Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/868
Title: ދިވެހި ބަހުން ވާހަކަދެއްކުމުގައި ތިކިޖެހިތާނައިގެ އަޑުގެ މަޚުރަޖާ އެއްގޮތަށް އަޑުތައް ބޭނުންކުރަނީ ކިހާމިންވަރަކަށް ހެއްޔެވެ؟
Other Titles: Dhivehi bahun vaahaka dhehkumugai thikijehi thaanaige aduge makhurajaa ehgothah aduthah beynunkuranee kihaaminvarakah hehyeve?
Authors: Wahid, Abdul
އަބުދުލް ވާހިދު
Keywords: ތިކިޖެހިތާނާގެ އަޑުތަކަށް ސަމާލުކަން ނުދިނުން
ތިކިޖެހިތާނަ ބޭނުންކުރާ މިންވަރު
ތިކިޖެހިތާނައިގެ އަޑުތައް
ވާހަކަދެއްކުން
Issue Date: 1-Nov-2011
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Wahid, A. (2011). Dhivehi bahun vaahaka dhehkumugai thikijehi thaanaige aduge makhurajaa ehgothah aduthah beynunkuranee kihaaminvarakah hehyeve?. Male', Maldives College of Higher Education.
އަބުދުލް ވާހިދު. (2011). ދިވެހި ބަހުން ވާހަކަދެއްކުމުގައި ތިކިޖެހިތާނައިގެ އަޑުގެ މަޚުރަޖާ އެއްގޮތަށް އަޑުތައް ބޭނުންކުރަނީ ކިހާމިންވަރަކަށް ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މިފަދަ ދިރާސާއެއް ހެދުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިބަހުން ވާހަކަދައްކާ ބައެއް ފަރާތްތަކުން ދިވެހިބަހުގެ ތެރޭގައި ހިމެނޭ ތިކިޖެހިތާނާގެ އަޑުތަކަށް ސަމާލުކަން ނުދޭކަން ފާހަގަ ކުރެވިފައިވާތީ، އެ އަޑުތައް ވާހަކަދެއްކުމުގައި ބޭނުންކުރަނީ، ކިހާމިންވަރަކަށްކަން ދެނެގަތުމެވެ. މީގެ އިތުރުން ތިކިޖެހި ތާނައާމެދު ދިވެހި މުޖުތަޢުގައި ދިރިއުޅޭ ފަރުދުން ދެކޭ ގޮތް ބެލުމެވެ. މިގޮތުން މިދިރާސާއަށް މަޢުލޫމާތު އެއްކޮށްފައިވާނީ ސާވޭ ކޮށްގެންނާއި އޮބްޒާވް ކޮށްގެނެވެ. އޮބްޒާވް ކޮއްގެން ބަލާފައިވާނީ ދިވެހިބަހުން ވާހަކަދައްކާއިރު ތިކިޖެހިތާނައިގެ އަޑުތައް ބޭނުންކުރާ މިންވަރަށެވެ. ސާވޭ ކޮއްގެން ބަލާފައިވާނީ، ތިކިޖެހިތާނައާމެދު ސާވާގެ ބައިވެރިން ދެކޭ ގޮތާއި އަދި އެފަރާތްތްކުން ވާހަކަދައްކާއިރު ތިކިޖެހިތާނައިގެ އަޑުތަކަށް ސަމާލުކަން ދޭމިންވަރު ދެނެގަތުމެވެ. މި ދިރާސާއަކީ، ހިސާބު (ކުއަންޓިޓޭޓިވް) ނަތީޖާ ބަޔާންކުރާގޮތަށް ހެދިފައިވާ ދިރާސާއެކެވެ. ހަމައެހެންމެ މައީ މުޅިން އަލަށް އެއްކުރެވިފައިވާ މަޢުލޫމަތުގެ މައްޗަށް ބިނާކޮށް ހެދިފައިވާ ދިރާސާއެކެވެ. ތިކިޖެހިތާނަ ބޭނުންކުރާ މިންވަރު ދެނެގަތުމުގެބޭނުމުގައި ޑާޓާ އެއްކޮށްފައިވާނީ، މީޑިއާގައި ވަގުތުން ގެނެސްދެމުންދިޔަ ޕްރޮގްރާމު ތަކުގައި ދައްކަމުންދިޔަ ވާހަކަތަކުންނެވެ. މިގޮތުން ބެލި ބެލުމުން އެނގުނީ ދިރާސާކުރި އެއްވެސް ދާއިރާއަކުން ތިކިޖެހިތާނައިގެ އަޑުތަކަށް ސަމާލުކަން ނުދޭކަމެވެ. ތިކިޖެހިތާނައިގެ އަޑުތައް އޭގެ މަޚުރަޖުން އަދާކުރާ މިންވަރަށްވުރެ މަޚުރަޖުން އަދާނުކުރާ މިންވަރު އިތުރުވެފައި ވާކަމެވެ. ތިކިޖެހިތާނައިގެ އަޑުގެ ބަދަލުގައި ދުލަށް ފަސޭހަ އެ ލަފުޒެއްގައި އޮންނަ ތިކިޖެހިތާނައިގެ އަޑާ އެންމެ ގާތްކުރާ މަޚުރަޖުގެ އަޑެއް ބޭނުންކުރާކަމެވެ. ދަރާސާގެ ސާވޭގައި ބައިވެރިކޮށްފައިވާނީ، ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނާއި، ކޮލެޖްގައި ކިޔަވާ ދަރިވަރުންނާއި، މުދައްރިސުންނާއި އާއްމުންގެ އިތުރުން މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. މިފަރާތްތަކުގެ ނަތީޖާއަށް ބަލާއިރު، ފާހަގަކުރެވޭ މުހިންމު އެއްކަމަކީ، މިފަރާތްތަކުންވެސް ވާހަކަދެއްކުމުގައި ތިކިޖެހިތާނައިގެ އަޑުތަކާއި އެއްގޮތަށް ބޭނުން ނުކުރާކަމެވެ. އަދި ތިކިޖެހިތާނަ ބޫނުން ނުކުރިނަމަވެސް ބުނަން ބޭނުންވާ އެއްޗެއް ބުނެވޭކަން މިދިރާސާއިން އެނގުނެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/868
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Abdul Wahid.pdf1.12 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.