Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން
Browse
1 results
Search Results
ThesisItem ކުދިން ދިވެހި ވެށްޓަށް ހޭލުންތެރިކުރުވުމަށްޓަކައި ގްރޭޑް 5 ގެ އީ.އެސް މާދަރީބަހުން ކިޔަވައިދިނުން މުހިއްމުހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Shaahid, Abdulla; ޝާހިދު ޢަބްދުﷲމި ދިރާސާއަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 5 ގައި ކިޔަވާކުދިން މިހާރު ދިވެހި ވެށްޓަށް ހޭލުންތެރިވަމުން ނުދާކަމަށް ފާހަގަވަމުން އަންނާތީ، އެކަމުގެ ސަބަބުތައް ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން ފާހަގަކުރެވުނީ އީ.އެސް ފޮތުގައި ދިވެހި ވެށްޓާ މާބޮޑު ގުޅުމެއްނެތް މަޢުލޫމާތު ހުރިކަމާއި، ފޮތުގައި ހުރި މަޢުލޫމާތުވެސް މަދުކަމާއި، ބައެއް ސްކޫލް ތަކުގައި އެކަށީގެންވާ މިންވަރަށް ފިލާވަޅަށް ތައްޔާރުނުވާކަމާއި، ފޮތް ޤަވާޢިދުން އިސްލާޙު ވަމުން ނުދާކަމެވެ. ޓީޗަރުން ކިޔަވައިދިނުމުގައި ކުދިން ޝައުޤުވެރިވާގޮތަށް ފިލާވަޅުތައް ތައްޔާރުނުކުރުމާއި ކުދިންނަށް ފިލާވަޅާއި ގުޅިގެން އިތުރު މަޢުލޫމާތު ނުދޭކަމާއި އަދި ބެލެނިވެރިންވެސް އެމީހުންގެ ޒިންމާތައް ފުރިހަމައަށް ނުނަގާކަންވެސް ފާހަގަކުރެވުނެވެ. ބެލެނިވެރިޔާގެ އެހީތެރިކާމާއެކު ކުދިން އަމިއްލައަށް އިތުރުމަޢުލޫމާތު ހޯދައި މުޠާލިޔާ ކުރޭތޯ ނުބަލާކަންވެސް ހޯދުނެވެ. އީ.އެސް ފޮތުގައި މަޢުލޫމާތު ހިމަނާފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވެށީގެ މަޢުލޫމާތު މަސްހުނިކޮށް ހުރިކަން ފާހަގަކުރެވުނެވެ. މިހެން ވުމުން ކުދިންނަށް ދަސްކުރުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވުނެވެ. ރާއްޖޭގެ ވެށީގެ މަޢުލޫމާތުވެސް ހުރީ ކުޑަމިންވަރަކަށްކަން ފާހަގަކުރެވުނެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުންނާއި އެހެނިހެން ރޮނގުރޮނގުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އަންނައިރު، އެކުރިއެރުންތަކާ އެއްވަރަށް އީ.އެސް ފޮތް އިސްލާހު ނުކުރެވުމެވެ. އަދި ކަރިކިއުލަމް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ފޮތް އިސްލާހުނުކުރާކަމާއި، އެ ބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވޭކަންވެސް ފާހަގަކުރެވިނެވެ.