Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/901
Title: އައްޑޫމައްސަލަ އިގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން ސަލާމަތްވުމަށް މަގުފަހިވިހެއްޔެވެ؟
Other Titles: Addoo mahsalaige sababun raaje ingireysinge himaayathun salaamaiyvumah magufahivi hehyeve?
Authors: Niuma, Fathmath
ފާތިމަތު ނިއުމާ
Keywords: އައްޑޫމައްސަލަ
ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން ސަލާމަތްވުން
އަބްދުﷲ ޢަފީފު
ސީޝެލްސް
އިނގިރޭސިން
އިނގިރޭސި ސަރުކާރާއެކު މަޝްވަރާކުރުން
Issue Date: 1-Nov-2010
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Niuma, F. (2010). Addoo mahsalaige sababun raaje ingireysinge himaayathun salaamaiyvumah magufahivi hehyeve?. Male', Maldives College of Higher Education.
ފާތިމަތު ނިއުމާ. (2010). އައްޑޫމައްސަލަ އިގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން ސަލާމަތްވުމަށް މަގުފަހިވިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މިދިރަސާގެ ބޭނުމަކީ "އައްޑޫމައްސަލަ" އިގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން ސަލާމަތްވުމަށް މަގުފަހިވޭތޯ އަދި މަގުފަހިވަނީ ކިހިނެއް އަދި ކިހާވަރަކަށްތޯ ދިރާސާއެއްގެ އަލީގައި ހާމަކުރުމެވެ. މިކަން ސާބިތުކުރުމުގެ ގޮތުން އެދުވަސްވަރު ސަރުކާރުގެ އިސްމަޤާމުތައް ފުރުއްވި ބޭފުޅުންނާއި ތާރީޚް ދިރާސާކުރައްވާ ފަރާތްތަކާއި ޢިލްމީގޮތުން އައްޑޫމައްސަލައާއި ރާއްޖެ މިނިވަންވުމާ ގުޅޭ މަޢުލޫމާތު ހުންނާނެ ކަމަށް ޤަބޫލުކުރެވޭ ފަރާތްތައް ބައިވެރިކޮށްގެން އިންޓަވިއުކޮށް ސާރވޭ ކުރެވިފައި ވާނެއެވެ. އެގޮތުން އައްޑޫ މައްސަލައިގެ ތެރޭގައި އުފެދުނު ސުވައިދީވް ސަރުކާރުގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން މިނިވަންކުރުމަށް ސަރުކާރުން މަސައްކަތް ކުރުމަށް ފަށާފައިވާކަން އެގުނެވެ. މީގެއިތުރުން އިނގިރޭސިން ސުވައިދީވް ސަރުކާރުގެ ރައީސް، އަބްދުﷲ ޢަފީފު ސީޝެލްސްއަށް ގެންދިއުމުން، އިނގިރޭސިން ކޮންމެ ކަމެއްވެސް ކޮށްފާނެ ކަމުގައި ދެކި މިނިވަންކަމަށް ކުރަމުން ދިޔަ މަސައްކަތް މެދުނުކެނޑި ކުރިއަށް ދިޔަކަން ސާބިތުވެއެވެ. އެހެންކަމުން ޙިމާޔަތުގެ އެގްރިމެންޓް އުވާލުމަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު މަޝްވަރާގެ މަސައްކަތް ފަށާފައި ވެއެވެ. އެންމެފަހުން ދެކެވެމުން ދިޔަވާހަކަތައް އިނގިރޭސިން ޤަބޫލުނުކުރާތީ ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގައި އިނގިރޭސިން އުޅުމަށް ދަތިކުރަމުން ދިޔައެވެ. އެމީހުންގެ މަދަދުވެރިކަން ބޭނުން ނުވާކަން ހާމަކޮށްފައިވަނީ ބަހާއި ޢަމަލުންކަން ސާބިތުވެއެވެ. އެގޮތުން އިނގިރޭސިންގެ ފަރާތުން ރާއްޖެ އަންނަ ވެރިންގެ ފެންވަރުގެ މީހުންނާ ދެކޮޅަށް އެކި ޝުޢޫރު ފާޅުކޮށްފައި ވެއެވެ. މުޒާހަރާގެ ސިފައިގައާއި ނޫސް މަޖައްލާތަކުގައާއި ބޭރުގެ ޤައުމުތަކާއެކު ބޭއްވި ބައްދަލުވުން ތަކުގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދިވެހި ސަރުކާރުގެ ފަރާތުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވުމެވެ. އިނގިރޭސިން ޙިމާޔަތުގެ އެގްރިމެންޓް އުވާލުމަށް އެއްބަސްވެ ދިވެހިރާއްޖެއަކީ ބޭރުގެ ޖަމާޢަތްތަކާއި ގުޅުންބޭވޭ މިނިވަންކަން ލިބިގެންވާ ޤައުމެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ޤަބޫލުކުރުމެވެ. މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއެކުރެވުނީ 26 ޖުލައި 1965 ގައެވެ. އެހެންކަމުން މިދިރާސާ އެކުލަވާލުމަށް ހޯދުނު ލިޔުންތަކާއި، ކުރެވުނު އިންޓަވިއުއާއި ސާރވޭގެ ނަތީޖާއިން ދައްކާފައިވަނީ އައްޑޫމައްސަލައިގެ ސަބަބުން ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުން މިނިވަންވުމަށް ވަރަށް ބޮޑަށް މަގުފަހިވެފައިވާ ކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/901
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Niuma.pdf1.37 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.