ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތެއް ވޭހެއްޔެވެ؟

dc.contributor.authorAli, Aishath Nasha
dc.contributor.authorޢާއިޝަތު ނަޝާ ޢަލީ
dc.date.accessioned2018-03-24T04:19:31Z
dc.date.available2018-03-24T04:19:31Z
dc.date.issued2015-01-01
dc.description.abstractމިދިރާސާއަކީ އެކޫސްޓިކް ފޯނެޓިކްސްގެ ރޮނގުން ދިވެހި ރަސްމީ ބަހުރުވައާއި ޅ އަތޮޅު ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި ހުރި އެކޫސްޓިކް ތަފާތު ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން މިދިރާސާ އަމާޒުކޮށްފައިވާނީ ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި ލަފުޒުގެ ކުރިއަށް، މެދަށް އަދި ފަހަތަށް އައިބައިފިލި އަންނަ ނުވަ ލަފުޒު އިޚްތިޔާރުކޮށް އެނުވަ ލަފުޒު ދެ ބަހުރުވައިގެ އިންފޯމަންޓުން ލައްވާ ކިޔުއްވައި ރެކޯޑްކޮށް ބެލުމަށްފަހު އެކޫސްޓިކް ތަފާތެއް ވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްޗަށެވެ. އަދި މިދިރާސާއަކީ ދިވެހިބަހުގެ ބަހުރުވަތަކުގައި ހުރި އެކޫސްޓިކް ތަފާތުތައް ދިރާސާކުރެވިފައިވާ މިންވަރު މަދުވުމުން މި ރޮނގުން ކުރެވޭ މުހިއްމު ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކުއަންޓިޓޭޓިވް ޑިޒައިންގެ ދަށުން އެމްޕެރިކަލް ރިސާޗް ބޭނުންކޮށްގެންނެވެ. އަދި ދިރާސާގެ ނަތީޖާނެރެފައިވާނީ އަޑުރެކޯޑްކޮށް އޮބްޒާވްކޮށްގެން ކުއަންޓިޓޭޓިވް އެޕްރޯޗްއާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ދިރާސާ ކުރިއަށް ގެންދިޔުމުގައި މިފަދަ ދިރާސާތަކެއް ދިވެހިބަހުން ހެދިފައި ނުވުމުގެ ސަބަބުން ދަތިތަކާކުރިމަތި ވިނަމަވެސް ދުނިޔޭގެ އެކި ބަސްބަހުގައި އެކުލެވޭ ބަހުރުވައިގެ ތަފާތުތައް ދިރާސާކޮށްފައިވާތީ އެތަކެތީގެ ބޭނުން ކޮށްގެން މި ދިރާސާ ފުރިހަމަ ދިރާސާއަކަށް ހެދުމަށް މަސައްކަތްކޮށްފައި ވާނެއެވެ. މި ދިރާސާއަށް އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތު ވާކަން އެނގިގެންދިޔައެވެ. އެގޮތުން ދިރާސާކުރުމަށް އިޚްތިޔާރުކުރެވުނު ނުވަ ލަފުޒުވެސް ރަސްމީ ބަހުރުވައިގައި އަދާކޮށްފައިވަނީ އައިބައިފިލިންކަން ފޯމަންޓް ބޭންޑްތަކުގެ އެކޫސްޓިކް ސިފަތައް ދިރާސާކުރުމުން ހާމަވެގެންދިޔައެވެ. ނަމަވެސް ނައިފަރު ބަހުރުވައިގައި ފޯމަންޓް ބޭންޑްތަކުގެ އެކޫސްޓިކް ސިފަތައް ރަސްމީ ބަހުރުވައިގެ އެކޫސްޓިކް ސިފަތަކާއި މުޅިން ތަފާތެވެ. ވީމާ ދިރާސާގެ މަޤްޞަދު ހާޞިލުވިކަމުގައި ޤަބޫލުކުރެވެއެވެ. މި ދިރާސާއިން އިތުރަށް އެނގިގެންދިޔަ ގޮތުގައި ބޭރުގެ ބަހަކުން ދިވެހިބަހަށް ވަދެފައިވާ ލަފުޒެއް ކަމަށްވާ 'މިސައިލު' މި ލަފުޒުން ނައިފަރު ބަހުރުވައިގެ އަސަރު ކެނޑިފައިވެއެވެ. އަދި 'މިސައިލު' ފިޔަވާ ރަސްމީ ބަހުރުވައިގައި އައިބައިފިލި އަދާކޮށްފައިވާ ލަފުޒުތަކުގައި ނައިފަރު ބަހުރުވައިގައި އަދާކުރަނީ އޭބޭފިލިކަން އެނގިގެންދިޔައެވެ.en_US
dc.identifier.citationRasmee bahuruvaaai Naifaru bahuruvaigai aibaifili adhaa kurumugai ekuoostic thafaatheh veyhehyeve?en_US
dc.identifier.citationޢާއިޝަތު ނަޝާ ޢަލީ . (2015). ރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތެއް ވޭހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1110
dc.publisherFaculty of Arts, Maldives National Universityen_US
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
dc.subjectދިވެހި ރަސްމީ ބަހުރުވަen_US
dc.subjectޅ އަތޮޅު ނައިފަރުen_US
dc.subjectނައިފަރު ބަހުރުވަen_US
dc.subjectއައިބައިފިލިen_US
dc.subjectއެކޫސްޓިކް ތަފާތުen_US
dc.subjectލަފުޒުގެ ކުރިއަށް، މެދަށް އަދި ފަހަތަށް އައިބައިފިލިen_US
dc.subjectފޯމަންޓް ބޭންޑްތަކުގެ އެކޫސްޓިކް ސިފަތައްen_US
dc.titleރަސްމީ ބަހުރުވައާއި ނައިފަރު ބަހުރުވައިގައި އައިބައިފިލި އަދާކުރުމުގައި އެކޫސްޓިކް ތަފާތެއް ވޭހެއްޔެވެ؟en_US
dc.title.alternativeRasmee bahuruvaaai Naifaru bahuruvaigai aibaifili adhaa kurumugai ekuoostic thafaatheh veyhehyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Aishath Nasha Ali.pdf
Size:
2.1 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: