Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/942
Title: އަންހެނުންގެ ކުޅިވަރު ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް
Other Titles: Anhenunge kulhivaru tharahgeevumugai kurimathivaa dhathithah
Authors: Haleem, Ibrahim
އިބްރާހިމް ޙަލީމް
Keywords: އަންހެނުންގެ ކުޅިވަރު
ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް
ދެޖިންސުގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަ
Issue Date: 1-Nov-2009
Publisher: Faculty of Arts, Maldives College of Higher Education
ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
Citation: Haleem, I. (2009). Anhenunge kulhivaru tharahgeevumugai kurimathivaa dhathithah. Male', Maldives College of Higher Education.
އިބްރާހިމް ޙަލީމް. (2009). އަންހެނުންގެ ކުޅިވަރު ތަރައްޤީވުމުގައި ކުރިމަތިވާ ދަތިތައް. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.
Abstract: މި މަސައްކަތަކީ ދިވެހިބަހުގެ ޑިގްރީކޯސް-3ގެ ފދަރިވަރުން ރިސަރޗް ޕްރޮޖެކްޓް (އަތްދިށު ތަޙުޤީޤް) މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތައް ދަރިވަރު ބޭނުން ދާއިރާއަކުން ބޭނުން މައިގަނޑު ނަމެއް ނެގުމުގެ ފުރުޞަތު ލިބިދީފައިވެއެވެ. މިގޮތުން ލިބިދީފައިވާ ފުރުޞަތުގައި އަޅުގަނޑު ނެގި މައިގަނޑު ނަމަކީ "ދެޖިންސުގެ ކުޅުންތެރިން ޤައުމީ ފެންވަރުގާ ވާދަ ކުރާ ކުޅިވަރުތަކުގައި ފިރިހެން ކުޅުންތެރިންގެ ކުޅިވަރުތަކާ އެއްފެންވަރެއްގައި އަންހެނުންގެ ކުޅިވަރުތައް ތަރައްޤީ ނުވަނީ ކީއްވެތޯއެވެ." މިއީ ދިރާސާކޮށްގެން ރިޕޯޓެއް އެކުލަވާލަން ޖެހޭ މަސައްކަތަކަށް ވާތީ މި މަސައްކަތް ކޮށްފައި ވާނީ އަންހެނުންގެ ކުޅިވަރު ތަރައްޤީ ވުމުގައި ކުރިމަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ލިޓްރެޗަރ ރިވިއު ހެދުމަށްފަހު ކުޅިވަރާ ގުޅުންހުރި އެކިއެކި ފަރާތްތަކުގެ ބަސްދީގަތުމާއި، އޮބްޒަވޭޝަނާއި، ކޭސް ސްޓަޑީޒް އަދި ސާވޭ ފޯމް ފުރާފައި ވާނެއެވެ. މި މަސައްކަތް އެކުލަވާލާފައި ވާނީ މިދެންނެވި ކަންތައްތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށެވެ. ޤައުމީ ފެންވަރުގާ ދެޖިންސުންގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަކުން ފިރިހެނުންނާ އެއްފެންވަރަށް އަންހެނުންގެ ކުޅުން ތަރައްޤީ ނުވާކަމަށް މި ދިރާސާެގެ ހޯދުންތަކުން ތަފާތު އެތައް ސަބަބުތަކެއް ފާހަގަ ކުރެވުނެވެ. ނަމަވެސް ދިރާސާގެ ނަތީޖާ ކަނޑައެޅުމުގައި ބެލީ އެ ސަބަބުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ޤަބޫލު ކުރާ، އަދި އެސަބަބުތަކުން އަންހެނުންގެ ކުޅުން ތަރައްޤީ ނުވުމަށް އެންމެ ބޮޑަށް ހުށައެޅޭ ސަބަބުތަކަށެވެ. ޤައުމީ ފެންވަރުގާ ދެޖިންސުގެ ކުޅުންތެރިން ވާދަކުރާ ކުޅިވަރުތަކުން ފިރިހެނުންނާ އެއްފެންވަރަށް އަންހެނުންގެ ކުޅުން ތަރައްޤީ ނުވަނީ އަންހެން ކުޅުންތެރިންނަށް ކުޅިވަރު ފަރިތަ ކުރެވޭ މިންވަރު މަދުވުމުންނާއި، މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ކުޅިވަރު ފަރިތަކުރެވޭ މިންވަރު މަދުވުމުންނާއި، މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ބައިވެރިވެވޭ މިންވަރު މަދުވުމުންނެވެ. އަދި އަންހެން ކުދިން ކުޅުވަރު ކުޅުމަށް މުޖުތަމަޢުން ހިތްވަރުދޭ މިންވަރު ކުޑަވުމާއި އަންހެން ކުޅުންތެރިންނަށް ކުޅިވަރުގާ ދެމިތިބެވޭ މުއްދަތު ކުރުވުމުންނެވެ. މީގެއިތުރުން ކުޅިވަތުކުޅޭ ގިނަ އަންހެން ކުޅުންތެރިން އެއްކުޅިވަރަށްވުރެ ގިނަ ކުޅިވަރު ކުޅުމާއި، މުސާރައިގެ ގޮތުގައި އަންހެން ކުޅުންތެރިންނަށް ލިބޭ އާމްދަނީ މަދުވުންއެއީވެސް އަންހެނުން ކުޅުންތެރިންގެ ކުޅުން ތަރައްޤިނުވާ ސަބަބުތަށްކަމަށް ދިރާސާގެ މަސައްކަތުން ފާހަގަކުރެވުނު ސަބަބުތަކެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/942
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Ibrahim Haleem 5358.pdf11.42 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.