Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 5 of 5
  • Thumbnail Image
    Item
    Thesis
    މަސައްކަތުގެ މާހައުލުން ލިބޭ ބަހުގެގޯނާތަކުގެ ސަބަބުން ދޭސީ މުދަރިސުންނަށް ކުރާ އަސަރު
    (Faculty of Arts, Maldives National University, 2015-11-01) Azraa, Aishath; އައިޝަތު އަޒްރާ
    މި ދިރާސާއަކީ މަސައްކަތުގެ މާހައުލުގައި ލިބޭ ބަހުގެ ގޯނާ ތަކުގެ ސަބަބުން ދޭސީ ޓިޗަރުންނަށް ކުރާ އަސަރު ހޯދުމަށް ހެދިފައިވާ ދިރާސާއެކެވެ. އެހެނީ ދިވެހި މުޖުތަމައުގައި ބަހުގެ ހަމަލަތަކަކީ މިހާރު އާއްމުކަމަކަށް ވެއްޖެއެވެ. މިޢި ފެންނަން ހުންނަ ސާބިތުކުރެވޭ މައްސަލައެއްނޫނެވެ. މިފަދަ ބަހުގެގޯނާތައް ރައްދުވާ ބައެއްގެގޮތުގައި ސްކީލްތަކުގައި މަސައްކަތްކުރާ މަދަރިސުންވެސް ހިމެނެއެވެ. އެހެނީ އެބައިމީހުން ވެސް މަސައްކަތުގެ މާހައުލުގައި ދަރިވަރުންނާ ބެލެނިވެރިންނާ އިސް ވެރިންނާއި އެކުގައި މަސައްކަތްކުރާ ފަރާތްތަކާ މުއާމަލާތު ކުރެއެވެ. މިއީ މި މުއާމަލާތްތަކުގެ ތެރެއިން އުފެދޭ މައްސަލައެކެވެ. އަދި މިއީ މި ދިވެހި މުޖުތަމައުގައި އަޅާނުލާ ދޫކޮށްލެވިފައިވާ މައްސަލައެކެވެ. މި ދިރާސާ އަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ އެއް ސުކޫލަކަށް އަމާޒުކޮށްގެން ކޭސް ސްޓަރޑީއެއްގެ ގޮތުގައި މުދަރިސުންނަށް ކުރިމަތިވާ ބަހުގެގޯނާތަކާއި އޭގެ އަސަރު ހިދުމަށް ހެދިފައިވާ ދިރާސާއެކެވެ. މި ދިރާސާއަށް ޑޭޓާ އެއްކުރުމަށް ބޭނުންކުރެވުނީ ސްޓްރަކްޗަރޑް ސާރވޭފޯމަކާއި، ސެމީ ސްޓްރަކްޗަރޑް އިންޓަރވިއު ކަރުދާހެވެ. މިގޮތުން މި ދިރާސާގެ ބައިވެރިންގެ ގޮތުގައި ހިމަނާފައުވަނީ ދިރާސާ ގެ ކޭސް ސުކޫލް ގެ 55 ޓިޗަރުން ނެވެ. އެގޮތުން ސާމްޕަލް ނެގީ މުޅި ޓާގެޓް ޕޮޕިއުލޭޝަން އެއްކޮށް ހިމެނޭގޮތަށެވެ. އެއީ ސުކޫލްގެ ހުރިހާ ދޭސީ ޓިޗަރުން ހިމަނައިގެންނެވެ. އޭގެތެރެއިން ސާރވޭދައި ބައިވެރިވީ 50 ޓީޗަރުންނެވެ. އަދި އިންޓަރވިއުގައި ބައިވެރިވީ 5 ޓިޗަރުންނެވެ. އިންޓަރވިއުތަކުން ލިބުނު ނަތީޖާ ސާފުކުރީ ޓްރާންސްކޮރައިބްކޮށް ކޯޑްކޮށްގެންނެވެ. އަދި ސާރވޭގެ ނަތީޖާ ސާފުކުރީ އެކްސެލް ޝީޓގައި ޗާޓްހަދައިގެންނެވެ. އެގޮތުން މި ދިރާސާގެ ނަތީޖާ އިން ހާމަވަނީ މުދަރިސުންނަށް ހުތުރުނަން ނަމުން މުޙާތަބުކުރުމާ، އިންޒާރުދިނުމާ، ބޭ އަދަބީ ބަސްތަކުން ބަހުގެ ގޯނާތައް ރައްދުވެފައި ވާކަމެވެ. ހަމައެއާއެކު މި ގޯނާތައް ދަރިވަރުން، ބެލެނިވެރިން، އެކުގައި މަސައްކަތްކުރާ މުވައްޒަފުން އަދި އިސްވެރިންގެ ފަރާތުން ލިބިފައި ވެއެވެ. ހަމައެހެންމެ މި ގޯނާތައް ރައްދުވެފައިވަނީ ހޭލުންތެރިކަން ކުޑަވުމާއި، ޒާތީ ހަސަދަ އާއި، އެކަކަށް ލިބޭ ކުރިއެރުން ބަލައިނުގަތުމާއި އިހްތިރާމް ކުޑަވުމުން ކަން ފާހަގަކުރެވުނެވެ. މަސައްކަތުގެ މާހައުލުން މުދަރިސުންނަށް ލިބިފައިވާ ބަހުގެ ގޯނާތަކުގެ ސަބަބުން ފާހަގަކޮށްލެވޭ ގޮތެއްގައި ކޮށްފައިވާ އަސަރަކީ ދެރަވުމެވެ. އަދި މި ގޯނާތަކުން ސަލާމަތްވުމަށް ނުވަތަ މި ގޯނާތަކުން ކުރާ އަސަރު ކުޑަކުރުމަށް ބަހުގެ ގޯނާތައް ކަމާބެހޭ ފަރާތައް އެންގުމާ، ހިއްސާ ކުރުމާއި އެ ގޯނާތަކާމެދު މަޝްވަރާކުރުމަކީ ކުރެވިދާނެ ކަންކަން ކަމުގައި ފާހަގަކުރެވުނެވެ.
  • Thumbnail Image
    Item
    Thesis
    (ދިވެހި ބަހުގެ ލަފުޒުގެ ޢިލުމުގެ ތެރެއިން ލަފުޒު ފުރޮޅުން (ޑެރިވޭޝަން
    (Maldives National University, 2014-06-01) Afeef, Azeeza; ޢަޒީޒާ ޢަފީފު
    މި ދިރާސާގެ ސުރުޙީއަކީ "ދިވެހި ބަހުގެ ލަފުޒުގެ ޢިލްމުގެ ތެރެއިން ލަފުޒު ފުރޮޅުން (ޑެރިވޭޝަން) މިއެވެ. މި ދިރާސާގައި ޖަވާބު ހޯދަން މަސައްކަތްކުރި މައިގަނޑު ސުވާލަކީ ދިވެހިބަހުގައި ލަފުޒު ފުރޮޅިގެންދަނީ ކޮން ގޮތަކަށް ކިހިނެއްކަމާއި ލަފުޒު ފުރޮޅިގެން ދާއިރު އަންނަ ބަދަލުތަކަކީ ކޮބައި ކަމެވެ. ދިވެހި ބަހުގެ ލަފުޒުގެ ޢިލްމާ ބެހޭ މަޢުލޫމާތަކީ ދިވެހި ބަހުގެ މައިގަނޑު ބައިތައް (ލެކްސިކަލް ކެޓަގަރީތައް) ކަނޑައަޅައި ދެނެގަތުމަށް ކޮންމެހެން ބޭނުންވާ މުހިންމު މަޢުލޫމާތުތަކެކެވެ. މިހާރު ދިވެހި ބަހުގެ އެކަށައަޅާ ޤަވައިދުގައި ހުރި ފުށުއެރުންތައް ހައްލުކުރެވޭނީ މިފަދަ ދިރާސާތައް ކުރެވިގެން ކަމަށް ވާތީ މިއީ މުހިންމު ދިރާސާއެއް ކަމުގައި ބެލެވެއެވެ. މި ދިރާސާ ހެދީ ކޯޕަސް ލިންގުއިސްޓިކްސްގެ އެހީގައި މިކްސްޑް މެތަޑް ބޭނުންކޮށްގެންނެވެ. ދިވެހި ބަހަށް ޙާއްޞަ ކޯޕަސްއެއް ތައްޔާރުކުރެވިފައި ނެތުމާއެކު، މި ދިރާސާ ހަދާފައި މިވަނީ އެއްލައްކަ ލަފުޒުގެ ކޯޕަސްއެއް އަމިއްލައަށް ތައްޔާރުކޮށް، އެއިން ޑާޓާ އެއްކޮށްގެންނެވެ. މި ދިރާސާގައި ދިވެހި ބަހުގެ 17 މޯފިމެއް ތަޙުލީލުކުރީމެވެ. މޯފީމިތައް ފާހަގަކުރީ ލިޓްރެޗަރއިންނާއި ކޯޕަސް ދިރާސާ ކުރުމުގެ ތެރެއިންނެވެ. ތަޙުލީލުކުމަށް ކަނޑައެޅި މޯފީމުތައް ބޭނުންކުރެވިފައިވާ، 2152 ހާލަތު ކޯޕަސްއިން ފާހަގަކުރީމެވެ. މިކަން ކުރި މައިކްރޯ ސޮފްޓް ވާރޑުގެ އެހީގައި މެނުއަލްކޮށް (ވަކިވަކިން ގުނަމުން) ސިސްޓަމެޓިކް ރެންޑަން ސާމްޕަލިން ނަގައިގެންނެވެ. މޯފީމުތައް ތަހުލީލުކުރީ މައިކްރޯ ސޮފްޓް އެކްސެލްގެ އެހީގައި، ކޯޑުތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ނެރުނީ "ނޭޓިވް ސްޕީކަރ އިންޓަރވެންޝަން" ދިރާސާވެރިއާއަށް ލިބިފައިވާ މާދަރީ ބަހުގެ ޤާބިލުކަން ބޭނުންކޮށްގެންނެވެ. ކޯޕަސް ބޭނުންކޮށްފައި ވާތީ، މޯފިމުތަކާ ބޭހޭ ވަރަށް ގިނަ މައުލޫމާތު ހާމަވިއެވެ. މީގެ ތެރެއިން ބަހުސް ކުރިއަށް ގެންދިޔުމުގައި ބޮޑަށް އަމާޒުކޮށްފައިވާނީ ޑެރިވޭޝަންއާ ސިދާ ގުޅުންހުރި ބައިތަކުގެ މައްޗަށެވެ. ބަހުސް ކުރިއަށް ގެންދިއުމުގައި ބޮޑަށް ބޭނުން ކޮށްފައިވަނީ ކޮލިޓޭޓިވް ޑާޓާއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ކޮންޓިޓޭވް ޑާޓާގެ ބޭނުން ވެސް ހިފާމެވެ. މި ދިރާސާ ނިމުނު އިރު، ތަހުލީލުކުރެވުނު މޯފީމުތަކުގެ ތެރެއިން ޑެރިވޭޝަން ކަމަށް ބެލެވޭ މޯފީމުތަކަކީ ކޮބައިކަމާއި، އަދި އެ މޯފީމުތަކަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް ބޭނުންކުރެވޭ މޯފީމުތަކެއްކަން ހާމަވިއެވެ. ވީމަ، ބަހުގެ މޯފޮލޮޖީގެ ތަޢައްޤދިކަން ފާހަގަކުރެވުނެވެ.
  • Thumbnail Image
    Item
    Thesis
    ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމު ކުރުމުގައި ބަހުގެ ދައުރު"
    (Maldives National University, 2015-02-01) Ibrahim, Aminath; އާމިނަތު އިބްރާހިމް
    މިދިރާސާއަކީ "ޕޮލިޓިކަލް އައިޑެންޓިޓި" ޤާއިމުކުރުމުގައި ބަހުގެ ދައުރު ދެނެގަތުމަށް ކުރެވިފައިވާ ދިރާސާއެކެވެ. މިއީ ކޮލިޓޭޓިވް އެޕްރޯޗެއްގެ މައްޗަށް ކޭސް ސްޓަޑީ މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ޑޮކިޔުމެންޓް އެނިލިސިސް އެކެވެ. މިގޮތުން ދިރާސާގައި ކޭސް ސްޓަޑީ އެއްގެ ގޮތުގައި ބަލައިފައިވަނީ (11 ނޮވެމްބަރ 2008 ން 7 ފެބުރުއަރީ 2012) އަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި ގ. ކެނެރީގެ މުޙަންމަދު ނަޝީދުގެ "ޕޮލިޓިކަލް އައިޑެންޓިޓީ" ނުވަތަ ސިޔާސީ ކާކުވަންތަކަން ޤާއިމު ކުރުމުގައި ބަހުގެ ދައުރެވެ. ދިރާސާ ކުރުމުގައި ޕްރައިމަރީ ސޯސް ގޮތުގައި ބެލިފައިވަނީ ރައީސް މުޙަންމަދު ނަޝީދުގެ ސިޔާސީ ޙަޔާތުގެ ތެރެއިން 10 ތަޤްރީރެވެ. "ޕޮލިޓިކަލް އައިޑެންޓިޓީ" ޤާއިމު ކުރުމުގައި ބަހުގެ ދައުރު ދެނެގަތުމަށް ބޭނުންކުރެވިފައިވާ ތަޤްރީރުތައް ދިރާސާ ކުރުމުގައި މައިގަނޑު ތިން ތިއަރީއެއް ބޭނުންކޮށްފައި ވާނެއެވެ. އެއީ "އައިޑެންޓިޓީ އެންޑެންޓިޓީ އެންޑް ސޯޝަލް އައިޑެންޓިޓީ ތިއަރީ"، ލީޑާރޝިޕް އާއި ޕޮލިޓިކަލް އައިޑެންޓިކަލް އައިޑެންޓީޓި ތިޔަރީ، އަދި ޕްރެގްމެޓިކްސް ތިޔަރީ" އެވެ. ދިރަސާ ކުރުމަށްޓަކައި، މި ތިއަރީ ތަކުގެ އަލީގައި ކުރެވުނު "ލިޓްރޭޗާރ ރިވިއު" އިން ތީމު ތަކެއް ފާހަގަ ކުރުމަށްފަހު، އެ ތީމު ތަކުގެ އަލީގައި، ރައީސް މުޙައްމަދު ނަޝީދު ގެ ތަޤްރީރުތައް ދިރާސާ ކުރީއެވެ. މިގޮތުން ދިރާސާކުރުމަށްޓަކައި، ކުރެވެނު "ލިޓްރޭޗަރ ރިވިއު" އިން ފާހަގަ ކުރެވިފައިވާ (ހަތް ތީމު) ހަތް ގޮތަށް ރާއިސް މުޙައްމަދު ނަޝީދު ބަސް ބޭނުންކުރައްވައިފައިވާކަން، ދިރާސާ ކުރެވުނު 10 ތަޤްރީރުންވަނީ ހާމަވެފައެވެ. މި ހަތް ތީމަކީ: 1. ދައްކާވާހަކަ ފަސްމަގާ (މާޒީ)ގުޅުވާލިން. 2. ދެމާނަ ނެގޭގޮތަށް ބަސް ބޭނުންކުރުން. 3. ބަހުގެ އިހުގެ އޮނިގަނޑުގައިހުރި ބައެއް ކަންކަން އިއާދަކުރުން. 4. ދައްކާ ވާހަކައިގެ ވަކިބަޔަކަށް ސަމާލު ކުރުވުމަށް އެއް ލަފުޒެއް ތަކުރާރުކުރުން. 5. ދައްކާވާހަކައިގެ ވަކިބަޔަކަށް ސަމާލުކުރުވުމަށް އެއްމާނަދޭހަވާ ތަފާތު ލަފުޒުތައް ތަކުރާރުކުރުން. 6. ސިޔާސީ ބަސްކޮށާރު"ކޮންސެޕްޓް، ސްލޯގަން" ތައް އުފެއްދުން. 7. "އިއިޑެންޓިޓީ" ކާކުވަންތަކަމާއި، އަދި ނިސްބަތްވާ ޕާޓީގެ ބާރުގަދަކުރުން. ދިރާސާ ނިންމައިލުމުގައި، މިދާއިރާއިން އިތުރަށް ކުރެވިދާނެ ދިރާސާތަކަށް އަލިއަޅުވައި ލެވިފައިވާނެއެވެ.
  • Thumbnail Image
    Item
    Thesis
    ލިޔުންެތެރިކަމުގެ ޙަރަކާތްތައް ރާވަން ވަގުތު ދިނުމުން، ދިވެހިބަސް ކިޔަވާ ސާނަވީ ދަރިވަރުންގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިހެއްޔެވެ؟
    (Maldives National University, 2014-01-01) Zidhna, Aishath; އައިޝަތު ޒިދުނާ
    ސާނަވީ ދަރިވަރުންނަކީ ލިޔުންތެރިކަމުގެ ގޮތުން މަޒުމޫނާއި ވާހަކަ ފަދަ އެކި ރޯންރާތައް ލިޔަން ދަސްކުރާ ދަރިވަރުންނެވެ. މި ދަރިވަރުންނަށް ލިޔުންތެރިކަމުގެ ގޮތުން ލިޔުމަށް ދެވޭ ފުރުޞަތުތަކުގައި ލިޔުންތެރިކަމުގެ ގޮތުން ލިޔުމަށް ދެވޭ ފުރުޞަތުތަކުގައި ލިޔުންތެރިކަމުގެ ހުނަރުތައް ކުރިއެރޔވުމަށް އުނގަންނައިދޭ ފަރާތްތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މި ހުނަރު ފޯރުކޮށް ދެވެނީ އެންމެ އެކަށޭނަ ގޮތުގައިތޯ ބެލުން މުހިންމެވެ. އެގޮތުން މި ދިރާސާ ޙާއްޞަކޮށްފައި ވަނީ ކިލާސްރޫމްތަކުގައި ލިޔުންތެރިކަމުގެ ގޮތުން ދަރިވަރުން ލިޔާ މަޒުމޫނު ފަދަ ލިޔުންތައް ލިޔުމުގެ ކުރިން އެލިޔުމެއް ލިޔާނެ ގޮތާ މެދު ރޭވުމަށްޓަކައި ދަރިވަރުންނަށް ވަގުތު ދިނުމުން، ދަރިވަރުންގެ މާދަބަހުގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިތޯ ދެނެގަތުމަށެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ސާނަވީއަށް ދިވެހިބަސް ލިޔަވާ ދަރިވަރުންނަށް ވަގުތު ދިނުމުން، ދަރިވަރުންގެ މާދަރީބަހުގެ ލިޔުންތެރިކަމުގެ ހުނަރަށް އަންނަ ބަދަލަކީ ކޮބައިތޯ ދެނެގަތުމަށެވެ. މިގޮތުން މި ދިރާސާ އަމާޒުކޮށްފައިވަނީ ސާނަވީއަށް ދިވެހިބަސް ކިޔަވާ ދަރިވަރުންނަށް ކަމަށް ވަތީ، ދިރާސާގައި ބައިވެރިކޮށްފައިވަނީ އޭގެތެރެއިން 20 ދަރިވަރުންވެ. އެކްސްޕެރިމެންޓަލް ޑިޒައިންސްގެ ޕޯސްޓްޓެސްޓް އޮންލީ ކޮންޓްރޯލް ގްރޫޕް ޑިޒައިން ބޭނުންކޮށްގެން ކުރި މި ދިރާސާއިން، ރޭވުމަށް ވަގުތު ލިބިގެންނާއި ރޭވުމަށް ވަގުތު ނުލިބި، މި ދަރިވަރުން ހެދި ގެ ޕޯސްޓްޓެސްޓުގައި މަޒުމޫނު ލިޔެގެން ލިޔުންތެރިކަމުގރ ތަފާތާއި އައިސްފައިވާ ބަދަލުތައް ހޯދިފައިވެއެވެ. މިގޮތުން ރޭވުމަށް ވަގުތު ނުލިބި ދަރިވަރުން ލިޔުނު މަޒުމޫންތަކަށް ވުރެ ރޭވުމަށް ވަގުތު ލިބިގެން ލިޔުނު މަޒުމޫނުތަކުގެ ލިޔުންތެރިކަން މާ ބޮޑު ތަން ރަނގަޅުވެފައިވާކަން މި ދިރާސާއިން ހޯދިފައި ވެއެވެ. މިކަން މި ދިރާސާގެ ޕެއަރޑް ސާމްޕަލް ޑިސްކްރިޕްޓިވް ޓެސްޓްތަކުންނާއި ޓީޓެސްޓްތަކުންގެ ނަތީޖާއިން ވަނީ ކަށަވަރުވެފައެވެ. އެގޮތުން ލިޔުންތެރިކަމުގައި އެސް. އެސް.ސީ އިންތިހާނުގައި ވަޒަންކުރާ ރުބްރިކްތަކުގައި ހިމެނޭ ހުރިހާ ބައަކަށް ބެލި ބެލުމުން، ޓެސްޓުކުރި ވޭރިއޭބަލްތަކުގެ މެދުގައި ސްޓްރޯންގ ސިންނިފިކަންޓް ގުޅުން ވާކަން ފާހަގަކޮށްލަމެވެ. މި ހޯދުންތަކަށް ބުރަވާ އިރު، ރޭވުމަށް ވަގުތު ނުދީ ދަރިވަރުން ލައްވާ ލިޔުންތެރިކަމުގެ މަސައްކަތް ކުރުވާނަމަ، ލިޔުންތެރިކަމުގެ ހުނަރު ކުރިއަށް ދިޔުމުގައި ހުރަސްތަކަކާ ކުރިމަތިވެ، އޭގެ އަސަރު މުޅި ލިޔުންތެރިކަމަށް ކޮށްފާނެއެވެ. އެހެންކަމުން މިއީ މިއަދު ލިޔުންތެރިކމަގެ ކިލާސްތައް ކުރިއަށް ގެންދާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ހައްލުކުރެވިދާނެ މުހިންމު ކަމެކެވެ.