Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/936
Title: ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުން، މަޒުމޫނުގައި ގުޅުވާލަފުޒު ބޭނުންކުރަން ދަންނަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
Other Titles: Gureydu 10 gai kiyavaa dharivarun, mazumoonugai gulhuvaa lafuzu beynunkuran dhannanee kihaa minvarakah hehyeve?
Authors: Ali, Azeeza
ޢަޒީޒާ ޢަލީ
Keywords: މަޒުމޫނުގައި ގުޅުވާލަފުޒު ބޭނުންކުރުން
ދެ ޖުމުލަ ގުޅުވުން
އެޑިޓިވް ގުޅުވާލަފުޒު
ދިވެހިބަސް
ގުޅުވާލަފުޒު ރަނގަޅަށް ބޭނުންކުރަން އެނގޭ މިންވަރު
އެޑިޓިވް
ކޯސަލް
އެޑްވަޒޭޓިވް
ޓެންޕޯރަލް
ގްރޭޑް 10
Issue Date: 1-Nov-2013
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Ali, A. (2013). Gureydu 10 gai kiyavaa dharivarun, mazumoonugai gulhuvaa lafuzu beynunkuran dhannanee kihaa minvarakah hehyeve?. Male', Maldives National University.
ޢަޒީޒާ ޢަލީ. (2013). ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުން، މަޒުމޫނުގައި ގުޅުވާލަފުޒު ބޭނުންކުރަން ދަންނަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް މަޒުމޫނުގައި ގުޅުވާލަފުޒު ބޭނުންކުރަން އެނގޭ މިންވަރު ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާކުރަން ނިންމ އެއް ބޭނުމަކީ ދަރިވަރުން " ދިވެހިބަސް" މި މާއްދާއިން ދަށްވާ ވާހަކައާއި، އެސް.އެސް.ސީ. އިމްތިޙާނުގައި "ދިވެހިބަސް" މި މާއްދާއިން ދަރިވަރުންނަށް ލިބޭ ނަތީޖާ ދަށް ކަމަށް ލިޔުންތަކުން ފެންނަން ފެށުމެވެ. ކަންމިހެން އޮތުމާއެކު ނަތީޖާ ދަށްވާން ދިމާވަނީ ކޮން ސަބަބަކާހުރެތޯ އެއީ އުފެދިފައިވާ ބޮޑު ސުވާލެކެވެ. އަދި މަޒުމޫނަކީ އެސް.އެސް.ސީ. އިމްތިޙާނުގައި އެންމެ ގިނައިން މާކުސް ކަޑައެޅިފައި އޮތް ބަޔަށް ވީހިނދު މިބައިން ދަރިވަރުންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި މަޒުމޫނުގެ ބަދަހިކަން އުފައްދައިދީ އަމުނައިލުން ހިމެނޭކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (2009، 2010 ، 2011، 2012) ގެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން މި ދިރާސާ އަމާޒުކުރީ ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް މަޒުމޫނުގައި ގުޅުވާލަފުޒު ބޭނުންކުރަން އެނގޭ މިންވަރު ދެނެގަތުމަށެވެ. މިގޮތުން ދަރިވަރުން ގުޅުވާލަފުޒު ބޭނުންކުރޭތޯއާއި ބޭނުންކުރާނަމަ ކުރަނީ ރަނގަޅަށްތޯ ބެލުމަކީ މި ދިރާސާގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި މަޤްސަދުތައް ހާސިލްކުރުމަށްޓަކައި، މި ދިރާސާގައި ބޭނުންކުރީ ކުއަލިޓޭޓިވް އާއި ކައުންޓިޓޭޓިވް ޕެރެޑައިމް މިކްސްކޮށެވެ. މި ދިރާސާގެ ލިޓްރޭޗަރ ރިވިއުއަށް މަޢުލޫމާތު ހޯދުމުން ދިޔައިރު މިފަދަ އެހެން ދިރާސާއެއް ކުރިން ހެދިފައި ނެތުމުން ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް ދިރާސާއަށް އެއްކުރި ޑާޓާ ތަކާއި ގުޅުވާލަފުޒާއި ބެހޭގޮތުން ބަހަވީ އިލްމުވެރިން ދައްކާފައިވާ ވާހަކަތަކުގެ އަލީގައި ދިރާސާ ކުރިއަށް ގެންދިޔައީމެވެ. މިގޮތުން ދިރާސާގެ ސާންޕަލްގެ ގޮތުގައި ތަފާތު 3 މަދަރުސާއެއް ހިމަނާފައިވާނެއެވެ. މީގެތެރޭގައި މާލޭގައި ހުރި 2 މަދަރުސާއެއްގެ އިތުރުން ރާއްޖެތެރޭގެ މަދަރުސާއެއްވެސް ހިމެނިފައިވާނެއެވެ. މިއިން ކޮންމެ މަދަރުސާއެކުން ވެސް ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 8 އިންސައްތަ ދަރިވަރުންނަށް ސުވާލު ކަރުދާހެއް ދީގެން ތަފާތު ގުޅުވާލަފުޒު ބޭނުންކޮށްގެން ހުސްތަންތަން ފުރިހަމަކުރަން އެނގޭތޯއާއި ގުޅުވާލަފުޒު ބޭނުންކޮށްގެން ދެ ޖުމުލައެއް ގުޅުވަން އެނގޭތޯ ބެލެވުނެވެ. އަދި މީގެއިތުރުން ދަރިވަރުން ލިޔެފައިވާ މަޒުމޫނުތަކެއްގައި، ގުޅުވާލަފުޒު ބޭނުންކޮށްފައިވޭތޯއާއި، ގުޅުވާލަފުޒު ބޭނުންކޮށްފައިވާ ނިސްބަތުން މަޒުމޫނުގެ މޮޅު ދެރަމިން އެނަލައިޒް ކުރެވިފައިވާނެއެވެ. މީގެ އިތުރުން ސުކޫލުތަކުގައި ގުޅުވާލަފުޒު ކިޔަވައުދޭ ގޮތް ބެލުމަށް މުދަރިސުންގެ ބަސްދީގަތުން ވެސް ދިރާސާގައި ހިމަނާފައިވާނެއެވެ. ބާޔާންވެ ދިޔަ ގޮތަށް ކުރެވުނު މި ދިރާސާއިން ގުރޭޑް 10ގައި ކިޔަވާ ހުރިހާ ދރިވަރުންނަށް ގުޅުވާލަފުޒު ރަނގަޅަށް ބޭނުންކުރަން ނޭނގޭ ކަމެވެ. އަދި ގުޅުވާލަފުޒުގެ ތެރެއިން މި ދިރާސާގައި ބާލަލި 4 ވައްތަރުން އެޑިޓިވް ގުޅުވާލަފުޒު ދަރިވަރުން މަޒުމޫނުގައި ބޭނުންކުރާ މިންވަރު އަނެއް 3 ވައްތަރަށްވުރެ ގިނަކަންވެސް ފާހަގަވިއެވެ. މީގެ އިތުރުން ރާއްޖެތެރެ ތަމްސީލްކުރި މަދަރުސާއަށްވުރެ މާލެގައި ހުރި މަދަރުސާގެ ދަރިވަރުންނަށް ގުޅުވާލަފުޒު ރަނގަޅަށް ބޭނުންކުރަން އެނގޭ މިންވަރު މަތިކަންވެސް މި ދިރާސާއިން ހަމަވިއެވެ. އަދި މީގެ އިތުރުން އެޑިޓިވް، އެޑްވަޒޭޓިވް، ކޯސަލް، ޓެންޕޯރަލް މި ހަތަރުވައްތަރުގެ ގުޅުވާލަފުޒުތަކުގެ ތެރޭގައި ދަރިވަރުންނާ ރައްޓެހު ލަފުޒުތަކާއި ބީރައްޓެހި ލަފުޒުތައް ހުރިކަން މިދިރާސާއިން ހާމަވިއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/936
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
azeeza ali.pdf42.44 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.