Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/844
Title: ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރަމުން އަންނަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟
Other Titles: Vaahaka dhehkumugai nafeege akuruthah beynunkuramun annanee Dhivehi bahuge ekashaalhaafaivaa qavaaidhaai ehgothah hehyeve?
Authors: އާދަމް ޙުސައިންފުޅު
Hussainfulhu, Adam
Keywords: ނަފީގެއަކުރުތައް
މާލޭބަހުރުވަ
ދިވެހިބަހުގެ ޤަވާއިދު
ނަންއިތުރާއި ކަންއިތުރު އަދި ނަންއިތުރުގެނަން ނަފީކުރުން
Issue Date: 1-Nov-2009
Publisher: ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Faculty of Arts, Maldives College of Higher Education
Citation: Hussainfulhu, A. (2009). Vaahaka dhehkumugai nafeege akuruthah beynunkuramun annanee Dhivehi bahuge ekashaalhaafaivaa qavaaidhaai ehgothah hehyeve?. Male', Maldives College of Higher Education.
އާދަމް ޙުސައިންފުޅު. (2009). ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރަމުން އަންނަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި ނަފީގެއަކުރުތައް އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރާއި އޭގެ ސަބަބުތައް ދެނެގަތުމެވެ. މިކަން ބެލުމައްޓަކައި ސާރވޭ ، އިންޓަރވިއު އަދި ދެކެވޭވާހަކަ ރެކޯރޑްކޮށް މަޢުލޫމާތު އެއްކޮއްފައިވާނެއެވެ. ހަދާފައިވާނީ މިކްސްޑް މެތަޑް އަށެވެ. މިދިރާސާ ކުރެވުނީ މާލޭގައެވެ. އަދި މިދިރާސާގެ މައިގަނޑު ބަހުރުވައަކަށް ބަލާފައިވާނީ ވެސް މާލޭބަހުރުވައެވެ.މިގޮތުން މަޢުލޫމާތު އެއްކުރުމައްޓަކައި މާލޭގެ ސާނަވީ 3 ސުކޫލެއްގެ ދަރިވަރުންނާއި އެ ސުކޫލުތަކުގައި ކިޔަވައިދެއްވާ ދިވެހި ނަސްލުގެ މުދައްރިސުންނާއި 2010 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިޔުކޭޝަންއިން ހިންގި ދިވެހިބަސް ކިޔަވާދިނުމުގެ ޑިޕްލަމާ ކޯހުގެ ބައެއް ދަސްކުރާ މުދައްރިސުން ރެންޑަމްކޮށް ނަގައި ސާވޭކުރެވިފައިވާނެއެވެ.މި ފަރާތްތަކަށް ދެވިފައިވާނީ އެއްސާރވޭ ފޯމެވެ. ސާރވޭފޯމްތައް ދީފައިވާނީ ޕައިލޮޓް ޕްރޮޖެކްޓް ހެދުމަށްފަހު ގައެވެ. ހަމައެހެންމެ ދިވެހިބަހުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި 6 ފަރާތެއްގެ އިންޓރވިއު އާއި މާލެއިން ނަގާފައިވާ 3 ކޮންވަޒޭޝަން ވެސް އެނަލައިޒްކޮށްފައިވާނެއެވެ. މިބައިތަކުގެ ނަތީޖާ ދައްކާގޮތުން ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރުމުގައި ސަމާލުކަން ނުދެނީ ކޮންމެ ގޮތަކަށް ބޭނުންކުރިޔަސް ބުނާ އެއްޗެއްގެ މާނަދޭހަވާތީ ކަން ފާހަގަވެއެވެ. އަދި އެންމެ ބޮޑަށް ބައިވެރިންނަށް އުދަނގޫވީކަމަށް ފާހަގަވީ ނަންއިތުރާއި ކަންއިތުރު އަދި ނަންއިތުރުގެނަން ނަފީކުރާށެވެ. ސަމާލުކަންދޭ ފަހަރުތަކުގައި ސަމާލުކަންދެނީ ދިވެހިބަހަކީ އަޑުނިޔާކުރާގޮތަށް ލިޔާބަހަށްވާތީ ކަމަށްވެސް އެނގިގެންދިޔައެވެ.އެންމެ ރަނގަޅައް އެނގެނީ "ކަން" ނަފީކުރާށެވެ. މުދައްރިސުން ކިޔަވާދިނުމުގައި ވެސް މިހާރަށްވުރެ ސަމާލުވާން އަދި ޤަވާއިދުގެ ބައިތައް މުތާލިޔާކުރަންޖެހޭކަން ފާހަގަވިއެވެ. އަދި ބައެއް ޤަވާއިދުތައް ބަޔާންކޮށްވާގޮތުން އޮޅުންބޮޅުންތަކެއް ވާކަމަށް ވެސް ފާހަގަވިއެވެ.މުޅި ދިރާސާގެ ނަތީޖާއަށް ބަލާއިރު ފެނިގެންދަނީ ވާހަކަދެއްކުމުގައި ނަފީގެ ހަމަތަކަށް ސަމާލުކަން ނުދީ ވާހަކަދައްކާކަމެވެ. މިހެނީ އެނަލައިޒްކުރެވުނު 3 ކޮންވަޒޭޝަންގެ ތެރެއިން 2 ކޮންވަޒޭޝަންގައި ނަފީކުރުމުގެ ގަވާއިދާއި ޚިލާފަށް ގިނަ ލަފުޒުތަކެއް ބޭނުންކޮއްފައިވާކަން ސާބިތުވެއެވެ. އަދި ބަހުގެ ތެރެއަށް ވަދެހިނގާ އެހެނިހެން ބަސްބަހުގެ ލަފުޒުތަކުގެ ނުފޫޒުން ވެސް ދިވެހިބަހުގެ ލަފުޒުތައް ފުށުއަރާގޮތަށް ގަވާއިދާ ޚިލާފަށް ބޭނުންކުރެމުންދާކަން ވެސް ފާހަގަވިއެވެ.ވުމާއެކު އެނގިގެންދަނީ ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރަމުން އަންނަނީ އެކަށައަޅާފައިވާ ގޮތާ އެއްގޮތަށް ނޫންކަމެވެ
URI: http://saruna.mnu.edu.mv/jspui/handle/123456789/844
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Adam Hussain Fulhu.pdf1.21 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.