Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/7434
Title: ރައިވަރުމާނަ ކުރުމުގައި ސާނަވީ ދަރިވަރުންނަށް ދިމާވާ މައްސަލަތައް
Other Titles: Raivarumaana kurumugai saanavee dharivarunnah dhimaavaa massalathah
Authors: އާތިފާ އ. ރައްޒާޤު
Razzaaq, Athifa A.
Issue Date: 13-May-2017
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: saruna.mnu.edu.mv އާތިފާ އ. ރައްޒާޤު. (2017). ރައިވަރުމާނަ ކުރުމުގައި ސާނަވީ ދަރިވަރުންނަށް ދިމާވާ މައްސަލަތައް (ޑިގްރީ ތީސިސް، ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ). ނެގީ
Razzaaq, A. A. (2017). Raivarumaana kurumugai saanavee dharivarunnah dhimaavaa massalathah (Degree thesis, Faculty of Arts, Maldives National University). Retrieved from saruna.mnu.edu.mv
Abstract: ެންވެރިކަމަކީ އަދަބިއްޔާތުގެ މުހިއްމު ބަހާއަކަށް ވީނަމަވެސް ޒަމާނާއެކު ޅެންވެރިކަމުގެ ބައެއް ބައިތަކަށް ދެމުންއަންނަ ސަމާލުކަން މިދަނީ ކުޑަވަމުންނެވެ. ހާއްސަކޮށް ދިވެހި ޅެންވެރިކަމުގެ ތެރޭގައި ހިމެނޭ ރައިވަރަށް މިހާރުގެ ކިޔަވާކުދިން ދޭ ސަމާލުކަން ކުޑައެވެ. ނަތީޖާއެއްގެ ގޮތުން، ދިވެހި އިމްތިހާނުގައި ރައިވަރުގެ ބައިން ދަރިވަރުން ހޯދާ ނަތީޖާތައް ދަށްވަމުންނެއެވެ. އެހެންކަމުން، ދިވެހި މާއްދާއިން ދަރިވަރުން ދަށްވަމުން ދާ މިފަދަ ދުވަސްވަރެއްގައި އިމްތިހާނުގައި ހިމެނޭ އެއްބައިކަމުގައިވާ ރައިވަރަށް ދަރިވަރުން ދަށްވާ ސަބަބުތައް ހޯދުމަކީ ދިވެހިބަހަށާއި ތައުލީމީ ދާއިރާއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. މި ދިރާސާގެ މަޤުސަދަކީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންނަށް ރައިވަރު މާނަކުރުމުގައި ދިމާވާ މައްސަލަތައް ހޯދުމެވެ. އެގޮތުން މި ދިރާސާގައި ކުރިއަށް ގެންދެވިފައިވަނީ މިކުސްޑު މެތަޑެއް ބޭނުންކޮށްގެނެވެ. އެގޮތުން، ކުއެންޓިޓޭޓިވު މެތަޑުގައި ހިމެނޭ ކުއިސްޗަނިއާރ މާލޭގެ 2 ސުކޫލެއްގެ 40 ކުދިން ލައްވާ ފުރުވާފައިވާނެއެވެ. އަދި ސާނަވީ އަށް ކިޔަވައިދޭ 10 މުދައްރިސެއް ލައްވާ ފުރުވާފައިވާނެއެވެ. ދެން ބޭނުން ކު ރެވުނީ އޮބްޒަވޭޝަންނެކެވެ. ކުއިސްޗަރނިއަރ އާއި އޮބުޒަވޭ ޗަން އިން ދެއްކީ ގާތްގަ ނޑަކަށް އެއް ނަތީޖާއެކެވެ. އެގޮތުން، ރައިވަރުގައި، ހިމެނޭ ލަފުޒުތަކާއި މައުލޫމާތުތައް ދަރިވަރުންނަށް ނޭނގުމުގެ އިތުރަށް މުދައްރިސުން ކިޔަވައިދިނުމުގެ އުސްލޫބާއި އިބާރާތް ކުރުމުގެ މައްސަލަތައް ރައިވަރުމާނަ ކުރުމުގައި ދަރިވަރުންނަށް ދިމާވާ ކަމަށް ފާހަގަކުރެވިގެން ދިޔައެވެ. މި ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި ރައިވަރުގައި ބުނާ ވާހަކަތަކުގެ މައުލޫމާތު ދަރިވަރުންގެ ކިބައިގައި ނެތުމުގެ ސަބަބުން އިބާރާތް ކުރުމަށް ދަރިވަރުންނަށް އުނދަގޫވެއެވެ. އެހެންކަމުން، މައުލޫމާތު އެނގޭ މިންވަރާއި އިބާރާތްކުރުމުގެ މައްސަލަތަކާއި ގުޅުމެއް ވާކަން ހާމަވިއެވެ. އެހެންކަމުން މި މައްސަލަތަކާމެދު ވިސްނައިގެން ކިޔަވައިދިނުން މުހިއްމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/7434
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Raivarumaana kurumugai saanavee dharivarunnah dhimaavaa massalathah.pdf795.85 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.