Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1017
Title: ދިވެހި ބަހުގެ ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ކޭސް މާކަރުތައް ހުވަދޫ ބަހުރުވައިގައި ބޭނުންކުރާއިރު އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެތަފާތުތައް އަންނަ އުސޫލުތަކަކީ ކޮބައިހެއްޔެވެ.؟
Other Titles: Dhivehi bahuge rasmee bahuruvaigai beynunkuraa keys maakaruthah Huvadhoo bahuruvaigai beynunkuraairu anna fonolojikal thafaathuthakakee kobaiheyyeve? Adhi e thafaathuthah anna usooluthakakee kobaiheyyeve?
Authors: މުއާޒު މުޙައްމަދު
Mohamed, Muaz
Issue Date: 8-Nov-2015
Publisher: ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Faculty of Arts, Maldives National University
Citation: މުއާޒު މުޙައްމަދު. (2015). ދިވެހި ބަހުގެ ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ކޭސް މާކަރުތައް ހުވަދޫ ބަހުރުވައިގައި ބޭނުންކުރާއިރު އަންނަ ފޮނޮލޮޖިކަލް ތަފާތުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެތަފާތުތައް އަންނަ އުސޫލުތަކަކީ ކޮބައިހެއްޔެވެ.؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Mohamed, M. (2015). Dhivehi bahuge rasmee bahuruvaigai beynunkuraa keys maakaruthah Huvadhoo bahuruvaigai beynunkuraairu anna fonolojikal thafaathuthakakee kobaiheyyeve? Adhi e thafaathuthah anna usooluthakakee kobaiheyyeve?. Male', Maldives National University.
Abstract: ޖިއޮގްރަފީ ގޮތުން ދިވެހިރާއްޖެ އުފެދިފައި ވަނީ ޖަޒީރާ ރަށްތަކެއްގެ ގޮތުގައިވިޔަސް މިރާއްޖޭގެ މީހުންނަކީވެސް މުވާޞަލާތު ކުރުމަށް އަމިއްލަ ބަހެއް ބޭނުންކުރާ ބައެކެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅެމުން ގެންދަނީ ކަނޑު ފަޅުން ވަކިވެފައިވާ ކުދި ރަށް ތަކުގައެވެ. އޭގެ ތެރެއިން ބައެއްރަށްތައް އެއްފަޅެއްގެ ތެރޭގައިވެސް އުފެދިފައި އެބަހުއްޓެވެ. މިފަދަ ގޮތަކަށް ރަށްތައް އުފެދިފައި ހުރިއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަހުރުވައިގެ ތާފަތުތަކެއް ހުންނަކަން ފާހަގަކުރެވެއެވެ. މި ދިރާސާގެ މަޤްޞަދަކީ ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ކޭސް މާކަރުތައް ހުވަދޫ ބަހުރުވައިގައި ބޭނުންކުރާއިރު އަންނަ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމެވެ. މި ދިރާސާގައި ބޭނުންކުރީ އިންޑަކްޓިވް އެޕްރޯޗްގެ ދަށުން ކުއަލިޓޭޓިވް މެތަޑެވެ. މި ދިރާސާގައި ސާންޕަލްގެ ގޮތުގައި ބޭނުންކުރީ ކޮންވީނިއެންސް ސާމްޕްލިންގ އެވެ. ސާމްޕަލް ނެގީ ހުވަދު އަތޮޅުގެ އިދާރީ ދާއިރާއެއް ކަމަށްވާ މަޑަވެލި ދާއިރާގައި ހިމެނޭ 3 ރަށް މަޑަވެލި، ހޯނޑެއްދޫ އަދި ނަޑެއްލާ އިން ކޮންމެ ރަށަކުން 30 މީހުންނެެވެ. މި ދިރާސާގެ ޑާޓާ އެއްކޮށް އެނަލައިޒް ކުރީ ކޭސްމާކަރު ތައް ހިމެނޭ ލަފްޒުތަކެއް ދިނުމަށްފަހު ލިޔުއްވައި އަދި ކިޔުއްވުމަށްފަހު އައި.ޕީ.އޭ (IPA) އިން ޓްރާންސްކްރައިބް ކޮށްގެންނެވެ. ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި ހުވަދޫ ބަހުރުވައިގައި ކޭސް މާކަރުތައް ބޭނުންކުރާ އިރު ފޮނޮލޮޖިކަލް ގޮތުން ތަފާތު އާދެއެވެ. މިގޮތުން އަންނަ ފޮނޮލޮޖިކަލް ތަފާތުތައް މީގެ ކުރިން ދެކުނުގެ ބަހުރުވަތަކާއި ބެހޭގޮތުން ހަދާފައިވާ ދިރާސާތަކާއި އެއްގޮތްކަން ހުރިކަމުގައި ވިޔަސް ހުވަދޫ ބަހުރުވައިގައި ވަކި ޚާއްސަ ބަދަލުތަކެއް އައިސްފައި އެބަހުއްޓެވެ. މީގެ އިތުރުން ބައެއް ކޭސް މާކަރުތައް މި ތިން ރަށުގައި ބޭނުންކުރާއިރު މުޅިން ތަފާތު ފޮނޮލޮޖިކަލް ތަފާތު އައިސްފައި އެބަހުއްޓެވެ. އައްޑޫ އަދި ފުވައްމުލަކުގައި ބޭނުންކުރާ ކޭސްމާކަރުތަކާއި ބެހޭ ގޮތުން ބައެއް ދިރާސާވެރިން ހަދާފައިވާ ދިރާސާގައި ހޯދާފައިވާ ބައެއް ހޯދުންތަކާއި މިދިރާސާގެ ހޯދުންތަކާއި އެއްގޮތް ކަންތަކެއް ހުރިކަމުގައިވިޔަސް އެދިރާސާތަކުގެ ބައެއް ހޯދުންތަކާއި މިދިރާސާގެ ހޯދުންތައް ދިމާނުވާކަން ފާހަގަކުރެވެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1017
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Muaz Mohamed.pdf1.37 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.