Please use this identifier to cite or link to this item:
http://saruna.mnu.edu.mv/jspui/handle/123456789/957
Title: | ދިވެހިބަހުގެ ޢާއްމު ބަހުރުވަ އާއި އައްޑޫ ބަހުރުވައިގައި ވާހަކަދައްކާ ފަރާތާއި ވާހަކަ ދެކެވޭ ފަރާތް އެކަހެރިވެ ގިނަވާއިރު، ވާނޭކަމާއި ނިމުނުކަމުގެ ޒަމާނާ ގުޅިގެން ކަމުގެ ލަފުޒު އެކަހެރިކޮށް ގިނަކުރުމުގައި މޯފޮލޮޖިކަލް ގޮތުން ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ |
Other Titles: | Dhivehi bahuge aanmu bahuruva aai ahdoo bahuruvaigai vaahaka dhehkevey faraaiy ekaherive ginavaairu, vaaneykamaai nimunukamuge zamaanaa gulhigen kamuge lafuzu ekaherikoh ginakurumugai moafolojikal gothun huri thafaathake kobaihehyeve? |
Authors: | Mohamed, Hawwa ޙައްވާ މުޙައްމަދު |
Keywords: | އައްޑޫ ބަހުރުވަ ވާހަކަދައްކާ ފަރާތާއި ވާހަކަ ދެކެވޭ ފަރާތް އެކަހެރިވެ ގިނަވާއިރު ދިވެހިބަހުގެ ޢާއްމު ބަހުރުވަ ވާނޭކަމާއި ނިމުނުކަމުގެ ޒަމާނާ މޯފޮލޮޖިކަލް ގޮތުން ކަމުގެ ލަފުޒު އެކަހެރިކޮށް ގިނަކުރެވޭ މުއްސަދި އުސޫލެއް ފާހަގަ ކުރެވުނެވެ ސާނަވީ މަދަރުސާ |
Issue Date: | 1-Nov-2011 |
Publisher: | Faculty of Arts, Maldives College of Higher Education ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން |
Citation: | Mohamed, H. (2011). Dhivehi bahuge aanmu bahuruva aai ahdoo bahuruvaigai vaahaka dhehkevey faraaiy ekaherive ginavaairu, vaaneykamaai nimunukamuge zamaanaa gulhigen kamuge lafuzu ekaherikoh ginakurumugai moafolojikal gothun huri thafaathake kobaihehyeve?. Male', Maldives College of Higher Education. ޙައްވާ މުޙައްމަދު. (2011). ދިވެހިބަހުގެ ޢާއްމު ބަހުރުވަ އާއި އައްޑޫ ބަހުރުވައިގައި ވާހަކަދައްކާ ފަރާތާއި ވާހަކަ ދެކެވޭ ފަރާތް އެކަހެރިވެ ގިނަވާއިރު، ވާނޭކަމާއި ނިމުނުކަމުގެ ޒަމާނާ ގުޅިގެން ކަމުގެ ލަފުޒު އެކަހެރިކޮށް ގިނަކުރުމުގައި މޯފޮލޮގިކަލް ގޮތުން ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން. |
Abstract: | މިދިރާސާއަކީ ދިވެހިބަހުގެ ޢާއްމު ބަހުރުވައާއި އައްޑޫ ބަހުރުވައިގައި ކަމުގެ ލަފުޒު އެކަހެރިކޮށް ގިނަކުރެވޭ އުސޫލުތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން ވާނޭކަމާއި ނިމުނުކަމުގެ ޒަމާނާ ގުޅިގެން ކަމުގެ ލަފުޒު އެކަހެރިކޮށް ގިނަކުރެވޭ ގޮތް ދެނެގަތުމަށްޓަކައި މިދިރާސާގައި ބަލާފައިވަނީ ވާހަކަދައްކާފަރާތާއި ވާހަކަދެކެވޭ ފަރާތް އެކަހެރިވެ ގިނަވާއިރު ކަމުގެ ލަފުޒަށް މޯފޮލޮޖިކަލް ގޮތުން އަންނަ ތަފާތުތަކަށެވެ. މިދެންނެވި ތަފާތުތަށް ދެނެގަތުމަށްޓަކައި ބަލާފައިވަނީ، ޢާއްމުކޮށް ވާހަކަދެއްކުމުގައި ބަސް ބޭނުންކުރާގޮތަށެވެ.
ދިރާސާގެ ހޯދުންތަކުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނުކަމަކީ، ދިވެހިބަހުގެ ޢާއްމު ބަހުރުވައިގައި، ވާހަކަދައްކާ ފަރާތް އެކަހެރިވުމަކުން ނުވަތަ ގިނަވުމަކުން ކަމުގެ ލަފުޒަށް މޯފޮލޮޖިކަލް ގޮތުން ބަދަލެއް ނާންނަކަމެވެ. އެހެންނަމަވެސް އައްޑޫ ބަހުރުވައިގައި ކަމުގެ ލަފުޒުން އިޝާރާތް ކުރެވެނީ ގިނަބަޔަކަށް ނަމަ، ކަމުގެ ލަފުޒުން ގިނަވުމުގެ މާނަ ދޭހަވެއެވެ. އަދި ކަމުގެ ލަފުޒު ރައްދުވަނީ ވާހަކަދައްކާ ފަރާތަށް އެކަނި ނުވަތަ ވާހަކަދެކެވޭ ފަރާތަށް އެކަނިކަމަށްވާނަމަ ކަމުގެ ލަފުޒުން އެކަހެރިވުމުގެ މާނަ ދޭހަވެއެވެ. މޯފޮލޮޖިކަލް ގޮތުން ކަމުގެ ލަފުޒު އެކަހެރިކޮށް ގިނަކުރެވޭ އުސޫލެއް އައްޑޫ ބަހުރުވައިގެ އޮތުމާއެކު، ކަން ރަށްދުވާފަރާތުގެ ނަންނުބުނި ކަމުގައި ވިޔަސް ކަމުގެ ލަފުޒު ރަށްދުވަނީ އެކަކަށްކަން ނުވަތަ ގިނަ ބަޔަކަށްކަން ދޭހަވެއެވެ. އެހެންކަމުން މިދިރާސާގައި ހޯދުން ތަކަށް ބަލާއިރު އައްޑޫ ބަހުރުވައިގައި މޯފޮލޮޖިކަލް ގޮތުން ކަމުގެ ލަފުޒު އެކަހެރިކޮށް ގިނަކުރެވޭ މުއްސަދި އުސޫލެއް ފާހަގަ ކުރެވުނެވެ. ދިވެހި ބަހުގެ ޢާއްމު ބަހުރުވައިގައި މިދެއްނެވި ގޮތަށް ކަމުގެ ލަފުޒު އެކަހެރިކޮށް ގިނަ ކުރެވޭއުސޫލެއް ނެތެވެ. |
URI: | http://saruna.mnu.edu.mv/jspui/handle/123456789/957 |
Appears in Collections: | އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް MNU Dissertations
|
Items in Saruna are protected by copyright, with all rights reserved, unless otherwise indicated.