Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/990
Title: ދިވެހިބަހުގައި ބޭނުން ކުރެވެމުންދާ އަކުރުތަކުގެ ތެރެއިން "އިން" ބޭނުން ކުރެވޭ ގޮތްތަކާއި މި އަކުރު އަދާކޮށްދޭ ދައުރުތައް
Other Titles: Dhivehi bahugai beynunkuramundhaa akuruthakuge therein “inn” beynunkurevey goiythakaai miakuru adhaakohdhey dhauruthah.
Authors: Umayya, Faseehath
ފަސީޙަތު އުމައްޔާ
Keywords: އަކުރުތަކުގެ ތެރެއިން "އިން" ބޭނުން ކުރެވޭ ގޮތް
އިން
ނަމުގެ ފަހަތަށް
ަނަންއިތުރުގެ ފަހަތަށް
އަކުރުގެ ފަހަތަށް
Issue Date: 1-Nov-2014
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Umayya, F. (2014). Dhivehi bahugai beynunkuramundhaa akuruthakuge therein “inn” beynunkurevey goiythakaai miakuru adhaakohdhey dhauruthah. Male', Maldives National University.
ފަސީޙަތު އުމައްޔާ. (2014). ދިވެހިބަހުގައި ބޭނުން ކުރެވެމުންދާ އަކުރުތަކުގެ ތެރެއިން "އިން" ބޭނުން ކުރެވޭ ގޮތްތަކާއި މި އަކުރު އަދާކޮށްދޭ ދައުރުތައް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާ އަކީ ދިވެހި ބަހުގައި އާންމުކޮށް ބޭނުން ކުރެވެމުންދާ އަކުރުތަކުގެ ތެރެއިން "އިން" މިއަކުރުގެ މައްޗަށް ހެދިފައިވާ ދިރާސާއެކެވެ. ޤަވާއިދު ފޮތްތަކުގައި އަކުރުތަކާއި ބެހޭ މައުލޫމާތު ދެވިފައި ވީނަމަވެސް އެ މައުލޫމާތުތަކަކީ ދިރާސާއެއް ކުރެވިގެން އެކުލަވައިލެވިފައިވާ މައުލުމާތުތަކަށް ނުވެފައި، މިފަދަ ދިރާސާއެއް ކުރުމުން ޤަވާޢިދު ފޮތްތަކުގައި ވާ މައުލޫމާތަކީ ކިހާ މިންވަރަކަށް ޞައްޙަ މައުލޫމާތުތަކެއް ހުރި ފޮތްތަކެއްކަން އެނގިގެންދާނެއެވެ. އަދި އެ ފޮތްތަކުގައިވާ މައުލޫމާތުތަކަކީ އެޔަށް ބަދަލު ގެންނަން ޖެހޭފަދަ މައުލޫމާތެއްކަން ނުވަތަ ނޫންކަންވެސް އެނގިގެން ދާނެއެވެ. މި ދިރާސާއަކީ "އިން" ބޭނުން ކުރެވޭ ގޮތާއި "އިން" އަދާކޮށްދޭ ދައުރުތަކުގެ މައްޗަށް ބިނާކޮށް ހެދިފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބޭނުންކޮށްފައިވަނީ ކުއަލިޓޭޓިވް މެތަޑެވެ. އަދި ޕާޕޮސިވް ސާމްޕަލްއެއް ބޭނުންކޮށްފައިވާނެއެވެ. އަދި ކޮންޓެކްސްޓް އެނެލިސިސްއެއް ހަދާފައިވާނެއެވެ. މި ދިރާސާގައި ވަނީ 6 ބާބެވެ. ޤަވާއިދުގެ މައްޗަށް ބިނާކޮށް ހެދޭ މި ދިރާސާއަށް އެހީތެރިކަމެއް ލިބޭފަދަ އެހެން ދިރާސާއެއް ހެދިފައި ނެތުމާއިއެކު ޤަވާއިދު ފޮތްތަކުގައިވާ މައުލޫމާތުތަކާއި އަދި މައުޟޫއާ ގޅުންހުރި އެހެނިހެން ލިޔުންތަކުން މައުލޫމާތު ނަގައިގެން މި ދިރާސާ ފުރިހަމަ ދިރާސާއަކަށް ހެދުމަށް މަސައްކަތް ކޮށްފައިވާނެއެވެ. ދިރާސާއިން އެނގުނީ ދިވެހިބަހުގައި "އިން" ބޭނުން ކުރެވޭ 4 ގޮތެއްގެ އިތުރުން އެހެނިހެން ގޮތްގޮތަށްވެސް "އިން" ބޭނުން ކުރެވޭ ކަމެވެ. ހަތަރު ގޮތަކަށް "އިން" ބޭނުން ކުރުމުގެ އިތުރުން "އިން" ބޭނުން ކޮށްގެން ވަގުތު އަންގައިދެއެވެ. އަދި "އިން" ގުޅެނީ ނަމުގެ ފަހަތަށާއި ނަންއިތުރުގެ ފަހަތަށާއި އަކުރުގެ ފަހަތަށްކަން ހޯދިގެންދިޔައެވެ. މީގެ އިތުރުން ލަފުޒުގެ ފަހަތަށް "އިން" ގުޅުމުން އަންނަ އިތުރު ބަދަލު ތަކާއި، ބަޔާންވެދިޔަ ބައިތަކުގެ އިތިރު ތަފްސިލުތައް މި ދިރާސާގެ ކުރިޔަށް ހުރި ބާބުތަކުގައި ގެނެސްދީފައިވާނެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/990
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
FASEEHATH UMAYYA.pdf1.27 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.