Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/902
Title: ދިވެހި ފިރިހެނުންގެ ހެދުމަށް ޒަމާނީ ބަދަލުތައް އައިނަމަވެސް، ދިވެހި ފިރިހެނުންގެ ޘަޤާފީހެދުން ދިރެމުން އާދެއެވެ.
Other Titles: Dhivehi firihenunge hedhumah zamaanee badhaluthah ainamaves, dhivehi firihenunge sagaafee hedhun dhiremundhe eve.
Authors: Hussain, Fauziyya
ފަޢުޒިއްޔާ ޙުސައިން
Keywords: ދިވެހި ފިރިހެނުން
ފިރިހެނުންގެ ޘަޤާފީހެދުން
ހެދުންއެޅުން
އެވޭލާ ދުވަސްވަރު
ހެދުން ދިރުވާ އާލާކުރުން
ފިރިހެނުން
Issue Date: 1-Nov-2010
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Hussain, F. (2010). Dhivehi firihenunge hedhumah zamaanee badhaluthah ainamaves, dhivehi firihenunge sagaafee hedhun dhiremundhe eve. Male', Maldives College of Higher Education.
ފަޢުޒިއްޔާ ޙުސައިން. (2010). ދިވެހި ފިރިހެނުންގެ ހެދުމަށް ޒަމާނީ ބަދަލުތައް އައިނަމަވެސް، ދިވެހި ފިރިހެނުންގެ ޘަޤާފީހެދުން ދިރެމުން އާދެއެވެ.. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: ދިވެހި ރާއްޖެއާ ބެހޭގޮތުން އެކިދުވަސްވަރު ލިޔުއްވި ލިޔުންތެރިން ބަޔާންކުރައްވާ ގޮތުގައި ދިވެހި ފިރިހެނުންނަކީ އެވެލާ ޒަމާނުއްސުރެ ވަރަށް ސާދާގޮތެއްގައި ދިރިއުޅެމުންއައި ބައެކެވެ. އެހެންނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު އެވޭލާ ދުވަސްވަރުގެ ހެދުންއަޅާ އުޅުނުގޮތާއި، ޒީނަތްތެރިވުމަށް ކުރަމުންއައި ކަންތައްތަކާއި، ޒީނަތްތެރި ވުމުގެގޮތުން ކޮށްއުޅުނު ކަންކަމަށް މިވަނީ ޒަމާނީ ބަދަލުތައް އައިސްފައެވެ. ވުމާއެކު މި ބަދަލުތައް އައިސަބަބުތައް ހޯދައިބެލުމަކީ މިހާރު މިޒަމާނަށްއައިއިރު ވަރަށް މުހިއްމުކަމަކަށް ވަނީވެފައެވެ. އެހެންކަމުން މިދިރަސާއަކީ "ދިވެހި ފިރިހެނުންގެ ހެދުމަށް ޒަމާނީ ބަދަލުތައް އައިނަމަވެސް، ދިވެހި ފިރިހެނުންގެ ޘަޤާފީހެދުން ދިރެމުން އާދެއެވެ." މިކަން ބަލައި ހޯދުމަށް ކޮށްފައިވާ މަސައްކަތެވެ. މިދިރާސާގައި "ހެދުންއެޅުން" އަޅުގަނޑު މާނަކޮށްފައިވަނީ ހެދުން ފުރިހަމަ ކުރުމަށްޓަކައި ހެދުމާއެކު ބޭނުންކުރެވޭ ހުރިހާ ތަކެތި ހިމެނޭ ގޮތަށެވެ. ދިރާސާގައި " އެވޭލާ ފިރިހެނުން" މި ލަފުޒު ބޭނުންކޮށްފައިވާނީ ފުރާވަރު އުމުރުން ފެށިގެން ހުރިހާ އުމުރުފުރައެއްގެ ފިރިހެނުންނަށެވެ. މިގޮތަށް ބަލައި މިދިރާސާއިން އެނގުނުގޮތުގައި އެވޭލާ ފިރިހެނުންގެ ހެދުމަށް އެންމެބޮޑު ބަދަލެއް އައިސްފައިވަނީ 20 ވަނަ ޤަރުނުގެ ތެރޭގައެވެ. އެއީ އެދުވަސްވަރު ލިބިފައިވާ މިނިވަންކަމެއްގެ ސަބަބުން އަޅާއުޅުނު ހެދުމުގެ ވައްތަރުތައް ގިނަވުމެވެ. ހަމައެއާއެކު ޒީނަތްތެރި ވުމަށްޓަކައި ބޭނުންކުރާ ބާވަތްތަކާއި ކަންކަން އެތައްގުނައަކަށް އިތުރުވެފައި ވުމަކީވެސް މިކަމުގެ ހެއްކެކެވެ. އެވޭލާ ފިރިހެނުންގެ ހެދުމަށް ބަދަލުތައްއައުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެދުވަސްވަރު ދިވެހިން ބޭރު ޤައުމުތަކަށް ދަތުރުފަތުރުކޮށް އުޅުމާއި، ދެވަނަ ބޮޑުހަނގުރާމައިގެ ދަތިކަން ފާހަގަކޮށްލެވެއެވެ. އަދި ޖުމްހޫރީ ވެރިކަމާއި، މީޑިއާގެ ދައުރަކީވެސް މިބަދަލުތައް އައުމަށް މެދުވެރިވި ސަބަބުތަކެވެ. މިދިރާސާއިން އެނގުނުގޮތުގައި އެވޭލާ ފިރިހެނުންގެ ހެދުން ދިރުވާ އާލާކުރުމަށްޓަކައި އެކިދުވަސްވަރު އެކިގޮތްގޮތަށް މަސައްކަތް ކުރެވިފައިވެއެވެ. ނަމަވެސް މިކަން އެކަށީގެންވާ ވަރަށް ނުކުރެވޭކަން ފާހަގަކުރެވެއެވެ. މިހާރު އެވޭލާ ހެދުން ދިރުވާ އާލާކުރުމަށްޓަކައި އެންމެބޮޑަށް މަސައްކަތްކުރަމުން އަށްނަނީ ކަމާގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކުން އެކަންޏެވެ. މި މުއައްސަސާތަކުން މިގޮތަށް އެވޭލާ ހެދުން ދިރުވަން މަސައްކަތްކުރި ނަމަވެސް އެކަށީގެންވާ ގޮތެއްގައި ފިރިހެނުންގެ ޘަޤާފީހެދުން ދިރިގެން އަންނަކަމަކަށް ނުފެނެއެވެ. އެކަމަކު ޚާއްޞަ މުނާސަބަތުތަކާއި ގުޅިގެން އެކަމަކާ ގުޅުންހުރި ފަރާތްތަކުން އެވޭލާ ހެދުން ބެނުންކުރަން ބާރުއަޅައިފި ހިނދެއްގައި ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާ ކަމުގައި ދެކެމެވެ. އެހެންނަމަވެސް އަމިއްލައަށް ފެނިގެން އެވޭލާ ފިރިހެނުންގެ ހެދުން ބޭނުންކުރެވޭ މިންވަރު އިތުރުވެގެން ނުދާކަމުގައި މިދިރާސާގެ އަލީގައި ސާބިތުވެގެން ދިޔައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/902
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Fauziyya Hassan.pdf1.48 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.