Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 1 of 1
  • Thumbnail Image
    Item
    Thesis
    މެދުމަދުރަސީ ދަރިވަރުން މާދަރީބަސް ދަސްކުރުމަށް ލިޔާލިޔުންތަކުގައި އާއްމުކޮށް ހަދާ ކުށްތައްކަކީ ކޮބާ؟ އަދި އެކުށްތައް ހެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟
    (Faculty of Arts, Maldives College of Higher Education, 2010-11-01) Shifna, Khadeeja; ޚަދީޖާ ޝިފްނާ
    ބަސް ދަސްކުރަމުންދާއިރު ހެދޭ ބަހުގެ ޤަވާޢިދު ކުށްތަކަކީ މުޅިން ފުރިހަމަކުރެވޭނެ ކުށްތަކެއް ނޫނެވެ. އެހެން އެވަނީ، ޤަވާޢިދު ބަހުގެ ޤަވާޢިދު ދަސްކުރަމުންދަނީ ޤަވާޢިދު ކުށްތައް ހިމެނޭ މާޙައުލެއްގައިވާތީއެވެ. އެހެންނަމަވެސް، ބަހުގެ ޤަަވާޢިދު ބިނާވެފައިވަނީ ބަހުގެ ހަމަތަކުގެ މައްޗަށްކަމަށްވީތީ، ޤަވާޢިދަކީ ބަހަށް ވަރަށް މުހިންމު އެއްޗެކެވެ. ދިރާސާކުރާފަރާތުން މެދުމަދުރަސީ ތަޢުލީމު ނިންމާ ދަރިވަރުންގެ ލިޔުމުގައި ހަދާފައިހުންނަ ކުށްތައް ދިރާސާކުރީ، މުސްތަޤުބަލުގައި ސާނަވީ އިމްތިޙާނުގައި ބައިވެރިވެ، މުޖުތަމަޢުގެ ތަފާތު ދާއިރާތަކުގައި ޤައުމު ތަމްސީލުކުރަން އުޅޭނީ އެފަދަ ދަރިވަރުންކަމަށްވީމައެވެ. ދިރާސާކުރާފަރާތުން އެނަލައިޒްކުރީ ދަރިވަރުން އާންމުކޮށް ހަދާ ބަހުގެ ޤަވާޢިދު ކުށް ހިމެނޭ ލިންގުއިސްޓިކް ކެޓަގަރީއާއި އެ ކެޓަގަރީގައިވާ ކުށް ދަރިވަރުން ހަދާފައިވާ ގޮތެވެ. އެގޮތުން ކުށްތައް ތަހުލީލުކުރުމަށް ބޭނުންކުރީ Surface strategy taxonomy އެވެ. މި ޓެކްސޮނޮމީގެ އެހީގައި އެނަލިސިސްހެދީ ކޮންމެ ލިޔުމެއްގައިވާ ޖުމްލަތަކުގައިވާ ޤަވާޢިދުކުށް ފާހަގަކުރުމަށްފަހު، ތާވަލެއްގައި ކުށުގެ ބާވަތާއި ޖުމްލައިގެ ރަނގަޅުގޮތް ލިޔެގެންނެވެ. އެނަލިސިސް ނިމުނުއިރު ދަރިވަރުން އެންމެ އާންމުކޮށް ހަދަނީ އަކުރާއި ޒަމާން އަދި ޖުމްލައިގެ އިތުރުން ލިޔެކިޔުމުގެ ނިޝާން ބޭނުންކުރުމުގެ ކުށްކަމަށް ސާބިތުވިއެވެ. މިފަދަ ކުށްތައް ހެދުމުގައި ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން މުޖުތަމައުވެސް އިހުމާލުވެފައިވާކަން ހާމަވިއެވެ. އަދި ދިރާސާގެ ނިންމުމުން ހާމަވީ، މެދުމަދުރަސީ ތަޢުލީމު ނިންމާ ދަރިވަރުންގެ ލިޔުންތަކުގައި ޤަވާޢިދުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްކަމާއި، ދަރިވަރުން ބަހުގެ ޤަވާޢިދަށް ހޭލުންތެރިވެފައިވާ މިންވަރުވެސް ވަރަށް ކުޑަކަމަވެ.