Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/929
Title: ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟
Other Titles: Hilaalee dharikolhuge raskamugai viraasee usoolunnaai viraasee usoolaa hilaafah raskamah vadaigennevee konkon beyfulhunneh hehyeve?
Authors: Fizaan, Mohamed
މުުޙައްމަދު ފިޒާނު
Keywords: ހިލާލީ ދަރިކޮޅު
ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތު
ރަސްކަން
ރަސްކަލުން
ވިރާސި އުސޫލާ އެއްގޮތްވާގޮތުގެމަތިން ރަސްކަންކުރުން
ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަންކުރުން
ދިވެހި ތާރީޚް
ވިރާސީ ރަސްކަން
އެއްފަހަރަށްވުރެ ގިނަފަހަރު ވެރިކަން ކުރުން
1368
Issue Date: 1-Nov-2011
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: މުޙައްމަދު ފިޒާނު. (2011).ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Fizaan, M. (2011). Hilaalee dharikolhuge raskamugai viraasee usoolunnaai viraasee usoolaa hilaafah raskamah vadaigennevee konkon beyfulhunneh hehyeve?. Male', Republic of Maldives.
Abstract: މި ދިރާސާއަކީ ހިލާލީ ދަރިކޮޅުގެ ރަސްކަމުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް ވަޑައިގެންނެވީ ކޮންކޮން ބޭފުޅުންނެއްތޯ ހޯދުމަށް ހެދި ދިރާސާއެކެވެ. މީލާދުން 1368 ން 1558 ށް ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ދިރާސާއެއްކަމުން މިދިރާސާ ހެދުމުގައި ބޭނުންކޮށްފައިވާނީ ތާރީޚީ ލިޔުންތަކާއި އިންޓަވިއުތަކެވެ. މިއީ ކުއަލިޓޭޓިވް ޕެރަޑައިމްއަށް އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ހެދި ދިރާސާއެކެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި 29 ރަސްކަލަކު ރަސްކަން ކުރައްވާފައިވެއެވެ. އެއްފަހަރަށްވުރެން ގިނަފަހަރު ބައެއް ރަސްކަލުން ރަސްކަން ކުރައްވާފައިވުމުން ރަސްކަމުގެ 34 ދައުރެއް އައިސްފައިވެއެވެ. ރަސްކަލަކު ރަސްކަމުގައި ހުންނަވަނިކޮށް ރަސްކަމުން ދުރުކުރެއްވުމަށް ފަހު އަނެއްބޭފުޅަކު ރަސްކަމަށް އިސްވެވަޑައިގެންނެވުނެފަދަ ރަސްކަމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް މިދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ހިނގާފައިއެބަހުއްޓެވެ. މިކަންކަމުން އެނގެނީ މި ދަރިކޮޅަކީ ރަސްކަން ހޯދުމަށް ހަމަނުޖެހުންތަކެއް ހިންގާފައިވާ ދަރިކޮޅެއްކަމެވެ. މިދިރާސާއިން ހޯދިފައިވަނީ މިދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސީ އުޞޫލުންނާއި ވިރާސީ އުޞޫލާ ޚިލާފަށް ބޭބޭފުޅުން ރަސްކަމަށް އިސްވެވަޑައިގަންނަވާފައިވާކަމެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސި އުސޫލާ އެއްގޮތްވާގޮތުގެމަތިން ރަސްކަމަށް އިސްވެވަޑައިގެންފައިވަނީ އިބްރާހިމް (އެއްވަނަ) (ފުރަތަމަ ބުރު)، ޙާޖީ ޙަސަން (ތިންވަނަ) (ފުރަތަމަ ބުރު)، ހަދި މުޙައްމަދުލް ހިލާލީ، ޙަސަން (ހަތަރުވަނަ) (ފުރަތަމަ ބުރު)، ޙަސަން (ފަސްވަނަ)، ޙަސަން ޝިރާޒީ (އަށްވަނަ)، އުޘްމާނު (ދެވަނަ)، ދަންނަ މުޙައްމަދު، އައްސުލްޠާން ޔޫސުފް (ދެވަނަ)، އަބޫބަކުރު (އެއްވަނަ)، ކަޅު މުޙައްމަދު (ފުރަތަމަ ބުރުގައި)، ޢަލީ (ހަތަރުވަނަ)، ޙަސަން (ހަތަރުވަނަ) (ދެވަނަބުރު)، މުޙައްމަދު، ޙަސަން (ނުވަވަނަ) އަދި ޢީސާއެވެ. ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ މުއްދަތުގައި ވިރާސީ އުޞޫލާ ޚިލާފަށް ރަސްކަމަށް އިސްވެވަޑައިގެންފައިވާ ބޭބޭފުޅުންނަކީ ޙުސައިނުލް ހިލާލީ (އެއްވަނަ)، ސައްޔިދު މުޙައްމަދު، ޙާޖީ ޙަސަން (ތިންވަނަ) (ދެވަނަ ބުރުގައި)، ޢުމަރު (ދެވަނަ)، ޔޫސުފް (ތިންވަނަ)، ކަޅު މުޙައްމަދު (ދެވަނަބުރު)، އަޙަސަން (ހަތްވަނަ)، ޙަސަނުލް ހިލާލީ (އެއްވަނަ)، އިބްރާހިމް (އެއްވަނަ) (ދެވަނަ ބުރުގައި)، އައްޝައިޚު ޙަސަން (ހަވަނަ)، އިބްރާހީމް (ދެވަނަ)، ޢަލީ (ފަސްވަނަ)، ކަޅު މުޙައްމަދު (ތިންވަނަ ބުރުގައި)، ނާޞިރުއްދީނުލް ކަލާވަހީ، ޙަސަން (ދެވަނަ)، އަޙުމަދު ޝަރީފުލް މައްކީ، އަބޫބަކުރު (ދެވަނަ) އަދި ޢަލީ (ހަވަނަ) އެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/929
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Fizan.pdf1.12 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.