Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 2 of 2
  • Thumbnail Image
    Item
    Thesis
    ޢުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟
    (Maldives National University, 2015-11-01) Ibrahim, Naadhira; ނާދިރާ އިބްރާހީމް
    ދިވެހިންގެ އަމިއްލަ މާދަރީބަސް އޮއްވައި ޅަފަތުގައި ކުއްޖާއަށް އިތުރު ބަހެއް ދަސްކޮށްދެމުންދިއުމަކީ ޚާއްޞަކޮށް، އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެން ވާހަކަދައކަމުން ދިއުމަކީ މިއަދުގެ ދިވެހިމުޖުތަމަޢުގައި ޢާއްމުކަމެކެވެ. މާދަރީބަހުގެ މާޙައުލެއްގައި ބޮޑުވާ ތުއްތުކުއްޖަކާ ދެ ބަހުން މުއާމަލާތު ކުރުމަކީ އެ ކުދިންގެ ބަހުގެ ހުނަރުތަކަށް އަސަރުކޮށް، މަސްހުނި ބަހެއްގެގޮތުގައި މާދަރީބަސް ދަސްވާކަމެކެެވެ. ބައިލިންގުއަލް މުޖުތަމަޢުގައި ތުއްތުކުދިންނަށް ބަސްދަސްވާގޮތް ދެނެދަތުމުގެ ބޭނުމުގައި ކުރެވުނު މި ދިރާސާ ބިނާކޮށްފައިވާނީ ދެ ބަހުން ވާހަކަދެއްކުމުން ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރޭތޯ ނުވަތަ ބަސް ދަސްވަނީ ކިހިނެތްތޯ ބަލައި ބަހުގެ ޤާބިލްކަން ހުންނަގޮތް ދެނެގަތުމުގެ މައްޗަށެވެ. އެގޮތުން "އުމުރުން 5 އަހަރުން ދަށުގެ ކުދިންނާ ދެ ބަހުން ވާހަކަ ދެއްކުމަކީ އެ ކުދިންގެ ބަހުގެ ހުނަރަށް އަސަރުކުރާ ކަމެއް ހެއްޔެވެ؟'' މި ސުވާލު ތަޙުލީލުކޮށް ދެނެގަތުމަށްް، މިކްސްޑް މެތަޑްގެ އެހީގައި ކޭސް ސްޓަޑީއެއްގެގޮތުގައި ކުރެވުނު މި ދިރާސާއަށް މަޢުލޫމާތު އެއްކުރީ ބަސްދީގަތުންތަކާއި ތަސްވީރުދޭހައިގެ ގޮތުގައި ދަރިވަރުންނާއެކު ކުރިއަށްގެންދެވުނު ވާހަކަތަކުގެ ރެކޯޑިންތަކާއި އޮބް×××ޒަރވޭޝަންތަކުގެ އެހީގައެވެ. ދިރާސާއިން ހާމަވި ކަންކަމުގެތެރޭގައި ޅަަފަތުގައި ކުއްޖާއާ ދެ ބަހުން މުއާމަލާތު ކުރުމުގެ ސަބަބުން ދެ ބަހުގެ ލަފުޒުތައް ލެކްސިކޯނުގައި ރައްކައުކުރެއްވި ޖުމްލަ ތަރުތީބު ކުރާއިރު ލަފްޒު ބޭނުންކުރެވޭ މިންވަރާއި ޢާއްމުކޮށް ވާހަކަދައްކާއިރު ބޭނުންކުރެވޭ ބަސްކޮށާރާއި މާދަރީބަސް އަދާކުރާ ދައުރުގެ އިތުރުން ބަހުގެ ހުނަރުތައް އަށަގެންފައިވާ މިންވަރުފަދަ ކަންކަން ފާހަގަކުރެވުނެވެ. އަދި ބެލެނިވެރިން ބަސްބޭނުންކުރާގޮތް މުހިންމު ދައުރެއް އަދާކުރާއިރު، ދެ ބަހުގެ މުޖުތަމްޢަކަށް ކުއްޖާ ހޭލުންތެރި ކުރުވިގެން ދިއުމަށް އެޅޭ ބާރަކަށް ދެ ބަހުން މުއާމަލާތު ކުރުން ހިމެނިގެންދާދިއުން ވެސް މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ހާމަވެގެން ދިޔައެވެ. އެހެންކަމުން މި ދިރާސާގެ ސަބަބުން ކުރިމަގުގައި ބެލެނިވެރިން، މާދަރީބަހަށް ހޭލުންތެރިވެ ބަސް ދަސްކޮށްދިނުމުގައި ބަހުގެ ހަމަތަކާއެއްގޮތަށް ބަސް ބޭނުންކުރުމަށް އެޅިގެންދާ ބާރަކަށް ވެގެންދާނެއެވެ. އަދި މާދަރީބަހާމެދު ދެކޭގޮތް ރަނގަޅުވެ ޒުވާން ޖީލު ބަހަށް ހޭލުންތެރިކުރެވި، މާދަރީބަހުގެ ކުރިމަގު އުޖާލާވެގެންދާނެ ކަމުގައި ވެސް ފާހަކޮށްލެވެއެވެ.
  • Thumbnail Image
    Item
    Article
    ވާހަކަ ދެއްކުމުގައި ބަސް މަސްހުނިކުރުން : ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުން ދިވެހިބަހުން ވާހަކަދައްކަމުން ދާއިރު، ދިވެހިބަހާއި އިނގިރޭސި ބަސް މަސްހުނި ކުރާގޮތުގެ ދިރާސާ
    (Maldives National University, 2014-06-01) Afeef, Hameeza; ހަމީޒާ އަފީފު
    މި ދިރާސާއަކީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ދިވެހިބަހުން ވާހަކަދައްކަމުން ގެންދާއިރު ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނިކުރާގޮތް ދެނެގަތުމަށްޓަކއި ކުރެވުނު ދިރާސާއެކެވެ. މި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުން ދިވެހިބަހުން ވާހަކަދައްކާއިރު ދިވެހިބަހާ އިނގިރޭސިބަސް މަސްހުނި ކުރާ މިންވަރާއި ބަސް މަސްހުނިކުރުމުގައި ގެންގުޅޭ ލިންގުއިސްޓިކް ހަމަތަކަކީ ކޮބައިކަން ދެނެގަތުމަށެވެ. އަދި ހަމައެހެންމެ ދިވެހިބަހުން ވާހަކަދައްކާއިރު އިނގިރޭސި ބަސް މަސްހުނިކުރާ ސަބަބުތަކަކީ ކޮބައިތޯއާއި އަދި އެކަމާމެދު ދެކޭގޮތްވެސް ދެެނެގަތުމަށެވެ. މި ދިރާސާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލު ތަހުލީލުކޮށް ދެނެގަނެވިފައިވަނީ މިކްސްޑް މެތަޑް ބޭނުންކޮށްގެންނެވެ. ދިރާސާގައި ބޭނުންކުރި ސާންޕަލް ނަގާފައިވަނީ 3 ގޮތަކަށެވެ. އެއީ ސާރވޭއެއް ކޮށްގެންނާއި އޮބްޒަވޭޝަނާއި ބަސްދީގަތުން ތަކެވެ. އަދި ކޮލިޓޭޓިވް މެތަޑާއި ކޮންޓިޓޭޓިވް މެތަޑް ބޭނުންކޮށްގެން ޑާޓާ ތައް އެނެލައިޒް ކޮށް ހުށަހަޅާއި ދީފައިވާނެއެވެ. ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ދިވެހިރާއްޖެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުން އެކުދިންގެ ޢަންމު މުޢާމަލާތު ތަކުގައި، ދިވެހިބަހުން ވާހަކަދައްކާއިރު ވަރަށް ގިނައިން އިނގިރޭސި ބަސް މަސްހުނި ކުރެއެވެ. އަދި ހަމައެހެންމެ މުވާސަލާތީ ވަސީލަތްތަކުގައި ވެސް އިނގިރޭސި ބަހާއި ދިވެހި ބަހުގެ ބޭނުން ހިފަމުން ގެންދާކަން ސާބިތުވިއެވެ. އެހެން ނަމަވެސް ދިވެހިބަހުން ކިޔަވއިދޭ ކޯސްތައް ހާދަ ދަރިވަރުންނަށް ވުރެ ގިނައިން، ވާހަކަދެއްކުމުގައި އިނގިރޭސި ބަހާއި ދިވެހި ބަހުގެ ބޭނުން ހިފަމުން ގެންދާކަން ސާބިތުވިއެވެ. އެހެން ނަމަވެސް ދިވެހިބަހުން ކިޔަވައިދޭ ކޯސްތަކުގެ ދަރިވަރުން ކަން ވެސް މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި މީގެ އިތުރުން ވާހަކަދެއްކުމުގައި ދިވެހިބަހާއި އިނގިރޭސި ބަސް މަސްހުނި ކުރަނީ އިނގިރޭސިބަހުން ކިޔަވައިދޭ ކޯސްތަކުގެ ދަރިވަރުން ކަން ވެސް މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި މީގެ އިތުރުން ވާހަކަދެއްކުމުގައި ދިވެހިބާހައި އިނގިރޭސިބަސް މަސަހުނިކުރާ މިންވަރާއި ބަސް މަސްހުނިިކުރާ ސަބަބުތަކާއި އަދި އެކަމާމެދު ދެކޭގޮތްވެސް މި ދިރާސާއިން ހާމަވިއެވެ. އަދި ބަހަވީ ބައިތަކަށް ބާލާއިރު ދިވެހިބާހާއި އިނގިރޭސި ބަސް މަސްހުނި ކުރަމުން ގެންދާގޮތުގެ ޕެޓަރން ތަކެއްވެސް ފާހަގަކުރެވުނެވެ. އެހެންކަމުން މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުން ދިވެހިބަހުން ވާހަކަ ދައްކަމުން ދާއިރު ދިވެހިބަހާ އިނގިރޭސި ބަސް މަސްހުނިކުރާ ތަފާތު ގޮތްތައް ދެނެގަނެވުނު ދިރާސާއެކެވެ. އަދި މި ދިރސާއަަކީ ކުރިމަގުގައި މި މަޢުޟޫއަށްކުރެވޭ ދިރާސާތަކަށް މުހިންމު ގިނަ އާ މަޢުލޫމާތުތަކެއް ލިބިގެންދާނެ ދިރާސާއެކެވެ. އެހެންކަަމުން މިއީ ދިވެހިބަސް ފަދަ ޢިލްމީ ގިނަ ދިރާސާ ތައް ހެދިފައި ނުވާ ބަހަކަށް ނުހަނު ބޭނުންތެރި ދިރާސާއަކަށް ވާނެކަމަށް ދެކެމެެވެ.