ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް

dc.contributor.authorއަޙުމަދު ރަޝީދު
dc.contributor.authorRasheed, Ahmed
dc.date.accessioned2018-03-29T03:52:23Z
dc.date.available2018-03-29T03:52:23Z
dc.date.issued2017-05-01
dc.description.abstractމި ދިރާސާއަކީ ދިވެހި ބަހުގައި ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާގޮތް ދެނެގަތުމަށް ކުރެވުނު ދިރާސާއެވެ. މިގޮތުން ވާހަކަދެއްކުމުގެ ދަރަޖަތައްކަމަށްވާ "އެންމެ މާތް ދަރަޖަ"، މާތް ދަރަޖަ"، އާދައިގެ ދަރަޖަ" އަދި "މާތް ﷲ އަށާއި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ޚާއްޞަ ދަރަޖަ" ބޭނުންކުރުމުގައި، ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމަށް އެކަށައަޅާފައިވާ ޤަވާޢިދާ އެއްގޮތަށް ބޭނުންކުރެވޭތޯ ދެނެގަނެވިފައިވާނެއެވެ. އަދި ދަރަޖަތައް ބޭނުންކުރުމުގައި ޤަވާޢިދާ އެއްގޮތަށް އަދި ޤަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާގޮތާއި މި ދެގޮތަށް ބޭނުންކޮށްފައިވާ ނިޞްބަތުގެ މައްޗަށް ވެސް މި ދިރާސާގައި ބަލާލެވިފައިވާނެއެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާނީ ކޯލިޓޭޓިވް ޕެރެޑައިމްއެވެ. ދިރާސާއަށް ސާމްޕަލް ނަގާފައިވާނީ، ވާހަކަ ދެއްކުމުގެ ތަފާތު 4 ރެކޯޑިންގ އަކާއި 4 ލިޔުމަކުންނެވެ. އަދި ދިރާސާގެ ބޭނުމަކީ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް ހޯދުންކަމަށްވާތީ، ޑާޓާ އެެއްކުރުމުގައި ބޭނުންކޮށްފައިވާނީ ދަރަޖަތައް ބޭނުންކޮށްފައިވާ ރެކޯރޑިންގްސް އަދި ލިޔުންތަކެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާނީ ތިމެޓިކް ޑޮކިއުމެންޓް އެނަލިސިސްއެވެ. މި ދިރާސާގެ ހޯދުންތަކުން ހާމަވި ގޮތުގައި، ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަން ހާމަވިއެވެ. އެގޮތުން، އެންމެ މާތްދަރަޖަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އާދައިގެ ދަރަޖަ އަދި މާތް ދަރަޖައިން ބޭނުންކުރުމާއި މާތް ދަރަޖަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އާދައިގެ ދަރަޖަ އަދި އެންމެ މާތް ދަރަޖައިން ބޭނުންކޮށްފައި ހުރުމާއި މާތް ﷲ އަށާއި ރަސޫލުބޭކަލުންނަށް ޚާއްސަ ދަރަޖަ ބޭނުންކުރުމުގައި އާދައިގެ ދަރަޖައިން ބޭނުންކޮށްފައި ހުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި ދިރާސާކުރުމަށް ނެގުނު ޑޮކިއުމަންޓްތަކުގައި ބޭނުންކޮށްފައިވާ ލަފުޒުތަކުގެ ތެރެއިން، ދަރަޖަތައް ބޭނުންކުރުމުގައި ގާތްގަނޑަކަށް ދެބައިކޮށްފަ އެއްބައި ލަފުޒު ޤަވާޢިދާ ޚިލާފަށް ބޭނުންކޮށްފައިވާކަން ވެސް ފާހަގަކުރެވުނެވެ. މި ދިރަސާއިން ދިވެހި ބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވުނު އިރު، އެކަންކަން އެހެން ދިމާވަނީ ކޮން ސަބަބުތަކާއި ހުރެތޯ އާއި ދަރަޖަތައް ބޭނުންކުރުމަށް އެކަށައަޅާފައވާ ޤަވާޢިދު ރަނގަޅުތޯ ދެނެގަތުމަށް އިރުތު ދިރާސާއެއް ކުރަން ފެންނަކަން ހާމަވިއެވެ.en_US
dc.identifier.citationއަޙުމަދު ރަޝީދު. (2017). ދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތް. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.en_US
dc.identifier.citationRasheed, A. (2017). Dhivehi bahuge vaahakadhekkumuge dharajathah beynun kuramundhaa goiy. Male', Maldives National University.
dc.identifier.urihttp://saruna.mnu.edu.mv/jspui/handle/123456789/1321
dc.publisherފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީen_US
dc.publisherFaculty of Arts, Maldives National University
dc.titleދިވެހިބަހުގެ ވާހަކަދެއްކުމުގެ ދަރަޖަތައް ބޭނުންކުރަމުންދާ ގޮތްen_US
dc.title.alternativeDhivehi bahuge vaahakadhekkumuge dharajathah beynun kuramundhaa goiyen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 1 of 1
Thumbnail Image
Name:
Ahmed Rasheed.pdf
Size:
1.13 MB
Format:
Adobe Portable Document Format
Description:

License bundle

Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: