވޭޝަންގެ ނަތީޖާއާއި އެކުގައި މި ދާއިރާއާއި ގުޅުންހުރި ލިޔުންތަކުގެ އެހީގައި ތުއްތު ކުދިންގެ މާދަރީ ބަހުގެ ބަސްކޮށާރު ރަނގަޅު ކުރުމަށްޓަކައި މައިންބަފައިންނަށް އަދާކުރެވިދާނެ ދައުރުތަކެއް ދެނެގަނެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/7178
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Thuththu kudhinge maadharee bahuge baskoshaaru tharaqqeevumugai mainbafainge dhauru.pdf9.87 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.