Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/935
Title: | ރަސްމީ ބަހުރުވައިގައި ސީނު ސުކުނަށް /S/ ނިމިފައި ހުންން ނަމުގެ ލަފުޒުތަކާއި އަދި އުބުފިއްޔަށް /U/ ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ހައްދުންމަތީ މާމެންދޫ ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކާއި ބަދަލު އަންނަ އުސޫލުތައް. |
Other Titles: | Rasmee bahuruvaigai seenu sukunah /S/ nimifai hunna namuge lafuzuthah adhi ubufihyah /U/ nimifai hunna namuge lafuzuthah Hahdhunmathee Maamendhoo bahuruvayah badhaluvegendhaairu eylafuzu thakah anna fonological badhaluthakaai badhalu anna usoolthah. |
Authors: | Rashida, Fathimath ފާތިމަތު ރާޝިދާ |
Keywords: | ބަހަވީ ޢިލްމުވެރިން ބަހުރުވަތަކުގެ މެދުގައި، ބޮޑެތި ތަފާތުތަކެއް ފޮނޮލޮޖިކަލް ބަދަލު ރަސްމީ ބަހުރުވަ ހައްދުންމަތީ ބަހުރުވަ މާމެންދޫ ނަމުގެ ލަފްޒްތައް ބަހަރުވައަށް ބަދަލުކުރުން |
Issue Date: | 1-Nov-2013 |
Publisher: | Faculty of Arts, Maldives National University ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ |
Citation: | Rashida, F. (2013). Rasmee bahuruvaigai seenu sukunah /S/ nimifai hunna namuge lafuzuthah adhi ubufihyah /U/ nimifai hunna namuge lafuzuthah Hahdhunmathee Maamendhoo bahuruvayah badhaluvegendhaairu eylafuzu thakah anna fonological badhaluthakaai badhalu anna usoolthah. Male', Maldives National University. ފާތިމަތު ރާޝިދާ. (2013). ރަސްމީ ބަހުރުވައިގައި ސީނު ސުކުނަށް /S/ ނިމިފައި ހުންން ނަމުގެ ލަފުޒުތަކާއި އަދި އުބުފިއްޔަށް /U/ ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ހައްދުންމަތީ މާމެންދޫ ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކާއި ބަދަލު އަންނަ އުސޫލުތައް. . މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ. |
Abstract: | މި ދިރަސާއަކީ ބަހަވީ ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި، ބަހުރުވަތަކުގެ މެދުގައި، ބޮޑެތި ތަފާތުތަކެއް ވާކަމަށް ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ ދެ ބަހުރުވައެއް ކަމަށްވަ ރަސްމީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައާ ދެމެދު "ނަން" މިބައިގައި ހިމެނޭ ލަފުޒުތައް ބޭނުންކުރާގޮތް ދެނެގަތުމަށް ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާ އަމާޒުކުރެވިފައިވަނީމި ދެބަހުރުވައިގެ ދެމެދުގައި "ނަން" މި ބައިގެ ތެރެއިން "ސް" /s/ އާއި "ު" /u/ ނިމިފައިވާ ލަފުޒު ބޭނުންކުރާއިރު އަންނަ ފޮނުލޮޖިކަލް ބަދަލު ދެނެގަތުމަށާއި މި ބަދަލު އަނަން އުސޫލު ހޯދުމުގެ މައްޗަށެވެ.
މިދިރަސާ ހެދީ ކުއަލިޓޭޓިވު ޕެރަޑައިމްގެ ދަށުން އިންޑަކްޓިވު އެޕްރޯޗެއް ބޭނުންކޮށްގެންނެވެ. މި ދިރާސާގައި ދެގޮތަކަށް ސާމްޕަލް ނެގީމެވެ. އެއީ ސުވާލު ކުރަދާހެއް ފުރުވައިގެންނާއި އިންޓަވިއުކޮށްގެންނެވެ. މީގެތެރެއިން ސުވާލު ކަރުދާސްފުރުމުގައި 20 މީހުން އަދި އިންޓަވިއުގައި 40 މީހުން ބައިވެރިކޮށްގެން ހެދި މިދިރާސާގައި 72 ލަފުޒަށް އަންނަ ބަދަލު ބެލީމެވެ. މި ހޯދުނު ހޯދުމުން އެނގުނު ގޮތުގައި ބައެއް ލަފުޒަށް ފޮނޮލޮޖިކަލް ބަދަލު އައިސްފައިވެއެވެ.
މި ދިރާސާއިން ހޯދުނުގޮތުގައި ނަމުގެ ލަފުޒުތަކުގެތެރެއިން "ސް" /s/ އާއި "ު" /u/ ނިމިފައިވާ ލަފުޒުތަކުގެތެރެއިން ބައެއް ލަފުޒަށް ފޮނޮލޮޖިކަލް ބަދަލު އައިސްފައިވެއެވެ. މިގޮތުން މި ބަދަލު އައުމުގައި އިސްރޯލެއް އަދާކުރަނީ އެލަފުޒެއްގައި ފޮނީމް ހިމެނޭ އަދަދާއި ނިމޭ ސިލަބަލްގެ ޕްރިސީޑިން ފިލި އަޑާއި ސުކުން އަޑެވެ. ހަމައެހެންމެ ނިމޭ ސުކުން އަޑަކީ ވަކި އަޑަކީ ވަކި އަޑަކަށް ވުމުގެ ސަބަބުން ފޮނޮލޮޖިކަލް ބަދަލު ނާންނަކަންވެސް ފާހަގަކުރެވިފައިވެއެވެ. ހަމަ މިއާއެކު މި ދިރާސާއިން ހާއްސަ ދެހާލަތެއް ފާހާގަކުރެވިފައިވެއެވެ.
ޖުމްލަކޮށް ބަލާއިރު މިދިރާސާ ވެގެން މިދިޔައީ ރަސްމީ ބަހުރުވައާއި ހައްދުންމަތީ ބަހުރުވައިގެ މެދުގައި ތަފާތުތަކެއް ހުރިކަމަށް ބުނާ އިލްމުވެރިންގެ ވާހަކަ ތެދުކޮށްދިން ދިރާސާއަކަށެވެ. ހަމައެހެންމެ ހައްދުންމަތީ މާމެންދޫގެ ބަހުރުވަ ދިރާސާ ކުރަން ބޭނުން ފަރާތްތަކަށް ހުޅުވާލެވުނު މަގެއްކަމުގައިވެސް މި ދިރާސާ ވެގެން ދާނެއެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/935 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.