Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
1 results
Search Results
ThesisItem ދެބަހުގެ އަހުލުވެރި، ދިވެހި ކުދިން ވާހަކަދައްކާއިރު މާދަރީބަހުގެ ޤަވާޢިދުގައި، ލަފުޒުތަކުގެ އަޑުތައް ތަރުތީބުކޮށް ބޭނުންކުރާ، އުޞޫލާ ފުށުއަރާގޮތަށް އަޑުތައް ބޭނުންކުރަމުންދޭ ހެއްޔެވެ؟ އަދި ފުށުއަރާނަމަ، ފުށުއަރަނީ ކޮންގޮތަކުން ހެއްޔެވެ؟ އަދި އަޑުތަކަށް ބަދަލުއައުމުގައި ދެވަނަ ބަހަށް އަހުލުވެރިވުން، ކުޅެދޭރޯލަކީ ކޮބާ ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Hassan, Majida; މާޖިދާ ޙަސަންމި ދިރާސާއަކީ އިނގިރޭސިބަހާއި ދިވެހިބަހަށް އަހުލުވެރި ކުދީންގެ ވާހަކަދެއްކުމުގައި، މާދަރީބަހުގެ އަޑުތަކާ، ފުށުއަރާގޮތަށް، އަޑުތައް ބޭނުން ކުރަމުންދޭތޯ ބެލުމަށާއި، ފުށުއަރާނަމަ ފުށުއަރަން މެދުވެރިވަނީ ކޮންގޮތަކުން، ކިހިނެއްކަން، ދެނެގަނެ، އަޑުތަކަށް ބަދަލު އައުމުގައި ދެވަނަ ބަހަށް އަހުލުވެރިވުން، ކުޅެދޭ ރޯލަކީ ކޮބައިތޯ ބެލުމުގެ ބޭނުމުގައި ކުރާ ދިރާސާއެކެވެ. މި ދިރާސާ ހެދީ ދެބަހުގެ އަހުލުވެރި 10 އިންފޯރމަންޓުންގެ ވާހަކަދެއްކުން އޮބްޒާރވްކޮށްގެން، ނެގި 100 ލަފުޒުގެ އަޑުތައް ފޮނޮޓިކް ގޮތުން ތަޙުލީލުކޮށްގެންނެވެ. އެގޮތުން، އަޑުތަކަށް ބަދަލު އައިސްފައިވާގޮތް ހޯދުމަށްޓަކައި ބަދަލު އައިސްފައިވާ ކޮންސަނަންޓް އަޑުތަކާއި ވަވަލްއަޑުތަކުގެ، ދެމެދުގައިހުރި ފޮނޮލޮޖިކަލް ގުޅުންތަކަށް ބަލައި، މިގުޅުންތަކުގެ ތެރެއިން އަޑަށް ބަދަލު އަންނަ ނަޒަރިއްޔާތުތަކާއި ގޮތްތަކަށް ރިޢާޔަތްކޮށް، މިއަޑުތަކަށް ބަދަލު އައިސްފައިވާގޮތް ހޯދާފައިވާނެއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، މާދަރީބަހުގެ އަޑުތަކަށް ބަދަލުތަކެއް އަންނަމުންދެއެވެ. އަދި މިބަދަލުތައް އައުމުގައި ކޮންމެވެސް ވަރަކަށް އިނގިރޭސިބަހުގެ އަޑުގެ ނުފޫޒުތައް ފޯރަމުންދާކަން ދިރާސާއިން އެނގިގެންދިޔައެވެ. އެގޮތުން، އިނގިރޭސިބަހުގެ ކޮންސަނަންޓް އަދި ވަވަލް އަޑުތައް ދިވެހިބަހުގެ އަޑުތަކާ އެކު، ބޭނުންކުރުމާއެކު މި ނޫން ބަދަލުތައް ގެނެސްގެން، ލަފުޒުތަކުގެ އަޑުތައް، ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ. އަދި ދެބަހުގެ އަޑުތައް މައްސުނިކޮށްގެން، ދެބަހުގެ ލަފުޒުތައްވެސް ކިޔާފައިވާކަން ފާހަގަކުރެވިގެންދިޔައެވެ. ވީމާ، މިދިރާސާއަކީ، މިހާރު ދިވެހިބަހުގެ އަޑުތަކަށް އަންނަމުންދަނީ ކޮންކަހަލަ ބަދަލުތަކެއްކަން، ދެނެގަތުމަށް، މި ދިރާސާ ގެ ބޭނުންތެރިކަން ބޮޑެވެ.
