Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/981
Title: ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ހެއްޔެވެ؟
Other Titles: Raees Nasheed aai Raees Yameenugevaahakafulhu dhekkuvumugai, vaahaka dhekkumuge dharajathah beynun kuravvaafai vanee dhivehi bahuge ekash'alhafaivaa ްqavaaidhaai eiygothah heyyeve?
Authors: އާމިނަތު ވަޙީދު
Waheed, Aminath
Issue Date: 1-Nov-2015
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: އާމިނަތު ވަޙީދު. (2015). ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށް ހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Waheed, A. (2015). Raees Nasheed aai Raees Yameenugevaahakafulhu dhekkuvumugai, vaahaka dhekkumuge dharajathah beynun kuravvaafai vanee dhivehi bahuge ekash'alhafaivaa ްqavaaidhaai eiygothah heyyeve?
Abstract: މި ދިރާސާއަކީ ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ވާހަކަފުޅު ދެއްކެވުމުގައި ދަރަޖަތައް ބޭނުންކުރައްވާފައި ހުންނަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށްތޯ ނުވަތަ ޚިލާފަށްތޯ ބެލުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވާނީ ރައީސް ނަޝީދާއި ރައީސް ޔާމިނު، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރައްވާފައި ހުންނަނީ ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވާޢިދާއި އެއްގޮތަށްތޯ ނުވަތަ ޚިލާފަށްތޯ ބަލައި އެންމެ އެކަށީގެންވާގޮތަށް ދަރަޖަތައް ބޭނުން ކުރައްވާފައިވަނީ ކޮންބޭފުޅެއްތޯ ހޯދާ، ބެލުމުގެ މައްޗަށެވެ. މިއީ އެމްޕެރިކަލް ރިސާރޗް ފްރޭމްވޯކްގެ ދަށުން ކުއެންޓިޓޭޓިވް އެޕްރޯޗް ބޭނުންކޮށްގެން ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. މި ދިރާސާގެ ސާމްޕަލްގެގޮތުގައި ނަގާފައިވާނީ ރައީސް ޔާމިނުގެ ތިން މިނެޓުގެ ތިން ތަޤުރީރާއި ތިން ބަސްދީގަތުން އަދި ރައީސް ނަޝީދުގެ ތިން މިނެޓުގެ ތިން ތަޤުރީރާ ތިން ބަސްދީގަތުމެވެ. މި ސާމްޕަލް ނެގިއިރު ނަގާފައިވާނީ ކޮންވީނިއަންސްކޮންނެވެ. މިއީ ޔޫޓިއުބްގެ އެހީގައި ޑިޖިޓަލް ކޮންޓެންޓްތަކެއް އޮބްޒާރވްކޮށްގެން ހެދި ދިރާސާއެކެވެ. މި ދިރާސާގެ ހޯދުންތަކުން އެނގިގެން ދިޔައީ ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ތަޤުރީރުތަކާއި ބަސްދީގަތުންތަކުގައި އެ ބޭފުޅުން ވާހަކަދެއްކުމުގެ ދަރަޖަތައް ރަނގަޅަށް ބޭނުންކުރެއްވި ކަމުގައިވިއަސް ދަރަޖަތައް އޮޅުވާލައިގެން ވެސް ބޭނުންކުރައްވާކަމެވެ. އަދި ދަރަޖަތައް މަސްހުނިކޮށްގެން ވެސް ބޭނުންކުރައްވާކަމެވެ. މިގޮތުން މި ދިރާސާގެ ނަތީޖާއިން ހާމަވެގެންދިޔައީ ރައީސް ނަޝީދަށްވުރެ ރައީސް ޔާމިނު، ވާހަކަދެއްކުމުގެ ދަރަޖަތައް މަސްހުނިކޮށްގެން ބޭނުންކުރައްވާ މިންވަރު އިތުރުކަމެވެ. އަދި ޖުމުލަގޮތެއްގައި އާދައިގެ ދަރަޖަ ބޭނުންކުރެއްވުމުގައި ރައީސް ޔާމިނަށްވުރެ ރައީސް ނަޝީދު ރަނގަޅުކަމެވެ. ނަމަވެސް މާތް ދަރަޖަ އާއި އެންމެ މާތް ދަރަޖަ ރަނގަޅަށް ބޭނުންކުރައްވާފައިވަނީ ރައީސް ނަޝީދަށްވުރެ ރައީސް ޔާމިނުކަން ވެސް މި ދިރާސާއިން ހާމަވެގެންދިޔައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/981
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File SizeFormat 
Aminath Waheed.pdf953.7 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.