ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް

Loading...
Thumbnail Image

Date

2017-05-01

Journal Title

Journal ISSN

Volume Title

Publisher

ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University

Abstract

މި ދިރާސާއަކީ ދިވެހި ބަހުގައި ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާގޮތް ދެނެގަތުމަށް ކުރެވުނު ދިރާސާއެވެ. މިގޮތުން ވާހަކަދެއްކުމުގެ ދަރަޖަތައްކަމަށްވާ "އެންމެ މާތް ދަރަޖަ"، މާތް ދަރަޖަ"، އާދައިގެ ދަރަޖަ" އަދި "މާތް ﷲ އަށާއި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ޚާއްޞަ ދަރަޖަ" ބޭނުންކުރުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމަށް އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރެވޭތޯ ދެނެގަނެވިފައިވާނެއެވެ. އަދި ދަރަޖަތައް ބޭނުންކުރުމުގައި ޤަވާޢިދާ އެއްގޮތަށް އަދި ޤަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާގޮތާއި މި ދެގޮތަށް ބޭނުންކޮށްފައިވާ ނިޞްބަތުގެ މައްޗަށް ވެސް މި ދިރާސާގައި ބަލާލެވިފައިވާނެއެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާނީ ކޯލިޓޭޓިވް ޕެރެޑައިމްއެވެ. ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ، ވާހަކަ ދެއްކުމުގެ ތަފާތު 4 ރެކޯޑިންގ އަކާއި 4 ލިޔުމަކުންނެވެ. އަދި ދިރާސާގެ ބޭނުމަކީ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް ހޯދުންކަމަށްވާތީ، ޑާޓާ އެެއްކުރުމުގައި ބޭނުންކޮށްފައިވާނީ ދަރަޖަތައް ބޭނުންކޮށްފައިވާ ރެކޯރޑިންގްސް އަދި ލިޔުންތަކެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާނީ ތިމެޓިކް ޑޮކިއުމެންޓް އެނަލިސިސްއެވެ. މި ދިރާސާގެ ހޯދުންތަކުން ހާމަވި ގޮތުގައި، ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަން ހާމަވިއެވެ. އެގޮތުން، އެންމެ މާތްދަރަޖަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އާދައިގެ ދަރަޖަ އަދި މާތް ދަރަޖައިން ބޭނުންކުރުމާއި މާތް ދަރަޖަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އާދައިގެ ދަރަޖަ އަދި އެންމެ މާތް ދަރަޖައިން ބޭނުންކޮށްފައި ހުރުމާއި މާތް ﷲ އަށާއި ރަސޫލުބޭކަލުންނަށް ޚާއްސަ ދަރަޖަ ބޭނުންކުރުމުގައި އާދައިގެ ދަރަޖައިން ބޭނުންކޮށްފައި ހުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި ދިރާސާކުރުމަށް ނެގުނު ޑޮކިއުމަންޓްތަކުގައި ބޭނުންކޮށްފައިވާ ލަފުޒުތަކުގެ ތެރެއިން، ދަރަޖަތައް ބޭނުންކުރުމުގައި ގާތްގަނޑަކަށް ދެބައިކޮށްފަ އެއްބައި ލަފުޒު ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާކަން ވެސް ފާހަގަކުރެވުނެވެ. މި ދިރަސާއިން ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވުނު އިރު، އެކަންކަން އެހެން ދިމާވަނީ ކޮން ސަބަބުތަކާއި ހުރެތޯ އާއި ދަރަޖަތައް ބޭނުންކުރުމަށް އެކަށައަޅާފައވާ ޤަވާޢިދު ރަނގަޅުތޯ ދެނެގަތުމަށް އިރުތު ދިރާސާއެއް ކުރަން ފެންނަކަން ހާމަވިއެވެ.

Description

Keywords

Citation

އަޙުމަދު ރަޝީދު. (2017). ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Rasheed, A. (2017). Dhivehi bahuge vaahakadhekkumuge dharajathah beynun kuramundhaa goiy. Male', Maldives National University.

Endorsement

Review

Supplemented By

Referenced By