Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
ThesisItem ދިވެހި ބަހުގައި ތިން ދަރަޖަ އޮތުން މުހިއްމުހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2009-11-01) Rameez, Mohamed; މުޙައްމަދު ރަމީޒުމިއީ ދިވެހިބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ދަރަޖަތަކުގެ ގޮތުގައި ބޭނުންކުރާ ތިން ދަރަޖަ ބޭއްވުން މުހިއްމުތޯ ބެލުމަށް ކުރި ދިރާސާއެކެވެ. ދިވެހި ބަހުގެ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކަދެއްކުމުގެ ތިން ދަރަޖަކުމުގައި މިދިރާސާގައި ބަލާފައިވާނީ އެންމެ މާތްދަރަޖަ ( އާދެ ވަޑައިގަތުން ކިޔައިގެން މުޚާޠަބުކުރާ ދަރަޖަ) އާއި، މާތް ދަރަޖަ ނުވަތަ މެދު ދަރަޖަ ( ލައްބް ދުރުވުން ކިޔައިގެ މުޚާޠަބުކުރާ ދަރަޖަ ) އާއި، އާދައިގެ ދަރަޖަ ( އާން ހޫނ ކިޔައިގެން މުޚާޠަބު ކުރާދަރަޖަ ) އަށެވެ. މިދިރާސާ ކުރެވިފައިވަނީ ، ކޮލިޓޭޓިވް މެތަޑާއި ، ކޮންޓިޓޭޓިވް މެތަޑްގެ ބޭނުންކޮށްގެންނެވެ. ކޮލިޓޭޓިވް މެތަޑް ބޭނުންކުރި ، މިދިރާސާގެ ބާވަތުން ، މީހުންގެ ފިކުރާއި ޚިޔާލާއި ޝުއޫރުތަކަށް ޖާގަ ދޭން ޖެހޭތީއެވެ. އަދި ކޮންޓިޓޭޓިވް މެތަޑްގެ ބޭނުންކުރީ ، އެކަންކަން ބަޔާންކޮށްދިނުމުގައި ހިސާބު އަދަދުތަކުގެ ބޭނުންކޮށްގެން ނަތީޖާ ދެނެގަންނަން ފަސޭހަވާނެތީއެވެ. މިދިރާސާއިން ދެއްކިގޮތުގައި، ދިވެހިބަހުގެ ތިން ދަރަޖަ ބޭނުންކުރާއިރު އެ ދަރަޖަތައް އޮޅުވާލައި ދަރަޖަތައް މަސްހުނި ކުރުމުގެ އާދައެއް މިހާރު އޮތްކަމުގައިވިޔަސް، މިތިންދަރަޖަ ބާއްވަން ގިނަބަޔަކު އަދިވެސް ބޭނުންވާނެކަމެކެވެ. އަދި ދަރަޖަތައް ބާއްވަން މައިގަނޑުގޮތެއްގައި ބޭނުންވަނީ ބަހުގެ މުއްސަނދިކަމަށްޓަކައި ކަމެވެ. އެހެންނަމަވެސް ، ދަރަޖަތައް ބާއްވަން ބޭނުންވާ މީހުންގެ އިންސައްތައަކީ އިހްމާލުކޮށްލެވެން ނެތް ފަދަ އިންސައްތައެއްކަމުގައި ފާހަގަކޮށްލަށް ޖެހެއެވެ. ހަމައެއާއިއެކު، ދަރަޖަތައް ބާއްވަން ދިވެހިބަހުގެ ތަޖުރިބާ ކާރުންނާއި އިލްމީ ބޭފުޅުންގެ ވަރަށް މަތީ އަޢްލަބިއްޔަތެއް ތާއީދުކުރައްވާއިރު، އެނޫން މީހުންގެ މެދުގައި އަޢްލަބިއްޔަތު އެއަށްވުރެ ދަށްކޮށް ހުރިކަމުގައިވެސް ފާހަގަކޮށްލެވެއެވެ.