Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/928
Title: އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ދިވެހިކުޑަކުދިންނަށް އަދާނުކުރެވޭ ދިވެހިބަހުގެ އަޑުތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެއަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކުރަނީ ކޮންއަޑުތަކެއް ހެއްޔެޔެވެ؟
Other Titles: Umurun 2 aharubayaai 3 aharu bayaai dhemedhuge dhivehi kudakudhinnah adhaa nukurevey dhivehi bahuge aduthakakee kobaihehyeve? Adhi eaduthakuge badhalugai kudhin beynun kuranee kon aduthakeh hehyeve?
Authors: Sulaiman, Ali
ޢަލީ ސުލައިމާން
Keywords: ދިވެހިބަހުން ވާހަކަދައްކާ ކުޑަކުދިން
ދިވެހިބަސް
ކުޑަކުދިން
މަޚުރަޖައިން އަދާނުކުރެވުނު އަޑު
އަސްލު އަޑުގެ މަޚްރަޖަ
ބަދަލުގައި ބޭނުންކުރި ބައެއް އަޑުތަ
މަޚުރަޖައިން އަދާކުރުމަށް ދަސްވެފައި
އަޑު އަދާކުރުން
ޅަފަތުގެ ކުދިން
ބަސް ދަސްކުރުން
Issue Date: 1-Nov-2012
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Sulaiman, A. (2012). Umurun 2 aharubayaai 3 aharu bayaai dhemedhuge dhivehi kudakudhinnah adhaa nukurevey dhivehi bahuge aduthakakee kobaihehyeve? Adhi eaduthakuge badhalugai kudhin beynun kuranee kon aduthakeh hehyeve?. Male', Maldives National University.
ޢަލީ ސުލައިމާން . (2012). އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ދިވެހިކުޑަކުދިންނަށް އަދާނުކުރެވޭ ދިވެހިބަހުގެ އަޑުތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެއަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކުރަނީ ކޮންއަޑުތަކެއް ހެއްޔެޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މިދިރާސާއަކީ ދިވެހިބަހުން ވާހަކަދައްކާ ކުޑަކުދިންގެ ތެރެއިން އުމުރުން 2 އަހަރު ބަޔާއި 3 އަހަރު ބަޔާއި ދެމެދުގެ ކުޑަކުދިންނަށް ވާހަކަ ދެއްކުމުގައި ދިވެހިބަހުގެ އަޑުތައް ރަނގަޅު މަޚުރަޖައިން އަދާކުރެވޭ މިންވަރާއި އެއަޑުތަކުގެ ބަދަލުގައި ބޭނުންކުރާ އަޑުތަކުގައި އެއްގޮތްކަމެއް ހުރިތޯ ނުވަތަ ނެތްތޯއާއި އަދާ ނުކުރެވޭ އަޑުގެ ބަދަލުގައި އެހެން އަޑެއް ބޭނުންކުރޭތޯ ބެލުމަށް ކުރެވިފައިވާ ދިރާސާއެކެވެ. ދިރާސާއަށް ބޭނުންވާ ސާމްޕަލް ނަގާފައިވާނީ މާލޭގެ ދެސްކޫލަކުންނެވެ. މިގޮތުން 2 އަހަރު ބަޔާއި 3 އަހަރާއި އަދި 3 އަހަރާއި ތިން އަހަރުބަޔާއި ދެމެދުގެ އުމުރުފުރާއިން ކޮންމެ އުމުރު ފުރާއަކުން 15 ކުދިންގެ އަޑު ރެކޯޑު ކުރެވުނެވެ. މިގޮތުން އެއްކުރެވުނު ޑާޓާތައް ބައިތަކަށް ބަހާލައި ތަހުލީލު ކުރުމުން އެނގި ހާމަވީ، އުމުރުން ތިންއަހަރު ބަޔާއި ހަމައަށް އަށްނައިރުވެސް ދިވެހި ބަހުގެ އަޑުތަކުގެ ތެރެއިން 3 އަޑެއް ބައެއް ކުދިންނަށް ރަނގަޅަށް ދަސްނުވާކަމެވެ. އަދި އުމުރުމަތިވަމުން އަންނަވަރަކަށް ރަނގަޅު މަޚުރަޖައިން އަދާނުކުރެވޭ އަޑުތަކުގެ އަދަދު މަދުވަމުން އަންނަކަންވެސް ވަނީ ފާހަގަކުރެވިފައެވެ. ބަހުގެ އަޑުތައް އަދާކުރުމުގައި ކުދިންނަށް ރަނގަޅު މަޚުރަޖައިން އަދާނުކުރެވުނު އަޑުތަކުގެ ބަދަލުގައި ކުދިން ބޭނުންކޮށްފައިވާ އަޑުތަކުގެ ތެރޭގައި ހިމެނެނީ އަސްލު އަޑުގެ މަޚްރަޖައާއި ވަރަށް ބޮޑަށް ގާތްކުރާ އަޑުތަކެވެ. މިގޮތުން ބަދަލުގައި ބޭނުންކުރި ބައެއް އަޑުތަކަކީ އަސްލު އަޑުގެ މަޚުރަޖައިން އެހެން ނަމަވެސް ތަފާތުކޮށް އަދާކުރާ އަޑުތަކެއް ކަން ފާހަގަކުރެވުނެވެ. އަދި އަޑު ބަދަލުވުމުގައި ކުދިންގެ މެދުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން މުޅިދިރާސާގެ ހޯދުންތަކުން އެނގިފައިވަނީ އުމުރުން 3 އަހަރުބަޔާއި ހަމައަށް އަންނައިރު ބައެއް ކުދިންނަށް ދިވެހި ބަހުގެ ހުރިހާ އަޑެއްވެސް ރަނގަޅު މަޚުރަޖައިން އަދާކުރުމަށް ދަސްވެފައިވާ ކަމާއި، މިއުމުރާއި ހަމައަށް އަންނަ އިރު ބައެއް ކުދިންނަށް އެއްގޮތަކަށްވެސް އަދާނުކުރެވޭ އަޑަކީ "ރ" /r/ ގެ އަޑު ކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/928
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ali Sulaiman.pdf3.38 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.