Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/913
Title: މާލޭގެ ސްކޫލްތަކުގައި ކިޔަވާ، ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ރައިވަރު ކިޔެވުމާމެދު ދެކެނީ ކިހިނެތް؟
Other Titles: Maleyge sukoolthakugai kiyavaa, saanavee gureyduthakuge dharivarun raivaru kiumaamedhu dhekenee kihineh?
Authors: Hakeem, Athif Abdul
ޢާޠިފް ޢަބްދުލް ޙަކީމް
Keywords: ސާނަވީ ގްރޭޑް
ރައިވަރު ކިޔުން
ޅެން އަދި ރައިވަރު
އިމްތިޙާނު
ކިޔަވައިދިނުން
Issue Date: 1-Nov-2013
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Hakeem, A. A. (2013). Maleyge sukoolthakugai kiyavaa, saanavee gureyduthakuge dharivarun raivaru kiumaamedhu dhekenee kihineh?. Male', Maldives National University.
ޢާޠިފް ޢަބްދުލް ޙަކީމް. (2013). މާލޭގެ ސްކޫލްތަކުގައި ކިޔަވާ، ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ރައިވަރު ކިޔެވުމާމެދު ދެކެނީ ކިހިނެތް؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާ އަލީގައި ހާމަ ކޮށްފައިވާނީ، މާލޭގެ ސްކޫލްތަކުގައި ކިޔަވާ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ރައިވަރު ކިޔެވުމާމެދު ދެކޭ ގޮތްތަކެވެ. މި ދިރާސާގެ މަޤުޞަދަކީ، ރައިވަރަކީ ދިވެހި ބަހުގެ މުޤައްރަރުގައި ހިމެނިގެން ޤައުމީ ފެންވަރުގައި ދެވޭ އިމްތިޚާނުގައި ވަޒަންކުރެވޭ އެއްޗަކަށް ވީހިނދު، ރައިވަރު ކިޔަވަން ދަރިވަރުން ފޫހިވާކަމަށް މި އިވޭ އަޑުތަކަކީ ހަމަ ހަޤީޤަތުގައި ވެސް، އެކުދީން ރައިވަރު ކިޔަވާން ފޫހިވާތީ ދައްކާ ވާހަކައެއްތޯ ބަލައި އެކަން ހާމަކޮށް ދިނުމެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ މައިގަނޑު ހަތަރު ދިރާސާ ސުވާލުގެ އެހީގައެވެ. މި ދިރާސާ ފަރުމާ ކުރެވިފައި ވާނީ އިންޑަކްޓިވް އެޕްރޯޗެއްގެ ދަށުން ކުއެންޓިޓޭޓިވް މެތަޑް ބޭނުން ކޮށްގެން ދިރާސާ ސުވާލުތަކަށް ޖަވާބު ހޯދޭގޮތަށެވެ. މާލޭގެ ސާނަވީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ޖުމްލަ އާބާދީގައި 5869 ދަރިވަރުން ތިބިއިރު، މި ދިރާސާގެ ބޭނުމަށް އިޚްތިޔާރުކުރި މާލޭގެ އެންމެ ބޮޑެތި، އެންމެ ގިނަދުވަހު ސާނަވީއަށް ކިޔަވައިދިން ސްކޫލުތަކުގައި ތިބި 3017 ދަރިވަރުންގެ ތެރެއިން، މި ދިރާސާއަށް ސާމްޕްލިންގެ ގޮތުގައި، ސްޓެޓިފައިޑް ރޭންޑަމް ސާމްޕްލިންގ ބޭނުންކޮށްގެން 150 ދަރިވަރުން ބޭނުން ކޮށްފައިވާނެއެވެ. މި ދިރާސާގައި ބައިވެރިވި ދަރިވަރުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ބޭނުން ކުރެވުނީ މައިގަނޑު ދެ ސެކްޝަނެއްގެ މައްޗަށް އެކުލެވޭ ކުއެސްޗަނިއަރ އެކެވެ. މި ކުއެސްޗަނިއަރ ފޯމުތަކުގެ އެހީގައި ލިބުނު މައުލޫމާތުތައް މެނުއަލްކޮށް ގުނައިގެން އެކްސެލް ޝީޓަކަށް ނަގައި، ނަތީޖާތަކުގެ ޖުމްލަހަދައި، ޕަސަންޓޭޖު ކުރުމަށްފަހު، ނަތީޖާތައް ތާވަލާއި އަދި ގްރާފުތަކަށް ބަދަލުކުރެވުނެވެ. މި ދިރާސާގައި ހޯދުނު މައިގަނޑު ހޯދުންތަކަކީ، (1) ގިނަ ދަރިވަރުން، ޅެން އަދި ރައިވަރު ކިޔާ އަދި ލިޔެ ނުހަދާ ކަމަށާއި، (2) ގިނަ ދަރިވަރުން ޅެން އަދި ރައިވަރު ކިޔާ އަދި ލިޔެ ހަދަނީ ކުރާހިތުން ނޫން ކަމަށާއި (3) ގިނަ ދަރިވަރުން ރައިވަރު ކިޔަން ޝައުގުވެރި ނުވާ ކަމަށާއި، (4) ސްކޫލްތަކުގައި ރައިވަރު ކިޔަވައިދޭ ގޮތާމެދު ގިނަ ދަރިވަރުން ހިތްހަމަ ނުޖެހޭ ކަމަށާއި، (5) އިމްތިޙާނުގައި ގިނަ ދަރިވަރުންނަށް އާއްމުކޮށް ރައިވަރުގެ ބައިން ލިބެނީ ދަށް ނުވަތަ ވަރަށް ދަށް މާކުސް ކަމަށާއި، އަދި (6) ނަމަވެސް ރައިވަރަކީ އިމްތިޙާނުގައި ހިމަނަންޖެހޭ އެއްޗެއްކަމަށް ގިނަ ދަރިވަރުންނަށް ފެންނަ ކަމަށެވެ. މި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބަލާ، ދަރިވަރުން ރައިވަރަށް އޮންނަ ޝައުޤު އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއްގެ ގޮތުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކާއި، އަދި ސްކޫލްތަަކަށް ކުރެވިދާނެ ކަންތައްތައް ހުށައަޅާފައިވާނެއެވެ.
URI: saruna.mnu.edu.mv/jspui/handle/123456789/913
Appears in Collections:ދިވެހި ބަހުގެ ޢިލްމް
Dhivehi Language Studies


Files in This Item:
File Description SizeFormat 
Athif Abdul Hakeem.pdf1.41 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.