MNU Dissertations - އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް

Browse

Search Results

Now showing 1 - 2 of 2
  • Thumbnail Image
    Item
    Thesis
    ދިވެހިބަހުގެ ޖުމުލަ ތަކުގައި ކަންއިތުރު ތަރުތީބުވާ ގޮތާއި އޭގެ ސަބަބުން މާނައަށް އަންނަ ބަދަލު ތަކަކީ ކޮބައި ހެއްޔެވެ؟
    (Faculty of Arts, Maldives National University, 2013-11-01) Niyaaza, Aishath; ޢާއިޝަތު ނިޔާޒާ
    މި ދިރާސާއަކީ ކްއަލިޓޭޓިވް ޕެރަޑައިމެއްގެ ދަށުން އިންޑަކްޓިވް ކޮށް ގެންދެވިފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބަލާލައިފައިވާނީ ދިވެހި ބަހުގައި ކަންއިތުރު ބޭނުން ކުރެވޭ ގޮތުގެ ސަބަބުން މާނައަށް އަންނަ ބަދަލު ތަކާއި، ކަންއިތުރާއި ބެހޭގޮތުން ޤަވާއިދު ފޮތްތަކުން ލިބުނު މައުލޫމާތާއި އަދި އެހެނިހެން ފޮތްތަކުގައި ބަޔާންކޮށްފައިވާ ޖުމުލަތަކުންނާއި އޮންލައިން ނޫސްތަކުން ފާހަގަ ކުރެވުނު ޖުމުލަ ތަކެވެ. މި ޖުމުލަތަކަށް އިލްމީ ގޮތެއްގައި ފާޑު ކިޔާފައިވާނެއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ލަފުޒުތަށް ޖުމުލައިގައި އަތުރާލާ އަތުރާލުމަކީ ވަރަށް މުހިއްމު އަދި ވިސްނަން ޖެހޭ ކަމެކެވެ. މި ކަމުގެ ސަބަބުން ޖުމުލައިގެ މާނައަށް ސީދާ އަސަރު ކުރެއެވެ. އެގޮތުން ޖުމުލައިގައި ކަންއިތުރު ގެނެވޭ ތަނުގެ ސަބަބުން ލިޔުންތެރިޔާ މާނަ ކުރާ ގޮތް ނޫން އެހެން ގޮތްގޮތަށް ކިޔުންތެރިންނަށް މާނަ ނެގެއެވެ. އެގޮތުން މި ދިރާސާއިން ހާމަވީ ކަމަކީ ވިދިގެން ކުރިއަށް ނުވަތަ ފަހަތަށް ކަންއިތުރު ނުގެންނަ ކަމުގައި ވާނަމަ އެކަންއިތުރަކުން ސިފަ ލިބޭ ކަމަށް ބަދަލު އަންނަކަމެވެ. މާނަ ފުށުއަރާ ކަމެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހި ބަހުގައި ބޭނުންކުރެވޭ އަކުރެއް ކަމުގައި ވާ "ވެސް" ބޭނުންކުރެވޭ ގޮތާއި އަދާކޮށްދޭ ދައުރުތައް
    (Faculty of Arts, Maldives National University, 2013-11-01) Abdulla, Niyaama; ނިޔާމާ ޢަބުދުﷲ
    މި ދިރާސާއަކީ ދިވެހި ބަހުގައި ހިމެނޭ އަކުރެއް ކަމުގައިވާ "ވެސް" ބޭނުންކުރެވޭ ގޮތާއި، "ވެސް" އަދާކޮށްދޭ ދައުރުތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ކުރެވޭ ދިރާސާއެކެވެ. މި ގޮތުން، ދެކެވެމުން ދާ ވާހަކައެއް، އެއް ވާހަކައެއް ނުވަތަ ޚިޔާލެއް އަނެއް ވާހަކައާއި ނުވަތަ ޚިޔާލަކާއި ގުޅުވުމަށާއި، ދިވެހި ބަހުގައި ބޭނުންކުރެވޭ ބައެއް އަކުރާއި ގުޅުވައިގެން ލަފުޒު އުފެއްދުމަށް "ވެސް" ބޭނުންކުރާ ގޮތުގެ މައްޗަށް ބަލާލާފައި ވާނެއެވެ. ހަމަ މިއާއެކު، "ވެސް" އަދާކޮށްދޭ ދައުރުތައް ކަމުގައިވާ ޖުމުލައިގެ ބާރު ގަދަކޮށްދިނުމާއި، މުޖުލަ ފުރިހަމަ ކޮށްދިނުމާއި، މާނައަށް ބަދަލު ގެނައުމާއި އަދި އިތުރު މާނަ ދޭހަކޮށްދިނުމުގެ މައްޗަށް ބަލާލާފައި ވާނެއެވެ. މިދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކޮލިޓޭޓިވް ޕެރެޑައިމް ބޭނުންކޮށްގެނެވެ. ސާމްޕަލް ނެގީ ދިވެހި އޮންލައިން ވެބުސައިޓަކުންނެވެ. މި ސައިޓުތަކުން 20 ލިޔުންތެރިއަކު ލިޔެފައިވާ 36 ޖުމުލަ ސާމްޕަލްގެ ގޮތުގައި ނަގާފައިވާނެއެވެ. މި ދިރާސާއަކީ ދިވެހި ބަހުގައި "ވެސް" މި އަކުރު ބޭނުންކުރެވޭ ގޮތާއި، "ވެސް" އަދާކޮށްދޭ ދައުރުތަކާއި، "ވެސް" ގެ ސަބަބުން މާނައަށް އަންނަ ބަދަލާއި އަދި ދޭހަވާ އިތުރު މާނަތައް ދިރާސާކުރުމަށް ހަދާ ދިރާސާއެއް ކަމުން، މި މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި ދިރާސާގެ ޑާޓާތައް އެއްކުރީ ޕާރޕޯސިވް ސާމްޕްލިން ބޭނުންކޮށްގެންނެވެ. ދިރާސާ ހެދުމުގައި ބޭނުންކޮށްފައިވަނީ ތީމެޓިކް ކޮންޓެންޓް އެނަލިސިސްއެކެވެ. މިދިރާސާގެ ހޯދުންތަކުން ދެއްކީ "ވެސް" މި އަކުރު ބޭނުންކުރެވެނީ ދެ ޖުމުލައެއްގައި ނުވަތަ އެއް ޖުމުލައެއްގައި ނަމަވެސް ކުރިން ދެކެވުނު ވާހަކައާއި ފަހުންދެކެވޭ ވާހަކަ ގުޅުވައިދިނުމަށް ބޭނުންކުރާ ލިންކެއްގެ ގޮތުގައާއި "ދެން"، "އަދި"، "ނަމަ"، "އެއް"، މި ލަފުޒުތަކާއި ގުޅުވައިގެން "ދެންވެސް"، "އަދިވެސް"، "ނަމަވެސް"، "އެއްވެސް" އުފެއްދުމަށް ކަމެވެ. ދެ ޖުމުލައެއްގައި ދެކެވުނު ވާހަކަ ގުޅުވާލުމަށް "ވެސް" ބޭނުންކުރާއިރު "ވެސް" އަބަދުވެސް އިޝާރާތްކުރާނީ ކުރިން ދެކެވުނު ވާހަކައިގައި ބަޔާންކޮށްފައިވާ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށެވެ. ޖުމުލަ ފުރިހަމަކޮށްދިނުމާއި، ޖުމުލައިގެ ބާރު ގަދަކޮށްދިނުމާއި، ޖުމުލައިގެ މާނަ ބަދަލުކޮށްދިނުމުގެ އިތުރުން ޖުމުލައިން އިތުރު މާނަ ދޭހަކޮށްދިނުމަކީ "ވެސް" އަދާ ކޮށްދޭ ދައުރުތަކެއްކަންވެސް މި ދިރާސާއިން ފާހަގަކުރެވުނެވެ. އެހެންކަމުން އެ ކަންކަމުގެ މައްޗަށް ވެސް މި ދިރާސާގައި ބަލާލާފައި ވާނެއެވެ. މި ދިރާސާއިން "ވެސް" މިއަކުރާއިބެހޭގޮތުން ގިނަ ހޯދުންތަކެއް ހޯދިފައިވެއެވެ. އެހެންނަމަވެސް މިއަށްވުރެ އިތުރު ހޯދުންތަކެއް ހޯދުމަށް އިތުރު ދިރާސާތަކެއް ހެދުމަކީ މުހިއްމު ކަމެކެވެ.