Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
2 results
Search Results
ThesisItem ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރީ ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2010-11-01) Nadhira, Ibrahim; ނާދިރާ އިބްރާހީމްމިދިރާސާއަކީ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ކަމުގައި ދިވެހިންގެ މެދުގައި ބުނެއުޅޭ ބުނުމަށް ތާރީޚީގޮތުން ފެންނަންހުރި ހެކިތައް ހޯދައި ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރިތޯ ނުވަތަ އެނޫން ގޮތަކުން ރާއްޖެ އެބައެއްގެ އަތްދަށަށް ދިޔައީތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖެ ދެފަހަރެއްގެމަތިން ބޭރުބައެއްގެ އަޅުވެތިކަމެއްގައި އޮތެވެ. އެންމެ ދިގުމުއްދަތަކަށް އޮތްކަމުގައިވަނީ ޕޯޗުގީޒު ބައެއްގެ އަޅުވެތިކަމުގައެވެ. ރާއްޖެ އަޅުވެތިކުރިކަމަށް ބުނެވޭ ޕޯޗުގީޒުންނަކީ ހުޅަނގު ޔޫރަޕުން ކަނޑުމަގުން ދަތުރުކުރަމުން އައިސް އިންޑިއާގެ ގޯއާގެ ބަނދަރުގައި ތިބި ނުފޫޒުގަދަ ބައެއްކަމުގައި ދިރާސާއިން އެނގެއެވެ. މިބައިމީހުންނަށް ރާއްޖެއަށް ނުފޫޒު ފޯރުވިގެން ދިޔައީ ރާއްޖޭގެ ރަސްކަން ދޫކުރައްވައި ގޯއާއަށް ވަޑައިގެން ނަޞާރާދީން ޚިޔާރުކުރެއްވި 9 ވަނަ ޙަސަން ރަސްގެފާނުގެ ހިތްޕުޅުގައިވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން އެރަދުން ޕޯޗުގީޒުންގެ އެހީތެރިކަން ހޯއްދަވައިގެން ރާއްޖޭގެ ރަސްކަން އަތުލެއްވުމަށް ކުރެއްވި މަސައްކަތްޕުޅުންނާއި ޕޯޗުޤީޒުންވެސް ދިވެހިރާއްޖެއަށް ބޭނުންވެފައި ތިބުމުން، އެކަން އެގޮތަށް ވެގެން ދިޔައީކަން އެނގެއެވެ. ޕޯޗުޤީޒުން 1 ޝަޢުބާން 965 ން ފެށިގެން 1 ރަބީއުލްއައްވަލް 981 ށް (15 އަހަރާއި 7 މަސް ދުވަސްވަންދެން) ރާއްޖެ އިސްތިޢުމާރުކޮށް އަޅުވެތިކޮށްގެން ތިބިކަމުގައި ހޯދުންތަކުން އެނގުނެވެ. ޕޯޗުޤީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކޮށްދެވުމުގެ އަގުހުރި ޖިހާދެއްކުރެއްވީ ދިވެހިންގެތެރެއިން އުފެދުނު ހިތްވަރުގަދަ ދިވެހިދަރިއެއްކަން އެނގެއެވެ. ޕޯޗުޤީޒުންގެ އަޅުވެތިކަމުގައި، ރާއްޖޭގެ މީހުން އުޅެފައިވާކަމުގެ ހެކިތައް ރާއްޖޭގެ ކަންކޮޅުތަކުގައި ފެންނަންހުރި ކަމުގައި ދިރާސާއިން އެނގިގެން ދިޔައެވެ. ThesisItem ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟(Maldives National University, 2015-11-01) Ibrahim, Naadhira; ނާދިރާ އިބްރާހީމްދިވެހިންގެ އަމިއްލަ މާދަރީބަސް އޮއްވައި ޅަފަތުގައި ކުއްޖާއަށް އިތުރު ބަހެއް ދަސްކޮށްދެމުންދިއުމަކީ ޚާއްޞަކޮށް، އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެން ވާހަކަދައކަމުން ދިއުމަކީ މިއަދުގެ ދިވެހިމުޖުތަމަޢުގައި ޢާއްމުކަމެކެވެ. މާދަރީބަހުގެ މާޙައުލެއްގައި ބޮޑުވާ ތުއްތުކުއްޖަކާ ދެ ބަހުން މުއާމަލާތު ކުރުމަކީ އެ ކުދިންގެ ބަހުގެ ހުނަރުތަކަށް އަސަރުކޮށް، މަސްހުނި ބަހެއްގެގޮތުގައި މާދަރީބަސް ދަސްވާކަމެކެެވެ. ބައިލިންގުއަލް މުޖުތަމަޢުގައި ތުއްތުކުދިންނަށް ބަސްދަސްވާގޮތް ދެނެދަތުމުގެ ބޭނުމުގައި ކުރެވުނު މި ދިރާސާ ބިނާކޮށްފައިވާނީ ދެ ބަހުން ވާހަކަދެއްކުމުން ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރޭތޯ ނުވަތަ ބަސް ދަސްވަނީ ކިހިނެތްތޯ ބަލައި ބަހުގެ ޤާބިލްކަން ހުންނަގޮތް ދެނެގަތުމުގެ މައްޗަށެވެ. އެގޮތުން "އުމުރުން 5 އަހަރުން ދަށުގެ ކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟'' މި ސުވާލު ތަޙުލީލުކޮށް ދެނެގަތުމަށްް، މިކްސްޑް މެތަޑްގެ އެހީގައި ކޭސް ސްޓަޑީއެއްގެގޮތުގައި ކުރެވުނު މި ދިރާސާއަށް މަޢުލޫމާތު އެއްކުރީ ބަސްދީގަތުންތަކާއި ތަސްވީރުދޭހައިގެ ގޮތުގައި ދަރިވަރުންނާއެކު ކުރިއަށްގެންދެވުނު ވާހަކަތަކުގެ ރެކޯޑިންތަކާއި އޮބް×××ޒަރވޭޝަންތަކުގެ އެހީގައެވެ. ދިރާސާއިން ހާމަވި ކަންކަމުގެތެރޭގައި ޅަަފަތުގައި ކުއްޖާއާ ދެ ބަހުން މުއާމަލާތު ކުރުމުގެ ސަބަބުން ދެ ބަހުގެ ލަފުޒުތައް ލެކްސިކޯނުގައި ރައްކައުކުރެއްވި ޖުމްލަ ތަރުތީބު ކުރާއިރު ލަފްޒު ބޭނުންކުރެވޭ މިންވަރާއި ޢާއްމުކޮށް ވާހަކަދައްކާއިރު ބޭނުންކުރެވޭ ބަސްކޮށާރާއި މާދަރީބަސް އަދާކުރާ ދައުރުގެ އިތުރުން ބަހުގެ ހުނަރުތައް އަށަގެންފައިވާ މިންވަރުފަދަ ކަންކަން ފާހަގަކުރެވުނެވެ. އަދި ބެލެނިވެރިން ބަސްބޭނުންކުރާގޮތް މުހިންމު ދައުރެއް އަދާކުރާއިރު، ދެ ބަހުގެ މުޖުތަމްޢަކަށް ކުއްޖާ ހޭލުންތެރި ކުރުވިގެން ދިއުމަށް އެޅޭ ބާރަކަށް ދެ ބަހުން މުއާމަލާތު ކުރުން ހިމެނިގެންދާދިއުން ވެސް މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ހާމަވެގެން ދިޔައެވެ. އެހެންކަމުން މި ދިރާސާގެ ސަބަބުން ކުރިމަގުގައި ބެލެނިވެރިން، މާދަރީބަހަށް ހޭލުންތެރިވެ ބަސް ދަސްކޮށްދިނުމުގައި ބަހުގެ ހަމަތަކާއެއްގޮތަށް ބަސް ބޭނުންކުރުމަށް އެޅިގެންދާ ބާރަކަށް ވެގެންދާނެއެވެ. އަދި މާދަރީބަހާމެދު ދެކޭގޮތް ރަނގަޅުވެ ޒުވާން ޖީލު ބަހަށް ހޭލުންތެރިކުރެވި، މާދަރީބަހުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމުގައި ވެސް ފާހަކޮށްލެވެއެވެ.