MNU Dissertations - އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
Browse
ArticleItem Dharavandhoo : Baa atoll(Faculty of Engineering and Technology, Maldives National University, 1) މަރިޔަމް ލީވާން ޖަލީލް; އަޙުމަދު ރިޔާޒް ވަޙީދު; އާމިނަތު ފިރުޝާ; އާއިޝަތު ވިލްމާ; ޙަސަން ލަބީބް; އަޙްމަދު ނިހާޒް އަބޫބަކުރު; އިސްމާޢީލް ޔާނިމް; އަޙްމަދު މުސްތަޢުސިމް ޒުބެއިރު; އާއިޝަތު އަމްނު ޝަރީފް; އިސްމާޢީލް މާޢިޝް މުޙައްމަދު; އާމިނަތު ފަރަހު; އާއިޝަތު ރިޝްމާ; އަނާން އަލީ ރަޝީދު; ޠޯހާ އަބްދުލްރައްޒާޤު; ސުމައްޔާ އަބްދުލްސައްތާރު; މައުމަން ރަޝީދު; މާޒް ސައީދު; Jaleel, Mariyam Leevan; Waheed, Ahmed Riyaz; Firusha, Aminath; Vilma, Aishath; Labeeb, Hassan; Aboobakuru, Ahmed Nihaaz; Yanim, Ismail; Zubair, Ahmed Musthausim; Shareef, Aishath Amnu; Mohamed, Ismail Maaish; Farahu, Aminath; Rishma, Aishath; Rasheed, Anan Ali; AbdulRazzaq, Thoha; AbdulSattar, Sumayya; Rasheed, Mauman; Saeed, MaazItem ކަންކުރާއާ ގުޅިގެން ކަމަށް ބަދަލު އަންނައިރު ހުވަދު އަތޮޅު ދެކުނުބުރީގެ އެކި ރަށްރަށުގައި ގެންގުޅޭ އުސޫލުތަކުގެ މެދުގައި ހުރި މޯފޮލޮޖިކަލް ތަފާތާއި ރަސްމީ ބަހުރުވައިގައި ގެންގުޅޭ އުސޫލާ ދެމެދު ގައި ހުރި މޯފޮލޮޖިކަލް ތަފާތު(ފެކަލްޓީ އޮފް މެނޭޖުމަންޓް އެންޑް ކޮމްޕިއުޓިންގ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން, 2003-11) ވަލީދާ ޢީސާ; Eesa, ValeedhaItem ސާނަވީ މަރުހަލާގެ ދަރިވަރުން މާދަރީ ބަސް އުގެނުމަށްދޭ ސަމާލުކަން ކުޑަވަނީ ކީއްވެހެއްޔެވެ؟(ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ, 2006-11) ޙުސައިން ރަޝީދު އަޙުމަދު; Ahmed, Husaain Rasheed DissertationItem ޘާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2006-11) މުޙައްމަދު ނާޝިދު; Mohamed, Naashid ThesisItem މާލޭ ސްކޫލުތަކުގައި ގްރޭޑު 7 ގައި ކިޔަވާ ދަރިވަރުން ދިވެހިބަސް ކިޔަވަން ހުންނަ ޝައުޤުވެރިކަން(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2006-11) ޢަބްދުއްލާ ޙަމީދު; Hameed, Abdulla DissertationItem ދިވެހި ލިޔާއިރު 'އައިބައިފިލި' ލިޔުމުގައި ގެންގުޅޭ އުޞޫލު(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2006-11) ޢަބްދުލ ޤާދިރު އިސްމާޢީލް; Ismail, Abdul Qadir DissertationItem އިތުރު" ބޭނުންކުރުމުން މާނައިގެގޮތުން އަންނަބަދަލާއި ބޭނުންކުރެވޭ ތަފާތު ގޮތްތައް"(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2006-11) ނާއިލާ ޙުސައިން; Hussain, Naaila DissertationItem މާނައާއި ޤަވާއިދުގެ ގޮތުން ބަލާއިރު، ބަސްވަކިކޮށް ތާނައިން ލިޔުމުގައި "އަކުރުތައް" ބޭނުންކުރެވޭ އުސޫލު(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2006-11-02) އަޙުމަދު ހާޝިމް; Hashim, AhmedItem މެދުމަދަރުސީ ތަޢުލީމުގެ ފަހުމަރުހަލާއާއި ޘާނަވީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާގައި "ދިވެހި" މި މާއްދާއިން ދަރިވަރުން ހޯދާ ނަތީޖާގެ ފަރަގު(ފެކަލްޓީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން, 2006-11-21) ޙަމީޒާ ޢަފީފު; Afeef, HameezaItem ކުޑަކުދިން ވާހަކަދައްކަން ދަސްކުރުމުގައި ބޮޑެތި މީހުންގެ ޙިއްޞާ(ފެކަލްޓީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން, 2006-11-21) އައިޝަތު ޝާކިރާ; Shaakiraa, Aishath ThesisItem އަމީނިއްޔާ އާއި މަޖީދިއްޔާ ސްކޫލުން ގްރޭޑް 10 ނިންމާ ދަރިވަރުން ދިވެހި ބަހުން ލިޔުމުގައި ރަގަޅަށް ސުކުން ކުރަން އެނގޭ މިންވަރާއި ސުކުންކުރެވޭ އަކުރުގެ ސަބަބުން މާނައަށް އަންނަ ބަދަލު(ފެކަލްޓީ އޮފް އެޑިއުކޭޝަން, 2006-11-21) ޚުވައިލަތު ހަސަން; Hassan, Khuvailath DissertationItem ދިވެހިބަހުގައި އަލިފު ސުކުނާއި ށަވިޔަނި ސުކުން އޮތުން މުހިއްމު ހެއްޔެވެ؟(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2006-11-21) ޢަލީ ސަމީޙު; Sameeh, Ali DissertationItem ކުޑަކުދިން ވާހަކަ ދައްކަން ދަސްކުރުމުގައި ބޮޑެތި މީހުންގެ ޙިއްޞާ(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2006-11-21) އައިޝަތު ޝާކިރާ; Shakira, Aishath DissertationItem "ދިވެހި ބަހުގެ ޤަވާޢިދުގައި "އޮތުން(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2006-11-21) ޝާދިޔާ ޢަލީ; Ali, Shaadiya ThesisItem އާލަފުޒު އުފެއްދުމާއި ބޭނުންކުރުން(ފެކަލްޓީ އޮފް އެޑިއުކޭޝަން, 2006-11-21) އައިމިނަތު މުޙައްމަދުފުޅު; Mohamedfulhu, AminathItem ކަށިކެޔޮ - ދިވެހިބަހާއި ދިވެހި ޘަފަތުގައި ހިއްސާވާ މިންވަރު(ފެކަލްޓީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން, 2007-11-01) ޙާމިދާ ޢަބްދުﷲ; Abdulla, Haamidha DissertationItem ދިވެހި ބަހުން ވާހަކަ ދެއްކުމާއި، ލިޔުމުގައި ޖުމުލަތައް ސުވާލު ކަމަށް ބެލެވެނީ ކިހިނެއް އަދި ކީއްވެގެންހެއްޔެވެ؟(ފެކަލްޓީއޮފް އެޑިއުކޭޝަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2007-11-21) ޢަޒީފާ ޢަފީފު; Afeef, Azeefa ThesisItem 1950 ގެ އަހަރުގެ ތެރޭގައި ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ބަޣާވާތް: ގދ. ހިވަރު ތިނަދޫ މީހުންގެ ދައުރު(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) އާމިނަތު ޝަފީޤާ; Shafeega, Aminathމިދިރާސާއަކީ ދިވެހިރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުމެއްކިމަށްވާ ދެކުނުގެ ތިންއަތޮޅު އެކުވެގެން އުފެއްދި ބަޣާވާތުގައި ގ. ހަވަރު ތިނަދޫ މީހުންގެ ދައުރަކީ ކޮބައިތޯ ބެލުމަށްކުރި ދިރާސާއެކެވެ. މިކަން ދެނެގަތުމައްޓަކައި މިކަމާބެހޭގޮތުން ލިޔެފައިހުރި ލިޔުންތަކުން މަޢުލޫމާތު ނެގުމުގެ އިތުރުން ބަޣާވާތާއި ގުޅުން ހުރި ގިނަ ފަރާއްތަކުން ހޮދި މަޢުލޫމާތުގެ އިތުރުން ޝާއިޢު ނުކުރާ ލިޔުމަކުން ނެގިފައިވާ މަޢުލޫމާތުގެ ބޭނުން ކޮށްފައިވާނެއެވެ. އެހެންކަމުން ނިންމުންތައް ނިންމާފައިވާނީ މިދެންނއވުނު މަޢުލޫމާތުގެ އިތުރުކުރެވުނު ސާވޭއާއި 15 ފަރާތެއްގެ ބަސްދީގަތުން ހިމަނައިގެންނެވެ. 13 މާރޗް 1959 ގައި އުފެއްދި ސުވައިދީބު ސަރުކާރު އުފައްދަން އައްޑޫ މީހުން އިސްކޮންތިބެގެން ދިން ދަޢުވަތު ފުވައްމުލަކު މީހުންނެކޭ އެއްގޮތަށް ހުވަދު އަތޮޅު މީހުންވެސް ޤަބޫލު ކޮއްފައިވެއެވެ. ހައަރު ތިނަދޫ މީހުން މިބަޣާވާތުގައި ބައިވެރިވި ހިސާބުން ފެށިގެން ހިނގި ދެބަޣާވާތުގައި ހަވަރު ތިނަދޫ މީހުން އިސްކޮން އުޅެފައިވެއެވެ. އަދި މިފަދަ ބަޣާވާތެއް ހިންގަންޖެހުނުކަމަށް ފެނިގެން ދިޔައީ ރައްޔިތުން ހިތްހަމަ ނުޖެހޭ އެތައްކަންތައްތަކެއް އޭގެ ތެރޭގައިއެކުލެވިގެންނެވެ. ހަމައެހެންމެ ފުރަތަމަ ބަޣާވާތަށްފަހު ހަވަރުތިނަދޫގައި ބައިތިއްބާފައިތިބި ސިފައިންގެ ޢަމަލު ތަކުގެ ސަބަބުން ދެވެނަބަޣާވާތަކަށް މަގު ފަހިވިއެވެ. ހުވަދޫ ބަޣާވާތް ނިމުމަކަށް ގެނެވުމައްޓަކައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު ހަވަރު ތިނަދޫ ފަޅު ރަށެއް ކަމުގައި އިޢުލާން ކުރައްވާ، ތިނަދޫއިން މީހުން ބޭލިއެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމުގައި އެތައްބަޔަކު ޙިއްސާވެ، އެތައް ކަންތައްތަކެއް ހިނގާފައި ވެއެވ. މިދިރާސާގައި މިކަންތައްތައް ހިނގައިދިޔަގޮތް ބަލައި ހޯދާ، ލިބުނު ހެކިތަކާއެކު ނިންމުންތައް ނިންމާފައިވާނެއެވެ. ThesisItem ދިވެހި މުހާވިރާތަކަށް އަދުގެމުޖުތަމަޢުން ދީފައިވާ މަޤާމް(Faculty of Arts, Maldives College of Higher Education, 2009-11-01) Ahmed, Shiuna; ޝިއުނާ އަޙުމަދުމި ދިރާސާ އަކީ ދިވެހި މުހާވިރާތަކަށް ސްކޫލު ކުދިންނާއި، ޓީޗަރުން، މީޑިޔާތަކުން، އަދި އާންމު ފަރުދުން ހޭލުންތެރިވެ އަހުލުވެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ އާއި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް ދެވިފައިވަނީ ކިހާވަރެއްގެ މަޤާމެއްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. ބޭނުމަކީ ދިވެހި އަދަބީ މުހާވިރާތަކަށް މިއަދުގެ މުޖުތަމަޢުން ކިހާވަރެއްގެ އަހައްމިއްޔަތެއް ދޭތޯ ބެލިމެވެ. އަދި ލިޔުމުގައާއި ކިޔުމުގައި އެތަކެތި ބޭނުންކުރަނީ ކިހައި މިންވަރަކަށްތޯ ބަލައި ހޯދުމެވެ. މިގޮތުން ކުރެވުނު ދިރާސާގައި މާލޭގެ ޘާނަވީ 3 ސްކޫލެއްގެ 8،9 އަދި 10 ގެ ދަރިވަރުން ބައިވެރި ކުރެވުނެވެ. އަދި މި ކުދިންނަށް މަސައްކަތު ކަރުދާސް ތަކެއް ދީގެން ޓެސްޓުކުރެވުނެވެ. މީގެއިތުރުން ދެ ސްކޫލެއްގެ ދެވަނަ ޓާރމްގެ ޓެސްޓް ނަތީޖާ ހޯދައި ބެލުނެވެ. ޕްރިންޓް މީޑިޔާގައި ބޭނުން ކުރާވަރު ބެލުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމްތަކުގައި ދިވެހި މުހާވިރާތައް ބޭނުންކޮށްފައިވާ މިންވަރު ބެލުމުގެ ގޮތުން ތަޙުލީލުތައް ކުރެވުނެވެ. މިދިރާސާ ހެދުމުގައި މުޖުތަމައުގައި އުޅޭ ކިޔަވާ ކުދިންނާއި، ދިވެހި މުދައްރިސުން އަދި އާންމު ފަރުދުންނަށް ސާރވޭ ފޯރމްތަކެއްދީ އެތަކެތިން ލިބުނު ނަތީޖާއަކީ ކޮބައިތޯވެސް ބެލީމެވެ. މިތަކެތި ބަލައި ތަހުލީލް ކުރުމުން އެނގިގެން ދިޔައީ ދިވެހި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް މާބޮޑު ޖާގައެއް ނެތް ކަމެވެ. އާންމުފަރުދުންނާއި ކިޔަވާކުދިން ކޮންމެވެސް ވަރަކަށް ދިވެހި މުހާވިރާތައް ބޭނުންކުރި ނަމަވެސް މީޑިޔާތަކުން ދިވެހި މުހާވިރާތައް ދިރުވާ އާލާ ކުރުމަށް މާބޮޑު އަހަންމިއްޔަތެއް ދީފައިނުވާކަމެވެ. ދިވެހި މުދައްރިސުން ކިޔަވައިދެއްވުމުގައި ދިވެހި މުހާވިރާތައް އެއްގޮތަކަށްވެސް ބޭނުންކުރަމުން ނުދާކަން މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި ދިވެހި މުހާވަރާތައް ކިޔަވައިދެއްވަނީ ޓެސްޓްގައި ސުވާލު ދޭތީކަމާއި އެއީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމަށް ދެކިގެން ނޫންކަންވެސް ހާމަވެގެން ދިޔައެވެ. އެހެންކަމުން ދިވެހި މުހާވިރާ ތަކަކީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމުގައި ދެކި، އެއީ މިހާރަށްވުރެ ބޮޑަށް އަހައްމިއްޔަތު ކަން ދީގެން އަހުލުވެރިވާން ވެއްޖެ ތަރިކައެކެވެ. އަދި މިދިރާސާގެ މައިގަނޑު ބޭނުމަކީވެސް ދިވެހި މުހާވިރާތަކަށް މިހާރަށްވުރެ އަހުލުވެރި ޖީލުތަކެއް ބިނާވެގެން ދިޠުމެވެ. ThesisItem ސާނަވީ ދަރިވަރުން އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން., 2009-11-01) Hussain, Rahma; ރަހުމާ ޙޫސައިންމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަމުންދާ ސަބަބުތައް ދެނެގަތުމެވެ.މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 2 ދާއިރާއަކަށެވެ.އެއީ ދަރިވަރުންނާއި މުދައްރިސުންނަށެވެ.މިގޮތުން ދަރިވަރުންނާއި މުދައްރިސުންގެ ވާހަކަދެއްކުން އޮބްޒާރވްކޮށްގެން ޖުމުލަތަކެއް ނަގައި، މި ޖުމުލަތަކުގައި "އިނުން" އެކަށައަޅާފައިވާ ޤަވާާާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ.އަދި އެކަށައަޅާފައިވާ ޤަވާއިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ބޭނުންކުރެވިފައިވާ މިންވަރު ބަލާފައިވާނެއެވެ.މި ދިރާސާއިން އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "އިނުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ.އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާއިދުގައިވާ "އިނުން" ބޭނުންކުރުމުގެ ފަސްހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، ޢާއްމުގޮތެއްގައި ހުރިހާ ހަމައަކަށްވެސް ތަބާވެއެވެ.ނަމަވެސް ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ކަން މި ދިރާސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުުނު ސާާރވޭއިން "ހުރުން، އިނުން، އޮތުން" ގެ ތެރެއިން "އިނުން" ބޭނުންކުރުމުގެ ޤަވާއިދު ދަރިވަރުންނަށް ދަސްކޮށްދޭނީ ކިހިނެއްކަމާއި ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ.އަދި "އިނުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލީފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ވެސް ހޯދިފައިވާނެއެވެ.މީގެ އިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައްވެސް ހޯދިފައިވާނެއެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "އިނުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވަޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ ޖުމުލަ 56.6 އިންސައްތަ ބޭނުންކޮށްފައިވާކަމެވެ.މީގެ އިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "އިނުން" ބޭނުންކުރުމުގެ އިތުރު ހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ. ThesisItem އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ ދިވެހި ނަތީޖާ ދަށްވަނީ ކީއްވެހެއްޔެވެ؟(Maldives National University, 2009-11-01) Jameel, Abdullah; ޢަބްދުﷲ ޖަމީލްމިދިރާސާއަކީ އެސް. އެސް. ސީ އިމްތިޙާނުގެ ނަތީޖާ އަމީނިއްޔާ ސުކޫލުގައި ދަށްވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ކުރެވިައިވާ ކޮލިޓޭޓިވް ދިރާސާއެކެވެ. މިދިރާސާއަށް މަޢުލޫމާތު ހޯދުމުގައި ފުޅާ ދާއިރާއެއްގައި ދޭޓާ އެއްކޮށްފައިވާނެއެވެ. މިގޮތުން ތަޢުލީމީ ދާއިރާގެ ފަންނީ އިސްބޭފުޅުންތަކެއްގެ އިންޓަރވިއު މިދިރާސާއަށް ނަގާފައިވާނެއެވެ. އަދި އަމީނިއްޔާ ސުކޫލަށް ގޮސް، އޮބްޒާރްވްކޮށްގެންނާއި އަދި އެތާންގެ ދަރިވަރުންނާއި ޓީޗަރުންނާއި ސުކޫލްގެ ވެރިންނާއި އިންޓަރވިއުކޮށް ސުވާލުކުރެވިފައިވާނެއެވެ. އަދި އެސް.އެސް. ސީ ޕޭޕަރަށާއި މާކުކުރުމަށް ވަރަށް ފުޅާ ގޮތެއްގައި މިދިރާސާގައި ބަލާލާފައި ވާނެއެވެ. އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ އިމްތިޙާނުގެ ދިވެހި ނަތީޖާ ދަށްވަމުންދާ ސަބަބުތަކެއް މިދިރާސާއިން ވަނީ ހޯދިފައެވެ. މިގޮތުން ގިނަ ދަރިވަރުންގެ ލިޔުންތެރިކަން ޅަފަތުގެ ދައުރުން ފެށިގެން ދަށްވުމާއި އަމީނިއްޔާ ސުކޫލްގައި ދިވެހިބަސް ކިޔަވައިދިނުމުގައި ދަރިވަރުންގެ ފޮތް ބޭނުންކޮށްފައިވާލެއް ކުޑަކަމާއި ދަރިވަރުން ޝައުޤުވެރިކުރުވުމަށް ކުރެވިފައިވާ މަސައްކަތް ކުޑަކަމަށް މިދިރާސާއިން ފާހަގަވެފައިވެއެވެ. އަދި ދިވެހި ބަހަށް ދަށްކުދިން ދެނެގަނެވި އެކުދިންނަށް މަސައްކަތްކޮށްދެވިފައިވާލެއް ކުޑަކަމާއި ޓީޗަރުންގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭކަން ފާހަގަވެފައިވެއެވެ. މީގެ އިތުރުން ބަހުގެ ފެންވަރު ޓެސްޓްކުރުމަށް އެސް. އެސް. ސީ ޕޭޕަރގައި އުނިކަންތައްތަކެއް ހުރިކަން ފާހަގަވެއެވެ. އަދި 2008 ވަނަ އަހަރު އެސް. އެސް. ސީ އިމްތިޙާނަށް ގެނެވުނު ބަދަލަކީ ރަގަޅުނޫން ބަދަލެއްކަމާއި އެސް. އެސް. ސީ އިމްތިޙާނު ޕޭޕަރުގައި ހިތުދަސްކުރަން ޖެހޭ ބައިތައް ހިމެނިފައިވާކަމާއި އެސް. އެސް. ސީ އިމްތިޙާން މާކު ކުރުމުގައި މައްސަލަތަކެއް އެބަހުރިކަމާއި ފެންވަރު ރަގަޅު މާކަރުން ނުލިބުމާއި އެގްޒޭމިނަރުންގެ ފެނަވަރު ދަށްކަމުގައި ފާހަގަކުރަމެވެ. އަމީނިއްޔާ ސުކޫލުގެ އެސް. އެސް. ސީ އިމްތިޙާނުގެ ދިވެހި ނަތީޖާ ރަގަޅު ކުރެވޭނީ ސުކޫލާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ބެލެނިވެރިންނާ ގުޅިގެން ކަންތައްތަކެއް ހިންގައިގެން ކަމުގައިވެސް މި ދިރާސާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން އެސް. އެސް. ސީ އިމްތިޙާނުގެ ނަތީޖާ ރަގަޅު ކުރުމަށް މިހާރަށްވުރެ ބޑު، ބުރަ އަދި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މި ދިރާސާއަށް ފާހަގަވެއެވެ. ThesisItem ރާއްޖޭގެ ބޮނޑިބަތުގެ ކޮންސެޕްޓް ތަފާތު ވެއްޖެހެއްޔެވެ؟ ވޭތުވެދިޔަ ދުވަސްތަކުގައި ބޮނޑިބަތުގެ ބޭނުން ކުރަމުންދާ ގޮތްތަކާމެދު ބަދަލުތަކެއް އައިހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Ibrahim, Ali; ޢަލީ އިބްރާހީމްމި ދިރާސާއަކީ ބޮނޑިބަތް އެ ރަމްޒުކޮށްދޭ ކަންތައްތައް ހުރުމާއެކު އެކަމަށް އެއްވެސް ބަދަލެއް އައިސްފައިހުރިތޯއާއި ވޭތުވެދިޔަ ދުވަސްތަކުގައި ބޮނޑިބަތް ބޭނުންކުރިއިރު އެ ބޭނުންކުރި ބަދަލާ ގުޅިގެން ބަދަލުތަކެއް އައިސްފައިވޭތޯ ބެލުމުގެ ގޮތުން ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ކުރުމުގެ މައިގަނޑު ބޭނުމަކީ އެއް އިރެއްގައި ދިވެހީންގެ މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުންކޮށް އުޅުނު ބޮނޑިބަތަށް މީގެކުރިން މިފަދަ ދިރާސާއެއް ހެދިފައި ނުވުމާއި ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހީންގެ ދިރިއުޅުމާއި އާދަކާދަތަކަށް އައި ބޮޑު ބަދަލާ ގުޅިގެން، ޚާއްޞަކޮށް ދިވެހިންގެ ކެއިންބުއިމަށް އައި ބޮޑު ބަދަލާ ގުޅިގެން ބޮނޑިބަތުގެ ބޭނުން ކުރަމުން އައިގޮތްތަކާއިމެދު އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ ބަލައި ދެނެގަތުމެވެ. ދިރާސާކޮށް ހޯދުނު ހޯދުންތަކުން އެނގުނުގޮތުގައި ބޮނޑިބަތަކީ ދިވެހީންނާ ވަރަށް ދޯޅަ އެއްޗެކެވެ. އެގޮތުން އިޖުތިމާޢީ، އިޤުތިޞާދީ، ދީނީ، ސިޔާސީ، ތާރީޚީ އަދި ބޭސްވެރިކަމުގެ އިތުރުން ބައިނަލްއަޤުވާމީ ބައެއް ކަންކަމާއި ކުޅިވަރާ ބޮނޑިބަތްވަނީ ގުޅިލާމެހިފައެވެ. އިޖުތިމާޢީ ކަންތައްތަކުގައި އެކަކު އަނެކަކާ ގުޅުން ބަދަހި ކުރުމަށް އިހުގައި ބޮނޑިބަތް ބޭނުން ކުރެވިފައިވަނީ ވަރަށް މަތީ ދަރަޖައަކަށެވެ. އެހެންނަމަވެސް މި ކަންތައްތަކަކީ މިޒަމާނުގައި ކޮށްއުޅޭ ކަންތައްތަކެއްނޫނެވެ. އިޤުތިޞާދީގޮތުން ބަލާއިރު ބޮނޑިބަތުގެ ވިޔަފާރި ކުރިއަރަމުން ބަދަލުވަމުންދަނީ ވަރަށް ހަލުއި ބަރު މިނެއްގައެވެ. އިހުގައި ތަފާތު މުނާސަބަތުތަކުގައި ކެއުމަށް ގޭގައި ކައްކައިގެން ކައި އުޅުނު ބޮނޑިބަތް މިއަދު ކައިއުޅެނީ ވިޔަފާރީގެ އުޞޫލުން އޯޑަރަށް ތައްޔާރުކޮށްދޭ ތަންތަނުން ގެނެސްގެންނެވެ. ދީނީ ކަންކަން ފާހަގަ ކުރުމުގެގޮތުން ބޮނޑިބަތަކީ އިހުގައި ޚައިރާތުގެ ގޮތުގައި ބޭނުންކޮށް އުޅުނު އެއްޗެކެވެ. އެހެންނަމަވެސް މިހާރު ޚައިރާތުގެ ގޮތުގައި ބޮނޑިބަތް ކައްކައިގެން ދީނީ ފާހަގަކުރުންތައް ފާހަގަކޮށެއް ނޫޅެއެވެ. ބޮނޑިބަތަކީ ސިޔާސީ ކަންކަމުގައާއި ރޭވުންތަކުގައި މުޖުތަމަޢުގައި ރަސްކަން އޮތް ދުވަސްވަރުވެސް ބޭނުންކޮށް އުޅުނު ޓުލެކެވެ. ހަތިޔާރެކެވެ. އެހެންނަމަވެސް މިއަދު ބޮނޑިބަތް ރަމްޒުކޮށްދެނީ ސިޔާސީ ބަދަލުތަކާއެކު ސެލެބްރޭޓް (ފާހަގަކުރާ) ކުރާ އެއްޗެއްގެ ގޮތުގައެވެ. ތާރީޚީގޮތުން ބަލާއިރު ބޮނޑިބަތަކީ މިނިވަންކަމުގެ އުފަލުގައި ބޭއްވުނު ތަފާތު އިޙުތިފާލުތަކުގައާއި ތާރީޚީ ދަތުރުތަކުގަޔާއި ދީނީ އާދަކާދަތަކުގަޔާއި ފަންޑިތަވެރިކަމުގައި ބޭނުންކޮށްފައިވާ އެއްޗެކެވެ. އެހެންނަމަވެސް މީގެތެރެއިން މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ އުޅޭ ޙަފަލާތަކުގައި ފިޔަވައި ފާހަގަ ކުރެވުނު އެހެން ކަންތައްތަކުގައި ބޮނޑިބަތަކީ މިއަދު ބޭނުންކޮށްއުޅޭ އެއްޗެއް ނޫނެވެ. ބޭސްވެރިކަމުގައި ބޮނޑިބަތަކީ ވަރަށް ގިން ބަލިބަލީގެ ޝިފާއެއްކަމުގައިވެއެވެ. އެހެންނަމަވެސް ބޮނޑިބަތަކީ މިއިދު ބޭސްވެރިކަމުގައި ބޭނުންހިފަމުންދާ އެއްޗެއްކަމަށް ނުބެލެވެއެވެ. ބައިނަލް އަޤުވާމީ ކަންކަމުގަޔާއި ކުޅިވަރުގައި ބޮނޑިބަތަކީ ކުރިން އެއްވެސް ސިފައެއްގައި ކުލަޖެހިފައިވާ އެއްޗަކަށް ނުވާއިރު މިއަދި ބޮނޑިބަތަކީ ބައިނަލް އަޤުވާމީ ކަންކަމުގަޔާއި ކުޅިވަރުތަކުގައި ވައިގައި ހިފަމުން އަންނަ އެއްޗެކެވެ. އެހެންކަމުން ގިނަ ބަޔަކު ބައިވެރިވެގެން ގުޅުން ބަދަހި ކުރުމުގެ ޙަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ފޯރުންތެރިކަމާއި ފުދުންތެރިކަން މިހާރަށްވުރެ ކުޑަ ޒަމާނެއްގައި ކައްކާ އުޅުނު ބޮނޑިބަތް، ފޯރުންތެރިކަމާއި ފުދުންތެރިކަން ލިބިފައި އޮތް މިޒަމާނުގައި ފެނިގެން މިދަނީ ސިމްބޮލިކް ނުވަތަ ރަމްޒީއެއްޗެއްގެ ގޮތުގައެވެ. ޒަމާނުގެ އޮއިވަރާއެކު ބަދަލުވަމުންދާ އެއްޗެއްގެ ގޮތުގައެވެ. ThesisItem ދިވެހި މުހާވިރާތަކަށް އަދުގެ މުޖުތަމަޢުން ދީފައިވާ މަޤާމް(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) ޝިއުނާ އަޙުމަދު; Ahmed, Shiunaމި ދިރާސާއަކީ ދިވެހި މުހާވިރާތަކަށް ސްކޫލު ކުދިންނާއި، ޓީޗަރުންނާއި، މީޑިއާތަކުން، އަދި އާއްމު ފަރުދުން ހޭލުންތެރިވެ އަހުލުވެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ އާއި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް ދެވިފައިވަނީ ކިހާވަރެއްގެ މަޤާމެއްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. ބޭނުމަކީ ދިވެހި އަދަބީ މުހާވިރާތަކަށް މިއަދުގެ މުޖުތަމަޢުން ކިހާވަރެއްގެ އަހަމިއްޔަތެއް ދޭތޯ ބެލުމެވެ. އަދި ލިޔުމުގައި އާއި ކިޔުމުގައި އެތަކެތި ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯ ބަލައި ހޯދުމެވެ. މިގޮތުން ކުރެވުނު ދިރާސާގައި މާލޭގެ ޘާނަވީ 3 ސްކޫލެއްގެ 8، 9، އަދި 10 ގެ ދަރިވަރުން ބައިވެރި ކުރެވުނެވެ. އަދި މިކުދިންނަށް މަސައްކަތު ކަރުދާސް ތަކެއް ދީގެން ޓެސްޓު ކުރެވުނެވެ. މީގެ އިތުރުން ދެ ސްކޫލެއްގެ ދެވަނަ ޓާރމްގެ ޓެސްޓް ނަތީއްޖާ ހޯދައި ބެލުނެވެ. ޕްރިންޓް މީޑިއާގައި ބޭނުން ކުރާވަރު ބެލުމުގެ ގޮތުން 3 މަޖައްލާއަކުން ލިޔުންތައް ނަގައި ދިރާސާކޮށް ބަލައި ހެދުނެވެ. އިލެކްޓްރޯނިކް މީޑިއާގައި ބޭނުންކުރާ މިންވަރު ބެލުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް ޕްރޮޤްރާމްތަކުގައި ދިވެހި މުހާވިރާތައް ބޭނުންކޮށްފައިވާ މިންވަރު ބެލުމުގެ ގޮތުން ތަޙުލީލުތައް ކުރެވުނެވެ. މިދިރާސާ ހެދުމުގައި މުޖުތަމަޢުގައި އުޅޭ ކިޔަވާ ކުދިންނާއި، ދިވެހި މުދައްރިސުން އަދި އާއްމު ފަރުދުންނަށް ސާރވޭ ފޯރމްތަކެއްދީ އެތަކެތިން ލިބުނު ނަތީއްޖާއަކީ ކޮބައިތޯވެސް ބެލީމެވެ. މިތަކެތި ބަލައި ތަހުލީލް ކުރުމުން އެނގިގެން ދިޔައީ ދިވެހި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް މާބޮޑު ޖާގައެއް ނެތް ކަމެވެ. އާއްމު ފަރުދުންނާއި ކިޔަވާކުދިން ކޮންމެވެސް ވަރަކަށް ދިވެހި މުހާވިރާތައް ބޭނުންކުރި ނަމަވެސް މީޑިއާތަކުން ދިވެހި މުހާވިރާތައް ދިރުވާ އާލާ ކުރުމަށް މާބޮޑު އަހަމިއްޔަތެއް ދީފައިނުވާކަމެވެ. ދިވެހި މުދައްރިސުން ކިޔަވައިދެއްވުމުގައި ދިވެހި މުހާވިރާތައް އެއްވެސްގޮތަކަށް ބޭނުންކުރަމުން ނުދާކަން މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި ދިވެހި މުހާވިރާތަޢް ކިޔަވައިދެއްވަނީ ޓެސްޓްގައި ސުވާލު ދޭތީކަމާއި އެއީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމަށް ދެކިގެން ނޫންކަންވެސް ހާމަ ވެގެން ދިޔައެވެ. އެހެންކަމުން ދިވެހި މުހާވިރާތަކަކީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމުގައި ދެކި، އެއީ މިހާރަށްވުރެ ބޮޑަށް އަހަމިއްޔަތުކަން ދީގެން އަހުލުވެރިވާން ވެއްޖެ ތަރިކައެކެވެ. އަދި މި ދިރާސާގެ މައިގަނޑު ބޭނުމަކީވެސް ދިވެހި މުހާވިރާތަކަށް މިހާރަށްވުރެ އަހުލުވެރި ޖީލު ތަކެއް ބިނާވެގެން ދިޔުމެވެ. ThesisItem ޙިތާނުކުރުމުގެ ޡަޤާފަތަށް އައިސްފައިވާ ބަދަލުތައް(Faculty of Arts, Maldives College of Higher Education, 2009-11-01) Habeeb, Hussain; ޙުސައިން ޙަބީބްމިއީ،ޙިތާނުކުރުމުގެ ޘަޤާފަތަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ހަދާފައިވާ ދިރާސާ އެކެވެ. ވުމާއެކު މި ދިރާސާ އަމާޒުކުރެވިފައި ވާނީ ދިވެހިރާއްޖޭގައި ފިރިހެންކުދިން ޙިތާނުކުރުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށެވެ. ހޯދި ހޯދުންތަކުން އެނގުނު އެއްކަމަކީ (ޙިތާނުކުރުމަކީ)،ދިވެހިންގެ ޘަޤާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމެވެ. އަދި ހަމައެހެންމެ ޙިތާނުކުރުމުގެ އާދަކާދައާ ޘަޤާފަތް ވަރަށް މުއްސަނދި ކަމެވެ. އެބައެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން، އެބަޔަކަށް ވެވުނުހާ ރަނގަޅަށް ޙިތާނުކުރުމުގެ ކަންތައްތައް ފުރިހަމަކުރުމަށް މުޅި މާލު ހޭދަކޮށްލާ ކަމެއްކަމެވެ. އަދި އާއިލީގޮތުން ގާތްތިމާގެ އެންމެންނާއި ރަޙުމަތްތެރިން ޙިތާނުކުރުމުގެ ހަފްލާގައި ބައިވެރިވެ، އިޖުތިމާޢީ ޢީދެއްގެ ގޮތުގައި އެކަން (ޙިތާނުކުރުމުގެ މުނާޟަބު) ފާހަގަކުރާކަމެވެ. ޙިތާނުކުރުމުގެ ކަންކަމަށް އަންނަމުންދާ ބަދަލާއެކު، ޙިތާނުކުރުމުގެ ތަކެއްޗާއި ކަންކަމުގައި ހިމެނޭ ބަސްކޮށާރަށް އަސަރު ފޯރާކަން ހޯދުންތަކުން އެނގިފައެވެ. އެއީ،ބައެއް ލަފުޒުތައް ބޭނުންކުރަން ނުޖެހުމުގެ ސަބަބުން ފަހުގެ ޖީލުތަކަށް އެފަދަ ލަފުޒުތައް ނޭންގުމާއި އާ ލަފުޒުތައް ދިވެހިބަހުގެ ބަސްކޮށާރަށް އިތުރުވުމެވެ. އެކަން ދިރާސާގެ ނަތީޖާއިން ހާމަވެއެވެ. ދިވެހި މުޖުތަމަޢުގައި ޙިތާނުކުރުމުގެ ކަންތައްތައް ނުވަތަ އާދަކާދައާއި ޘަޤާފަތް މައިގަނޑު ތިންމަރުހަލާއަކަށް ބަހާލެވެއެވެ. އެއީ ޙިތާނުކުރުމަށް ތައްޔާރުވުމާއި ޙިތާނުކުރުމާއި ޙިތާނުކުރުމުގެ މުނާޟަބު ފާހަގަ ކުރުމެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ދިވެހިންގެ ގާތް ގުޅުމާއި އިޖުތިމާޢީ ރޫޙާއި ކަންކަން ކުރުމުގައި ގެންގުޅޭ ދިވެހިވަންތަ ގޮތްތަށް ދައްކުވައިދެއެވެ. އަދި ޙާއްޟަކޮށް ޢާއިލީ ކުލުނާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އިތުރަށް ސަޤާފީ އެތަށް ކުޅިވަރުތަކެއް މިޙަރަކާތުން ދައްކުވައި ދީފައިވެއެވެ. ނަމަވެސް މިކަންކަންވެސް،މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މީގެއިތުރުން ފާހަގަކުރެވޭ އަނެއްކަމަކީ ޙިތާނުކުރުމުގައި ދިވެހިންގެ މާހައުލުން ލިބޭ ތަކެއްޗަށް ބޭނުންކުރުމުގެ ޘަޤާފަތެއް އެންމެ އިހުއެވޭލާ ޒަމާނުން ފެށިގެން މީލާދިން 21 ވަނަ ޤަރުނުގެ މެދަކާހަމައަށް އޮތްކަމެވެ. އެގޮތުން ޙިތާނުކުރެވޭ ކުދިން ބޭތިއްބުމަށް ތައްޔާރުކުރެވޭ "ތަން" ޒީނަތްތެރިކުރުމަށާއި ކެއިން ބުއިމުގެ ކަންކަމުގައި ބޭނުންކުރުމަށާއި ކުޅިވަރުކުޅުމަށާއި އެނޫންކަންކަމުގައިވެސް ބޭނުންކުރުމަށް ހޯދާތަކެތި (ގިނަތަކެތި) އަބަދުވެސް ހޯދަމުން އައިސްފައިވަނީ ދިވެހި މާހައުލުންނެވެ. އެހެންނަމަވެސް، އެކަންވެސް މިހާރުވަނީ މުޅިންހެން ބަދަލުވެފައެވެ. މިހުރިހާ ބަދަލުތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވެނީ، ޙިތާނުކުރުމުގައި އިސްވެ އުޅޭ މީހުންނަށާއި ބޭސްވެރިކަމަށް އައިސްފައިވާ ބަދަލުތަކެވެ. ނަތީޖާއަކަށް ވެފައިވަނީ، ޙިތާނުކުރުމުގެ މުޅި ޘަޤާފަތަށް އިންގިލާބެއް ގެނުވާފައި ވުމެވެ. އެހެންކަމަށް ވުމާއެކު، ޙަޤީޤަތަށް ދަނަނަވާނަމަ، މިއަދު ވަނީ ދިވެހިރާއްޖޭގައި ފިރިހެންކުދިން " ޙިތާނުކުރުމުގެ ޘަޤާފަތަށް ބަދަލުއައިސް" މުޅިން އާ މަރުހަލާއަކަށް ދަތުރުކޮށްފައެވެ. ދިވެހިންގެ ވިސްނުމާއި ޢިލްމީ ފެންވަރަށާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކުއެވެ.Item ރާއްޖޭގައި ރަސްކަންކުރެއްވި ހުރާދަރިކޮޅުގެ ރަސްރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ ވާރުތަ އުޞޫލުންތޯ؟ ނުވަތަ އެހެން ގޮތަކުން ކަސިޔާރުވެގެންތޯ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Abdul Rahmaan, Shafiya; ޝާފިޔާ އަބްދުއްރަޙުމާން ThesisItem ދިވެހިރާއްޖޭގައި ކޮލިލުމާއި ކޮލިލުމުގައި ދިވެހީން ގެންގުޅެފައިވާ ސަގާފީ އުސޫލު ތަކަކީ ކޮބައިހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) Saeeda, Aminath; އާމިނަތު ސައީދާމިދިރާސާ އަކީ ކޮލިލުމާއި ކޮލިލުމުގައި ގެންގުޅެފައިވާ ސަގާފީ އުސޫލުތަކަކީ ކޮބައިތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން މިދިރާސާގައި ބަލައިލާފައި ވާނީ ކޮލިލުމަކީ ކޮބާތޯ އާއި ކޮލިލުމުގެ ވައްތަރުތަކާއި އަދި ކޮލިލުމުގެ ކަންތައްތަކުގައި ރައްޔިތުންގެ ބައިވެރިވުން އޮތްގޮތާއި ސަގާފީ ގޮތުން އެކަމާ ގުޅުންހުރި ކަންތައްތަކުގެ އިތުރުން ޒަމާނުއްސުރެ ލަމުންއައިސްފައިވާ ކޮލިތައް ހުއްޓުނީ ކީއްވެގެން ކަމާއި މެދު ގައެވެ. މިދިރާސާއިން ހޯދުނު މައުލޫމާތުން ފާހަގަ ކުރެވުނީ ކޮލިލުމަކީ ރަސްމީ ބައެއް ލަޤަބު އިޢުލާންކުރުމަށްޓަކައި ކުރާ ރަސްމީ ކަމެއްކަމެވެ. ހަމައެހެންމެ ރަސްކަމުގައި އިންނަވާ ރަސްގެފާނަށް ރަސްކަމުގެ މަތީ ދަރަޖައިގެ އިއްޒަތް ދިނުމެވެ. އެހެންކަމުން ރަސްކަމަށް ކޮލިލުމަކީ ރަސްކަލަކަށް ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމަށްލާ ކޮއްޔެކެވެ. ކޮލިލުމުގެ މަޤްސަދަކީ ކަންތައްތަކެއް އެންގުމަށްޓަކައި ރަސްމީ ސިފައެއްގައި ރައްޔިތުންނަށް އެކަން އަންގާ އިއުލާންކުރުމެވެ. ނުވަތަ އެނައުންސްމަންޓް ދިނުމެވެ. އަދި އެކިއެކި ނަންނަމުގައި ކިޔާ ތަފާތު ކަންކަމަށްލާ ކޮލިތައްހުރިކަމެވެ. މިކޮލިތައް މައިގަނޑު 5 ބަޔަކަށް ނިސްބަތްވާގޮތަށް ބަހާލެވިފައި ވާނެއެވެ. އެއީ ވެރިކަމުގެ ފަރާތުން އިއްޒަތްދިނުމަށް ލާ ކޮއްޔާއި ދީނީ ކަންކަމަށް ގޮވުމަށްލާ ކޮއްޔާއި އަދި އިޖުތިމާޢީ ކަންކަމުގައި ނިކުތުމަށްލާ ކޮލީގެ އިތުރުން މަސްއޫލިއްޔަތާއި ގުޅިގެން މަގާމަށް ނިސްބަތްކޮށް ލާކޮލި ހިމެނެއެވެ. އަދި މީގެ އިތުރުން ރަސްމީގޮތުން ކޮލިލުން އޮންނަ ކަން އެނގުމުން ގޮތުން ވެސް ކޮއްޔެއްލައެވެ. ކޮލިލުމުގެ ކަންތައްތައް ކުރުމުގައި އާނމު ރައްޔިތުންގެ ބައިވެރިވުމާއި ކޮލިލުމުގައި ގެންގުޅެފައިވާ ސަގާފީ އުސޫލްތައް ބިނާވެފައިވަނީ އެކޮއްޔެއްގެ ބާވަތުންކަމާއި ޒަމާނުއްސުރެ ލަމުން އައިސްފައިވާ ކޮލި ހުއްޓުނީ ތަފާތު އެތައް ސަބަބުތަކެއް މެދުވެރިވެގެންކަން މިދިރާސާގެ ހޯދިހޯދުމުން ފާހަގަ ކުރެވުނެވެ. ThesisItem ރަމަޟާންމަހުގެ އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) އައިޝަތު ޒައީމާ; Zaeema, Aishathމިއީ ރަމަޟާންމަހުގެ އާދަކާދައާއި، ޘަގާފަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ކުރެވިފައިވާ ދިރާސާއެކެވެ. އެހެންކަމުން މި ދިރާސާގައި ބަލާލާފައިވާނީ ރަމަޟާންމަހުގެ އާދަކާދައާއި ޘަގާފަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށެވެ. މިކަމަށް ނުފޫޒުފޯރުވައި ކަންތައްތައް ބަލައި ހޯދުމަށް، މިގޮތުން މި ދިރާސާއިން ހާމަވިގޮތުގައި ރަމަޟާންމަހަށް ހަނދުބެލުމުގެ މާކުރިން މާލޭގެ ބޮޑެތި ފިހާރަތަކުގައި އަގުހުރި އިނާމްތަކާއިއެކު ސޭލުތައްއަޅުވާ، "ރަމަޒާން" މިނަން ވިޔަފާރީގެ ބްރޭންޑެއްގެ ގޮތުގައި ބޭނުންކޮށްގެން ވިޔަފާރީގެ "ޢީދެއް" އުފައްދާފައިވާކަން ފާހަގަވެއެވެ. ހަމައެހެންމެ ރަމަޟާން މަހުގެ ރޯދަވިއްލުންތައްވެސް ބޮޑެތިއަގުތަކުގައި ރެސްޓޯރަންޓަށް ދީލާލާފައިވާކަން ފާހަގަވެއެވެ. އަދި މީގެއިތުރުން 1430ހ، ވަނަ އަހަރުގެ ރަމަޟާންމަހަށްޓަކައި މުނިފޫހި ފިލުވުމާއި، ކުޅިވަރު މުބާރާތްތަކަށް އެކަނިވެސް 565،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއި، އަގުބޮޑު ތަކެތީގެ އިނާމުތައްވެސް، މި ދެންނެވިފަދަ މުބާރާތްތަކަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ބަލާއިރު، މި އިނާމުތައް ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ފަރުދުންވެސް ތަފާތު ޓީމުތައް ހަދައިގެން މިދެންނެވި ފައިސާގެ އިނާމްތައް ހޯދުމަށްޓަކައި ރަމަޟާންމަހުގެ ދަން ގަޑިތަކުގައި އެކަމުގައި ވަގުތުތައް ހޭދަކުރާކަން ފާހަގަ ކުރެވުނެވެ. ހަމައެހެންމެ ރަމަޟާންމަހަކީ ކާބޯތަކެތީގެ "މައުރަޒެއް" ކަމުގައިވެ، ކާނާގެ ބާވަތްތައް "ނަން ހުސްކޮށް" ތައްޔާރުކޮށް، އިސްރާފަށް މަގުފަހިވާގޮތަށް ދިވެހިންގެ ކެއިންބުއިމުގެ ވައްޓަފާޅިވެސް ބަދަލުވަމުން ދާކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ރަމަޟާންމަހުގެ އާދަކާދައާއި ޘަޤާފަތުގައި ކުލަޖެހި ރަމަޟާން މަހުގެ ހަޤީޤީ މަޤުސަދުކަމުގައިވާ ތަޤުވާއާއި ދުރުކުރުވާ ޒާތުގެ ކަންތައްތަކެއް މިހާރަކަށް އައިސް، ފެންމަތިވަމުން ދާކަން މިދިރާސާއިން ހާމަވެއެވެ. ThesisItem ދިވެހި އަންހެނުންގެ ހެދުން އެޅުމުގެ އެހާރާއި މިހާރު(Faculty of Arts, Maldives College of Higher Education, 2009-11-01) Thaufeeq, Azra; ޢަޒުރާ ތައުފީޤުދިވެހި އަންހެނުންނަކީ ޒަމާނުއްސުރެ ވަރަށް ރީތިކޮށް ހެދުން އަޅައި ޒީނަތްތެރިވެގެން ތިބޭ ބައެއް ކަމުގައި ރާއްޖެއާ ބެހޭ ގޮތުން އެކި ދުވަސްވަރު ލިޔުއްވާފައިވާ ލިޔުންތެރީން ފާހަގަ ކުރައްވާފައިވާ ބައެކެވެ.މި ގޮތުން ބަލާއިރު ޒަމާނީ ތަރައްޤީ އާއެކު އެވޭލާ ޒަމާނުގެ އަންހެންވެރީން ހެދުން އަޅައި އުޅުނު ގޮތާއި ރީތިވެ ނަލަ ހެދުމަށްޓަކައި ކުރަމުން އައި ކަންތައްތަކާއި އެކަމަށް ބޭނުން ކުރަމުން އައި ބާވަތްތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.ވުމާއެކު އެފަދަ ކަންކަން ހޯދައި ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އަޅުގަނޑުގެ މި ދިރާސާއަކީ އެވޭލާ ޒަމާނުގެ އަންހެންވެރީން ހެދުން އެޅުމާއި އެކަމުގައި ގެންގުޅެފައިވާ އާދަކާދަތަކަށް އައިސްފައިވާ ބަދަލުތައް ހޯދުމަށްޓާކައި ކޮށްފައިވާ މަސައްކަތެކެވެ. މި ދިރާސާގައި "ހެދުން އެޅުން" އަޅުގަނޑު މާނަކޮށްފައިވަނީ ހެދުމާއެކު ނުވަތަ ހެދުމާއި ގުޅުވައިގެން ހެދުން ފުރިހަމަ ކުރުމަށްޓަކައި ބޭނުން ކުރެވޭ އެހެނިހެން ތަކެތި ވެސް ހިމެނޭ ގޮތުންނެވެ.ހަމަ މިއާއެކު "އަންހެންވެރީން" މި ލަފުޒު މި ދިރާސާގައި ބޭނުން ކޮށްފައިވާނީ ފުރާވަރު ޢުމުރުން ފެށިގެން ހުރިހާ ޢުމުރުފުރައެއްގެ އަންހެނުންނެށެވެ.ދިރާސާއިން އެނގުނު ގޮތުގައި ދިވެހީންގެ ހެދުން އެޅުމަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ 20 ވަނަ ޤަރުނުގެ ތެރޭގައެވެ.މިގޮތުން އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ މި ދުވަސްވަރުގައި ލިބިފައިވާ މިނިވަން ކަމެއްގެ ސަބަބުން އަންހެންވެރީން އަޅައި އުޅޭ ހެދުމުގެ ވައްތަރުތައް ގިނަވުމާއި ޒީނަތްތެރިވުމަށްޓަކައި ބޭނުންކުރާ ބާވަތްތަކާއި ކަންކަން އެތައް ގުނައަކަށް އިތުރުވެފައި ވާކަމެވެ.މީގެ ސަބަބުން އެންމެ ބޮޑު ތަފާތެެއް ފެނިގެންދަނީ ފުރާވަރު ޢުމުރުގެ ކުދިންގެ ކިބައިންނެވެ. މިގޮތުން މި ބަދަލުތައް އައުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަކީ ދަތުރުފަތުރު ކުރުމުގެ ފުރުޞަތުތައް ހުޅުވިގެން ދިޔުމާއި ބޭރު ޤައުމުތަކުން ތަޢުލީމު ހޯދުމުގެ ފުރުޞަތު އަންހެންވެރީންނަށް ލިބުމުގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ދަތިތަކެކެވެ.ހަމަ އެހެންމެ ޖުމްހޫރީ ވެރިކަމާއި މީޑިޔާގެ ދައުރަކީ ވެސް މިކަމަށް މަގުފަހިކުރުވި ކަންކަމެވެ. ThesisItem ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ(Faculty of Arts, Maldives College of Higher Education, 2009-11-01) Zakariyya, Athifa; އާތިފާ ޒަކަރިއްޔާދުނިޔޭގެ އެހެނިހެން ބަސްބަހެކޭ އެއްގޮތަށް ދިވެހިބަހަކީވެސް، ބޭރުބަސްބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަދެ މަސްހުނިވެފައިވާ ބަހެކެވެ. އެހެންކަމުން، މި ދިރާސާ އަމާޒުކޮއްފައި މިވަނީ ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަންނައިރު މޯފޮލޮޖިކަލް ގޮތުން އެ ލަފުޒުތަކަށް ބަދަލުއާދޭތޯ ބެލުމަށެވެ. ބޭނުމަކީ، ބޭރުބަސްބަހުގެ ތެރެއަށް ވަންނަނީ އެ ލަފުޒުތަކުގައި އެއްވެސްވަރަކަށް ދިވެހިފޭރާމެއް ލެވިގެންތޯބެލުމެވެ. އަދި އެގޮތުން، ދިވެހި ބަހުގެތެރެއަށް ނަންނަ ލަފުޒުތަކުގެ ސަބަބުން، ދިވެހިބަހުގެ ބަސްކޮށާރަށް ކުރި އަސަރެއްވެސް ދެނެގަތުމެވެ. މިއީ، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ލަފުޒުތަކެއް، ތަންކޮޅެއް ފުންކޮށް ފުޅާކޮށް ބަލައިގެން ފާހަގަކުރެވުނު ކަންތައްތަކެއް އޮޅުންފިލުވައިދޭ ގޮތަށް ބައްޓަން ކުރެވުނު ދިރާސާއެކެވެ. އެހެންކަމުން، މި ދިރާސާގައި ބޭނުންކޮށްފައި ވާނީ ކުއަލިޓޭޓިވް މެތަޑެވެ. މި ދިރާސާގެ ސާމްޕަލްގެގޮތުގެ ނަގައިފައިވަނީ ޙަސަން އަޙްމަދު މަނިކު (2002) ލިޔުއްވާފައިވާ "އަ ކޮންސައިޒް އެޓިމޮލޮޖިކަލް ވޮކެބުލަރީ އޮފް ދިވެހި ލެންގުއޭޖް" މިފޮތުގައި ހުރި ޢަރަބިބަހާއި އިނގިރޭސިބަހުން ދިވެހިބަހުގެތެރެއަށް ވަދެފައިވާ ލަފުޒުތަކުގެތެރެއިން އިޚްތިޔާރުކުރި 40 ލަފުޒެވެ. މިދިރާސާގައި އިންސްޓްރުމެއްޓެއްގެގޮތުގައި ބޭނުންކޮއްފައިވާނީ މޯފޮލޮޖިކަލް ސްޓްރަކްޗަރއެކެވެ. އެހެންކަމުން، ލަފުޒުތަކުން ފާހަގަކުރެވުނު ކަންތައް ތާވަލުކުރެވިފައިވަނީ މިސްޓްރަކޮޗަރ އަށް ބަލައިގެންނެވެ. އެގޮތުން، އަޑުގެގޮތުންނާއި މާނާއިގެގޮތުންނާެއި ގަވައިދުގެގޮތުން ލަފުޒުތަކުން ފާހަގަ ކުރެވުނު ކަންތައްތައް ތާވަލުކުރުމައްފަހު އެބައިތައް ތަހުލީލުކުރެވުނެވެ. މި ދިރާސާއިން އެނގުނުގޮތުގައި ޢަރަބިބަހާއި އިނގިރޭސިބަހުގެ ލަފުޒުތައް ދިވެހިބަހުގެތެރެއަށް ވަންނައިރު އެ ލަފުޒުތަކަށް މޯފޮލޮޖިކަލް ގޮތުން ބަދަލުއާދެއެވެ. އަޑުގެގޮތުންނެވެ. މާނާއިގެގޮތުންނެވެ. ގަވައިދުގެ ގޮތުންވެސް މެއެވެ. މި ބަދަލުތައް އައިސްފައިވަނީ އެކިލަފުޒަށް އެކިގޮތަށެވެ. ބައެއް ލަފުޒުގެ ފިއްޔެއްބަދަލުވެގެން އަޑު ބަދަލުވެފައިވާއިރު ހަމައެކަނި އަކުރެއްބަދަލުވުމުގެ ސަބަބުން އަޑުބަދަލުވެފައިވާ ލަފުޒުވެސް އެބަހުއްޓެވެ. މިހުރިހައި ބަދަލެއްވެސް ލަފުޒުތަކަށް އައިސްފައިވަނީ ދިވެހިންގެ ދޫތަކަށްފަސޭހަ، ދިވެހިބަހުގެ އަޑުމަޚްރަޖަށް ފެޓޭގޮތަށް ލަފުޒު ބޭނުންކުރުމައްޓަކައި ކޮށްފައިވާ މަސައްކަތުގެތެރެއިންނެވެ. ވީމާ، މި ދިރާސާއަކީ ދިވެހިބަހަށް ލޯބިކުރާ ހަމަކޮންމެ ފަރުދަކަށްމެ ބޭނުންހިފޭނެ، ޚާއްޞަކޮށް ދިވެހިބަސް ކިޔަވާ، ދިވެހިބަސް ކިޔަވައިދޭ ފަރާތްތަކަށް ދިވެހިބިހުގެ ތެރެއަށް ވަދެފައިވާ ބޭރުބަސްބަހުގެ ލަފުޒުތަކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ދިރާސާއެކެވެ. ThesisItem ދިވެހިބަހުން ލިޔުންތައް ލިޔަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (އިންފޮރމޭޝަން ސްޓްރަކްޗަރއަށް) ފެތޭގޮތަށް ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Ali, Ashraf; އަޝްރަފް ޢަލީމި ދިރާސާއަކީ ދިވެހިބަހުން ލިޔުންތައްލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (Information Structure) އަށް ފެތޭ ގޮތަށްތޯ ބެލުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑުގެ ގޮތުގައި ބެލީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ބަޔާންކުރައްވާފައިވާ އޮނިގަނޑެވެ. މިގޮތުން މި އޮނިގަނޑުގެ ދަށުން މަޒުމޫނު ލިޔުމުގައި ޕެރެގްރާފްތައް ބިނާކުރަނީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ހާމަކުރައްވާ ބައްޓަންތަކަށް (Patterns) ތޯ ބަލައި ދިރާސާކޮށްފައިވާނެއެވެ. ހަމައެހެންމެ މި ދެންނެވި އޮނިގަނޑުގެ ދަށުން މަޢުލޫމާތު ހުށަހެޅުމުގައި އެނގޭ/ ދީފައިވާ މަޢުލޫމާތު (Given information) އާއި އައު މަޢުލޫމާތު (New Information) ހުށަހަޅަނީ ކިހިނެތްކަން ބަލައި ތަހުލީލިކޮށްފައިވާނެއެވެ. މީގެއިތުރުން ޕެރެގްރާފުގައި ޖުމުލަތައް ބިނާކުރުމުގައި ލިޔަނީ މެކާތީ އާއި ކާރޓާރ (1994) ހާމަކުރައްވާފަދައިން ތިމާއި ރީމު އެކުލެވޭ ގޮތަށްތޯ ނުވަތަ އެހެން އުޞޫލުތަކަށްތޯވެސް ބަލައި ދިރާސާކޮށްފައިވާނެއެވެ. އަދި ޖުމުލަތައްގުޅުވުމުގައި ހަލިޑޭ އަދި ޙަސަން (1976) ހާމަކުރައްވާފައިވާ ފަދައިން ގުޅުވައިދޭ ލަފްޒުތައް (cohesive devises) ބޭނުންކުރޭތޯ ނުވަތަ ނުކުރޭތޯވެސް ބަލާފައިވާނެއެވެ. ދިވެހިބަހުގެ ލިޔުންތައް ލިޔަނީ މަތީގައި ބަޔާންކުރި އޮނިގަނޑަށް ފެތޭގޮތަށްތޯ ބެލުމަށް ދިރާސާކުރި "މަޒުމޫނު" މިޖޯންރާގެ ދަށުން ޚިޔާރުކުރި 8 ޕެރެގްރާފެވެ. ޕެރެގްރާފްތައް ޚިޔާރުކުރީ ތަފާތު ލިޔުންތެރިން އެކިއެކި މައުޟޫޢުތަކަށް ލިޔެފައިވާ މަޒުމޫނުތަކުން ނެވެ. އަދި ލިޔުންތެރިންނާއި މުދައްރިސުންނާއި ދިވެހިބަހާއި އިނގެރޭސިބަހުގެ ޢިލްމުވެރިންނާ ބަސްދާގަނެ މައުޟޫޢަށް ބޭނުންވާ އިތުރު މަޢުލޫމާތުވެސް ހޯދީމެވެ. ހަމައެހެންމެ މަދަރުސާތަކުގެ ކުދިން މަޒުމޫނު ލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ ކޮން އުޞޫލުތަކަށްތޯ ދެނެގަތުމަށް ދަރިވަރުންނާ ސާރވޭއެއްކޮށް މަޢުލޫމާތުވެސް އެއްކުރީމެވެ. ThesisItem ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި!(Faculty of Arts, Maldives College of Higher Education, 2009-11-01) Ali, Hafeeza; ޙަފީޒާ ޢަލީ.މި ދިރާސާއަކީ ދިވެހި ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ ކީއްވެގެންތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާއިން އެނގުނުގޮތުގައި އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގައި އިނގިރޭސީން ބޭނުންވާ ސަބަބުތަކެއްވެސްވެއެވެ. އެހެންކަމުން މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގޮސްފައިވަނީ އިނގިރޭސީންވެސް ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެންނަންބޭނުންވެފައިވީ ދަނޑިވަޅެއްގައި ދިވެހިން އެފުރުޞަތު ދިނުމުންކަމެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ 16 ޑިސެމްބަރު 1887 ގައެވެ. ރާއްޖެ ޙިމާޔަތުގެ ދަށަށް ދިޔަ ދުވަސްވަރަކީ ދިވެހި ރަސްކަމުގެ ބޮޑުންގެ މެދުގައި ވަރަށް ހަމަނުޖެހުން ބޮޑު ދުވަސްވަރެކެވެ. ހަމަނުޖެހުން އެންމެ ބޮޑުވި ސަބަބަކީ ކަކާގެ ޢާއިލާގެ ބޭފުޅުންނާއި އަތިރީގޭ ޢާއިލާގެ ބޭފުޅުންގެ މެދުގައި އޮތް ވެރިކަމުގެ ބާރު ހޯދުމަށް ކުރި މަސައްކަތުންނެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު ވެރިކަމާ ގާތްވުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވެގެން ދިޔައީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ވޯރާވިޔަފާރިވެރިންނަށް ވިއްކާލުމާއި ދިވެހިރާއްޖޭގައި ހިނގި ބޮޑުހުޅުގެ ޙާދިޘާ ހިނގަން މެދުވެރިވުމެވެ. މިކަމާ ގުޅިގެން ދިވެހިންނާއި ވޯރާ ވިޔަފާރިވެރިން އިނގިރޭސީންގެ އެހީ ހޯދިކަން ދިރާސާއިން އެނގުނެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރާ އެތައް ދުވަހެއްވަންދެން އޮތުމުގެ ސަބަބުން ދިވެހިންނަށް ކުރި އަސަރުތަކަކީ ކޮބައިތޯ ބެލި ބެލުމުން، އެނގުނީ ދިވެހިންނަށް ކުރި ފައިދާތަކަކާއި ގެއްލުންތަކެއްވެސްވާކަމެވެ. ހިމާޔަތުގެ ދަށުގައި އޮތުމަށްވުރެ ދިވެހިންނަށް ހުރިހާގޮތަކުންވެސް ރަނގަޅުވާނީ ފުރިހަމަ މިނިވަންކަން ލިބިގެންކަމަށް ދެކެ، މިނިވަންވުމަށް ދިވެހިން މަސައްކަތްތަކެއް ކުރިކަން ހޯދި ހޯދުމުން އެނގުނެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965ގައެވެ. ThesisItem ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރަމުން އަންނަނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) އާދަމް ޙުސައިންފުޅު; Hussainfulhu, Adamމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި ނަފީގެއަކުރުތައް އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރާއި އޭގެ ސަބަބުތައް ދެނެގަތުމެވެ. މިކަން ބެލުމައްޓަކައި ސާރވޭ ، އިންޓަރވިއު އަދި ދެކެވޭވާހަކަ ރެކޯރޑްކޮށް މަޢުލޫމާތު އެއްކޮއްފައިވާނެއެވެ. ހަދާފައިވާނީ މިކްސްޑް މެތަޑް އަށެވެ. މިދިރާސާ ކުރެވުނީ މާލޭގައެވެ. އަދި މިދިރާސާގެ މައިގަނޑު ބަހުރުވައަކަށް ބަލާފައިވާނީ ވެސް މާލޭބަހުރުވައެވެ.މިގޮތުން މަޢުލޫމާތު އެއްކުރުމައްޓަކައި މާލޭގެ ސާނަވީ 3 ސުކޫލެއްގެ ދަރިވަރުންނާއި އެ ސުކޫލުތަކުގައި ކިޔަވައިދެއްވާ ދިވެހި ނަސްލުގެ މުދައްރިސުންނާއި 2010 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިޔުކޭޝަންއިން ހިންގި ދިވެހިބަސް ކިޔަވާދިނުމުގެ ޑިޕްލަމާ ކޯހުގެ ބައެއް ދަސްކުރާ މުދައްރިސުން ރެންޑަމްކޮށް ނަގައި ސާވޭކުރެވިފައިވާނެއެވެ.މި ފަރާތްތަކަށް ދެވިފައިވާނީ އެއްސާރވޭ ފޯމެވެ. ސާރވޭފޯމްތައް ދީފައިވާނީ ޕައިލޮޓް ޕްރޮޖެކްޓް ހެދުމަށްފަހު ގައެވެ. ހަމައެހެންމެ ދިވެހިބަހުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި 6 ފަރާތެއްގެ އިންޓރވިއު އާއި މާލެއިން ނަގާފައިވާ 3 ކޮންވަޒޭޝަން ވެސް އެނަލައިޒްކޮށްފައިވާނެއެވެ. މިބައިތަކުގެ ނަތީޖާ ދައްކާގޮތުން ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރުމުގައި ސަމާލުކަން ނުދެނީ ކޮންމެ ގޮތަކަށް ބޭނުންކުރިޔަސް ބުނާ އެއްޗެއްގެ މާނަދޭހަވާތީ ކަން ފާހަގަވެއެވެ. އަދި އެންމެ ބޮޑަށް ބައިވެރިންނަށް އުދަނގޫވީކަމަށް ފާހަގަވީ ނަންއިތުރާއި ކަންއިތުރު އަދި ނަންއިތުރުގެނަން ނަފީކުރާށެވެ. ސަމާލުކަންދޭ ފަހަރުތަކުގައި ސަމާލުކަންދެނީ ދިވެހިބަހަކީ އަޑުނިޔާކުރާގޮތަށް ލިޔާބަހަށްވާތީ ކަމަށްވެސް އެނގިގެންދިޔައެވެ.އެންމެ ރަނގަޅައް އެނގެނީ "ކަން" ނަފީކުރާށެވެ. މުދައްރިސުން ކިޔަވާދިނުމުގައި ވެސް މިހާރަށްވުރެ ސަމާލުވާން އަދި ޤަވާއިދުގެ ބައިތައް މުތާލިޔާކުރަންޖެހޭކަން ފާހަގަވިއެވެ. އަދި ބައެއް ޤަވާއިދުތައް ބަޔާންކޮށްވާގޮތުން އޮޅުންބޮޅުންތަކެއް ވާކަމަށް ވެސް ފާހަގަވިއެވެ.މުޅި ދިރާސާގެ ނަތީޖާއަށް ބަލާއިރު ފެނިގެންދަނީ ވާހަކަދެއްކުމުގައި ނަފީގެ ހަމަތަކަށް ސަމާލުކަން ނުދީ ވާހަކަދައްކާކަމެވެ. މިހެނީ އެނަލައިޒްކުރެވުނު 3 ކޮންވަޒޭޝަންގެ ތެރެއިން 2 ކޮންވަޒޭޝަންގައި ނަފީކުރުމުގެ ގަވާއިދާއި ޚިލާފަށް ގިނަ ލަފުޒުތަކެއް ބޭނުންކޮއްފައިވާކަން ސާބިތުވެއެވެ. އަދި ބަހުގެ ތެރެއަށް ވަދެހިނގާ އެހެނިހެން ބަސްބަހުގެ ލަފުޒުތަކުގެ ނުފޫޒުން ވެސް ދިވެހިބަހުގެ ލަފުޒުތައް ފުށުއަރާގޮތަށް ގަވާއިދާ ޚިލާފަށް ބޭނުންކުރެމުންދާކަން ވެސް ފާހަގަވިއެވެ.ވުމާއެކު އެނގިގެންދަނީ ވާހަކަދެއްކުމުގައި ނަފީގެ އަކުރުތައް ބޭނުންކުރަމުން އަންނަނީ އެކަށައަޅާފައިވާ ގޮތާ އެއްގޮތަށް ނޫންކަމެވެ ThesisItem ހުރާ ދަރިކޮޅުގެ ރަސްރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ ވިރާޡީ އުޞޫލުންތޯއެވެ؟(ފެކަލްޓި އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން, 2009-11-01) މުޙައްމަދު އަބުދުއްރައްޒާޤް; Mohamed, Abdul Razzakމިދިރާސާއަކީ، ހުރާ ދަރިކޮޅުގެ ރަސްކަން ގޮސްފައިވަނީ ވިރާޘީ އުޞޫލުންތޯ ބެލުމަށް ކުރި ދިރާސާއެކެވެ. މިއީ، ތާރީޚީ ހޯދުމެއްކަމުން މިދިރާސާ ހެދުމުގައި ބޭނުންކުރެވޭނީ ކުލައިޓޭޓިވް ދިރާސާ އެޕްރޯޗެކެވެ. މީގެ އިތުރުން ޖުމުލަ ގޮތެެއްގައި މިދިރާސާ ބިނާވެފައިވަނީ ޝާއިޢުކުރެވިފައިވާ ފޮތްތަކާއި، އެކިއެކި ފަންނީ ބޭފުޅުންނާ ބަސްދީގަތުން ބާއްވައިގެން ލިބުނު މަޢުލޫމާތުގެ މައްޗަށެވެ. ހޯދިހޯދުންތަކުން އެނގުނުގޮތުގައި ހުރާ ޚާންދާނުގެ ރަސްކަން ދިޔައީ މުޅިން ވިރާޘީ އުޞޫލާއެއްގޮތަކަށް ނޫނެވެ. ވަކިން ޚާއްޞަކޮށް ހުރާ ދަރިކޮޅުން އެންމެފުރަތަމަ ރަސްކަން ކުރެއްވި ދެ ރަސްކަލުންނަށް ރަސްކަން ލިބިވަޑައިގަތީ މުޅިން ވިރާޘީ އުޞޫލާ ޚިލާފަށް ޢާއިލީމަތިފުށުން ބޭރުންނެވެ. ދެވަނަފަހަރަށް މިދަރިކޮޅަށް ރަސްކަން ލިބިވަޑައިގަތުމަށްފަހު ރަސްކަމުގެ ވިރާޘީ އުޞޫލުގައި ކަނޑައެޅިފައިވާގޮތަށަ، ފަސް ރަސްރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ވިރާޘީ އުޞޫލުގައި ކަނޑައެޅިފައިވާގޮތަށް ފަސް ރަސްރަސްކަލުން ރަސްކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ވިރާޘީ އުޞޫލާ ޚިލާފަށް ރަސްކަން ބަދަލުވީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ ރަސްކަން ގަދަކަމުން އަތުލައްވައި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަންނަވާ ހިސާބުންނެވެ. މިގޮތުން މިޚާންދާނުން ފަސްރަސްކަލުން ވިރާޘީ އުޞޫލާ ޚިލާފަށް ރަސްކަމަށް އިސްވެ ވަޑައިގެންފައި ވެއެވެ. ދިވެހިރާއްޖޭގެ ބޮޑުންގެ މެދުގައި ހަމަނުޖެހުން އުފެދި ރަސްކަމުގެ ވިރާޘީ އުޞޫލު އުވި ރަސްކަމުގެ އިންތިޚާބީ އުޞޫލަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް އިންތިޚާބު ކުރެވުނު ރަސްކަލުން ރަސްކަމާ ޙަވާލުނުވުމުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާވެސް ގާއިމުކުރެވުނެވެ. ކުޑަދުވަސްކޮޅެއްގައި ޖުމްހޫރީ ވެރިކަމެއް އޮތުމަށްފަހު އަލުން އިންތިޚާބީ ރަސްކަމެއް ގާއިމުކުރިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ތަޚުތަށް އިސްކުރެވުނު ހަމައެކަނި އިންތިހާބީ ރަސްކަލަކުވެސް އިސްކުރެވިފައިވަނީ މިޢާއިލާއިންނެވެ. ThesisItem އިޖްތިމާޢީ ޢިލްމު އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހި ވޭހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Zaheen, Mohamed Faisal; މުޙައްމަދު ފައިސަލް ޛަހީންމި ދިރާސާއަކީ، ދިވެހިވެށި މާއްދާއެއްގޮތުގައި ކިޔަވައިދެމުން ދާއިރުވެސް ދިވެހި ކިޔަވާކުދިން ދިވެހި ވެއްޓާއި ބީރައްޓެހިކަމަށް ފާހަގަ ކުރެވޭތީ ކުރި ދިރާސާއެކެވެ. މާލޭގެ ދެ ސްކޫލެއް ދަރިވަރުން ބައިވެރިކޮށްގެން ހެދި މި ދިރާސާއާށް އެ ދަރިވަރުންގެ ބެލެނިވެރިންނާއި އިންޓަވިޔުކޮށް ބެލެނިވެރިން ދެކޭގޮތް ހޯދާފައިވާނެއެވެ. އަދި މި މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ރައުޔުވެސް ހޯދާފައިވާނެއެވެ. މިގޮތުން ކުރި ދިރާސާގެ ސުވާލަކީ [އިޖުރިމާޢީ ޢިލްމު އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހި ވޭހެއްޔެވެ؟] މި ދިރާސާގެ ނަތީޖާއިން ހާމަވެގެން ދިޔައީ ދިވެހިވެއްޓަށް މިހާރު ކިޔައިދޭގޮތަށް ދަރިވަރުންނަށް ކިޔަވައިދީގެން ދަރިވަރުން ދިވެހި ވެއްޓަށް ވަރަށް ބޮޑަށް ބީރައްޓެހިވަމުން ދާކަމެވެ. ހަމައެހެންމެ ސޯޝަލްސްޓާޑީޒް އިނގިރޭސިބަހުން ކިޔަވައިދިނުމާއި ދިވެހިރާއްޖޭގައި އިނގިރޭސި މީޑިއަމުން ކިޔަވައިދެމުންދާތީވެ ކިޔަވާ މާޙައުލުގައި އަމިއްލަބަހުން ވާހަކަދެެއްކުމުގެ ފުރުޞަތު ކުޑަކަމާއި ދަރިވަރުން ދިވެހިވެއްޓަށް ބީރައްޓެހިވާކަމުގައި ދިރާސާއަށް އެއްކުރި މަޢުލޫމާތުގެ އަލީގައި އެނގިގެން ދިޔައެވެ. ކޮލިޓޭޓިވް މެތަޑްގެ ބޭނުންކޮށްގެން މިދިރާސާ ހަދާފައިވަނީ ލިޓްރޭޗަރ ރިވިއުކޮށް ލިބުނު މަޢުލޫމާތުގެ އިތުރުން ބުހެގެ އެދުރުންނާއި ކަރިކިއުލަމްގައި މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ ފަރާތްތަކާއި އިންޓަވިއުކޮށްގެންނެވެ. އަދި މީގެ އިތުރުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ތަފާތު ގިންތީގެ ފަރާތްތަކުގެ އިންޓަވިއުކޮށް މަޢުލޫމާތު ނަގައިގެންނެވެ. ހޯދި މަޢުލޫމާތުތައް ތަޙްލީލުކޮށް ބެލިބެލުމުން އެނގުނު އެންމެ މުހިންމު އެއްޗަކީ ސޯޝަލްސްޓަޑީޒް އިނގިރޭސިބަހުން ކިޔަވައިދިނުމުން ދަރިވަރުން މާދަރީބަހަށް ބީރައްޓެހިވާ ކަމެވެ. ހަމައެއާއެކު މިހާރު ކިޔައިދޭގޮތަށް ބޭރުބަހަކުން ކިޔަވައިދީގެން ދިވެއްސަކަށް ދިވެހިވެށި އެނގެންވާ މިންވަރު ކަމުގައި މުޤައްރަރުގައި ބަޔާންކޮށްފައިވާ މިންވަރަށް ދަރިވަރުންނަކަށް ދިވެހި ވެށި ދަސްކޮށެއް ނުދެވޭކަމެވެ.Item ދިވެހިރާއްޖޭގެ ރަށްރަށަށް ނަން ކިޔުމުގައި ބަލާފައިވާ ކަންކަން : އޭގެތެރެއިން މާލެއަށް ނަންކިޔުމުގައި ބަލާފައިވާ ކަންކަން(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) މުޙައްމަދު ޤާސިމް; Qasim, Mohamedމިއީ ރާއްޖޭގެ ރަށްރަށަށް ނަންކިޔުމުގައި ބަލާފައިވަނީ ކޮންކަހަލަ ކަންކަމަކަށްތޯއާއި ރާއްޖޭގެ ވެރިރަށްކަމަށްވާ މާލެއަށް ނަންކިޔުމުގައި ބަލާފައިވަނީ ކޮންކޮން ކަންކަމަށްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ބޭނުމަކީ ރަށްރަށަށް ނަން ކިޔުމުގައި ގެންގުޅެފައިވާ އުޞޫލުތައް ނުވަތަގޮތްތައް ބަލައި ޢިލްމީ ގޮތެއްގައި ހުށައެޅުމެވެ. އަދި ހަމައެއާއެކު މާލެއަށް ނަންކިޔުނު ގޮތްކަމަށް އެކި ބޭފުޅުން ވިދާޅުވާ ވިދާޅުވުންތަކާއި ފްލޯކު ވާހަކަތަކުގެ ކިޔާއުޅޭ ގޮތްތަކަކީ ކިހާވަރެއްގެ ބުރަދަނެއްހުރި ވާހަކަތަކެއްތޯ ބަލައި މާލެއަށް ނަންކިޔުނުގޮތްވެސް ޢިލްމީ ދިރާސާއެއްގެ ތެރެއިން ހުށައެޅުމެވެ. އެގޮތުން މިދިރާސާ ހެދުމަށްޓަކައި މިދާއިރާއާ ގުޅުންހުރި ފޮތްތައްބަލައި އެއިން ލިބެންހުރި މަޢުލޫމާތުތައް ހޯދުމަށްފަހު، އެކަށީގެންވާ ބޭބޭފުޅުން ބައިވެރިކޮށްގެން ސާވޭއެއް ހެދީމެވެ. އަދި މިދާއިރާއާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް ބަސްދީގަތުން ހޯދައިގެން މަޢުލޫމާތު އެއްކުރީމެވެ. އެއަށްފަހު ހެދިސާވޭއިގެ ނަތީޖާއާއި އިންޓަވިއުއިން ލިބުނު މަޢުލޫމާތާއި އަޅައިބަލައި ލިޓްރެޗަރ ރިވިއުއިން ލިބުނު މަޢުލޫމާތުގެ އަލީގައި އަމިއްލަޚިޔާލުވެސް ހިމަނައިގެން ނަތީޖާ ނެރުނީމެވެ. އެގޮތުން ދެއްކި ނަތީޖާއަކީ ރަށްރަށަށް ނަންކިޔުމުގައި ތަފާތު 10 ގޮތެއް ބޭނުންކޮއްފައި ވާކަމަށާއި އޭގެތެރެއިން ބައެއް ގޮތްގޮތް ބޭނުންކޮއްގެން ނަންކިޔާފައިވަނީ ވަރަށް މަދު ރަށެއްގައި ކަމާއި، ބައެއްހަމަތައް ބޭނުންކޮއްގެން ވަރަށް ގިނަ ރަށްރަށަށް ނަން ކިޔާފައި ވާކަމެވެ. މީގެއިތުރުން މާލެއަށް ނަންކިޔުނުގޮތަށް ބެލިއިރު ތަފާތު ދެގޮތެއް ފެނުނެވެ. އެއީ މާލޭގެ ބޮޑުމިނަށް ބަލައިގެން ނަންކިޔާފައިވާކަމަށް ބުނާ ބުނުމަކާއި މާލޭގައި ކުރަމުން އައި ވެރިކަމާ ގުޅުވައިގެން ނަން ކިޔާފައިވާކަމަށް ބުނާ ބުނުމެކެވެ. އެހެންނަމަވެސް އޭގެތެރެއިން ކަނޑައަޅާ ވަކިގޮތެއް ނިންމާކަށް ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް މިއަށްވުރެ ފުޅާގޮތެއްގައި ދިރާސާއެއް ހެދިއްޖެނަމަ އެގޮތްވެސް ދެނެގަނެވިދާނޭކަމަށް ފެނެއެވެ. އެހެންނަމަވެސް މި ކުޑަކުޑަ ދިރާސާއިން ރާއްޖޭގެ ރަށްރަށަށް ނަންކިޔުމުގައި ގެންގުޅެފައިވާ އުޞޫލުތަކާއި މާލެއަށް ނަންކިޔުމުގައި ގެންގުޅެފައިވާ ހަމަތައް ކިޔާބަޔަކަށް އޮޅުންފިލާނެއެވެ. ThesisItem ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން، އިނުން، އޮތުން" މި ޤަވާޢިދުގެ ތެރެއިން "ހުރުން" މިލަފުޒު ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރާއި އެކަމުގެ ސަބަބުތަކަކީ ކޮބާ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) Rashad, Nazly; ނާޒްލީ ރަޝާދުމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވާހަކަދެއްކުމުގައި "ހުރުން" ގިނަ ބަޔަކު ބޭނުންކުރަމުންދާނަމަ، ކުރިމަގުގައި މި ޤަވާޢިދަށް ކުރިމަތިވާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯވެސް ބެލުމެވެ. މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 3 ދާއިރާއަކަށެވެ. އެއީ ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންނަށެވެ. މިގޮތުން ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންގެ ވާހަކަދެއްކުން އޮބްސަރވްކޮށްގެން ޖުމުލަތަކެއް ނަގައި، މިޖުމުލަތަކުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ. އަދި އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "ހުރުން" ބޭނުންކުރުމުގެ ހަމަތަކުގެތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "ހުރުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކުރުމުގެ ހަތަރު ހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، " އަމިއްލަބާރުގެ މައްޗަށް ބުރަވެ ހުންނަ ތަކެއްޗަށް" މި ހަމަ ބޭނުންކޮށްގެން ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ބޭނުންކޮށްގެންކަން މި ދިރަސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުނު ސާރވޭއިން "ހުރުން" އިނުން، އޮތުން" ގެ ތެރެއިން " ހުރުން" މި ޤަވާޢިދަށް ކުރިމަގުގައި ކުރިމަތިވާނެ މައްސަލަތައް ނުވަތަ އަސަރުތަކާއި ވާހަކަދެއްކުމުގައި "ހުރުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ. އަދި "ހުރުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯވެސް ހޯދިފައިވާނެއެވެ. މީގެއިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައް ހޯދިފައިވާނެއެެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ 58.3 ޖުމުލަ ބޭނުންކޮށްފައިވާކަމެވެ. މީގެއިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "ހުރުން" ބޭނުންކުރުމުގެ އިތުރުހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ. ThesisItem ދިވެހި ބަހުގައި ތިން ދަރަޖަ އޮތުން މުހިއްމުހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Rameez, Mohamed; މުޙައްމަދު ރަމީޒުމިއީ ދިވެހިބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ދަރަޖަތަކުގެ ގޮތުގައި ބޭނުންކުރާ ތިން ދަރަޖަ ބޭއްވުން މުހިއްމުތޯ ބެލުމަށް ކުރި ދިރާސާއެކެވެ. ދިވެހި ބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ތިން ދަރަޖަކުމުގައި މިދިރާސާގައި ބަލާފައިވާނީ އެންމެ މާތްދަރަޖަ ( އާދެ ވަޑައިގަތުން ކިޔައިގެން މުޚާޠަބުކުރާ ދަރަޖަ) އާއި، މާތް ދަރަޖަ ނުވަތަ މެދު ދަރަޖަ ( ލައްބް ދުރުވުން ކިޔައިގެ މުޚާޠަބުކުރާ ދަރަޖަ ) އާއި، އާދައިގެ ދަރަޖަ ( އާން ހޫނ ކިޔައިގެން މުޚާޠަބު ކުރާދަރަޖަ ) އަށެވެ. މިދިރާސާ ކުރެވިފައިވަނީ ، ކޮލިޓޭޓިވް މެތަޑާއި ، ކޮންޓިޓޭޓިވް މެތަޑްގެ ބޭނުންކޮށްގެންނެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކުރި ، މިދިރާސާގެ ބާވަތުން ، މީހުންގެ ފިކުރާއި ޚިޔާލާއި ޝުއޫރުތަކަށް ޖާގަ ދޭން ޖެހޭތީއެވެ. އަދި ކޮންޓިޓޭޓިވް މެތަޑްގެ ބޭނުންކުރީ ، އެކަންކަން ބަޔާންކޮށްދިނުމުގައި ހިސާބު އަދަދުތަކުގެ ބޭނުންކޮށްގެން ނަތީޖާ ދެނެގަންނަން ފަސޭހަވާނެތީއެވެ. މިދިރާސާއިން ދެއްކިގޮތުގައި، ދިވެހިބަހުގެ ތިން ދަރަޖަ ބޭނުންކުރާއިރު އެ ދަރަޖަތައް އޮޅުވާލައި ދަރަޖަތައް މަސްހުނި ކުރުމުގެ އާދައެއް މިހާރު އޮތްކަމުގައިވިޔަސް، މިތިންދަރަޖަ ބާއްވަން ގިނަބަޔަކު އަދިވެސް ބޭނުންވާނެކަމެކެވެ. އަދި ދަރަޖަތައް ބާއްވަން މައިގަނޑުގޮތެއްގައި ބޭނުންވަނީ ބަހުގެ މުއްސަނދިކަމަށްޓަކައި ކަމެވެ. އެހެންނަމަވެސް ، ދަރަޖަތައް ބާއްވަން ބޭނުންވާ މީހުންގެ އިންސައްތައަކީ އިހްމާލުކޮށްލެވެން ނެތް ފަދަ އިންސައްތައެއްކަމުގައި ފާހަގަކޮށްލަށް ޖެހެއެވެ. ހަމައެއާއިއެކު، ދަރަޖަތައް ބާއްވަން ދިވެހިބަހުގެ ތަޖުރިބާ ކާރުންނާއި އިލްމީ ބޭފުޅުންގެ ވަރަށް މަތީ އަޢްލަބިއްޔަތެއް ތާއީދުކުރައްވާއިރު، އެނޫން މީހުންގެ މެދުގައި އަޢްލަބިއްޔަތު އެއަށްވުރެ ދަށްކޮށް ހުރިކަމުގައިވެސް ފާހަގަކޮށްލެވެއެވެ. DissertationItem ދިވެހިބަހުން ލިޔުންތައް ލިޔަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (އިންފޮރމޭޝަން ސްޓްރަކްޗަރއަށް) ފެތޭގޮތަށް ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Ali, Ashrafމި ދިރާސާއަކީ ދިވެހިބަހުން ލިޔުންތައްލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑަށް (Information Structure) އަށް ފެތޭ ގޮތަށްތޯ ބެލުމުގެ ގޮތުން ކޮށްފައިވާ ދިރާސާއެކެވެ. މަޢުލޫމާތު ހުށަހެޅުމުގެ އޮނިގަނޑުގެ ގޮތުގައި ބެލީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ބަޔާންކުރައްވާފައިވާ އޮނިގަނޑެވެ. މިގޮތުން މި އޮނިގަނޑުގެ ދަށުން މަޒުމޫނު ލިޔުމުގައި ޕެރެގްރާފްތައް ބިނާކުރަނީ ހަލިޑޭ،އެމް.އޭ.ކޭ (1985) އާއި މެކާތީ. އެމް. އާއި ކާރޓާ (1994) ހާމަކުރައްވާ ބައްޓަންތަކަށް (Patterns) ތޯ ބަލައި ދިރާސާކޮށްފައިވާނެއެވެ. ހަމައެހެންމެ މި ދެންނެވި އޮނިގަނޑުގެ ދަށުން މަޢުލޫމާތު ހުށަހެޅުމުގައި އެނގޭ/ ދީފައިވާ މަޢުލޫމާތު (Given information) އާއި އައު މަޢުލޫމާތު (New Information) ހުށަހަޅަނީ ކިހިނެތްކަން ބަލައި ތަހުލީލިކޮށްފައިވާނެއެވެ. މީގެއިތުރުން ޕެރެގްރާފުގައި ޖުމުލަތައް ބިނާކުރުމުގައި ލިޔަނީ މެކާތީ އާއި ކާރޓާރ (1994) ހާމަކުރައްވާފަދައިން ތިމާއި ރީމު އެކުލެވޭ ގޮތަށްތޯ ނުވަތަ އެހެން އުޞޫލުތަކަށްތޯވެސް ބަލައި ދިރާސާކޮށްފައިވާނެއެވެ. އަދި ޖުމުލަތައްގުޅުވުމުގައި ހަލިޑޭ އަދި ޙަސަން (1976) ހާމަކުރައްވާފައިވާ ފަދައިން ގުޅުވައިދޭ ލަފްޒުތައް (cohesive devises) ބޭނުންކުރޭތޯ ނުވަތަ ނުކުރޭތޯވެސް ބަލާފައިވާނެއެވެ. ދިވެހިބަހުގެ ލިޔުންތައް ލިޔަނީ މަތީގައި ބަޔާންކުރި އޮނިގަނޑަށް ފެތޭގޮތަށްތޯ ބެލުމަށް ދިރާސާކުރި "މަޒުމޫނު" މިޖޯންރާގެ ދަށުން ޚިޔާރުކުރި 8 ޕެރެގްރާފެވެ. ޕެރެގްރާފްތައް ޚިޔާރުކުރީ ތަފާތު ލިޔުންތެރިން އެކިއެކި މައުޟޫޢުތަކަށް ލިޔެފައިވާ މަޒުމޫނުތަކުން ނެވެ. އަދި ލިޔުންތެރިންނާއި މުދައްރިސުންނާއި ދިވެހިބަހާއި އިނގެރޭސިބަހުގެ ޢިލްމުވެރިންނާ ބަސްދާގަނެ މައުޟޫޢަށް ބޭނުންވާ އިތުރު މަޢުލޫމާތުވެސް ހޯދީމެވެ. ހަމައެހެންމެ މަދަރުސާތަކުގެ ކުދިން މަޒުމޫނު ލިޔުމުގައި މަޢުލޫމާތު ހުށަހަޅަނީ ކޮން އުޞޫލުތަކަށްތޯ ދެނެގަތުމަށް ދަރިވަރުންނާ ސާރވޭއެއްކޮށް މަޢުލޫމާތުވެސް އެއްކުރީމެވެ. ThesisItem ދިވެހި ބަހުން ޢިބާރާތް ކުރުމުގައި "ޖުމުލައިގެ އޮނިގަނޑު" ރޭވިފައި ހުންނަނީ ކޮން އުޞޫލަކުން ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) ތަސްނީމާ މަނިކު; Manik, Thasneemaމިއީ، ދިވެހިބަހުން އިބާރާތް ކުރުމުގައި ޖުމުލާގައި ލަފުޒު އެތުރޭތަރުތީބާއި ޖުމުލައިގެ ބާވަތްތަކުގައި ލަފުޒު އެތުރޭ ތަރުތީބެއް ކަނޑައެޅުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. ދިވެހިބަހުން ލިއެފައި ހުރި ފޮތްތަކުގައި ޖުމުލައިގެ އޮނިގަނޑާއި ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި ހުރި އޮޅުންތައް ފިލުވައި މިފަދަ މަޢުލޫމާތުތައް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ކުރެވުނު، މަސައްކަތެކެވެ. ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށާއި ހޯދުންތައް ހޯދުމަށް ދިވެހިބަހުގެ ޤަވާއިދާބެހޭ ގޮތުން ލިއެފައިވާ ހުރިހާ ފޮތަކުން، މަޢުލޫމާތު އެއްކުރުމުގެ އިތުރުން، ބަހުގެ ގޮތުން ފުންނާބުއުސް އެދުރުންގެ ކިބައިންނާއި ދިވެހި މުދައްރިސުންގެ ފަރާތުންވެސް މަޢުލޫމާތުހޯދުނެވެ. މީގެ އިތުރުން ދިވެހިބަހުން ލިއެފައިވާ ތަފާތު ޜޮންރާތަކުން ޖުމުލަތައް ހޮވައިގެންވެސް ބަލާފައި ވާނެއެވެ. ދިވެހި ބަހުގައި، ޖުމުލައިގައި ލަފުޒު އެތުރޭ ތަރުތީބާމެދު ބަހުގެ އެދުރުންގެ މެދުގައި ޚިޔާލުތަފާތުވުން އެބަހުއްޓެވެ. އަޅުގަނޑުގެ ނަޒަރުގައި ދިވެހިބަހުގައި ޖުމުލާގައި ލަފުޒު އެތުރެނީ ކަންކުރާ، ރައްދުވާ އަދި ކަން މިތަރުތީބުން ކަމަށެވެ. ދިވެހިބަހުން ލިއެފައިވާ ޤަވާޢިދު ފޮތްތަކުގައި ޖުމުލައިގެ ބާވަތްތަކަށް ނަންދިނުމުގަޔާއި ޖުމުލައިގެ ބާވަތްތަކުގެ ޢަދަދު ކަނޑައެޅުމުގައި، ވަރަށް ބޮޑެތި ތަފާތު ތަކެއް އެބަހުއްޓެވެ. ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި އަޅުގަނޑު ބަލާފައިވާނީ ޖުމުލައިގައި ލަފުޒު އެތުރޭ ގިނަމަދުމިނަށާއި ލަފުޒުގެ ބާވަތަށެވެ. ThesisItem މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ،ށ،ތ ސުކުން ބޭނުން ކުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) ޢަބްދުﷲ ޝިހާމް; Shiham, Abdullahމި ދިރާސާއަކީ ދިވެހި ބަހުން ލިޔާ ލިޔުންތަކުގައި އ، ށ، ތ ސުކުންކުރުމުގައި މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން ސުކުން ބޭނުންކުރަނީ ބަހުގެ ގަވާއިދާއި އެއްގޮތަށްތޯ ބެލުމަށް ކުރާ ދިރާސާއެކެވެ. އެހެންކަމުން މިދިރާސާ ކުރުމަށްޓަކައި މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ތެރެއިން ޣިޔާޘުއްދީން ސްކޫލާއި ޢިމާދުއްދީން ސުކޫލް އަދި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލުގެ 80 ދަރިވަރުންނާއި އެދަރިވަރުންނަށް ކިޔަވައިދޭ 12 މުދައްރިސުންނާއި ދަރިވަރުންގެ 20 ބެލެނެވެރިން ދިރާސާއަށް ބޭނުންވާ ސާންޕަލްގެ ގޮތުގައި ބޭނުންކުރީމެވެ. މައިގަނޑުގޮތެއްގައި އެފަރާތްތަކުން ޑާޓާ ހޯދުމުގައި ބޭނުންކުރީ ސާވޭ ފޯމެވެ. އެހެންނަމަވެސް ދަރިވަރުންގެ ތަމްރީނު ފޮތާއި އިމްތިހާނު ކަރުދާސްވެސް މި ދިރާސާގައި ބޭނުންކޮއްފައިވާނެއެވެ. މި ދިރާސާ ކުރުމުގައި މައިގަނޑުގޮތެއްގައި ބަލާފައިވާނީ ދެކަމެއްގެ މައްޗަށެވެ. އެއީ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުންކުރުމުގައި ބަހުގެ ގަވާއިދާއި ޚިލާފުވޭތޯއާއި ޚިލާފު ވާނަމަ އެކަމުގެ ސަބަބުތައް ހޯދުމުގެ މައްޗަށެވެ. މި މަޤްޞަދުގައި ކުރެވުނު މިދިރާސާއަށް ސާންޕަލް ހޯދުމުގައި ދިމާވި ދަތިތަކާހުރެ ދިރާސާގައި ބޭނުންކުރަންޖެހުނީ ކޮންވީނިއަން ސާންޕަލެވެ. ދިރާސާގެ ހައިޕޮތެސިސްކަމުގައި ކަނޑައެޅި " މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުން ބޭނުން ހުރަނީ ދިވެހިބަހުގެ ގަވާއިދާ އެއްގޮތަކަށް ނޫނެވެ" މި ހައިޕޮތެސިސް ދިރާސާގެ ނަތީޖާއާއި ސީދާވިއެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ބަހުގެ ގަވާއިދާ އެއްގޮތަށް މި ތިން ސުކުން ކުރަން އެނގެނީ ދިރާސާގައި ބައިވެރިވި 80 ދަރިވަރުންގެ ތެރެއިން އެންމެ 15 އިންސައްތަ ދަރިވަރުންނަށެވެ. ބާކީ 85 އިންސައްތަ ދަރިވަރުންނަކީ އ، ށ، ތ ސުކުން ބަހުގެ ގަވާއިދާ އެއްގޮތަށް ކުރަން ނޭނގޭ ދަރިވަރުންނެވެ. އެހެންކަމުން މިނަތީޖާއަށް ބަލާއިރު މާލޭގެ ޕްރައިމަރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން އ، ށ، ތ ސުކުން ކުރަނީ ބަހުގެ ގަވާއިދާއި އެއްގޮތައް ނޫންކަމުގައި ބުނަންޖެހެއެވެ. ސުކުން ކުރުމުގައި ބަހުގެ ގަވާއިދާ ޚިލާފުވާ މައިގަނޑު ދެތިންކަމެއް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެއްކަމަކީ މުދައްރިސުން ކިޔައިދޭ ގޮތެވެ. ސުކުން ގަޑިތައް ކިޔަވައިދިނުމުގައި އުނގެނުމުގެ ހަތަރު ހުނަރަށް ދެވޭ އަހަންމިއްޔަތު ކުޑަކަން ފާހަގަކުރެވެއެވެ. އަދި އެގަނޑިތަކުގައި ދަރިވަރުން ބައިވެރިކުރާ މިންވަރު ދައްވުމުން ތަޖުރިބާކުރުމަށް ލިބޭ ފުރުޞަތު ހަނިވެއެވެ. ނަތީޖާއަކީ ސުކުން ކިޔަވައިދޭ ގަޑިތަކަކީ ދަރިވަރުންނަށް ފޫހި ގަޑިތަކަކައްވުމެވެ. އަނެއްކަމަކީ ދަރިވަރުންނަށް ދެވޭ ފީޑްބެކެވެ. އެދެވޭ އަދި ދެފަރާތަށް ސާފުކޮށް ދޭހަވާފަދަ ފީޑްބެކެއް ދެވިފައެއް ނެތެވެ. އަދި އާންމުކޮށް ފީޑްބެކް ދެވެނީވެސް އެވްރެޖުކޮށް މައްސަލަ ޖެހޭ ސުކުންތަކަށް މުޅިކުލާހަށް އާންމު ފީޑްބެކެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބެއްވާ ފައިދާއެއް ނުލިބެއެވެ. ކުށް އިސްލާހުކުރާނޭ ގޮތެއް ނޭނގެއެވެ. ތިންވަނަ ކަމަކީ ބަހުގެ ގަވާއިދުގެ މައްސަލައެވެ. އަލިފު ސުކުނާއި ށަވިޔަނި ސުކުން އެއްގޮތަކަށް ކިޔޭތީ ދިމާވާ މައްސަލައެވެ. ސުކުނުގެ އަޑު އިވޭ ސުކުން ނޫން ސުކުނެއް ކުރަންޖެހޭ ހާލަތްތައް މެދުވެރިވުމެވެ. މި ގޮތުން ތ، އ، ށ މި ތިން ސުކުނަކީވެސް ނޫނު ސުކުނުގެ އަޑު އިވޭ ބައެއް ހާލަތްތަކުގައި ކުރަންޖެހޭ ތިން ސުކުނެވެ. މިގޮތަށް ސުކުންކުރެވޭ ހަމަތައް ހެދިފައިވާތީ މިޢީ ދަރިވަރުންނަށް ސުކުން އޮޅުމަށް މެދުވެރިވާ އެއްސަބަބުކަމަށް ފެނެއެވެ. ދެންއޮތީ ދަރިވަރުން ސުކުން ކުރުމަށް ދޭންވާ ސަމާލުކަންނުދިނުމުގެ މައްސަލައެވެ. މިކަމަކީ ދަރިވަރުންގެ ޝައުޤުވެރިކަމާއި ގުޅިފައިވާ މައްސަލައެއްކަން ބަހުގެ މާހިރުންގެ ދިރާސާތަކުން އެނގެއެވެ. ދަރިވަރުން ޝައުޤުވެރިވާނީ ވާނުވާއެއް އެނގޭ ކަމަކަށެވެ. އަދި އެކަމެއް ކުރިޔަށް ގެންދާ ގޮތަކުންނެވެ. މިއުސޫލުން ވިސްނާއިރު ސުކުންކުރުމުގައި ދަރިވަރުން ސަމާލުކަން ނުދޭނަމަ އެކަންވެސް ރައްދުވާނީ ހެދިފައިވާ ގަވާއިދުތަކަށާއި ކިޔަވައިދޭ ފަރާތްތަކަށެވެ. ވީމާ، މުޅި ދިރާސާއިން އެނގުނީ މާލޭގަ ޕްރައިމެރީ ސްކޫލުތަކުގެ ގްރޭޑް 7 ގެ ދަރިވަރުން ތ، އ، ށ ސުކުން ކުރުމުގައި ބަހުގެ ހަމަތަކާއި ޚިލާފުވާކަމެކެވެ. މިކަން މެދުވެރިވަނީ ސުކުންކުރުމުގެ ގަވާއިދު ހެދިފައިވާ ގޮތުންނާއި އެހަމަތައް ކިޔަވައިދެވޭ ގޮތުންކަމެވެ.