MNU Dissertations - އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
Browse
1 results
Search Results
ThesisItem ދިވެހި ބަހުގައި އެކުވިލަފުޒު އުފެދިފައި ހުންނަގޮތް...(Faculty of Arts, Maldives National University, 2012-11-01) Hafsa, Aishath; އާއިޝަތު ޙަފްޞާމިއީ ދިވެހިބަހުގައި ލަފުޒު އުފެދިފައިވާ ގޮތްތަކުގެ ތެރެއިން ބަސްކޮށާރަށް އިތުރުކުރާ އެއްގޮތް ކަމުގައިވާ އެކުވިލަފުޒު (compound) އުފެދިފައި ހުންނަގޮތްތައް ދެނެގަތުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މިދިރާސާއަކީ ކުއަލިޓޭޓިވް މެތަޑެއް ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއެކެވެ. މިދިރާސާގައި ކޮލިޓޭޓިވް މެތަޑެއް ބޭނުންކުރީ އަދަދުކުރުމަށްވުރެ ބޮޑަށް އެހެނިހެން ގޮތްގޮތުން ހޯދޭ މަޢުލޫމާތުތަކުގެ މައްޗަށް ބަލަށް ޖެހޭތީއެވެ. ޑާޓާ އެއްކުރުމަށް ސާމްޕަލްގެ ގޮތުގައި ނަގާފައިވަނީ ޝާއިއުކޮށް އާންމުކުރެވިފައިވާ ބައެއް ފޮތްތަކުންނާއި ދިވެހިބަހުގެ ރަދީފުން އެކުވިލަފުޒުގެ ގޮތުގައި ފާހަގަކުރެވުނު ލަފުޒުތަކުގެ ތެރެއިން ބައެއް ލަފުޒުތަކެވެ. މިދިރާސާއިން ހޯދިހޯދުންތަކުން ދިވެހިބަހުގެ (compound) އެކުވިލަފުޒު މައިގަނޑު ހަތަރުބައެއްގެ ދަށުން އުފެދިފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން އެންޑޯސެންޓްރިކް، އެގްސޯސެންޓްރިކް، ކޯޕަރޭޓިވް އަދި އެޕޮޒިޝަނަލް ކަމްޕައުންޑް ލަފުޒު އުފެދިފައިވަކަން ފާހަގަކުރެވެއެވެ. މިބައިތަކުގެ ދަށުން ކަމްޕައުންޑް ލަފުޒު އުފެދިފައި ހުރިއިރު އާންމުގޮތެއްގައި ކަމްޕައުންޑް ލަފުޒު އުފެދިފައި ހުރީ ދިވެހިބަހުގެ ލެކްސިކަލް ކެޓަގަރީގެ ބައިތަކުގެ ތެރެއިން ނަން، ކަން، ނަންއިތުރު އަދި ކަންއިތުރު ގުޅިގެންނެވެ. މިގޮތުން މިދިރާސާގައި ހޯދި ހޯދުންތަކުން މިބަޔާންކުރި ބައިތައް ގުޅިގެން ތަފާތު 14 ގޮތަކަށް އެކުވިލަފުޒު އުފެދިފައިވާކަން ފާހަގަކުރެވެއެވެ. މިދިރާސާގައި ހޯދި ހޯދުންތަކުން އެންޑޯސެންޓްރިކް، އެގްޒޯސެންޓްރިކް، ކޯޕަރޭޓިވް އަދި އެޕޮޒިޝަނަލް ކަމްޕައުންޑުގެ ދަށުން އެކުވި ލަފުޒު އުފެދިފައި ހުންނައިރު އެންމެގިނައިން އެކުވި ލަފުޒު އުފެދިފައި ހުރީ (ނަން+ނަން)، (ނަން+ކަން)، (ކަން+ނަން)، (ނަން+ނަންއިތުރު)، (ނަންއިތުރު+ނަން) އަދި (ނަންއިތުރު+ނަންއިތުރު) ގުޅިގެންނެވެ. ހަމައެހެންމެ ކޮންމެ ބާވަތެއްގެ އެކުވިލަފުޒެއްގެ ދަށުންވެސް އެންމެ ގިނައިން އުފެދިފައި ހުންނަނީ (ނަން+ނަން) ގުޅިގެންނެވެ. އަދި (ނަންއިތުރު+ނަންއިތުރު) ގުޅިގެންވެސް ވަރަށްގިނައިން ކަމްޕައުންޑް ލަފުޒު އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ (ކަންއިތުރު+ނަން) އަދި (ކަން+ކަން) ގުޅިގެންވެސް އެކުވި ލަފުޒު އުފެދިފައިވާކަން ފާހަގަކުރެވެއެވެ. މިދިރާސާއިން ދިވެހިބަހުގައި ކަމްޕައުންޑް އުފެދިގައި ހުނަންގޮތް ދެނެގަނެވުނު އިރު ކަމްޕައުންޑް ލަފުޒާއި ގުޅޭ އިތުރު ހޯދުންތައް ހޯދުމަކީ މުހިއްމު ކަމެއްކަން ފާހަގަ ކުރެވުނެވެ.