Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/987
Title: ދިވެހި އަދަބުގެ "ހިނގައިގަނެވުނު ދައުރު" ގައި ހެދިފައި ހުރި ޅެންތަކުން "ރޮމެންޓިސިޒަމް" އާއި "ރިއަލިޒަމް" އަދި "ކުލެސިޒަމް" ގެ ސިފަތައް ފެންނަން އެބަހުރި ހެއްޔެވެ؟
Other Titles: Dhivehi adhabuge "hingaiganevunu dhauru" gai hedhifaihuri lhenthakun "romeyntizum" aai "rializum" adhi "kulesizum" ge sifathah fennan ebahurihehyeve?
Authors: Mohamed, Mazeena
މަޒީނާ މުޙައްމަދު
Keywords: ދިވެހި އަދަބު
ހިނގައިގަނެވުނު ދައުރު
ރޮމެންޓިސިޒަމް
ރިޔަލިޒަމް
ކުލެސިޒަމް
ޅެންވެރިކަން
ދިވެހި އަދަބިއްޔާތު
Issue Date: 1-Nov-2014
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Mohamed, M. (2014). Dhivehi adhabuge "hingaiganevunu dhauru" gai hedhifaihuri lhenthakun "romeyntizum" aai "rializum" adhi "kulesizum" ge sifathah fennan ebahurihehyeve?. Male', Maldives National University.
މަޒީނާ މުޙައްމަދު. (2014). ދިވެހި އަދަބުގެ "ހިނގައިގަނެވުނު ދައުރު" ގައި ހެދިފައި ހުރި ޅެންތަކުން "ރޮމެންޓިސިޒަމް" އާއި "ރިއަލިޒަމް" އަދި "ކުލެސިޒަމް" ގެ ސިފަތައް ފެންނަން އެބަހުރި ހެއްޔެވެ؟ މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ދިވެހި އަދަބުގެ " "ހިނގައިގަނެވުނު ދައުރު" ގައި ހެދިފައި ހުރި ޅެންތަކުން "ރޮމެންޓިސިޒަމް" އާއި "ރިޔަލިޒަމް" އަދި "ކުލެސިޒަމް" ގެ ސިފަތައް ފެންނަން އެބަހުރި ހެއްޔެވެ؟" މި ސުވާލަށް ޖަވާބު ހޯދުމުގެ މައްޗަށް ކުރެވުނު ދިރާސާއެކެވެ.އެގޮތުން މި ދިރާސާ ކުރެވިފައިވަނީ ކޮލިޓޭޓިވް އެޕްރޯޗްގެ ދަށުން ޕާރޕަސިވް ސާމްޕުލިންގ ބޭނުންކޮށްގެންނެވެ.އެކަމަށްޓަކައި ދިވެހި އަދަބުގެ "ހިނގައިގަނެވުނު ދައުރު" ގެ ޅެންވެރިންގެ ތެރެއިން 6 ޅެންވެރިޔަކު އިޚްތިޔާރުކުރެވުނެވެ.އަދި ކޮންމެ ޅެންވެރިއެއްގެ 2 ޅެމެއް ނަގާ ތަޙްލީލް ކުރެވުނެވެ. މި ދިރާސާއިން ފާހަގަވެގެން ދިޔައީ ދުނިޔޭގެ މަޝްހޫރު އަދަބިއްޔާތު ތަކުގައި އެކުލެވިގެންވާ " ރޮމެންޓިސިޒަމް" ، "ރިޔަލިޒަމް" އަދި "ކުލެސިޒަމް" ގެ އަސަރު ދިވެހި އަދަބިއްޔާތުންވެސް ފެނިގެން ގޮސްފައިވާކަމެވެ.އެންމެ ގިނަ ޅެންތަކުން ފެނިފައިވަނީ "ރޮމޭންޓިކް" އަދަބުގެ ސިފަތަކެވެ.ބުއްދީގެ ބަދަލުގައި ޖަޒްބާތާއި ޚިޔާލަށް އިސްކަންދީފައި ހުރުމާއެކު ހިތުގައި ކެކޭ ލޯބި، ވޭން، ހިތާމަ، އުފާ ފަދަ ޖަޒްބާތު އިމެއް ނެތި ހާމަކޮށްފައި ހުރެެއެވެ.ހަމަ އެހެންމެ ގިނަ ޅެން ޅެމުގައި، ވެރީންގެ ދިރިއުޅުމަށްވުރެ އާންމުންގެ ދިރިއުޅުމަށް އިސްކަންދީފައި ވާކަންވެސް ފާހަގަވެއެވެ. މި ދިރާސާއިން "ކަލާސިކީ" އަދަބުގެ ސިފަތައްވެސް ކޮންމެވެސް ވަރަކަށް ފެންނަން އެބަހުއްޓެވެ.އެގޮތުން ހިތްވަރުގަދަކަމާއި މަތީފަންތީގެ މީހުންނަށް ޘަނާކިޔުމާއި، ބޮޑުންގެ ވާހަކައާއި ހަނގުރާމަތަކުގެ ވާހަކަވެސް ދައްކާފައިވެއެވެ. މި ދިރާސާއިން "ރިޔަލިޒަމް" އަދަބުގެ ސިފަތައްވެސް ފެންނަން އެބަހުއްޓެވެ.އެހެންނަމަވެސް "ރިޔަލިޒަމް" އަދަބަށް ނިސްބަތްވާ ޅެންތައް މަދުކަން ފާހަގަވެއެވެ.މި އަދަބަށް ނިސްބަތްވާ ސިފަތަކުގެ ތެރޭގައި މުޖުތަމަޢުގެ ހަޤީޤަތްތަކުގެ ވާހަކައާއި، މުޖުތަމަޢުގައި ކަން ހިނގަމުންދާގޮތުގެ ވާހަކައާއި، އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުވާ ވާހަކަދެއްކުން ފަދަ ސިފަތައް ފެނިގެންދިޔައެވެ.އެހެންކަމުން މި ދިރާސާއިން ދިވެހި އަދަބުގެ "ހިނގައިގަނެވުނު ދައުރު" މި ތިން ސިފަވެސް ވަނީ ފެނިގެން ގޮސްފައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/987
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mazeena Mohamed.pdf1.26 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.