Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/941
Title: ދިވެހިބަހުން ލިޔެފައިވާ ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލު
Other Titles: Dhivehibahun liyefaivaa kureege liyunthakaai mihaaruge liyunthakuge mauloomaathu ethurumuge onigandah aisfaivaa badhalu
Authors: Haroon, Waajidha
ވާޖިދާ ހާރޫން
Keywords: ދިވެހިބަހުން ލިޔެފައިވާ ކުރީގެ ލިޔުންތަައް
މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލު
މަޒުމޫނު
މިހާރުގެ ލިޔުންތައް
ތީީމް، ރީމްގެ އޮނިގަނޑު
Issue Date: 1-Nov-2013
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Haroon, W. (2013). Dhivehibahun liyefaivaa kureege liyunthakaai mihaaruge liyunthakuge mauloomaathu ethurumuge onigandah aisfaivaa badhalu. Male', Maldives National University.
ވާޖިދާ ހާރޫން. (2013). ދިވެހިބަހުން ލިޔެފައިވާ ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލު. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ބަހަވީ ޢިލްމުވެރިން ކުރައްވާފައިވާ ދިރާސާތަކުގެ އަލީގައި، ދިވެހިބަހުން ކުރީގައި ލިޔެފައިހުރި މަޢުލޫމާތުދޭ މަޒުމޫނުތަކާއި، މިހާރު ލިޔެވެމުން އަންނަ މަޢުލޫމާތުދޭ މަޒުމޫނުތަކުގައި މަޢުލޫމާތު އެތުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް އައިސްފައިވޭތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ އަމާޒަކަށްވެފައި ވަނީ، ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއްވޭތޯ ދެނެގަތުމެވެ. މި ދިރާސާ ހެދުމަށް ނަގާފައިވާ ސުވާލަށް ޖަވާބުދީ، މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ދިރާސާ ކުރިއަށް ގެންގޮސްފައި ވާނީ، ކޮލިޓޭޓިވް ޕެރަޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، މި ދިރާސާ ބަހާލާފައިވާނީ، މައިގަނޑު 6 ބާބުގެ މައްޗަށެވެ. މި ދިރާސާގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ކުރި މަސައްކަތްތަކުގެ އަލީގައި ހޯދުނީ، ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރިކަމެވެ. މިގޮތުން ލިޔުންތަކުގެ ތީމް، ރީމްގެ އޮނިގަނޑު ގެންގުޅެފައިވާ ގޮތުގައި ތަފާތުތަކެއް ފާހަގަކުރެވުނެވެ. އެއީ ކުރީގެ ލިޔުންތަކަށްވުރެ މިހާރުގެ ގިނަ ލިޔުންތަކުގައި ތީމް، ރީމްގެ އޮނިގަނޑު ގެންގުޅެފައި ވެއެވެ. ހަމައެހެންމެ ކުރީގެ ލިޔުންތަކާއި ހިލާފަށް މިހާރުގެ ލިޔުންތަކުގައި ތީމް، ރީމްގެ 2 ޕެޓާން އެއްކޮށް ބޭނުންކޮށްފައިވާކަން ވެސް ހޯދުނެވެ. މީގެ އިތުރުން، ކުރީގެ ލިޔުންތަކާއި މިހާރުގެ ލިޔުންތަކުގެ މަޢުލޫމާތު އެތުރުމަށް ބޭނުންކުރާ ޕެޓާންގައި ވެސް ތަފާތުތަކެއް ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެވެ. ޖުމުލަގޮތެއްގައި، މި ދިރާސާއިން ހާމަވެގެންދިޔައީ ދިވެހިބަހުން ލިޔެވިފައިވާ ކުރީގެ މަޒުމޫނުތަކާއި މިހާރުގެ މަޒުމޫނުތަކުގެ މަޢުލޫމާތު އެތުރުމުގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރިކަމެވެ. އެ ތަފާތުތަކަކީ ކޮބައިކަން، އަންނަން އޮތް ބާބުތަކުން ސާފުވެގެންދާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/941
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Wajidhaa Haroon.pdf42.97 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.