Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/876
Title: ދިވެހިބަހުގެ އެންޑޯސެންޓޮރިކް ކަމްޕައުންޑާއި އެގްޒޯސއންޓްރިކް ކަމްޕައުންޑަކީ ދިވެހިބަސްކިޔަވާ ދަރިވަރުންނަށް އެނގެންޖެހޭ މުހިންމު ދެ ކަމްޕައުންޑުހެއްޔެވެ؟ ދިވެހިބަސް ކިޔަވައި ދިނުމުގައި މި ދެ ކަމްޕައުންޑް ބޭނުންކުރަން ސަމާލުކަންދޭހެއްޔެވެ؟ އަދި ސަމާލުކަން ދިނުން މުހިންމުހެއްޔެވެ؟ އަދި ކިޔަވައިދިނުމުގައި މި ކަމްޕައުންޑް ބޭނުންކުރުމުން ދަރިވަރުން ޝައުޤުވެރިވާނެހެއްޔެވެ؟
Other Titles: Dhivehibahuge endorsentoric campoundaai egzoasentric campoundakee dhivehi bas kiyavaa dharivarunnah muhinmu dhe campound hehyeve? Dhivehibas kiyavaidhinumugai mi dhe campound beynunkuran samaalukan dheyhehyeve? Adhi samaalukan dhinun muhinmuhehyeve? Adhi kiyavaidhinumugai mi campound beynunkurumun dharivarun shauquveri vaanehehyeve?
Authors: Fahmy, Husna
ޙުސްނާ ފަހްމީ
Keywords: އެންޑޯސެންޓްރިކް ކަމްޕައުންޑް
އެގްޒޯސެންޓްރިކް ކަމްޕައުންޑް
ދިވެހިބަސް
ދިވެހިބަސް ކިޔަވައިދިނުން
ބަސް ބޭނުންކުރުން
ބަސްކޮށާރު މުއްސަނދި ކުރުން
Issue Date: 1-Nov-2010
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Fahmy, H.,(2010). Dhivehibahuge endorsentoric campoundaai endorsentoric campoundakee dhivehi bas kiyavaa dharivarunnah muhinmu dhe campound hehyeve? Dhivehibas kiyavaidhinumugai mi dhe campound beynunkuran samaalukan dheyhehyeve? Adhi samaalukan dhinun muhinmuhehyeve? Adhi kiyavaidhinumugai mi campound beynunkurumun dharivarun shauquveri vaanehehyeve?. Male', Maldives College of Higher Education
ޙުސްނާ ފަހްމީ. (2009). ދިވެހިބަހުގެ އެންޑޯސެންޓޮރިކް ކަމްޕައުންޑާއި އެގްޒޯސއންޓްރިކް ކަމްޕައުންޑަކީ ދިވެހިބަސްކިޔަވާ ދަރިވަރުންނަށް އެނގެންޖެހޭ މުހިންމު ދެ ކަމްޕައުންޑުހެއްޔެވެ؟ ދިވެހިބަސް ކިޔަވައި ދިނުމުގައި މި ދެ ކަމްޕައުންޑް ބޭނުންކުރަން ސަމާލުކަންދޭހެއްޔެވެ؟ އަދި ސަމާލުކަން ދިނުން މުހިންމުހެއްޔެވެ؟ އަދި ކިޔަވައިދިނުމުގައި މި ކަމްޕައުންޑް ބޭނުންކުރުމުން ދަރިވަރުން ޝައުޤުވެރިވާނެހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: ދުނިޔޭގެ އެހެނިހެން ބަސްތަކެކޭވެސް އެއްފަދައިން ދިވެހިބަހާ ބެހޭގޮތުން ތަފާތު ދިރާސާތައް ދަނީކުރެވެމުންނެވެ. އެހެންކަމުން، މި ދިރާސާއަކީވެސް ވަކި މައުޝޫޢަކަށް އަމާޒުކޮށްގެން ހޯދުންތަކެއް ހޯދައި ހާމަކޮށްދިނުމުގެ ގޮތުންކުރެވުނު ދިރާސާއެކެވެ. އެގޮތުން މިދިރާސާވެސް ކުރިއަށް ދިޔާއީ ވަކި ކަންތައްތަކެއް ރޭވިކަނޑައެޅިފައިވާ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައެވެ. މި ދިރާސާ އަމާޒުކޮށްފައިވަނީ، ދިވެހިބަހުގައި މިހާތަނަށް ހޯދިފައިނެތް ބައެއްކަމުގައިވާ ކަމްޕައުންޑް ލަފްޒުތަކުތެރޭގައި ހިމެނޭ އެންޑޯސެންޓްރިކް ކަމްޕައުންޑާއި އެގަޒޯސެންޓޮރިކް ކަމްޕައުންޑް ލަފުޒުތައް ދިވެހިބަހުގައި ހުރިތޯބަލައި އެކަން ހާމަކޮށްދިނުމެވެ. އޭގެ އިތުރުން، ދިރާސާގެ ސުވާލުށް އަމާޒުކޮށްގެން ސްކޫލްތަކުގެ ދަރިވަރުންނަށް މި ދެ ކަމްޕައުންޑް އެނގެނީ ކިހާވަރަކަށްތޯ އަދި ކިޔަވައި ދިނުމުގައި އެ ދެ ކަމްޕައުންޑުގެ ދައުރަކީ ކޮބައިކަން ތަޙުލީލުކޮށްދިނުމަށެވެ. މި ދިރާސާއަކީ، އާންމުކޮށް ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ދަރިވަރުންނަށް ވަކިކަމެއް އެނގޭތޯބެލުމާ، އަދި އެކަން އެނގުން އެއީ މުހިންމުކަމެއްތޯ ބެލުމުގެމައްޗަށް ކުރެވުނު ދިރާސާއަކަށްވާތީ، މި ދިރާސާއަށް ބޭނުންވާ މުހިންމު މަޢުލޫމާތު ސާވޭ ފޯމުތަކުންނާއި އޭގެއިތުރުން ބަސްދީގަތުތަކުން ހޯދިފައިވުމުގެ ސަބަބުން، މި ދިރާސާކުރަން ބޭނުންކޮށްފައިވާ މެތަޑަކީ މިކްސްޑް މެތަޑެކެވެ. މި ދިރާސާގެ ސެންޕަލް ހޮވާފައިވަނީ، މާލޭގެ ސްކޫލްތަކުގެތެރެއިން ހިވައިލެވުނު 4 ސްކޫލަކުން ރެންޑަމްކޮށް ނެގުނު 240 ދަރިވަރުންނާއި ހަމައެސްކޫލްތަކުން ހޮވައިލެވުނު 20 މުދައްރިސުންގެ އިތުރުން ދިވެހިބަހުގެ ޙަޤީޤީ އެދުރުންގެ 10ފަރާތުން ނެގުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މި ދިރާސާގެ ހޯދުންތަކުން، އިނގިރޭސިބަހުގައިވެސް އެންޑޯސެންޓްރިކް ކަމްޕައުންޑާއި އެގްޒޯސެންޓްރިކް ކަމްޕައުންޑް އުފެދިފައިވާ ހަމަތަކާއި އުޞޫލުތަކާ ދާދީ އެއްގޮތަށް އަދި އެ ހަމަތަކަށް ފެތޭގޮތަށް ދިވެހި ބަހުގައިވެސް މި ދެ ކަމްޕައުންޑް އުފެދިފައި އެބަހުރިކަން ހާމަވިއެވެ. އަދި ކިޔަވައިދިނުމުގައި މި ދެ ކަމްޕައުންޑުގެ ބޭނުންތެރިކަންވެސް ދިރާސާގެ އަލީގައި ހާމަވެގެން ދިޔައެވެ. އެ ގޮތުން ދަރިވަރުން ޝައުޤުވެރި ކުރުމަށާއި، ބަސްކޮށާރު މުއްސަނދި ކުރުމުގެ ގޮތުންނާއި، ލިއުންތެރިކަމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މި ދެ ކަމްޕައުންޑަކީ ދިވެހިބަހުގައިވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެއކަމުގައި ފާހަގަކުރެވިގެންދިޔައެވެ. ވީމާ މި ދިރާސާގެ ސަބަބުން ދަރިވަރުންނަށް ކޮންމެވެސް ފައިދާއެއް ކޮށްފާނެކަމަށް އުންމިދުކުރަމެވެ. އަދި ހަމައެއާއެކު މުސްތަޤުބަލުގައި ދިވެހި މުދައްރިސުންވެސް މި ދެ ކަމްޕައުންޑްގެ ބޭނުން މިހާރަށް ވުރެ ބޮޑަށް، ކިޔަވައިދިނުމުގައި ބޭނުންކުރާނެކަމަށް އުއްމީދު ކުރަމެވެ. އަދި ދިވެހި ބަހަށް ލޯބި ކުރާ ހަމަ ކޮންމެ ފަރުދަކުވެސް މި ދިރާސާގެ ސަބަބުން ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށްވެސް އުންމީދުކުރަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/876
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Husna Fahmy.pdf4.49 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.