Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/889
Title: ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ފަށާތަޢުލީމުގެ މަރުޙަލާގައި އުނގަންނައި ދިނުމަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ހެދުން މުހިންމުވާ ސަބަބުތައް
Other Titles: Dhivehiraajeyge madharusaathakugai fashaa thauleemuge maruhalaagai ugannaidhinumah beynunkuraa bahakee dhivehibas kamugai hedhun muhinmuvaa sababuthah.
Authors: Mujuthaba, Ahmed
އަޙުމަދު މުޖުތަބާ
Keywords: ފަށާތަޢުލީމުގެ މަރުޙަލާ
ދިވެހިރާއްޖޭގެ މަދަރުސާތއް
ދިވެހިބަސް
އުނގަންނައި ދިނުމަށް ބޭނުންކުރާ ބަސް
މާދަރީބަސް
Issue Date: 1-Nov-2011
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Mujuthaba, A. (2011). Dhivehiraajeyge madharusaathakugai fashaa thauleemuge maruhalaagai ugannaidhinumah beynunkuraa bahakee dhivehibas kamugai hedhun muhinmuvaa sababuthah. Male, Maldives College of Higher Education.
އަޙުމަދު މުޖުތަބާ. (2011). ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ފަށާތަޢުލީމުގެ މަރުޙަލާގައި އުނގަންނައި ދިނުމަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ހެދުން މުހިންމުވާ ސަބަބުތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މިދިރާސާއަކީ ފަށާތަޢުލީމުގެ މަރުޙަލާގައި އުނގަންނައި ދިނުމަށް ބޭނުންކުރާ ބަހަކީ ދިވެބަސް ކަމުގައި ހެދުން މުހިންމުވާ ސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން މިދިރާސާ ކުރުމަށްޓަކައި މާލޭގެ ޕްރައިމެރީ ސްކޫލްތަކުގެ ތެރެއިން އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލްގެ މުދައްރިސުންނާއި ދަރިވަރުން އަދި ބެލެނެވެރިން ބައިވެރިކޮށްފައިވާނެއެވެ. ދިރާސާގެ ސުވާލަށް އަމާޒުވާނޭހެން މައިގަނޑު ސުވާލުތަކުގެ ޖަވާބު ހޯދުމަށް މިދިރާސާ އަމާޒުކުރެނުނީ 4 ދާއިރާއަކަށެވެ. އެއީ ޢިލްމުވެރިންނާއި މުދަށްރިސުން އަދި ދަރިވަރުންނާ ބެލެނެވެރިންނެވެ. ޢިލްމުވެރިންނަށް މައިގަނޑު 7 ސުވާލެއްދީ އެސުވާލުތަކަށް އެބޭފުޅުންދެކޭގޮތް ހޯދުމަށްޓަކައި އިންޓަވިއުކުރީމެވެ. މިގޮތުން ކިޔަވައިދޭން ރަނގަޅުބަސް، އަމިއްލަވަތްތަކަމާ ސަގާފަތްދިރުވުން، ދަރިވަރުންނަށް ފަހުމްވާމިންވަރު، އަދި ކިޔަވައިދިނުމަށް ހުރި ގޮންޖެހުންތަކަށް އަމާޒުކޮށްފައިވާނެއެވެ. މިކަންކަމުގެ މައްޗަށް ސާރވޭކޮށް ހޯދިފައިވާނެއެވެ. މިދިރާސާގައި ފަށާތައުލީމު މަރުހަލާގައި ދިވެހިބަހުން ކިޔަވައި ދޭންވީ ސަބަބު ހޯދުނެވެ. އިންޓަވިއުދިން ފަރާތްތަކުން ވަރަށް ފުޅާދާއިރާއެއްގައި މިކަމަށް ހެކިދެއްކެވިއެވެ. އަދި ބައެއްފަރާތް ތަކުން މިކަމާއި މުޅިން އެއްބަސްވެފައެއް ނުވެއެވެ. ބައެއްސަބަބުތައް އެއީ ދަރިވަރުންނަށް ފަހުމްވުމާއި ދެވެނަބަހެއް ދަސްކުރުމަށް މާދަރީ ބަހުން ކިޔަވައިދޭން ޖެހޭކަމަށް އެފަރާތްތަކުން ފާހަގަކޮށް އެކަންކަމަށް ބާރުލިބޭ ނުކުތާތައް އިންޓަވިއުގައި ކިޔައިދެއްވި އެވެ. އަދި ސާވޭ ކުރިފަރާތަކުން ދިވެހިބަހުން ފަށާތައުލީމު ކިޔަވައިދިނުމަށް ހޯދުނު ސަބަބުތަކަށް ތާއީދުކުރާ އަދި ތާއީދު ނުކުރާ މިންވަރު ސަރވޭގައި ބަލާފައިވާނެއެވެ. މީގެ އިތުރުން މުދައްރިސުންނަށް ދެވުނު ދެސުވާލުން ދިވެހިބަހުން ކިޔަވަންޖެހޭތޯ ނުވަތަ ނޫންތޯ ހޯދުމަށް އެފަރާތް ތަކުގެ ޚިޔާލު ހޯދުނެވެ. އަދި މިކަން ކުރުމަށް ހުރި ގޮންޖެހުންތައްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. ދިރާސާއިން ފާހަގަ ކުރެވުނީ ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ފަށާތައުލީމު މަރުހަލާގައި ކިޔަވައިދޭންވީ މާދަރީބަހުން ކަމެވެ. އަދި މާދަރީބަހުން ކިޔަވައިދިނުމަށް ގޮންޖެހުންތަކެއް ހުރިކަމަށްވެސް ދިރާސާގައި ބައިވެރިވި 80 އިންސައްތަ ފަރާތުން ހާމަކޮށްފައިވެއެވެ. މިދިރާސާއިން ހާމަވީ ދެވަނަބަހެއް ދަސްކުރުމަށާއި ދަރިވަރުންނަށް ކުލާހުގައި ދެވޭމަސައްކަތްތައް ފަހުމްވުމާއި އަމިއްލަވަންތަކަމާއި ސަގާފަތް ހިމާޔަތް ކުރުމުގައި މާދަރީބަހުން ކިޔަވައި ދިނުމަކީ މުހިއްމުކަމެއްކަމުގައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/889
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ahmed Mujuthaba.pdf1.3 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.