Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/842
Title: ހުރާ ދަރިކޮޅުގެ ރަސްރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ ވިރާޡީ އުޞޫލުންތޯއެވެ؟
Other Titles: Huraa dharikolhuge rasraskalunnah raskan libivadaigathee viraasee usoolunthoa?
Authors: މުޙައްމަދު އަބުދުއްރައްޒާޤް
Mohamed, Abdul Razzak
Keywords: Huraa dynasty
Huraa kingdom
Family dynasty
family history
ހުރާ ދަރިކޮޅު
ވިރާސީ ރަސްކަން
ރަސްރަސްކަލުން
އިބްރާހީމް ނޫރައްދީނު
މުޙައްމަދު މުޢީނުއްދީން
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ
Mohamed Muieenundheen
Ibrahim Nooradheen
First republic
Issue Date: 1-Nov-2009
Publisher: ފެކަލްޓި އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން
Citation: Mohamed. A. R., (2009). Huraa dharikolhuge rasraskalunnah raskan libivadaigathee viraasee usoolunthoa?. Male', Maldives College of Higher Education
Abstract: މިދިރާސާއަކީ، ހުރާ ދަރިކޮޅުގެ ރަސްކަން ގޮސްފައިވަނީ ވިރާޘީ އުޞޫލުންތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މިއީ، ތާރީޚީ ހޯދުމެއްކަމުން މިދިރާސާ ހެދުމުގައި ބޭނުންކުރެވޭނީ ކުލައިޓޭޓިވް ދިރާސާ އެޕްރޯޗެކެވެ. މީގެ އިތުރުން ޖުމުލަ ގޮތެެއްގައި މިދިރާސާ ބިނާވެފައިވަނީ ޝާއިޢުކުރެވިފައިވާ ފޮތްތަކާއި، އެކިއެކި ފަންނީ ބޭފުޅުންނާ ބަސްދީގަތުން ބާއްވައިގެން ލިބުނު މަޢުލޫމާތުގެ މައްޗަށެވެ. ހޯދިހޯދުންތަކުން އެނގުނުގޮތުގައި ހުރާ ޚާންދާނުގެ ރަސްކަން ދިޔައީ މުޅިން ވިރާޘީ އުޞޫލާއެއްގޮތަކަށް ނޫނެވެ. ވަކިން ޚާއްޞަކޮށް ހުރާ ދަރިކޮޅުން އެންމެފުރަތަމަ ރަސްކަން ކުރެއްވި ދެ ރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ މުޅިން ވިރާޘީ އުޞޫލާ ޚިލާފަށް ޢާއިލީމަތިފުށުން ބޭރުންނެވެ. ދެވަނަފަހަރަށް މިދަރިކޮޅަށް ރަސްކަން ލިބިވަޑައިގަތުމަށްފަހު ރަސްކަމުގެ ވިރާޘީ އުޞޫލުގައި ކަނޑައެޅިފައިވާގޮތަށަ، ފަސް ރަސްރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ވިރާޘީ އުޞޫލުގައި ކަނޑައެޅިފައިވާގޮތަށް ފަސް ރަސްރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ވިރާޘީ އުޞޫލާ ޚިލާފަށް ރަސްކަން ބަދަލުވީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ރަސްކަން ގަދަކަމުން އަތުލައްވައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަންނަވާ ހިސާބުންނެވެ. މިގޮތުން މިޚާންދާނުން ފަސްރަސްކަލުން ވިރާޘީ އުޞޫލާ ޚިލާފަށް ރަސްކަމަށް އިސްވެ ވަޑައިގެންފައި ވެއެވެ. ދިވެހިރާއްޖޭގެ ބޮޑުންގެ މެދުގައި ހަމަނުޖެހުން އުފެދި ރަސްކަމުގެ ވިރާޘީ އުޞޫލު އުވި ރަސްކަމުގެ އިންތިޚާބީ އުޞޫލަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް އިންތިޚާބު ކުރެވުނު ރަސްކަލުން ރަސްކަމާ ޙަވާލުނުވުމުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާވެސް ގާއިމުކުރެވުނެވެ. ކުޑަދުވަސްކޮޅެއްގައި ޖުމްހޫރީ ވެރިކަމެއް އޮތުމަށްފަހު އަލުން އިންތިޚާބީ ރަސްކަމެއް ގާއިމުކުރިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ތަޚުތަށް އިސްކުރެވުނު ހަމައެކަނި އިންތިހާބީ ރަސްކަލަކުވެސް އިސްކުރެވިފައިވަނީ މިޢާއިލާއިންނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/842
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Abdul Razzaq Mohamed 6081.pdf12.36 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.