Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/869
Title: ދިވެހިރުކުގެ ބައިތަކުގެ ބޭނުންތައް ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟
Other Titles: Dhivehi rukuge baithakuge beynunthah hifamunai gothaai, eybeynunthakah mihaaru aisfaivaa badhalu thakakee kobaihehyeve?
Authors: Mohamed, Musthafa
މުސްތަފާ މުޙައްމަދު
Keywords: ދިވެހިރުކުގެ ބައިތަކުގެ ބޭނުން
ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތައް
ކާށި އެކްސްޕޯޓް ކުރުން
ދިވެހިރުކާގުޅޭ ލަފުޒުތައް
Issue Date: 1-Nov-2009
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Mohamed, M. (2009). Dhivehi rukuge baithakuge beynunthah hifamunai gothaai, eybeynunthakah mihaaru aisfaivaa badhalu thakakee kobaihehyeve?. Male', Maldives College of Higher Education.
މުސްތަފާ މުޙައްމަދު. (2009). ދިވެހިރުކުގެ ބައިތަކުގެ ބޭނުންތައް ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މި ދިރާސާއަކީ، ދިވެހިރުކުގެ ބައިތަކުގެ ބޭނުން ހިފަމުން އައިގޮތާއި، އެ ބޭނުންތަކަށް މިހާރު އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. ދިވެހި ރުކަކީ، އޭގެ ބޭނުންތަކުގެ މައްޗަށް ކާބަފައިންގެ މުޅި ދިރިއުޅުން ބިނާކޮށްފައިވާ ގަހެވެ. ކެއިންބުއިމާއި، އޮޑިދޯނިފަހަރު ބަނުމާއި، ގޯތިގެދޮރު އެޅުމާއި، އެނދުއަށި ޖެހުމާއި، ހިފާގެންގުޅޭ ތަކެތި ތައްޔާރުކުރުމާއި، ބޭސްފަރުވާގެ ބޭނުންތަކަކީ، ރުކުން ހިފަމުންގެންގޮސްފައިވާ މުހިންމު ބޭނުންތަކެވެ. އިހުޒަމާނުގައި ދިވެހިންގެ މައިގަނޑު މަސައްކަތް ކަމަށްވާ މަސްވެރިކަން ފިޔަވައި، ދެން އެންމެބޮޑު އާމްދަނީއެއް ލިބޭ މަސައްކަތަކަށް ވެފައިއޮތީ ކާށި އެކްސްޕޯޓް ކުރުމެވެ. ކާށީގެ އިތުރަށް، ރޯނާއި، ދިޔާހަކުރުން ތައްޔާރުކުރާ އުފެއްދުންތައްވެސް އެކްސްޕޯޓްކޮށްފައި ވެއެވެ. މި ސަރަޙައްދުގައި ދުއްވާ ނާފަހަރުގައި ވާވެލާވެއްޔަށްވެސް ބޭނުންކޮށްއުޅުނީ، ރާއްޖޭގައި އުފައްދާ ރޯނެވެ. ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ ކާނާގެ ތެރޭގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި، ކާށްޓާއި ދިޔާހަކުރު ހިމެނެއެވެ. ދިވެހި ޘަޤާފަތާއި ދިވެހިންގެ އާދަކާދައާ މިކަންކަން ވަނީ ގުޅިފައެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި ދިވެހިރުށް ވެފައިވަނީ، އެއާ ނުލައި ދިވެހިންނަށް ނޫޅެވޭފަދަ މުހިންމު ގަހަކަށެވެ. މިފާހަގަކުރި ކަންކަމުގެ އިތުރަށް ދިވެހިބަހާއި އަދަބިއްޔާތާ ދިވެހިރުއް ގުޅިފައިވެއެވެ. ދިވެހިރުކާގުޅޭ އެތައް ލަފުޒަކާއި ހަރުބަހާއި މުސްކުޅިބަހާއި މަޖާޒުބަހުން ދިވެހި ރަދީފަށް މުއްސަނދިކަން ގެނެސްދީފައި ވެއެވެ. އޭގެއިތުރަށް، މިޤައުމުގެ ޤައުމީގަހަކީ، ދިވެހިރުއްކަމަށް ކަނޑައަޅާފައިވަނީ، ދިވެހިންނަށް އެ ގަހަކީ، މުހިންމު ގަހެއްކަމަށް ވީތީއެވެ. ހަމައެހެންމެ، މިނިވަން މި ޤައުމުގެ ދައުލަތުގެ ނިޝާނުގައި ދިވެހިރުއް ހިމެނިފައިވުމާއި، ދިވެހި ފައިސާގައި ދިވެހިރުކުގެ ތަސްވީރު ހިމެނިފައިވުމީ، ދިވެހިންނަށް އެގަހުގެ ބޭނުންތެރިކަން ބޮޑުކަން ރަމްޒުކޮށްދޭ ކަންކަމެވެ. ދިވެހިރުކަކީ، މިހާބޮޑު އަހަންމިއްޔަތެއްދޭ ގަހެއްކަމަށް ވީނަމަވެސް، އެގަހުގެ ބޭނުން ކުރަމުން ގެންދިޔަ ކަންކަމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އެހެންކަމުން، ބަދަލުތައް އައިސްފައިވާ ކަންކަމާއި، ބަދަލުތައް އައިސްފައިވާ މިންވަރުގެ މައްޗަށް، މި ދިރާސާގައި އަލިއަޅުވާލެވިފައި ވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/869
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Musthafa Mohamed.pdf16.12 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.