Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/901
Full metadata record
DC FieldValueLanguage
dc.contributor.authorNiuma, Fathmath-
dc.contributor.authorފާތިމަތު ނިއުމާ-
dc.date.accessioned2018-03-14T14:37:30Z-
dc.date.available2018-03-14T14:37:30Z-
dc.date.issued2010-11-01-
dc.identifier.citationNiuma, F. (2010). Addoo mahsalaige sababun raaje ingireysinge himaayathun salaamaiyvumah magufahivi hehyeve?. Male', Maldives College of Higher Education.en_US
dc.identifier.citationފާތިމަތު ނިއުމާ. (2010). އައްޑޫމައްސަލަ އިގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން ސަލާމަތްވުމަށް މަގުފަހިވިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.-
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/901-
dc.description.abstractމިދިރަސާގެ ބޭނުމަކީ "އައްޑޫމައްސަލަ" އިގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން ސަލާމަތްވުމަށް މަގުފަހިވޭތޯ އަދި މަގުފަހިވަނީ ކިހިނެއް އަދި ކިހާވަރަކަށްތޯ ދިރާސާއެއްގެ އަލީގައި ހާމަކުރުމެވެ. މިކަން ސާބިތުކުރުމުގެ ގޮތުން އެދުވަސްވަރު ސަރުކާރުގެ އިސްމަޤާމުތައް ފުރުއްވި ބޭފުޅުންނާއި ތާރީޚް ދިރާސާކުރައްވާ ފަރާތްތަކާއި ޢިލްމީގޮތުން އައްޑޫމައްސަލައާއި ރާއްޖެ މިނިވަންވުމާ ގުޅޭ މަޢުލޫމާތު ހުންނާނެ ކަމަށް ޤަބޫލުކުރެވޭ ފަރާތްތައް ބައިވެރިކޮށްގެން އިންޓަވިއުކޮށް ސާރވޭ ކުރެވިފައި ވާނެއެވެ. އެގޮތުން އައްޑޫ މައްސަލައިގެ ތެރޭގައި އުފެދުނު ސުވައިދީވް ސަރުކާރުގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން މިނިވަންކުރުމަށް ސަރުކާރުން މަސައްކަތް ކުރުމަށް ފަށާފައިވާކަން އެގުނެވެ. މީގެއިތުރުން އިނގިރޭސިން ސުވައިދީވް ސަރުކާރުގެ ރައީސް، އަބްދުﷲ ޢަފީފު ސީޝެލްސްއަށް ގެންދިއުމުން، އިނގިރޭސިން ކޮންމެ ކަމެއްވެސް ކޮށްފާނެ ކަމުގައި ދެކި މިނިވަންކަމަށް ކުރަމުން ދިޔަ މަސައްކަތް މެދުނުކެނޑި ކުރިއަށް ދިޔަކަން ސާބިތުވެއެވެ. އެހެންކަމުން ޙިމާޔަތުގެ އެގްރިމެންޓް އުވާލުމަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު މަޝްވަރާގެ މަސައްކަތް ފަށާފައި ވެއެވެ. އެންމެފަހުން ދެކެވެމުން ދިޔަވާހަކަތައް އިނގިރޭސިން ޤަބޫލުނުކުރާތީ ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގައި އިނގިރޭސިން އުޅުމަށް ދަތިކުރަމުން ދިޔައެވެ. އެމީހުންގެ މަދަދުވެރިކަން ބޭނުން ނުވާކަން ހާމަކޮށްފައިވަނީ ބަހާއި ޢަމަލުންކަން ސާބިތުވެއެވެ. އެގޮތުން އިނގިރޭސިންގެ ފަރާތުން ރާއްޖެ އަންނަ ވެރިންގެ ފެންވަރުގެ މީހުންނާ ދެކޮޅަށް އެކި ޝުޢޫރު ފާޅުކޮށްފައި ވެއެވެ. މުޒާހަރާގެ ސިފައިގައާއި ނޫސް މަޖައްލާތަކުގައާއި ބޭރުގެ ޤައުމުތަކާއެކު ބޭއްވި ބައްދަލުވުން ތަކުގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދިވެހި ސަރުކާރުގެ ފަރާތުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވުމެވެ. އިނގިރޭސިން ޙިމާޔަތުގެ އެގްރިމެންޓް އުވާލުމަށް އެއްބަސްވެ ދިވެހިރާއްޖެއަކީ ބޭރުގެ ޖަމާޢަތްތަކާއި ގުޅުންބޭވޭ މިނިވަންކަން ލިބިގެންވާ ޤައުމެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ޤަބޫލުކުރުމެވެ. މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއެކުރެވުނީ 26 ޖުލައި 1965 ގައެވެ. އެހެންކަމުން މިދިރާސާ އެކުލަވާލުމަށް ހޯދުނު ލިޔުންތަކާއި، ކުރެވުނު އިންޓަވިއުއާއި ސާރވޭގެ ނަތީޖާއިން ދައްކާފައިވަނީ އައްޑޫމައްސަލައިގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން މިނިވަންވުމަށް ވަރަށް ބޮޑަށް މަގުފަހިވެފައިވާ ކަމެވެ.en_US
dc.publisherFaculty of Arts, Maldives College of Higher Educationen_US
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން-
dc.subjectއައްޑޫމައްސަލަen_US
dc.subjectދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން ސަލާމަތްވުންen_US
dc.subjectއަބްދުﷲ ޢަފީފުen_US
dc.subjectސީޝެލްސްen_US
dc.subjectއިނގިރޭސިންen_US
dc.subjectއިނގިރޭސި ސަރުކާރާއެކު މަޝްވަރާކުރުންen_US
dc.titleއައްޑޫމައްސަލަ އިގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން ސަލާމަތްވުމަށް މަގުފަހިވިހެއްޔެވެ؟en_US
dc.title.alternativeAddoo mahsalaige sababun raaje ingireysinge himaayathun salaamaiyvumah magufahivi hehyeve?en_US
dc.typeThesisen_US
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Niuma.pdf1.37 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.