Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/846
Title: ދިވެހިރާއްޖޭގައި ކޮލިލުމާއި ކޮލިލުމުގައި ދިވެހީން ގެންގުޅެފައިވާ ސަގާފީ އުސޫލު ތަކަކީ ކޮބައިހެއްޔެވެ؟
Other Titles: Dhivehiraajeyga kolilumaai kolilumugai dhiveheen gengulhefaivaa usool thakakee kobai hehyeve?
Authors: Saeeda, Aminath
އާމިނަތު ސައީދާ
Keywords: ކޮލިލުން
ސަގާފީ އުސޫލުތައް
ރަސްމީ ބައެއް ލަޤަބު އިޢުލާންކުރުން
ރަސްގެފާނަށް ރަސްކަމުގެ މަތީ ދަރަޖައިގެ އިއްޒަތް ދިނުން
އިއްޒަތްދިނުމަށް ލާ ކޮލި
ދީނީ ކަންކަމަށް ގޮވުމަށްލާ ކޮލި
އިޖުތިމާޢީ ކަންކަމުގައި ނިކުތުމަށްލާ ކޮލި
މަސްއޫލިއްޔަތާއި ގުޅިގެން މަގާމަށް ނިސްބަތްކޮށް ލާކޮލި
Issue Date: 1-Nov-2009
Publisher: ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Faculty of Arts, Maldives College of Higher Education
Citation: Saeeda, A. (2009) Dhivehiraajeyga kolilumaai kolilumugai dhiveheen gengulhefaivaa usool thakakee kobai hehyeve?. Male', Maldives College of Higher Education
Abstract: މިދިރާސާ އަކީ ކޮލިލުމާއި ކޮލިލުމުގައި ގެންގުޅެފައިވާ ސަގާފީ އުސޫލުތަކަކީ ކޮބައިތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން މިދިރާސާގައި ބަލައިލާފައި ވާނީ ކޮލިލުމަކީ ކޮބާތޯ އާއި ކޮލިލުމުގެ ވައްތަރުތަކާއި އަދި ކޮލިލުމުގެ ކަންތައްތަކުގައި ރައްޔިތުންގެ ބައިވެރިވުން އޮތްގޮތާއި ސަގާފީ ގޮތުން އެކަމާ ގުޅުންހުރި ކަންތައްތަކުގެ އިތުރުން ޒަމާނުއްސުރެ ލަމުންއައިސްފައިވާ ކޮލިތައް ހުއްޓުނީ ކީއްވެގެން ކަމާއި މެދު ގައެވެ. މިދިރާސާއިން ހޯދުނު މައުލޫމާތުން ފާހަގަ ކުރެވުނީ ކޮލިލުމަކީ ރަސްމީ ބައެއް ލަޤަބު އިޢުލާންކުރުމަށްޓަކައި ކުރާ ރަސްމީ ކަމެއްކަމެވެ. ހަމައެހެންމެ ރަސްކަމުގައި އިންނަވާ ރަސްގެފާނަށް ރަސްކަމުގެ މަތީ ދަރަޖައިގެ އިއްޒަތް ދިނުމެވެ. އެހެންކަމުން ރަސްކަމަށް ކޮލިލުމަކީ ރަސްކަލަކަށް ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމަށްލާ ކޮއްޔެކެވެ. ކޮލިލުމުގެ މަޤްސަދަކީ ކަންތައްތަކެއް އެންގުމަށްޓަކައި ރަސްމީ ސިފައެއްގައި ރައްޔިތުންނަށް އެކަން އަންގާ އިއުލާންކުރުމެވެ. ނުވަތަ އެނައުންސްމަންޓް ދިނުމެވެ. އަދި އެކިއެކި ނަންނަމުގައި ކިޔާ ތަފާތު ކަންކަމަށްލާ ކޮލިތައްހުރިކަމެވެ. މިކޮލިތައް މައިގަނޑު 5 ބަޔަކަށް ނިސްބަތްވާގޮތަށް ބަހާލެވިފައި ވާނެއެވެ. އެއީ ވެރިކަމުގެ ފަރާތުން އިއްޒަތްދިނުމަށް ލާ ކޮއްޔާއި ދީނީ ކަންކަމަށް ގޮވުމަށްލާ ކޮއްޔާއި އަދި އިޖުތިމާޢީ ކަންކަމުގައި ނިކުތުމަށްލާ ކޮލީގެ އިތުރުން މަސްއޫލިއްޔަތާއި ގުޅިގެން މަގާމަށް ނިސްބަތްކޮށް ލާކޮލި ހިމެނެއެވެ. އަދި މީގެ އިތުރުން ރަސްމީގޮތުން ކޮލިލުން އޮންނަ ކަން އެނގުމުން ގޮތުން ވެސް ކޮއްޔެއްލައެވެ. ކޮލިލުމުގެ ކަންތައްތައް ކުރުމުގައި އާނމު ރައްޔިތުންގެ ބައިވެރިވުމާއި ކޮލިލުމުގައި ގެންގުޅެފައިވާ ސަގާފީ އުސޫލްތައް ބިނާވެފައިވަނީ އެކޮއްޔެއްގެ ބާވަތުންކަމާއި ޒަމާނުއްސުރެ ލަމުން އައިސްފައިވާ ކޮލި ހުއްޓުނީ ތަފާތު އެތައް ސަބަބުތަކެއް މެދުވެރިވެގެންކަން މިދިރާސާގެ ހޯދިހޯދުމުން ފާހަގަ ކުރެވުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/846
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Aminath Saeeda.pdf714.43 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.