MNU Dissertations - އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
Browse
3 results
Search Results
ThesisItem ދިވެހިބަހުގައި ބޭނުންކުރެވޭ "އިނުން" މި ލަފްޒް ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގެ ސެކަންޑަރީ ސްކޫލުތަކުގެ ގުރޭޑް 8،9 ގެ ކުދިން ބޭނުން ކުރޭ ހެއްޔެވެ؟ ބޭނުންކުރާ ނަމަ އޭގެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟(Faculty of Arts, Maldives National University, 2014-11-01) Nasiha, Fathimath; ފާތިމަތު ނާޞިޚާމި ދިރާސާއަކީ ދިވެހިބަހުގެ ޤަވައިދުގައި ބޭނުންކުރެވޭ "އިނުން" މިލަފްޒު ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް މާލޭގައި ހިންގަމުންދާ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 8، 9 ގެ ކުދިން ބޭނުން ކުރޭތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. އަދި ބޭނުންކުރާ ނަމަ އޭގެ ސަބަބުތައް ދެނެގަތުމެވެ. ހަމަމިއާއެކު އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ގިނަބަޔަކު ބޭނުންކުރަމުންދާނަމަ ކުރިމަގުގައި މި ޤަވައިދަށް ކުރިމަތިވެދާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯވެސް ބެލުމެވެ. މިކަން ބެލުމަށްޓަކައި މި ދިރާސާ އަމާޒުކުރެވުނީ ދެ ދާއިރާއަކަށެވެ.އެއީ ސްކޫލު ދަރިވަރުންނާއި މުދައްރިސުންނެވެ. މިގޮތުން ސްކޫލުގެ ދަރިވަރުންނަށް ސާރވޭ ފޯރމެއްދީގެން އެދަރިވަރުން "އިނުން" މިލަފްޒު ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ އެއްގޮތަށް ބޭނުންކުރަން އެނގޭތޯއާއި ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ބަލާފައިވާނެއެވެ. އަދި "އިނުން" ބޭނުންކުރަންޖެހޭ ހަމަތަކުގެ ތެރޭގައި ހިމެނިފައިނުވާ ގޮތްގޮތައް ވެސް "އިނުން" ބޭނުން ކުރަމުންދާ ކަމަށް ފާހަގަކުރެވުނެވެ. އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް ބެލިބެލުމުން އެނގިގެން ދިޔައީ "ހަތަރު ފައިޖަހައިގެން އުޅޭ ތަކެއްޗަށް" އޮތުމުގެ ބަދަލުގައި ދިރާސާގައި ބައިވެރިވި ހުރިހާ ކުދިންވެސް ބޭނުންކޮއްފައިވަނީ "އިނުން" ކަމެވެ. ކުރެވުނު ސަރވޭއިން "އިނުން" މި ޤަވާއިދަށް ކުރިމަގުގައި ކުރިމަތިވެދާނެ މައްސަލަތަކާ ދަރިވަރުންނަށް "އިނުން" ބޭނުންކުރެވޭ މިންވަރު އެނގިގެންދިޔައެވެ. އަދި ސަރވޭ ފޯރމުތަކާ އިންޓަވިއުތަކުން ލިބުނު މަޢުލޫމާތުތަކުން "އިނުން" އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާންމުވާން ދިމާވާ ސަބަބުތައް ހޯދުނެވެ. އެގޮތުން އެންމެ ގިނަ ފަރާތްތަކުން ހާމަކޮއްފައިވަނީ އެކަށައަޅާފައިވާ ޤަވައިދާ ޚިލާފަށް ވަކިހަމައެއްނެތި "އިނުން" ބޭނުންކުރުން ޢާއްމުވާން ދިމާވާ އެއް ސަބަބަކީ މީޑިއާކިމުގައި ދިރާސާއިން ހާމަވިއެވެ. މުޅި ދިރާސާއިން ފާހަގަކުރެވުނު އެއްކަމަކީ، ދިވެހި ބަހުގެ އެކަށައަޅާފައިވާ ޤަވައިދުގައިވާ "އިނުން" ބޭނުންކޮއްގެން މި ދިރާސާގައި ބައިވެރި ހުރިހާ ދަރިވަރުންގެ ވާހަކަދެއްކުމުގައި 100 ޕަސެންޓު ޖުމުލަ ބޭނުންކޮއްފައިވަނީ ނުބައިކޮށް ކަމެވެ. ThesisItem ސާނަވީ ދަރިވަރުން އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން., 2009-11-01) Hussain, Rahma; ރަހުމާ ޙޫސައިންމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާއިދާ ޚިލާފަށް ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރަމުންދާ ސަބަބުތައް ދެނެގަތުމެވެ.މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 2 ދާއިރާއަކަށެވެ.އެއީ ދަރިވަރުންނާއި މުދައްރިސުންނަށެވެ.މިގޮތުން ދަރިވަރުންނާއި މުދައްރިސުންގެ ވާހަކަދެއްކުން އޮބްޒާރވްކޮށްގެން ޖުމުލަތަކެއް ނަގައި، މި ޖުމުލަތަކުގައި "އިނުން" އެކަށައަޅާފައިވާ ޤަވާާާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ.އަދި އެކަށައަޅާފައިވާ ޤަވާއިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ބޭނުންކުރެވިފައިވާ މިންވަރު ބަލާފައިވާނެއެވެ.މި ދިރާސާއިން އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "އިނުން" ބޭނުންކުރުމުގެ ހަމަތަކުގެ ތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "އިނުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ.އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާއިދުގައިވާ "އިނުން" ބޭނުންކުރުމުގެ ފަސްހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، ޢާއްމުގޮތެއްގައި ހުރިހާ ހަމައަކަށްވެސް ތަބާވެއެވެ.ނަމަވެސް ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ކަން މި ދިރާސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުުނު ސާާރވޭއިން "ހުރުން، އިނުން، އޮތުން" ގެ ތެރެއިން "އިނުން" ބޭނުންކުރުމުގެ ޤަވާއިދު ދަރިވަރުންނަށް ދަސްކޮށްދޭނީ ކިހިނެއްކަމާއި ވާހަކަދެއްކުމުގައި "އިނުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ.އަދި "އިނުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލީފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ވެސް ހޯދިފައިވާނެއެވެ.މީގެ އިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން ސާނަވީ ދަރިވަރުން "އިނުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައްވެސް ހޯދިފައިވާނެއެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "އިނުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވަޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ ޖުމުލަ 56.6 އިންސައްތަ ބޭނުންކޮށްފައިވާކަމެވެ.މީގެ އިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "އިނުން" ބޭނުންކުރުމުގެ އިތުރު ހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ. ThesisItem ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން، އިނުން، އޮތުން" މި ޤަވާޢިދުގެ ތެރެއިން "ހުރުން" މިލަފުޒު ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރާއި އެކަމުގެ ސަބަބުތަކަކީ ކޮބާ؟(ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) Rashad, Nazly; ނާޒްލީ ރަޝާދުމި ދިރާސާގެ ބޭނުމަކީ ދިވެހިބަހުގެ ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާ މިންވަރު ދެނެގަނެ، އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވާހަކަދެއްކުމުގައި "ހުރުން" ގިނަ ބަޔަކު ބޭނުންކުރަމުންދާނަމަ، ކުރިމަގުގައި މި ޤަވާޢިދަށް ކުރިމަތިވާނެ މައްސަލަތަކަކީ ނުވަތަ އަސަރުތަކަކީ ކޮބައިތޯވެސް ބެލުމެވެ. މިކަންކަން ބެލުމަށް މި ދިރާސާ އަމާޒުކުރެވެނީ 3 ދާއިރާއަކަށެވެ. އެއީ ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންނަށެވެ. މިގޮތުން ދަރިވަރުންނާއި މުދައްރިސުންނާއި ޢާއްމުންގެ ވާހަކަދެއްކުން އޮބްސަރވްކޮށްގެން ޖުމުލަތަކެއް ނަގައި، މިޖުމުލަތަކުގައި "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރެވިފައިވާ މިންވަރާއި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާ މިންވަރު ބަލާފައިވާނެއެވެ. އަދި އެކަށައަޅާފައިވާ ޤަވާޢިދުގައި ބުނެފައިވާ "ހުރުން" ބޭނުންކުރުމުގެ ހަމަތަކުގެތެރޭގައި ހިމެނިފައިނުވާ ގޮތްގޮތަށްވެސް "ހުރުން" ބޭނުންކުރަމުންދާކަން ފާހަގަކުރެވުނެވެ. އަދި ވާހަކަދެއްކުމުން ނެގި ޖުމުލަތައް އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކުރުމުގެ ހަތަރު ހަމައަށް ތަބާވެފައިވާ މިންވަރު ބެލުމުން، " އަމިއްލަބާރުގެ މައްޗަށް ބުރަވެ ހުންނަ ތަކެއްޗަށް" މި ހަމަ ބޭނުންކޮށްގެން ވާހަކަދެއްކުމުގައި ގިނައިން ބޭނުންކުރަމުންދަނީ ހުރުމުގެ ބަދަލުގައި "އިނުން" ބޭނުންކޮށްގެންކަން މި ދިރަސާއިން ފާހަގަވެގެންދިޔައެވެ. މި ދިރާސާގައި ކުރެވުނު ސާރވޭއިން "ހުރުން" އިނުން، އޮތުން" ގެ ތެރެއިން " ހުރުން" މި ޤަވާޢިދަށް ކުރިމަގުގައި ކުރިމަތިވާނެ މައްސަލަތައް ނުވަތަ އަސަރުތަކާއި ވާހަކަދެއްކުމުގައި "ހުރުން" ބޭނުންކުރެވޭ ހަމަތަކަށް ސަމާލުކަންދޭ މިންވަރު ހޯދިފައިވާނެއެވެ. އަދި "ހުރުން" މި ލަފުޒު އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ބޭނުންކުރުމަކީ މައްސަލައެއްތޯ ނުވަތަ ނޫންތޯވެސް ހޯދިފައިވާނެއެވެ. މީގެއިތުރުން ސާރވޭފޯމުތަކާއި އިންޓަވިޔުތަކުން ލިބުނު މަޢުލޫމާތުތަކުން "ހުރުން" އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް ވަކިހަމައެއްނެތި ބޭނުންކުރުން ޢާއްމުވާ ސަބަބުތައް ހޯދިފައިވާނެއެެވެ. މުޅި ނަތީޖާއިން ފާހަގަކުރެވުނީ ދިވެހިބަހުގެ އެކަށައަޅާފައިވާ ޤަވާޢިދުގައިވާ "ހުރުން" ބޭނުންކޮށްގެން ރަސްމީބަހުރުވައިން ވާހަކަދެއްކުމުގައި އެކަށައަޅާފައިވާ ޤަވާޢިދާ ޚިލާފަށް މި ދިރާސާގެ ބައިވެރިންގެ ވާހަކަދެއްކުމުގެ 58.3 ޖުމުލަ ބޭނުންކޮށްފައިވާކަމެވެ. މީގެއިތުރުން އެކަށައަޅާފައިވާ ޤަވާޢިދު ފޮތްތަކުގައި ހިމެނިފައިނުވާ "ހުރުން" ބޭނުންކުރުމުގެ އިތުރުހަމަތަކެއްވެސް ވާހަކަދެއްކުމުގައި ބޭނުންކުރަމުންދާކަމަށް މި ދިރާސާއިން ހާމަވެގެންދިޔައެވެ.