ދިވެހި ބަހުން ޢިބާރާތް ކުރުމުގައި "ޖުމުލައިގެ އޮނިގަނޑު" ރޭވިފައި ހުންނަނީ ކޮން އުޞޫލަކުން ހެއްޔެވެ؟

dc.contributor.authorތަސްނީމާ މަނިކު
dc.contributor.authorManik, Thasneema
dc.date.accessioned2018-04-01T04:08:19Z
dc.date.available2018-04-01T04:08:19Z
dc.date.issued2009-11-01
dc.description.abstractމިއީ، ދިވެހިބަހުން އިބާރާތް ކުރުމުގައި ޖުމުލާގައި ލަފުޒު އެތުރޭތަރުތީބާއި ޖުމުލައިގެ ބާވަތްތަކުގައި ލަފުޒު އެތުރޭ ތަރުތީބެއް ކަނޑައެޅުމަށްޓަކައި ކުރެވުނު ދިރާސާއެކެވެ. ދިވެހިބަހުން ލިއެފައި ހުރި ފޮތްތަކުގައި ޖުމުލައިގެ އޮނިގަނޑާއި ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި ހުރި އޮޅުންތައް ފިލުވައި މިފަދަ މަޢުލޫމާތުތައް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ކުރެވުނު، މަސައްކަތެކެވެ. ދިރާސާއަށް މަޢުލޫމާތު އެއްކުރުމަށާއި ހޯދުންތައް ހޯދުމަށް ދިވެހިބަހުގެ ޤަވާއިދާބެހޭ ގޮތުން ލިއެފައިވާ ހުރިހާ ފޮތަކުން، މަޢުލޫމާތު އެއްކުރުމުގެ އިތުރުން، ބަހުގެ ގޮތުން ފުންނާބުއުސް އެދުރުންގެ ކިބައިންނާއި ދިވެހި މުދައްރިސުންގެ ފަރާތުންވެސް މަޢުލޫމާތުހޯދުނެވެ. މީގެ އިތުރުން ދިވެހިބަހުން ލިއެފައިވާ ތަފާތު ޜޮންރާތަކުން ޖުމުލަތައް ހޮވައިގެންވެސް ބަލާފައި ވާނެއެވެ. ދިވެހި ބަހުގައި، ޖުމުލައިގައި ލަފުޒު އެތުރޭ ތަރުތީބާމެދު ބަހުގެ އެދުރުންގެ މެދުގައި ޚިޔާލުތަފާތުވުން އެބަހުއްޓެވެ. އަޅުގަނޑުގެ ނަޒަރުގައި ދިވެހިބަހުގައި ޖުމުލާގައި ލަފުޒު އެތުރެނީ ކަންކުރާ، ރައްދުވާ އަދި ކަން މިތަރުތީބުން ކަމަށެވެ. ދިވެހިބަހުން ލިއެފައިވާ ޤަވާޢިދު ފޮތްތަކުގައި ޖުމުލައިގެ ބާވަތްތަކަށް ނަންދިނުމުގަޔާއި ޖުމުލައިގެ ބާވަތްތަކުގެ ޢަދަދު ކަނޑައެޅުމުގައި، ވަރަށް ބޮޑެތި ތަފާތު ތަކެއް އެބަހުއްޓެވެ. ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި އަޅުގަނޑު ބަލާފައިވާނީ ޖުމުލައިގައި ލަފުޒު އެތުރޭ ގިނަމަދުމިނަށާއި ލަފުޒުގެ ބާވަތަށެވެ.en_US
dc.identifier.citationތަސްނީމާ މަނިކު. (2009). ދިވެހި ބަހުން ޢިބާރާތް ކުރުމުގައި "ޖުމުލައިގެ އޮނިގަނޑު" ރޭވިފައި ހުންނަނީ ކޮން އުޞޫލަކުން ހެއްޔެވެ؟. މާލެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން.en_US
dc.identifier.citationManik, T. (2009). Dhivehi bahun ibaaraaiy kurumugai "jumlaige onigan'du" reyvifai hunnannee kon usoolakun heyyeve?. Male', Maldives College of Higher Education.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1405
dc.publisherފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންen_US
dc.publisherFaculty of Arts, Maldives College of Higher Education
dc.titleދިވެހި ބަހުން ޢިބާރާތް ކުރުމުގައި "ޖުމުލައިގެ އޮނިގަނޑު" ރޭވިފައި ހުންނަނީ ކޮން އުޞޫލަކުން ހެއްޔެވެ؟en_US
dc.title.alternativeDhivehi bahun ibaaraaiy kurumugai "jumlaige onigan'du" reyvifai hunnannee kon usoolakun heyyeve?en_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Thasneema Manik.pdf
Size:
13.78 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: