Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/7367
Title: އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތައް
Other Titles: In'gireysi dhaulathaai Dhivehi dhaulathaa dhemedhu zamaanussure oiy gulhumuge sababun Raajje ah kuri asaruthah
Authors: އާދަމް ރަމީޒު
Rameez, Adam
Issue Date: May-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: saruna.mnu.edu.mv އާދަމް ރަމީޒު. (2017). އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތައް (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ
Adam, R. (2017). In'gireysi dhaulathaai Dhivehi dhaulathaa dhemedhu zamaanussure oiy gulhumuge sababun Raajje ah kuri asaruthah (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv
Abstract: މީލާދީން ގާތްގަ ނޑަކަށް އަށާރަވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން އިނގިރޭސީން )ބްރިޓިޝް އެމްޕަޔަރ( ގެ ފަރާތުން މުޅިދުނިޔޭގެ އެކި ކަންކޮޅު ތަކެއްގައި އެމީހުންގެ އިސްތިޢުމާރީ ބާރު ހިންގާ އެހެން ޤައުމުތަކަށް އަތްދަގަދަކޮށް އެތަންތަން އެމީހުންގެ ކޮލޮނީތަކަށް ވަނީ ހަދާފައެވެ. އެހެންނަމަވެސް އިނގިރޭސީންގެ ކޮލޮނީއަކަށް ދިވެހިރާއްޖެ ހަދާފައިވާ ކަމެއް މިހާތަނަށް ހޯދުނު ހޯދުން ތަކުން ފެންނާކަށް ނެތެވެ. އެހެނަސް މީލާދީން 19 ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން ދިވެހިރާއްޖެ ވަނީ އެމީހުންގެ ޙިމާޔަތުގެ ދަށަށް ގޮސްފައެވެ. އެގޮތުން ވޭތުވި 78 ވަރަކަށް އަހަރުގެ ތެރޭގައި އިނގިރޭސީންގެ ފަރާތުން ރާއްޖެއަށް ފައިދާތަކާއި ގެއްލުން ތަކެއްވެސް ލިބިފައިވާ ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ފާހަގަކުރެވުނެވެ. ވުމާއެކު އިނގިރޭސީންގެ ސަބަބުން ރާއްޖެއަށް ލިބުނު ފައިދާއާއިގެއްލުންތައް ކޯޓްކޮށް އެމަޢުލޫމާތުތައް މައިގަ ނޑު ތީމްތަކަކަށް ބަހާލެވި އެތީމްތަކުގެ ދަށުން މުހިއްމު ގިނަ ކަންތައްތަކެއް ހިމަނާ އެމަޢުލޫމާތުތައް އިންޓަރޕްރިޓް ކުރުމަށްފަހު، އިނގިރޭސީންގެ ސަބަބުން ރާއްޖެއަށް ބޮޑަށް ލިބުނީ ފައިދާކަން ނުވަތަ ގެއްލުންކަން ވަނީ ހާމަކުރެވިފައެވެ. އެހެނީ މިއީ މިހާތަނަށް މިފަދަ އެހެން ދިރާސާއެއް ދިވެހިބަހުން ހަދާފައި ނެތް ދާއިރާއެއް ކަމުން މިދިރާސާ އަކީ މުހިއްމު ދިރާސާއެއް ކަމަށް ޤަބޫލުކުރަމެވެ. އެގޮތުން މި ދިރާސާ ކުރެވިފައި މިވަނީ އިންޓަރ ޕްރިޓިވިޒަމް ޕެރަޑައިމްގެ ދަށުން ކޮލިޓޭޓިވް ޑިޒައިން ބޭނުން ކޮށްގެންނެވެ. އެހެންކަމުން މި ދިރާސާ ހެދުމަށްޓަކައި ޚިޔާރުކުރި މައިގަ ނޑު ވައްތަރަކީ ޑޮކިއުމެންޓް އެނާލިސެސް ކަމަށްވާތީ އިނގިރޭސީންގެ ޙަރަކާތްތައް އެދުވަސްވަރު ރާއްޖޭގައި އޮތްގޮތާއި ގުޅޭގޮތުން ރާއްޖެއިން ލިބެންހުރި ތާރީޚީ މުހިއްމު ބައެއް ފޮތްތަކުންނާއި އިންޓަނެޓްގައި މިކަމާ ގުޅޭގޮތުން ޝާއިއު ކުރެވިފައިވާ ލިޔުންތަކާއި އިނގިރޭސީންނާއި ދިވެހިންނާ ދެމެދު ވެފައިވާ މުއާހަދާ ގުޅޭ އެކިއެކި ލިޔުންތައް ހިމަނައިގެން އެކުޖުމުލަ 38 ލިޔުމެއް ބަލައި ދިރާސާ ކުރެވިފައި ވާނެއެވެ. އިނގިރޭސީންގެ ފަރާތުން ލިބިފައިވާ ނުވަތަ ކުރިމަތިވެފައިވާ ކަންތައްތައް އެއީ ގެއްލުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ހާމަކުރައްވާފައިވާ އަނެއްބައި ފަރާތްތަކުން އެއީ ރާއްޖެއަށް ވަރަށް ފައިދާހުރި މުހިއްމު ކަމެއްކަމަށް ބަޔާންކުރައްވާފައި ހުރިކަން ވެސް ފާހަގަކުރެވުނެވެ. ކޮންމެއަކަސް، ޚިޔާލަކީ ތަފާތު އެއްޗެއްކަންވެސް ޤަބޫލުކުރަންޖެހެއެވެ. އެގޮތުން މިދެންނެވި ތަފާތު ޚިޔާލުތައް އަޅާބެލުމަށްފަހު ކުރިންވެސް ދެންނެވިފަދައިން އިނގިރޭސީންގެ ސަބަބުން ރާއްޖެއަށް ބޮޑަށް ލިބުނީ ގެއްލުންކަން ނުވަތަ ފައިދާކަން މިދިރާސާގައި ހާމަކުރެވިފައި ވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/7367
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations




Items in Saruna are protected by copyright, with all rights reserved, unless otherwise indicated.