Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/992
Title: ދިވެހިބަހުގައި ބޭނުންކުރެވޭ "އިނުން" މި ލަފްޒް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގެ ސެކަންޑަރީ ސްކޫލުތަކުގެ ގުރޭޑް 8،9 ގެ ކުދިން ބޭނުން ކުރޭ ހެއްޔެވެ؟ ބޭނުންކުރާ ނަމަ އޭގެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟
Other Titles: Dhivehi bahugai beynunkurevey “innun” milafuzu Dhivehi bahuge ekhashaalhaafaivaa qavaaidhaa hilaafah Maleyge sekandary sukooluge gureydu 8, 9 ge kudhin beynun kurey hehyeve? Beynunkuraa nama eyge sababuthakake kobai hehyeve?
Authors: Nasiha, Fathimath
ފާތިމަތު ނާޞިޚާ
Keywords: އިނުން
ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް
Issue Date: 1-Nov-2014
Publisher: Faculty of Arts, Maldives National University
Citation: Nasiha, F. (2014). Dhivehi bahugai beynunkurevey “innun” milafuzu Dhivehi bahuge ekhashaalhaafaivaa qavaaidhaa hilaafah Maleyge sekandary sukooluge gureydu 8, 9 ge kudhin beynun kurey hehyeve? Beynunkuraa nama eyge sababuthakake kobai hehyeve? Male', Maldives National University.
ފާތިމަތު ނާޞިޚާ . (2014). ިވެހިބަހުގައި ބޭނުންކުރެވޭ "އިނުން" މި ލަފްޒް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގެ ސެކަންޑަރީ ސްކޫލުތަކުގެ ގުރޭޑް 8،9 ގެ ކުދިން ބޭނުން ކުރޭ ހެއްޔެވެ؟ ބޭނުންކުރާ ނަމަ އޭގެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ދިވެހިބަހުގެ ޤަވައިދުގައި ބޭނުންކުރެވޭ "އިނުން" މިލަފްޒު ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގައި ހިންގަމުންދާ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 8، 9 ގެ ކުދިން ބޭނުން ކުރޭތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. އަދި ބޭނުންކުރާ ނަމަ އޭގެ ސަބަބުތައް ދެނެގަތުމެވެ. ހަމަމިއާއެކު އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ގިނަބަޔަކު ބޭނުންކުރަމުންދާނަމަ ކުރިމަގުގައި މި ޤަވައިދަށް ކުރިމަތިވެދާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯވެސް ބެލުމެވެ. މިކަން ބެލުމަށްޓަކައި މި ދިރާސާ އަމާޒުކުރެވުނީ ދެ ދާއިރާއަކަށެވެ.އެއީ ސްކޫލު ދަރިވަރުންނާއި މުދައްރިސުންނެވެ. މިގޮތުން ސްކޫލުގެ ދަރިވަރުންނަށް ސާރވޭ ފޯރމެއްދީގެން އެދަރިވަރުން "އިނުން" މިލަފްޒު ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ އެއްގޮތަށް ބޭނުންކުރަން އެނގޭތޯއާއި ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ބަލާފައިވާނެއެވެ. އަދި "އިނުން" ބޭނުންކުރަންޖެހޭ ހަމަތަކުގެ ތެރޭގައި ހިމެނިފައިނުވާ ގޮތްގޮތައް ވެސް "އިނުން" ބޭނުން ކުރަމުންދާ ކަމަށް ފާހަގަކުރެވުނެވެ. އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް ބެލިބެލުމުން އެނގިގެން ދިޔައީ "ހަތަރު ފައިޖަހައިގެން އުޅޭ ތަކެއްޗަށް" އޮތުމުގެ ބަދަލުގައި ދިރާސާގައި ބައިވެރިވި ހުރިހާ ކުދިންވެސް ބޭނުންކޮއްފައިވަނީ "އިނުން" ކަމެވެ. ކުރެވުނު ސަރވޭއިން "އިނުން" މި ޤަވާއިދަށް ކުރިމަގުގައި ކުރިމަތިވެދާނެ މައްސަލަތަކާ ދަރިވަރުންނަށް "އިނުން" ބޭނުންކުރެވޭ މިންވަރު އެނގިގެންދިޔައެވެ. އަދި ސަރވޭ ފޯރމުތަކާ އިންޓަވިއުތަކުން ލިބުނު މަޢުލޫމާތުތަކުން "އިނުން" އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާންމުވާން ދިމާވާ ސަބަބުތައް ހޯދުނެވެ. އެގޮތުން އެންމެ ގިނަ ފަރާތްތަކުން ހާމަކޮއްފައިވަނީ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވަކިހަމައެއްނެތި "އިނުން" ބޭނުންކުރުން ޢާއްމުވާން ދިމާވާ އެއް ސަބަބަކީ މީޑިއާކިމުގައި ދިރާސާއިން ހާމަވިއެވެ. މުޅި ދިރާސާއިން ފާހަގަކުރެވުނު އެއްކަމަކީ، ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދުގައިވާ "އިނުން" ބޭނުންކޮއްގެން މި ދިރާސާގައި ބައިވެރި ހުރިހާ ދަރިވަރުންގެ ވާހަކަދެއްކުމުގައި 100 ޕަސެންޓު ޖުމުލަ ބޭނުންކޮއްފައިވަނީ ނުބައިކޮށް ކަމެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/992
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
FATHIMATH NASIHA.pdf1.65 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.