Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/826
Title: އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ ދިވެހި ނަތީޖާ ދަށްވަނީ ކީއްވެހެއްޔެވެ؟
Other Titles: Aminiya schoolge es. es. see natheeja dhahvanee keehvehehyeve?
Authors: Jameel, Abdullah
ޢަބްދުﷲ ޖަމީލް
Keywords: އެސް. އެސް. ސީ އިމްތިޙާނު
ްއަމީނިއްޔާ ސުކޫލު
ދިވެހި
ނަތީޖާ ދަށްވުން
އެސް. އެސް. ސީ އިމްތިޙާނު ޕޭޕަރު
ޅަފތުގެ ދައުރު
SSC exam
Aminiya School
Dhivehi
Examination paper
Issue Date: 1-Nov-2009
Publisher: Maldives National University
Citation: Jameel. A. (2009). Aminiya schoolge es. es. see natheeja dhahvanee keehvehehyeve?. (
Abstract: މިދިރާސާއަކީ އެސް. އެސް. ސީ އިމްތިޙާނުގެ ނަތީޖާ އަމީނިއްޔާ ސުކޫލުގައި ދަށްވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ކުރެވިައިވާ ކޮލިޓޭޓިވް ދިރާސާއެކެވެ. މިދިރާސާއަށް މަޢުލޫމާތު ހޯދުމުގައި ފުޅާ ދާއިރާއެއްގައި ދޭޓާ އެއްކޮށްފައިވާނެއެވެ. މިގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ އިސްބޭފުޅުންތަކެއްގެ އިންޓަރވިއު މިދިރާސާއަށް ނަގާފައިވާނެއެވެ. އަދި އަމީނިއްޔާ ސުކޫލަށް ގޮސް، އޮބްޒާރްވްކޮށްގެންނާއި އަދި އެތާންގެ ދަރިވަރުންނާއި ޓީޗަރުންނާއި ސުކޫލްގެ ވެރިންނާއި އިންޓަރވިއުކޮށް ސުވާލުކުރެވިފައިވާނެއެވެ. އަދި އެސް.އެސް. ސީ ޕޭޕަރަށާއި މާކުކުރުމަށް ވަރަށް ފުޅާ ގޮތެއްގައި މިދިރާސާގައި ބަލާލާފައި ވާނެއެވެ. އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ އިމްތިޙާނުގެ ދިވެހި ނަތީޖާ ދަށްވަމުންދާ ސަބަބުތަކެއް މިދިރާސާއިން ވަނީ ހޯދިފައެވެ. މިގޮތުން ގިނަ ދަރިވަރުންގެ ލިޔުންތެރިކަން ޅަފަތުގެ ދައުރުން ފެށިގެން ދަށްވުމާއި އަމީނިއްޔާ ސުކޫލްގައި ދިވެހިބަސް ކިޔަވައިދިނުމުގައި ދަރިވަރުންގެ ފޮތް ބޭނުންކޮށްފައިވާލެއް ކުޑަކަމާއި ދަރިވަރުން ޝައުޤުވެރިކުރުވުމަށް ކުރެވިފައިވާ މަސައްކަތް ކުޑަކަމަށް މިދިރާސާއިން ފާހަގަވެފައިވެއެވެ. އަދި ދިވެހި ބަހަށް ދަށްކުދިން ދެނެގަނެވި އެކުދިންނަށް މަސައްކަތްކޮށްދެވިފައިވާލެއް ކުޑަކަމާއި ޓީޗަރުންގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭކަން ފާހަގަވެފައިވެއެވެ. މީގެ އިތުރުން ބަހުގެ ފެންވަރު ޓެސްޓްކުރުމަށް އެސް. އެސް. ސީ ޕޭޕަރގައި އުނިކަންތައްތަކެއް ހުރިކަން ފާހަގަވެއެވެ. އަދި 2008 ވަނަ އަހަރު އެސް. އެސް. ސީ އިމްތިޙާނަށް ގެނެވުނު ބަދަލަކީ ރަގަޅުނޫން ބަދަލެއްކަމާއި އެސް. އެސް. ސީ އިމްތިޙާނު ޕޭޕަރުގައި ހިތުދަސްކުރަން ޖެހޭ ބައިތައް ހިމެނިފައިވާކަމާއި އެސް. އެސް. ސީ އިމްތިޙާން މާކު ކުރުމުގައި މައްސަލަތަކެއް އެބަހުރިކަމާއި ފެންވަރު ރަގަޅު މާކަރުން ނުލިބުމާއި އެގްޒޭމިނަރުންގެ ފެނަވަރު ދަށްކަމުގައި ފާހަގަކުރަމެވެ. އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ އިމްތިޙާނުގެ ދިވެހި ނަތީޖާ ރަގަޅު ކުރެވޭނީ ސުކޫލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ބެލެނިވެރިންނާ ގުޅިގެން ކަންތައްތަކެއް ހިންގައިގެން ކަމުގައިވެސް މި ދިރާސާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން އެސް. އެސް. ސީ އިމްތިޙާނުގެ ނަތީޖާ ރަގަޅު ކުރުމަށް މިހާރަށްވުރެ ބޑު، ބުރަ އަދި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މި ދިރާސާއަށް ފާހަގަވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/826
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Abdulla Jameel 10449.pdf13.24 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.