Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
4 results
Search Results
ThesisItem ޙިތާނުކުރުމުގެ ޡަޤާފަތަށް އައިސްފައިވާ ބަދަލުތައް(Faculty of Arts, Maldives College of Higher Education, 2009-11-01) Habeeb, Hussain; ޙުސައިން ޙަބީބްމިއީ،ޙިތާނުކުރުމުގެ ޘަޤާފަތަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ހަދާފައިވާ ދިރާސާ އެކެވެ. ވުމާއެކު މި ދިރާސާ އަމާޒުކުރެވިފައި ވާނީ ދިވެހިރާއްޖޭގައި ފިރިހެންކުދިން ޙިތާނުކުރުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށެވެ. ހޯދި ހޯދުންތަކުން އެނގުނު އެއްކަމަކީ (ޙިތާނުކުރުމަކީ)،ދިވެހިންގެ ޘަޤާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމެވެ. އަދި ހަމައެހެންމެ ޙިތާނުކުރުމުގެ އާދަކާދައާ ޘަޤާފަތް ވަރަށް މުއްސަނދި ކަމެވެ. އެބައެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން، އެބަޔަކަށް ވެވުނުހާ ރަނގަޅަށް ޙިތާނުކުރުމުގެ ކަންތައްތައް ފުރިހަމަކުރުމަށް މުޅި މާލު ހޭދަކޮށްލާ ކަމެއްކަމެވެ. އަދި އާއިލީގޮތުން ގާތްތިމާގެ އެންމެންނާއި ރަޙުމަތްތެރިން ޙިތާނުކުރުމުގެ ހަފްލާގައި ބައިވެރިވެ، އިޖުތިމާޢީ ޢީދެއްގެ ގޮތުގައި އެކަން (ޙިތާނުކުރުމުގެ މުނާޟަބު) ފާހަގަކުރާކަމެވެ. ޙިތާނުކުރުމުގެ ކަންކަމަށް އަންނަމުންދާ ބަދަލާއެކު، ޙިތާނުކުރުމުގެ ތަކެއްޗާއި ކަންކަމުގައި ހިމެނޭ ބަސްކޮށާރަށް އަސަރު ފޯރާކަން ހޯދުންތަކުން އެނގިފައެވެ. އެއީ،ބައެއް ލަފުޒުތައް ބޭނުންކުރަން ނުޖެހުމުގެ ސަބަބުން ފަހުގެ ޖީލުތަކަށް އެފަދަ ލަފުޒުތައް ނޭންގުމާއި އާ ލަފުޒުތައް ދިވެހިބަހުގެ ބަސްކޮށާރަށް އިތުރުވުމެވެ. އެކަން ދިރާސާގެ ނަތީޖާއިން ހާމަވެއެވެ. ދިވެހި މުޖުތަމަޢުގައި ޙިތާނުކުރުމުގެ ކަންތައްތައް ނުވަތަ އާދަކާދައާއި ޘަޤާފަތް މައިގަނޑު ތިންމަރުހަލާއަކަށް ބަހާލެވެއެވެ. އެއީ ޙިތާނުކުރުމަށް ތައްޔާރުވުމާއި ޙިތާނުކުރުމާއި ޙިތާނުކުރުމުގެ މުނާޟަބު ފާހަގަ ކުރުމެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ދިވެހިންގެ ގާތް ގުޅުމާއި އިޖުތިމާޢީ ރޫޙާއި ކަންކަން ކުރުމުގައި ގެންގުޅޭ ދިވެހިވަންތަ ގޮތްތަށް ދައްކުވައިދެއެވެ. އަދި ޙާއްޟަކޮށް ޢާއިލީ ކުލުނާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އިތުރަށް ސަޤާފީ އެތަށް ކުޅިވަރުތަކެއް މިޙަރަކާތުން ދައްކުވައި ދީފައިވެއެވެ. ނަމަވެސް މިކަންކަންވެސް،މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މީގެއިތުރުން ފާހަގަކުރެވޭ އަނެއްކަމަކީ ޙިތާނުކުރުމުގައި ދިވެހިންގެ މާހައުލުން ލިބޭ ތަކެއްޗަށް ބޭނުންކުރުމުގެ ޘަޤާފަތެއް އެންމެ އިހުއެވޭލާ ޒަމާނުން ފެށިގެން މީލާދިން 21 ވަނަ ޤަރުނުގެ މެދަކާހަމައަށް އޮތްކަމެވެ. އެގޮތުން ޙިތާނުކުރެވޭ ކުދިން ބޭތިއްބުމަށް ތައްޔާރުކުރެވޭ "ތަން" ޒީނަތްތެރިކުރުމަށާއި ކެއިން ބުއިމުގެ ކަންކަމުގައި ބޭނުންކުރުމަށާއި ކުޅިވަރުކުޅުމަށާއި އެނޫންކަންކަމުގައިވެސް ބޭނުންކުރުމަށް ހޯދާތަކެތި (ގިނަތަކެތި) އަބަދުވެސް ހޯދަމުން އައިސްފައިވަނީ ދިވެހި މާހައުލުންނެވެ. އެހެންނަމަވެސް، އެކަންވެސް މިހާރުވަނީ މުޅިންހެން ބަދަލުވެފައެވެ. މިހުރިހާ ބަދަލުތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވެނީ، ޙިތާނުކުރުމުގައި އިސްވެ އުޅޭ މީހުންނަށާއި ބޭސްވެރިކަމަށް އައިސްފައިވާ ބަދަލުތަކެވެ. ނަތީޖާއަކަށް ވެފައިވަނީ، ޙިތާނުކުރުމުގެ މުޅި ޘަޤާފަތަށް އިންގިލާބެއް ގެނުވާފައި ވުމެވެ. އެހެންކަމަށް ވުމާއެކު، ޙަޤީޤަތަށް ދަނަނަވާނަމަ، މިއަދު ވަނީ ދިވެހިރާއްޖޭގައި ފިރިހެންކުދިން " ޙިތާނުކުރުމުގެ ޘަޤާފަތަށް ބަދަލުއައިސް" މުޅިން އާ މަރުހަލާއަކަށް ދަތުރުކޮށްފައެވެ. ދިވެހިންގެ ވިސްނުމާއި ޢިލްމީ ފެންވަރަށާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކުއެވެ. ThesisItem ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި!(Faculty of Arts, Maldives College of Higher Education, 2009-11-01) Ali, Hafeeza; ޙަފީޒާ ޢަލީ.މި ދިރާސާއަކީ ދިވެހި ރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ ކީއްވެގެންތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާއިން އެނގުނުގޮތުގައި އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިއުމުގައި އިނގިރޭސީން ބޭނުންވާ ސަބަބުތަކެއްވެސްވެއެވެ. އެހެންކަމުން މި ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ގޮސްފައިވަނީ އިނގިރޭސީންވެސް ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެންނަންބޭނުންވެފައިވީ ދަނޑިވަޅެއްގައި ދިވެހިން އެފުރުޞަތު ދިނުމުންކަމެވެ. ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ 16 ޑިސެމްބަރު 1887 ގައެވެ. ރާއްޖެ ޙިމާޔަތުގެ ދަށަށް ދިޔަ ދުވަސްވަރަކީ ދިވެހި ރަސްކަމުގެ ބޮޑުންގެ މެދުގައި ވަރަށް ހަމަނުޖެހުން ބޮޑު ދުވަސްވަރެކެވެ. ހަމަނުޖެހުން އެންމެ ބޮޑުވި ސަބަބަކީ ކަކާގެ ޢާއިލާގެ ބޭފުޅުންނާއި އަތިރީގޭ ޢާއިލާގެ ބޭފުޅުންގެ މެދުގައި އޮތް ވެރިކަމުގެ ބާރު ހޯދުމަށް ކުރި މަސައްކަތުންނެވެ. އެއްބަޔަކަށްވުރެ އަނެއްބަޔަކު ވެރިކަމާ ގާތްވުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވެގެން ދިޔައީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ވޯރާވިޔަފާރިވެރިންނަށް ވިއްކާލުމާއި ދިވެހިރާއްޖޭގައި ހިނގި ބޮޑުހުޅުގެ ޙާދިޘާ ހިނގަން މެދުވެރިވުމެވެ. މިކަމާ ގުޅިގެން ދިވެހިންނާއި ވޯރާ ވިޔަފާރިވެރިން އިނގިރޭސީންގެ އެހީ ހޯދިކަން ދިރާސާއިން އެނގުނެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރާ އެތައް ދުވަހެއްވަންދެން އޮތުމުގެ ސަބަބުން ދިވެހިންނަށް ކުރި އަސަރުތަކަކީ ކޮބައިތޯ ބެލި ބެލުމުން، އެނގުނީ ދިވެހިންނަށް ކުރި ފައިދާތަކަކާއި ގެއްލުންތަކެއްވެސްވާކަމެވެ. ހިމާޔަތުގެ ދަށުގައި އޮތުމަށްވުރެ ދިވެހިންނަށް ހުރިހާގޮތަކުންވެސް ރަނގަޅުވާނީ ފުރިހަމަ މިނިވަންކަން ލިބިގެންކަމަށް ދެކެ، މިނިވަންވުމަށް ދިވެހިން މަސައްކަތްތަކެއް ކުރިކަން ހޯދި ހޯދުމުން އެނގުނެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965ގައެވެ. ThesisItem ދިވެހިރާއްޖެ އިނގިރޭސީންގެ "ޚިމާޔަތުގެ ދަށަށް" ދިއުމަށް މުދުވެރިވީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2010-11-01) Nizar, Deena; ުދީނާ ނިޒާރމި ދިރާސާއަކީ ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވި ސަބަބުތަކެއް ހުރުމާއެކު އެސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ސަބަބުތަކެއްވެއެވެ. މީގެތެރޭގައި ޖޯގުރަފިކަލް ގޮތުން ރާއްޖެއޮތް ސަރަހައްދުގެ އިތުރުން އިނގިރޭސީންގެ އުޅަނދުތައް ރާއްޖޭގެ ފަރުތަކަށް އުރި އަޑިއަށް ދިއުމާއި ރާއްޖޭގެ ގިރިފަރުތައް ހުރިނެތްގޮތް ބަލާ، ރާއްޖޭގެ ޗާޓުކުރެހުމުގެ އިތުރުން ބޯޓްދެލި ސްޓޭޝަނެއް ގާއިމްކުރަން އުޅުނު އުޅުމަކީވެސް ސަބަބުތަކެކެވެ. މީގެއިތުތުންވެސް އަތިރީގެ ޢާއިލާއާއި ކަކާގެ ޢާއިލާގެ ކޯޅުންގަނޑުތެރެއިން ރާއްޖޭގައި ވޯރާވިޔަފާރިވެރިން ވަޒަންވެރި ކުރުމާއި ބޮޑުންގެ ތެރޭގައި އޮތް އިޝްޤީލޯބީގެ ފިތުނައިގެ އިތުރުން ބޮޑުހުޅުގެ ހާދިސާ ހިމެނެއެވެ. 1887 ވަނަ އަހަރުގެ ޑިސެމްބަރ16 ގައި، އިނގިރޭސީންގެ ހިމާޔަތުގެ އެގްރިމެންޓުގައި ރާއްޖެއިން ސޮއިކުރަންޖެހުނީ އެދުވަސްވަރު ރާއްޖޭގެ ބޮޑުންގެ މެދުގައި އޮތް ސިޔާސީ، ދާޚިލީ ހަމަނުޖެހުމެއްގައި މާލޭގެ އެކި ހިސާބުގައި ހުޅުޖަހައި އެތައްބަޔަކަށް ގެއްލުންވެ، ދިވެހީންގެ ބަޔަކު އިނގިރޭސީންނަށް އެފުރުޞަތު ދިނުމާ ގުޅިގެންނެވެ. މިގޮތުން އަތިރީގޭ އާއިލާއާއި ކަކާގޭ ޢާއިލާގެ މެދުގައި ސިޔާސީ ފިތުނަވެރިކަން އުފެދި، ވެރިކަމުގެ ދަހިވެތިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ހަމަނުޖެހުން އުފައްދަމުން ގެންދިޔައެވެ. މިކަމުގެ އާޚިރު ނަތީޖާއެއްގެ ގޮތުން މާލޭގައި ދިގުދެމިގެންދިޔަ އަލިފާނުގެ ހާދިސާތައް ހިނގިއެވެ، އެންމެފަހުން މިކަމުގައި ދިވެހިރާއްޖެ ބޮޑުންތަކެއް ބެދި، އިނގިރޭސީންގެ ހިމާޔަތަށް އެދެންޖެހުނެވެ. މި ދިރާސާއަކީ ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން ހެދިފައިވާ ހިސްޓޯރިކަލް ރިސާރޗެކެވެ. މިދިރާސާކުރިއަށް ގެންދިއައީ ރާއްޖޭން ލިބެންހުރި ޑޮކިއުމެންޓުތަކުންނާއި ރާއްޖޭގައި ތިއްބެވި ތާރީޚީ ބޭބޭފުޅުންގެ އިންޓަރވިއުތަކުގެ އަލީގައެވެ. ThesisItem ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރީ ހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2010-11-01) Nadhira, Ibrahim; ނާދިރާ އިބްރާހީމްމިދިރާސާއަކީ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ކަމުގައި ދިވެހިންގެ މެދުގައި ބުނެއުޅޭ ބުނުމަށް ތާރީޚީގޮތުން ފެންނަންހުރި ހެކިތައް ހޯދައި ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރިތޯ ނުވަތަ އެނޫން ގޮތަކުން ރާއްޖެ އެބައެއްގެ އަތްދަށަށް ދިޔައީތޯ ބެލުމަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާއިން އެނގުނު ގޮތުގައި ދިވެހިރާއްޖެ ދެފަހަރެއްގެމަތިން ބޭރުބައެއްގެ އަޅުވެތިކަމެއްގައި އޮތެވެ. އެންމެ ދިގުމުއްދަތަކަށް އޮތްކަމުގައިވަނީ ޕޯޗުގީޒު ބައެއްގެ އަޅުވެތިކަމުގައެވެ. ރާއްޖެ އަޅުވެތިކުރިކަމަށް ބުނެވޭ ޕޯޗުގީޒުންނަކީ ހުޅަނގު ޔޫރަޕުން ކަނޑުމަގުން ދަތުރުކުރަމުން އައިސް އިންޑިއާގެ ގޯއާގެ ބަނދަރުގައި ތިބި ނުފޫޒުގަދަ ބައެއްކަމުގައި ދިރާސާއިން އެނގެއެވެ. މިބައިމީހުންނަށް ރާއްޖެއަށް ނުފޫޒު ފޯރުވިގެން ދިޔައީ ރާއްޖޭގެ ރަސްކަން ދޫކުރައްވައި ގޯއާއަށް ވަޑައިގެން ނަޞާރާދީން ޚިޔާރުކުރެއްވި 9 ވަނަ ޙަސަން ރަސްގެފާނުގެ ހިތްޕުޅުގައިވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން އެރަދުން ޕޯޗުގީޒުންގެ އެހީތެރިކަން ހޯއްދަވައިގެން ރާއްޖޭގެ ރަސްކަން އަތުލެއްވުމަށް ކުރެއްވި މަސައްކަތްޕުޅުންނާއި ޕޯޗުޤީޒުންވެސް ދިވެހިރާއްޖެއަށް ބޭނުންވެފައި ތިބުމުން، އެކަން އެގޮތަށް ވެގެން ދިޔައީކަން އެނގެއެވެ. ޕޯޗުޤީޒުން 1 ޝަޢުބާން 965 ން ފެށިގެން 1 ރަބީއުލްއައްވަލް 981 ށް (15 އަހަރާއި 7 މަސް ދުވަސްވަންދެން) ރާއްޖެ އިސްތިޢުމާރުކޮށް އަޅުވެތިކޮށްގެން ތިބިކަމުގައި ހޯދުންތަކުން އެނގުނެވެ. ޕޯޗުޤީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކޮށްދެވުމުގެ އަގުހުރި ޖިހާދެއްކުރެއްވީ ދިވެހިންގެތެރެއިން އުފެދުނު ހިތްވަރުގަދަ ދިވެހިދަރިއެއްކަން އެނގެއެވެ. ޕޯޗުޤީޒުންގެ އަޅުވެތިކަމުގައި، ރާއްޖޭގެ މީހުން އުޅެފައިވާކަމުގެ ހެކިތައް ރާއްޖޭގެ ކަންކޮޅުތަކުގައި ފެންނަންހުރި ކަމުގައި ދިރާސާއިން އެނގިގެން ދިޔައެވެ.